Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓޫރިޒަމް ދާއިރާ ކުރިއެރުވުން

މުސްތަގުބަލުގައި ޓޫރިޒަމް އެކި ދާއިރާތަކުގެ މަތީ މަގާމުތަކުގައި ވެރިންނަށް ތިބޭނީ ދިވެހިން: މިނިސްޓަރު މައުސޫމް

ވުއައްޒަފުންނަށް ކުރިއެރުންތަކެއް ހޯދައިދެވިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 6 އޮކްޓޯބަރު 2023 | ހުކުރު 06:14
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް

މުސްތަގުބަލުގައި ޓޫރިޒަމް އެކި ދާއިރާތަކުގެ މަތީ މަގާމުތަކުގައި ވެރިންނަށް ތިބޭނީ ދިވެހިން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަސްކާފު ޕްރޮގްރާމްގައި މިނިސްޓަރު މައުސޫމް ވިދާޅުވީ, ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް ފާއިތުވި އަހަރުތަކުގައި ވަރަށް ގިނަ މަސައްކަތްތައް ކުރެވިފައިވާ ކަމަށެވެ. އެގޮތުން މުވައްޒަފުންނަށް ވެސް ކުރިއެރުންތައް ހޯދައިދެވިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރު މައުސޫމް ވިދާޅުވީ މިނިމަމްވޭޖް ކަނޑައެޅުމާއި، ޕޮލިސީގެ ދަށުން ދިވެހިން ގެންނަން ކުރާ މަސައްކަތުގެ ނަތީޖާ ފެންނަމުންދާ ކަމަށެވެ. މިހާރު ރާއްޖޭގައި ވެސް ބޮޑެތި ޗެއިންތަކުގައި ކްލަސްޓަރ ޖެނަރަލް މެނޭޖަރުންގެ ގޮތުގައި ގިނަ ދިވެހިން ހަރަކާތްތެރިވަމުންދާ ކަމަށާއި، މުސްތަގުބަލުގައި ދިވެހިންގެ ނަންބަރުތައް އިތުރުވާނެ ކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ކުރިއަށް އޮތްތަނުގައި ޓޫރިޒަމްގެ މަތީ މަގާމުތަކުގައި ވެރިންގެ ގޮތުގައި މުޅިން ވެސް ތިބޭނީ ދިވެހިން ކަމަށެވެ.

ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ އަންހެނުންނަށް އިޝާރަތް ކުރައްވައި މިނިސްޓަރު މައުސޫމް ވިދާޅުވީ ދާއިރާގައި އަންހެނުން މަސައްކަތް ކުރާ މިންވަރު ނިސްބަތުން މަދު ނަމަވެސް މިހާރު އެއަދަދު މަތިވަމުންދާ ކަމަށެވެ. މިއީ އަންހެނުންނަށް ފުރުސަތުތައް އޮތް ދާއިރާއެއް ކަމަށާއި، މި ދާއިރާއަށް އަންހެނުން ނުކުތުމާމެދު މުޖުތަމައުއިން ދެކޭގޮތް ނުރަނގަޅު ގޮތްތައް ބަދަލުވަމުންދާ ކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވީ ޓޫރިޒަމްގެ އެކި ދާއިރާތަކުގައި އެކި އެލަވްގައި އަންހެނުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މިހާރު ޓްރެވަލް އެޖެންސީތައް ހިންގުމުގައި އަންހެނުންގެ ދައުރުވަރަށް ބޮޑު ކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ރިސޯޓުތަކުގެ މެނޭޖަރުންގެ ލެވަލްގައި އަންހެނުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ ވަރަށް ކާމިޔާބު ކަމަށާއި، ރަން އަކުރުން ފަވާލެވޭ ކަމަށެވެ. ކުރިއަށް އޮތްތަނުގައި ދިވެހި އުފެއްދުންތައް ދާއިރާއަށް ނެރޭ މިންވަރު އިތުރުކުރާނެ ކަމަށާއި، އުފެންދުންތެރިކަމަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވީ އުންމީދު ކުރަނީ 5 ވަނަ މާސްޓަރ ޕްލޭންއާ އެއްގޮތަށް ޓޫރިޒަމް ކުރިއަށް ގެންދެވި ދުވަހެއް ދުވަހަކަށް ދާއިރާ ކުރިއަރަމުން ގޮސް، ކޮންމެ ދުވަހަކީ ވެސް ރައްޔިތުންނަށް ފައިދާ ލިބޭނެ ދުވަހަކަށްވުން ކަމަށެވެ. އަދި ވިދާޅުވީ ޓޫރިޒަމްގެ ދާއިރާއިން ރައްޔިތުންނާއި ގައުމަށް އުފާވެރިކަން ލިބޭ ކަމަށެވެ.

ފަތުރުވެރިންޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ވ.އަތޮޅު ރިސޯޓެއްގެ މޫދަށް އެރި އުޅުނު ފަތުރުވެރިއެއް ގެނބިގެން މަރުވެއްޖެ

ވ.އަތޮޅު ރިސޯޓެއްގެ މޫދަށް އެރި އުޅުނު ފަތުރުވެރިއެއް ގެނބިގެން މަރުވެއްޖެ

21 އޮކްޓޯބަރު 2024
ރަސްދޫގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއަކު ސްނޯކްލިންނަށް ގޮސް އުޅެނިކޮށް މަރުވެއްޖެ

ރަސްދޫގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއަކު ސްނޯކްލިންނަށް ގޮސް އުޅެނިކޮށް މަރުވެއްޖެ

14 އޮކްޓޯބަރު 2024
ފަތުރުވެރިންނަށް 'ޕްރީ އެޕްރޫވަލް ވިސާ އޮން އެރައިވަލް' ދޭން ގޮވާލާ ގަރާރެއް ހުށަހަޅައިފި

ފަތުރުވެރިންނަށް 'ޕްރީ އެޕްރޫވަލް ވިސާ އޮން އެރައިވަލް' ދޭން ގޮވާލާ ގަރާރެއް ހުށަހަޅައިފި

06 މެއި 2024
2023 ގެ ޓްރެވަލް ޕަރސަނަލިޓީ އެވޯޑު ޑރ އަބްދުﷲ މައުސޫމަށް

2023 ގެ ޓްރެވަލް ޕަރސަނަލިޓީ އެވޯޑު ޑރ އަބްދުﷲ މައުސޫމަށް

02 ޑިސެމްބަރު 2023
ސަގާފަތް ތަޖުރިބާކޮށްލަން ބޭނުންވާ ފަތުރުވެރިންނަށް ރާއްޖޭގައި ފުރުސަތުތައް ފަހިކޮށްދެވިދާނެ - މިނިސްޓަރު

ސަގާފަތް ތަޖުރިބާކޮށްލަން ބޭނުންވާ ފަތުރުވެރިންނަށް ރާއްޖޭގައި ފުރުސަތުތައް ފަހިކޮށްދެވިދާނެ - މިނިސްޓަރު

27 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

22 ފެބުރުއަރީ
ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް
20233 އަހަރު ކުރިން
ރާއްޖެ

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ
20215 އަހަރު ކުރިން
ރާއްޖެ

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
20197 އަހަރު ކުރިން
ރިޕޯޓު

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ
20188 އަހަރު ކުރިން
ރާއްޖެ

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު