Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
1.9 މިލިއަން ފަތުރުވެރިން ރާއްޖެ އައުން

1.9 މިލިއަން ފަތުރުވެރިންގެ ޓާގެޓް ހާސިލްކުރުމުގެ އުންމީދު ބޮޑު - މިނިސްޓަރ .

ފަތުރުވެރިކަން މިހާރުދާ މިސްރާބާއި މެދު ހިތްހަމަޖެހިވަޑަިއގަންނަވާ ކަަަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 26 އޮކްޓޯބަރު 2023 | ބުރާސްފަތި 14:54
ފަތުރުވެރިކަމާއި ބެހޭ ވަޒީރު ޑރ.މައުސޫމް

ފަތުރުވެރިކަމާއި ބެހޭ ވަޒީރު ޑރ.މައުސޫމް

މިއަހަރު ރާއްޖެއަށް 1.9 މިލިއަން ފަތުރުވެރިން އަންނާނެކަމަށް ލަފާކޮށްފައިވާ އަދަދަށް ފަތުރުވެރިން އަންނާނެ ކަމަށް އަދިވެސް ޤަބޫލުކުރާ ކަމަށް ޓުއަރިޒަމް މިނިސްޓްރީއިން ބުނެފިއެވެ.

ފަތުރުވެރިކަމާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވިދާޅުވީ ފުރަތަމަ ރާއްޖެ އިން ކަނޑައެޅި ޓާގެޓް ފަހުން އާކުރީވެސް ފަތުރުވެރިން ރާއްޖެ އަންނަ މިންވަރު އިތުރުވާނެ އުންމީދާއި އެކުގައި ކަަމަށެވެ. އެގޮތުން މިހާރު ހުރި އަންދާޒާތަކަށް ބަލާއިރު، 2023 ވަނަ އަހަރު 14 މިލިއަން ބެޑްނައިޓްސް ލިބޭނޭކަމަށް ކުރިން އަންދާޒާކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިއީ މިދިޔަ އަހަރަށްވުރެ 1.7 މިލިއަން އިތުރު އަދަދެއް ކަމަށް ވީނަމަވެސް އަދިވެސް އުންމީދު ދޫކޮށް ނުލައްވާކަން މިނިސްޓަރ ފާހަގަކުރެއވްިއެވެ. މީގެ އިތުރުން ރާއްޖޭގައި ފަތުރުވެރިން އާމްދަނީ ހޭދަކުރާ މިންވަރު ރަނގަޅުވާނެ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރަޝިޔާ-ޔޫކްރޭން ހަނގުރާމައާއި، ޖިއޮޕޮލިޓިކަލް ނުތަނަވަސްކަމާއި، ދުނިޔޭގެ ތެލުގެ އަގު ބޮޑުވުމާއި، އިންފްލޭޝަން މައްޗަށްދިއުން ފަދަ ކަންކަމުގެ އަސަރު ފަތުރުވެރިކަމަށް ކުރާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. ރާއްޖޭގެ ފަތުރުވެރިކަން މިހާރުދާ މިސްރާބާއި މެދު ހިތްހަމަޖެހިވަޑަިއގަންނަވާ ކަަަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މިއަހަރު 1.9 މިލިއަން ފަތުރުވެރިން އަންނާނެކަމަށް ލަފާކޮށްފައިވާއިރު، މީގެ ކުރިން އަންދާޒާކުރީ 1.81 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ވެސް މި އަހަރުގެ ފަތުރުވެރިކަމާއި މެދު ހުރީ އުންމީދީ ގޮތަކަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުން 2023 ވަނަ އަހަރު މައްޗަށް ދާނެކަމަށް ލަފާކުރެވޭއިރު، ޕްރީ ޕެންޑެމިކް ލެވެލް ފަހަނައަޅައި ގޮސް، 2023 ވަނަ އަހަރަށް އަންނަ މީހުންނާއި ބެޑްނައިޓްސް، ތިން ހާލަތުގައިވެސް މައްޗަށް ދާނެކަމަށް ވަނީ އަންދާޒާކުރެވިފައެެވެ.

ޓުއަރިޒަމް އެމްވީޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް

ކޮމެންޓް

އިތުރަށް ކިޔާލަން

މި ސަރުކާރުން ރިސޯޓް ތަރައްޤީކުރަން ކުއްޔަށް ދޫކުރި އެއްވެސް ތަނެއްގެ އަގު ހާމަކުރަން ސަރުކާރުން ދެކޮޅު ހަދައިފި

މި ސަރުކާރުން ރިސޯޓް ތަރައްޤީކުރަން ކުއްޔަށް ދޫކުރި އެއްވެސް ތަނެއްގެ އަގު ހާމަކުރަން ސަރުކާރުން ދެކޮޅު ހަދައިފި

24 ޑިސެމްބަރު 2024
"ނިހާދު ސަސްޕެންޑްކުރުމުން އެނގެނީ ގޯހެއް ހެދުނުކަން ޤަބޫލުކުރާކަން، އެ ވާހަކަތައް ސާބިތު ނުވާ ނަމަ ޖެހޭނީ ނިހާދު މަޤާމުން ވަކިކުރަން"

"ނިހާދު ސަސްޕެންޑްކުރުމުން އެނގެނީ ގޯހެއް ހެދުނުކަން ޤަބޫލުކުރާކަން، އެ ވާހަކަތައް ސާބިތު ނުވާ ނަމަ ޖެހޭނީ ނިހާދު މަޤާމުން ވަކިކުރަން"

24 ޑިސެމްބަރު 2024
އައްޑޫ އަށް އިންވެސްޓްކުރަން ޖެހިލުންވާން ޖެހޭ އެއްވެސް ސަބަބެއް ނެތް - ނިޒާރު

އައްޑޫ އަށް އިންވެސްޓްކުރަން ޖެހިލުންވާން ޖެހޭ އެއްވެސް ސަބަބެއް ނެތް - ނިޒާރު

26 އޮކްޓޯބަރު 2024
ފަތުރުވެރިކަން ފެށުނު އިރު އެމްޑީޕީގެ ވެރިކަމެއް އޮތް ނަމަ މިއަދު ރާއްޖެ އޮންނާނީ ތަރައްޤީވެފައި އޮތް ޤައުމެއްގެ ގޮތުގައި - މައުރޫފް

ފަތުރުވެރިކަން ފެށުނު އިރު އެމްޑީޕީގެ ވެރިކަމެއް އޮތް ނަމަ މިއަދު ރާއްޖެ އޮންނާނީ ތަރައްޤީވެފައި އޮތް ޤައުމެއްގެ ގޮތުގައި - މައުރޫފް

04 އޮކްޓޯބަރު 2024
މަނީ ޗޭންޖިންގ ވިޔަފާރިއާ ބެހޭ އައު ގަވައިދު: ބޭރު ފައިސާ މާރުކުރާ ލައިސަންސް ލިބޭނީ 50،000 ޑޮލަރު ބަހައްޓައިގެން

މަނީ ޗޭންޖިންގ ވިޔަފާރިއާ ބެހޭ އައު ގަވައިދު: ބޭރު ފައިސާ މާރުކުރާ ލައިސަންސް ލިބޭނީ 50،000 ޑޮލަރު ބަހައްޓައިގެން

02 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު