Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުން

އާއިލާއާއެކު ދިރިއުޅެމުން، ފަތުރުވެރިކަމުގެ ދާއިރާއިން އާމްދަނީ ހޯދުމުގެ ފުރުސަތުތައް ފަހިކޮށްދެވިފައިވޭ: މިނިސްޓަރު މައުސޫމް

ފަތުރުވެރިކަމުން ސީދާ ރައްޔިތުންނަށް އާމްދަނީ ލިބޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 4 އޮކްޓޯބަރު 2023 | ބުދަ 13:21
ޓޫރިޒަމް މިނިސްޓަރު، ޑރ. އަބްދުﷲ މައުސޫމް

ޓޫރިޒަމް މިނިސްޓަރު، ޑރ. އަބްދުﷲ މައުސޫމް

އާއިލާއާއެކު ދިރިއުޅެމުން، ފަތުރުވެރިކަމުގެ ދާއިރާއިން އާމްދަނީ ހޯދުމުގެ ފުރުސަތުތައް ފަހިކޮށްދެވިފައި ވާކަމަށް، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ފަސްކާފު ޕްރޮގްރާމްގައި މިނިސްޓަރު މައުސޫމް ވިދާޅުވީ، ފަތުރުވެރިކަމުން މީހުންނަށް އުފާވެރިކަން ލިބޭކަމަށާއި، ދިރިއުޅުމަށް ހެޔޮ އަސަރުތައް ކުރާކަމަށެވެ.

5 ވަނަ ޓޫރިޒަމް މާސްޓަރ ޕްލޭނަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ ފަތުރުވެރިކަމުން ސީދާ ރައްޔިތުންނަށް އާމްދަނީ ލިބޭނެ ކަމަށާއި، ލިބޭ އާމްދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވާނެ ކަމަށެވެ. އަދި މި ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް މިހާރު އާމްދަނީ ހޯދާނެ ގޮތްތައް އިތުރުވެފައި ވާކަމަށާއި، އާއިލާއާއެކު ދިރިއުޅެމުން އާމްދަނީ ހޯދޭނެ ގޮތްތައް ފަހިވެފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަމުން ދަނީވެސް އެގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އާއިލާއާއެކު ދިރިއުޅެމުން، އެރަށެއްގައި ގެސްޓްހައުސް، ހޮޓެލް، ޑައިވްސެންޓަރު ނުވަތަ އެހެނިހެންވެސް ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި ވިޔަފާރިތައް ހިންގުމަށް ފުރުސަތުތައް ފަހިކޮށްދީފައި ވާކަމަށެވެ. މިއީ މުޅި ރާއްޖޭގައި މި ސިނާއަތް ކުރިއެރުވުމުން ލިބޭ ފައިދާގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ޖެހިޖެހިގެން ރާއްޖެއަށް ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން އެވޯޑް ލިބިފައި ވާކަމަށެވެ. މިއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ. އަދި ވިދާޅުވީ ކޮވިޑް މެނޭޖްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އިސްވެ ހުންނަވައިގެން ކުރެއްވި މަސައްކަތުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށާއި، ދުނިޔޭގެ ގައުމުތަކުން ރާއްޖެ މިސާލަކަށް ބަލާކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިއަދު ރާއްޖެއަކީ ޓޫރިޒަމްގެ ލާމަސީލު މިސާލެއްކަމަށާއި، ބެންޗް މާކު ކަމަށެވެ.

ފަތުރުވެރިކަން ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމްޓޫރިޒަމް މިނިސްޓްރީ

އިތުރަށް ކިޔާލަން

04 އޯގަސްޓު 2025

ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި

04 އޯގަސްޓު 2025
ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި
22 އޮކްޓޯބަރު 2024

ބޭރު މީހުން ރާއްޖޭގައި އިންވެސްޓް ކުރުމަކީ މައްސަލަ އެއް ނޫން، އެއީ އިންޑަސްޓްރީ ގެއްލުން ކަމަށް ޤަބޫލެއް ނުކުރެވޭ - އުއްޗު

22 އޮކްޓޯބަރު 2024
ބޭރު މީހުން ރާއްޖޭގައި އިންވެސްޓް ކުރުމަކީ މައްސަލަ އެއް ނޫން، އެއީ އިންޑަސްޓްރީ ގެއްލުން ކަމަށް ޤަބޫލެއް ނުކުރެވޭ - އުއްޗު
20 ޑިސެމްބަރު 2023

މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

20 ޑިސެމްބަރު 2023
މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި
02 ޑިސެމްބަރު 2023

2023 ގެ ޓްރެވަލް ޕަރސަނަލިޓީ އެވޯޑު ޑރ އަބްދުﷲ މައުސޫމަށް

02 ޑިސެމްބަރު 2023
2023 ގެ ޓްރެވަލް ޕަރސަނަލިޓީ އެވޯޑު ޑރ އަބްދުﷲ މައުސޫމަށް
20 ނޮވެމްބަރު 2023

އަމާޒަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ 6 ބިލިއަން ޑޮލަރަށް އިތުރުކުރުން: ޓޫރިޒަމް މިނިސްޓަރު

20 ނޮވެމްބަރު 2023
އަމާޒަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ 6 ބިލިއަން ޑޮލަރަށް އިތުރުކުރުން: ޓޫރިޒަމް މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު