Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފަތުރުވެރިކަމުގެ 5 ވަނަ މާސްޓަރ ޕްލޭން

ފަތުރުވެރިކަމުގެ 5 ވަނަ މާސްޓަރ ޕްލޭންގައި، ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، ޓޫރިޒަމްގެ ފައިދާ ހޯދައިދިނުމަށް ބާރު އަޅާފައިވޭ

މުސްތަގުބަލުގައި ރާއްޖޭގެ އިގުތިސާދަށް ޓޫރިޒަމްގެ އަހަންމިއްޔަތުކަން ބޮޑުވެގެންދާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 28 ޖޫން 2023 | ބުދަ 13:30
ޓޫރިޒަމް މިނިސްޓަރު، ޑރ. އަބްދުﷲ މައުސޫމް

ޓޫރިޒަމް މިނިސްޓަރު، ޑރ. އަބްދުﷲ މައުސޫމް

ފަތުރުވެރިކަމުގެ 5ވަނަ މާސްޓަރ ޕްލޭންގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، ޓޫރިޒަމްގެ ފައިދާ އެ ރައްޔިތުންނަށް ހޯދައިދިނުމަށް ބާރުއަޅާފައި ވާނެކަމަށް, ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމަކީ ރޭވުންތެރިކަމާއެކު، ސަރުކާރުން ސިޔާސަތެއް ކަނޑައަޅައިގެން ކުރިއަށް ގެންދާ ކަމެއް ކަމަށާއި، މުސްތަގުބަލުގައި ރާއްޖޭގެ އިގުތިސާދަށް ޓޫރިޒަމްގެ އަހަންމިއްޔަތުކަން ބޮޑުވެގެން ދާނެކަމަށެވެ. އަދި އެ މާސްޓަރ ޕްލޭން އެކުލަވާލާފައިވަނީ ޓޫރިޒަމް ކުރިއަށްގެންދާނެ މަގު ޗާޓެއްގެ ގޮތުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ފެށުނީއްސުރެވެސް ފަތުރުވެރިކަމުގެ މިސްރާބު ހުރީ ރަނގަޅު ދިމާއަކަށް ކަމަށެވެ. އަދިވެސް ފަތުރުވެރިކަން މިސްރާބު ޖަހާފައިވަނީ ރަނގަޅު ދިމާއަކަށް ކަމަށާއި، މި މާސްޓަރ ޕްލޭންގެ ތެރެއިން މިސްރާބު ބަދަލުކުރުމުގެ މަސައްކަތެއް ނުކުރައްވާނެ ކަމަށެވެ.

މި މާސްޓަރ ޕްލޭން ވެގެންދާނީ ކޮވިޑް-19އިން އަރައިގަންނަން ކުރި މަސައްކަތުގެ އަލީގައި މުސްތަގުބަލު ބައްޓަންކުރުމަށް ބޭނުންކުރާ މަގުޗާޓަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މާސްޓަރ ޕްލޭންގެ މައިގަނޑު މަސައްކަތަކީ ފަތުރުވެރިކަމުގެ ވެރިންނަށް ދިވެހިން ހެދުން ކަމަށެވެ. އަދި ވަން އައިލެންޑް ވަން ރިސޯޓު ކޮންސެޕްޓް އިތުރުކޮށް، ގިނަ މާކެޓުތަކަކަށް ރާއްޖެ ހުޅުވާލައި، ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރުކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި މާސްޓަރ ޕްލޭންގެ ސަބަބުން ޑޮމެސްޓިކް ޓޫރިޒަމް ވަރަށް ބޮޑަށް ފުޅާވެގެންދާނެ ކަމަށެވެ. މިއީ ރަށްރަށުގައި އެކި މަސައްކަތްތައް ކުރާ މީހުންނަށާއި، އަންހެނުންނާއި، ޒުވާނުންނަށް ފުރުސަތުތަކެއް ފަހިވެގެންދާނެ ޕްލޭނެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދިވެހިރައްޖޭގެ ފަތުރުވެރިކަމުގެ 5 ވަނަ މާސްޓަރ ޕްލޭން ލޯންޗުކޮށްފައިވަނީ މެއި ފަސް ވަނަ ދުވަހުއެވެ. މިއީ 2023ން 2027ށް އެކުލަވާލާފައިވާ ޕްލޭނެކެވެ. މިޕްލޭންގައި ފަތުރުވެރިކަމުގެ 5 އަހަރުގެ ވިޝަން ދައްކުވައިދޭނެއެވެ. މި ޕްލޭން އެކުލަވާލުމުގެ މަގުސަދަކީ؛ މަޝްވަރާއާއި ދިރާސާގެ މައްޗައް ބިނާކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަގުބަލް ބައްޓަންކުރަން ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމެވެ.

ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ އުސޫލުތަކާއި އިޖުރާއަތުތަކަށް ބިނާކޮށް، މުޅި ދާއިރާގައި ފަތުރުވެރިކަމުގެ ސިޔާސަތު ރާވައި, މީހުން ބިނާކޮށް ގާބިލްކަން އިތުރުކުރުމަށް މި ޕްލޭން އެކުލަވާލާފައިވާއިރު، މި ޕްލޭންގައި 2 ވޮލިއުމެއް އެކުލެވެއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށް 15 އަމާޒެއް ކަނޑައަޅާފައިވެއެވެ.

ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އިފްތިތާހުކޮށްދެއްވީ 2019 ވަނަ އަހަރުގައެވެ. އޭރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވީ އަލީ ވަހީދެވެ.

އޭޑީބީގެ އެހީއާއެކު މި މާސްޓަރ ޕްލޭން އެކުލަވާލާފައިވާއިރު، މި މަސައްކަތުގައި ޖުމްލަ 10 ކޮންސަލްޓެންޓުން މަސައްކަތްކޮށްފައިވެއެވެ. މީގެ ތެރެއިން 8 ކޮންސަލްޓެންޓުން އައްޔަންކޮށްފައިވަނީ ލޯކަލް ކޮންސަލްޓެންސީގެ އުސޫލުންނެވެ.

5 ވަނަ ޓޫރިޒަމް މާސްޓަރ ޕްލޭންޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމްޓޫރިޒަމް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި

ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި

04 އޯގަސްޓު 2025
ބޭރު މީހުން ރާއްޖޭގައި އިންވެސްޓް ކުރުމަކީ މައްސަލަ އެއް ނޫން، އެއީ އިންޑަސްޓްރީ ގެއްލުން ކަމަށް ޤަބޫލެއް ނުކުރެވޭ - އުއްޗު

ބޭރު މީހުން ރާއްޖޭގައި އިންވެސްޓް ކުރުމަކީ މައްސަލަ އެއް ނޫން، އެއީ އިންޑަސްޓްރީ ގެއްލުން ކަމަށް ޤަބޫލެއް ނުކުރެވޭ - އުއްޗު

22 އޮކްޓޯބަރު 2024
މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

20 ޑިސެމްބަރު 2023
2023 ގެ ޓްރެވަލް ޕަރސަނަލިޓީ އެވޯޑު ޑރ އަބްދުﷲ މައުސޫމަށް

2023 ގެ ޓްރެވަލް ޕަރސަނަލިޓީ އެވޯޑު ޑރ އަބްދުﷲ މައުސޫމަށް

02 ޑިސެމްބަރު 2023
އަމާޒަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ 6 ބިލިއަން ޑޮލަރަށް އިތުރުކުރުން: ޓޫރިޒަމް މިނިސްޓަރު

އަމާޒަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ 6 ބިލިއަން ޑޮލަރަށް އިތުރުކުރުން: ޓޫރިޒަމް މިނިސްޓަރު

20 ނޮވެމްބަރު 2023

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު