Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް

ޓޫރިޒަމް އެވޯޑްސްއަށް ބޮޑު ތަރުހީބެއް ލިބިގެންދާނެ ކަމަށް އުންމީދުކުރަން: ޓޫރިޒަމް މިނިސްޓަރު

އެވޯޑްތަކުގެ ތަފާތު ކެޓަގަރީތައް ހުޅުވާލާފައިވާއިރު އިންޑަސްޓްރީގައި ހިމެނޭ ފަރާތްތަކަށް އެ މައުލޫމާތު ހިއްސާ ކުރަމުންދޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 28 ޖޫން 2023 | ބުދަ 02:20
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް

މޯލްޑިވްސް ޓޫރިޒަމް އެވޯޑްސްއަށް ބޮޑު ތަރުހީބެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީއަށް މައުލޫމާތުދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ އެވޯޑަކީ ދެމެހެއްޓެނެވި ޓޫރިޒަމް ހިމެނޭ މަފްހޫމްތަކުގެ މައްޗަށް މަސައްކަތް ކުރާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން މިނިސްޓްރީން ދޭން ނިންމި އެވޯޑެއް ކަމަށާއި އެވޯޑްތަކުގެ ތަފާތު ކެޓަގަރީތައް ހުޅުވާލާފައިވާއިރު އިންޑަސްޓްރީގައި ހިމެނޭ ފަރާތްތަކަށް އެ މައުލޫމާތު ހިއްސާ ކުރަމުންދާ ކަމަށެވެ.

މޯލްޑިވްސް ޓޫރިޒަމް އެވޯޑްސްއަށް ކުރިމަތިލުމަށް ހުޅުވާލާފައިވާއިރު އެވޯޑަށް ކުރިމަތިލެވޭނީ ޖުލައި މަހުގެ 16 ވަނަ ދުވަހާ ހަމައަށެވެ.

ހުރިހާ ކެޓަގަރީތަކަކުން ޖުމްލަ 59 އެވޯޑް ދެވޭނެކަމަށާއި، ކޮންމެ ކެޓަގަރީއަކުން އެވޯޑްތައް ދިނުމަށް ވަކި ޕެނަލްއެއް އެކުލަވާލާފައި ވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިއަހަރު އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ ޓޫރިސްޓް ރިސޯޓުތަކަށާއި، މެރީނާތަކަށާއި، ޓޫރިސްޓް ހޮޓެލްތަކަށާއި، ގެސްޓްހައުސްތަކަށާއި، ސަފާރީ އުޅަނދުތަކަށާއި އަދި ޓްރެވަލް އެޖެންސީތަކަށެވެ. މީގެ އިތުރުން ޑައިވް ސެންޓަރުތަކަށާއި ވޯޓަރ ސްޕޯޓްސް ސެންޓަރުތަކަށްވެސް ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ރިސޯޓުތަކަށް ޖުމްލަ 16 ދާއިރާއަކުން އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލާފައިވާއިރު، ގެސްޓްހައުސްތަކަށް 15 ދާއިރާއިން އެވޯޑަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައެވެ. ޓޫރިސްޓް އުޅަނދުތަކަށް ޖުމްލަ 13 ދާއިރައަކުން ހުޅުވާލާފައިވާއިރު، ޓްރެވަލް އެޖެންސީތަކާއި ޑައިވް ސެންޓަރުގެ އިތުރުން ވޯޓަރ ސްޕޯޓްސް ސެންޓަރުތަކަށް 5 ދާއިރާއިން އެވޯޑަށް ކުރިމަތިލެވޭނެއެވެ.

މީގެއިތުރުން ޓޫރިޒަމް ޕްރޮފެޝަނަލުންނަށް 10 ދާއިރާއަކުން ވަނީ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލާފައެވެ. ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓުގައި މިހާރު ވަނީ އެވޯޑަށް ކުރިމަތިލުމުގެ ގައިޑްލައިން އާންމުކޮށްފައެވެ. އަދި އެވޯޑަށް ކުރިމަތިލުމަށް އޮންލައިންކޮށް ވަނީ ހުޅުވާލާފައެވެ.

މި އެވޯޑް ޓޫރިޒަމް މިނިސްޓްރީން އަލަށް ދޭން ފެށީ މިދިޔަ އަހަރުގައެވެ. މިއަހަރުގެ އެވޯޑް ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 3 ވަނަ ދުވަހުއެވެ.

މޯލްޑިވްސް ޓޫރިޒަމް އެވޯޑްސްޓޫރިޒަމް މިނިސްޓްރީޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް

ކޮމެންޓް

އިތުރަށް ކިޔާލަން

ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި

ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި

04 އޯގަސްޓު 2025
ބޭރު މީހުން ރާއްޖޭގައި އިންވެސްޓް ކުރުމަކީ މައްސަލަ އެއް ނޫން، އެއީ އިންޑަސްޓްރީ ގެއްލުން ކަމަށް ޤަބޫލެއް ނުކުރެވޭ - އުއްޗު

ބޭރު މީހުން ރާއްޖޭގައި އިންވެސްޓް ކުރުމަކީ މައްސަލަ އެއް ނޫން، އެއީ އިންޑަސްޓްރީ ގެއްލުން ކަމަށް ޤަބޫލެއް ނުކުރެވޭ - އުއްޗު

22 އޮކްޓޯބަރު 2024
މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

20 ޑިސެމްބަރު 2023
2023 ގެ ޓްރެވަލް ޕަރސަނަލިޓީ އެވޯޑު ޑރ އަބްދުﷲ މައުސޫމަށް

2023 ގެ ޓްރެވަލް ޕަރސަނަލިޓީ އެވޯޑު ޑރ އަބްދުﷲ މައުސޫމަށް

02 ޑިސެމްބަރު 2023
އަމާޒަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ 6 ބިލިއަން ޑޮލަރަށް އިތުރުކުރުން: ޓޫރިޒަމް މިނިސްޓަރު

އަމާޒަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ 6 ބިލިއަން ޑޮލަރަށް އިތުރުކުރުން: ޓޫރިޒަމް މިނިސްޓަރު

20 ނޮވެމްބަރު 2023

އަހަރުތަކުން މިއަދު

8 އެޕްރީލު
ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
20242 އަހަރު ކުރިން
ރިޕޯޓު

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"
20233 އަހަރު ކުރިން
ރިޕޯޓު

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން
20224 އަހަރު ކުރިން
ރިޕޯޓު

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
20188 އަހަރު ކުރިން
ސިއްހަތު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު