Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑރ. އަބްދުﷲ މައުސޫމް

ޑައިވިން ދާއިރާއިން މަންފާ ލިބެންޖެހޭ ވަރަށް ހާސިލް ނުވޭ: ޑރ. މައުސޫމް

26 އޮކްޓޯބަރު 2023 | ބުރާސްފަތި 00:31

ދާއިރާގެ އާމްދަނީ މަދުވުމުގައި ދަތުރުފަތުރުގެ އަގު ބޮޑުވުން ވެސް ހިއްސާކުރޭ

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 26 އޮކްޓޯބަރު 2023 | ބުރާސްފަތި 00:31
ޑރ. އަބްދުﷲ މައުސޫމް

ޑރ. އަބްދުﷲ މައުސޫމް

ރާއްޖޭގައި ހިންގާ ޑައިވިންގެ ދާއިރާއިން މަންފާ ލިބެންޖެހޭ ވަރަށް އަދި މަންފާ ހާސިލް ނުވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޑރ. މައުސޫމް ވިދާޅުވީ ޑައިވިންގެ ދާއިރާއަކީ ދުނިޔޭގައި ވަރަށް މަގުބޫލު ދާއިރާއެއް ކަމަށާއި، ރާއްޖޭގައި އެ ދާއިރާގައި ދިމާވާ މައްސަލައަކީ އެހެން ގައުމުތަކުގައި މަންފާ ނަގާ މިންވަރަށް ރާއްޖޭގައި މަންފާ ނުނެގުން ކަމަށެވެ.

އެގޮތުން ރާއްޖޭގެ ޑައިވިންގެ ދާއިރާ ހިންގަނީ ސަފާރީ ސިނާއަތުން ކަން ފާހަގަ ކުރައްވަމުން މައުސޫމް ވިދާޅުވީ އެ ސިނާއަތަކީ މުޅި އެއްކޮށް ވެސް ޑައިވިންއަށް ހާއްސަ ދާއިރާއެއް ކަމަށެވެ. އެކަމަކު އެ ދާއިރާގައި ވެސް ޑައިވިން އިން ބޮޑު އާމްދަނީ އެއް ނުހޯދެނީ ކީއްވެކަން މިނިސްޓަރު ވިދާޅުވެދެއްވި އެވެ.

"އަދި ދިވެހި ރާއްޖެއަކީ ޑައިވަރުން މޮޔަވާ ކަހަލަ މަންޒިލަކަށް ވާހިނދު، އަޅުގަނޑުމެންނަށް އެ ސްކޯޕް އެބައޮތޭ، އެކަމަކު ޑައިވަރުން ބޭނުމެއް ނުވޭ އެހާ ބައިވަރު ފައިސާ އެހެން ކަންތަކަށް ހަރަދު ކުރާކަށް. ރޫމަށް އެހެން ނޫނީ އެހެން ކަންތަކަށް. އެމީހުން ބޭނުންވަނީ ސީދާ ޑައިވިންއަށް ހަރަދުކޮށްފައި އަންޑަވޯޓާ، އަޅުގަނޑުމެންގެ ކަނޑު އަޑީގެ ޖާދުވީ މަންޒަރުތައް ބަލާލަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ ދާއިރާގެ އާމްދަނީ މަދުވުމުގައި ދަތުރުފަތުރުގެ އަގު ބޮޑުވުން ވެސް ހިއްސާކުރާ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖޭގައި ހިންގާ ޑައިވިން ސެންޓަރުތަކަކީ ނުވަތަ އެފަދަ ވިޔަފާރިތަކަކީ ވަރަށް ޕްރޮފަޝަނަލްކޮށް، ދިވެހިން އެކަންކަމާ ވަރަށް ގަޔާވެގެން ކުރާ ވިޔަފާރިތަކެއް ކަމަށެވެ. އެހެން ކަމުން ޑައިވް މާކެޓަށް ފޯކަސް ކުރުމަކީ ފަތުރުވެރިކަމުގެ ދާއިރާއިން އެންމެންނަށް ނަފާ އިތުރުވާނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ޑައިވް މާކެޓަށް އަޅުގަނޑުމެން ފޯކަސް ކުރުމަކީ ދިވެހި ރާއްޖެއަށް ޓޫރިޒަމްގެ ފައިދާ ހުރިހާ އެންމެންނަށް ލިބި، ދިވެހި ރާއްޖެ އިތުރަށް މަޝްހޫރު ވުމަށް ލިބޭނެ ވަރަށް ބޮޑު ފުރުސަތަކަށް ވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމްފަލަ ސުރުޚީ

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2025

އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ

12 ނޮވެމްބަރު 2025
އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ
09 އޮކްޓޯބަރު 2025

ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް

09 އޮކްޓޯބަރު 2025
ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް
24 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު އަމުރު ކުރެއްވި ނަމަވެސް ގާނޫނު އަސާސީއާ ހިލާފު ގާނޫނަކަށް ތަބާވާކަށް ނުޖެހޭނެ: އިބްރާހިމް ރަޝީދު

24 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު އަމުރު ކުރެއްވި ނަމަވެސް ގާނޫނު އަސާސީއާ ހިލާފު ގާނޫނަކަށް ތަބާވާކަށް ނުޖެހޭނެ: އިބްރާހިމް ރަޝީދު
11 ސެޕްޓެމްބަރު 2025

މި ސަރުކާރުގައި ނުހައްގުން މުއްސަނދިކަން ހޯދުމުގެ ސަގާފަތެއް ވަނީ ގާއިމްކޮށްފައި: މެމްބަރު މީކާއީލް

11 ސެޕްޓެމްބަރު 2025
މި ސަރުކާރުގައި ނުހައްގުން މުއްސަނދިކަން ހޯދުމުގެ ސަގާފަތެއް ވަނީ ގާއިމްކޮށްފައި: މެމްބަރު މީކާއީލް
07 ސެޕްޓެމްބަރު 2025

ރާއްޖޭގައި އޮތީ ރައްޔިތުންގެ ބާރުވެރިކަމެއް ނޫން، ރައީސްގެ ބާރުވެރިކަން: ވަހީދު

07 ސެޕްޓެމްބަރު 2025
ރާއްޖޭގައި އޮތީ ރައްޔިތުންގެ ބާރުވެރިކަމެއް ނޫން، ރައީސްގެ ބާރުވެރިކަން: ވަހީދު
03 ސެޕްޓެމްބަރު 2025

ސިސްޓަމެޓިކް ގޮތެއްގައި ރައްޔިތުން ބިކަ ކުރުމަށް ދަނީ މަސައްކަތް ކުރަމުން، މުޅި ރާއްޖޭގައި އޮތީ ޝަކުވާ: ޝިފާޒު

03 ސެޕްޓެމްބަރު 2025
ސިސްޓަމެޓިކް ގޮތެއްގައި ރައްޔިތުން ބިކަ ކުރުމަށް ދަނީ މަސައްކަތް ކުރަމުން، މުޅި ރާއްޖޭގައި އޮތީ ޝަކުވާ: ޝިފާޒު
21 އޯގަސްޓު 2025

ރާއްޖެ ބާރު ސްޕީޑްގައި މީގެ 30 އަހަރު ފަހަތަށް ދާ މަންޒަރު ފެނޭ، ގައުމު ސަލާމަތް ކުރުމަށް މަޖިލީހުގައި ތިއްބެވި ބޭފުޅުން ވެސް މައިބަދާގައި ވަރުކޮޅެއް ޖައްސަންޖެހޭ: އިމްރާން

21 އޯގަސްޓު 2025
ރާއްޖެ ބާރު ސްޕީޑްގައި މީގެ 30 އަހަރު ފަހަތަށް ދާ މަންޒަރު ފެނޭ، ގައުމު ސަލާމަތް ކުރުމަށް މަޖިލީހުގައި ތިއްބެވި ބޭފުޅުން ވެސް މައިބަދާގައި ވަރުކޮޅެއް ޖައްސަންޖެހޭ: އިމްރާން
07 ޖޫން 2025

ގައުމު ބިނާކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތް، އޮތީ ހަމަ އެކަނި އިންތިޚާބުތައް ވިން ކުރުުގެ ފޯމިއުލާ ހޯދުން: ޝަމްހީދު

07 ޖޫން 2025
ގައުމު ބިނާކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތް، އޮތީ ހަމަ އެކަނި އިންތިޚާބުތައް ވިން ކުރުުގެ ފޯމިއުލާ ހޯދުން: ޝަމްހީދު
16 މެއި 2025

ރާއްޖޭގެ ބޭސްފަރުވާގެ ކަންކަން މީގެ ކުރިން ނުދާ މިންވަރަށް ދަށަށް ގޮސްފި: އަޙުމަދު އަބްދުﷲ

16 މެއި 2025
ރާއްޖޭގެ ބޭސްފަރުވާގެ ކަންކަން މީގެ ކުރިން ނުދާ މިންވަރަށް ދަށަށް ގޮސްފި: އަޙުމަދު އަބްދުﷲ
02 މެއި 2025

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަކީ ''ދަތް ނެތް ސިންގާ'' އެއް: ތަޒްމީލް

02 މެއި 2025
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަކީ ''ދަތް ނެތް ސިންގާ'' އެއް: ތަޒްމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް