Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކަލްޗަރ ޓުއަރިޒަމް

ސަގާފަތް ތަޖުރިބާކޮށްލަން ބޭނުންވާ ފަތުރުވެރިންނަށް ރާއްޖޭގައި ފުރުސަތުތައް ފަހިކޮށްދެވިދާނެ - މިނިސްޓަރު

ފެސްޓިވަލެއް ބާއްވައިފި ނަމަ ވަރަށް ގިނަ ފަތުރުވެރިން ކޮންމެ އަހަރަކުވެސް އަންނާނެ ކަމަށާއި ރަނގަޅު އާމްދަނީ އެއްވެސް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 27 އޮކްޓޯބަރު 2023 | ހުކުރު 08:30
ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް

ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް

ސަގާފަތް ތަޖުރިބާކޮށްލަން ބޭނުންވާ ފަތުރުވެރިންނަށް ރާއްޖޭގައި ފުރުސަތުތައް ފަހިކޮށްދެވިދާނެކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޑރ.މައުސޫމް ވިދާޅުވީ ރާއްޖެއަކީ ވަރަށް މުއްސަނދި ސަޤާފަތެއްގެ ވެރި ބައެއް ކަަމަށެވެ. ރާއްޖެ އަކީ ކަލިނަރީ ނުވަތަ ކެއިންބުއިމުގެ ދާއިރާއިން ބެލިއަސް ވަރަށް ޝައުގުވެރި ޤައުމެއް ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން ތާރީޚީ ގޮތުން ބަލާ އިރުވެސް ރާއްޖޭގައި ފާހަގަކޮށްލެވޭ އެތައް ކަމެއް ހުރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެހެންކަމުން އެއީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކޮށް، ރަށްރަށުގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް އޮތް ފުރުސަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ މިހާރު ރާއްޖޭގެ ރަށްތަކަށް އެންމެ އެކަށީގެންވާ ފައިދާ ނުލިބޭ އެއް ސަބަބަކީ އާމްދަނީ ލިބޭނެ ފަދަ ތަންތަން ނެތުން ކަަމަށެވެ.

Advertisement - newsAdvertisement

މިސާލަކަށް ރަށު ފެންވަރުގައި ސިނަމާ ފަދަ ތަންތަން ނުވަތަ އެ ނޫނަސް ރަށްވަންތަކަން ދައްކުވައިދޭ ތަންތަން ހުރުމަކީ ރަށަށް އަންނަ ފަތުރުވެރިން އިތުރު ހޭދަތައް ކުރަން މަގުފަހިވާނެ ކަންކަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން ކޮންމެ އަހަރަކު އެއްފަހަރު ޚާއްސަ ކަލްޗުރަލް ފެސްޓިވަލް އެއް ބޭއްވުމަކީ ސަޤާފީ ކަންކަން ތަޖުރިބާކޮށްލަން ބޭނުންވާ ފަތުރުވެރިންނަށް ގެނައުމަށް ރަނގަޅު މަގަކަށް ވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ފެސްޓިވަލް ބާއްވަން ވާނީ މީލާދީ ކަލަންޑަރާއި ގުޅޭގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ރަނގަޅު ޚަރަދުތަކެއްކޮށްގެން ކުލަގަދަ ފެސްޓިވަލެއް ބާއްވައިފި ނަމަ ވަރަށް ގިނަ ފަތުރުވެރިން ކޮންމެ އަހަރަކުވެސް އަންނާނެ ކަމަށާއި ރަނގަޅު އާމްދަނީ އެއްވެސް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ ކުރިން ވެސް އެފަދަ ފެސްޓިވަލް އެއް ބާއްވަން މަސައްކަތް ކުރެއްވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންނަމަވެސް އޭރު ދުނިޔޭގެ މަސްރަހު އޮތްގޮތާއި އިތުރު ބައެއް ކަންކަމުގެ ސަބަބުން އެ ފެސްޓިވަލް ބޭއްވިފައެއް ނުވެއެވެ. އެފަދަ ފެސްޓިވަލް އެއް ބާއްވަން އެންމެ ރަނގަޅީ މިނިވަން ދުވަސް ފަދަ މުނާސަބަތެއްގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް

ކޮމެންޓް

އިތުރަށް ކިޔާލަން

2023 ގެ ޓްރެވަލް ޕަރސަނަލިޓީ އެވޯޑު ޑރ އަބްދުﷲ މައުސޫމަށް

2023 ގެ ޓްރެވަލް ޕަރސަނަލިޓީ އެވޯޑު ޑރ އަބްދުﷲ މައުސޫމަށް

02 ޑިސެމްބަރު 2023
1.9 މިލިއަން ފަތުރުވެރިންގެ ޓާގެޓް ހާސިލްކުރުމުގެ އުންމީދު ބޮޑު - މިނިސްޓަރ .

1.9 މިލިއަން ފަތުރުވެރިންގެ ޓާގެޓް ހާސިލްކުރުމުގެ އުންމީދު ބޮޑު - މިނިސްޓަރ .

26 އޮކްޓޯބަރު 2023
ޑައިވިން ދާއިރާއިން މަންފާ ލިބެންޖެހޭ ވަރަށް ހާސިލް ނުވޭ: ޑރ. މައުސޫމް

ޑައިވިން ދާއިރާއިން މަންފާ ލިބެންޖެހޭ ވަރަށް ހާސިލް ނުވޭ: ޑރ. މައުސޫމް

26 އޮކްޓޯބަރު 2023
40،000 ފޯމުން ދައްކައިދެނީ ރައީސް ޞާލިހުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ރައްޔިތުން އިތުބާރުކުރާކަން - މައުސޫމް

40،000 ފޯމުން ދައްކައިދެނީ ރައީސް ޞާލިހުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ރައްޔިތުން އިތުބާރުކުރާކަން - މައުސޫމް

25 އޮކްޓޯބަރު 2023
މުސްތަގުބަލުގައި ޓޫރިޒަމް އެކި ދާއިރާތަކުގެ މަތީ މަގާމުތަކުގައި ވެރިންނަށް ތިބޭނީ ދިވެހިން: މިނިސްޓަރު މައުސޫމް

މުސްތަގުބަލުގައި ޓޫރިޒަމް އެކި ދާއިރާތަކުގެ މަތީ މަގާމުތަކުގައި ވެރިންނަށް ތިބޭނީ ދިވެހިން: މިނިސްޓަރު މައުސޫމް

06 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު