Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފްލޫ ކްލިނިކް ހިންގި އިމާރާތުގައި އިންޑޯ ވޯލީއަށް

މާލެހިޔާ ފްލެޓްތަކުގެ ފުރަގަހުގައި ހުޅުވި ފްލޫ ކްލިނިކް ހިންގި އިމާރާތް އިންޑޯ ވޮލީއަށް ޚާއްސަކުރަނީ

29 ޖެނުއަރީ 2022 | ހޮނިހިރު 08:43

ވޮލީ ކޯޓުގެ މަސައްކަތްތައް ކުރުމަށް މާލެ ސިޓީ ކައުންސިލްގެ ހުއްދައަށް ވަނީ އެދިފައި

އަމްނާ އިމާދު
އަމްނާ އިމާދު | 29 ޖެނުއަރީ 2022 | ހޮނިހިރު 08:43
މާލެހިޔާ ފްލެޓްތަކުގެ ފުރަގަހުގައި ހުޅުވި ފްލޫ ކްލިނިކް ހިންގި އިމާރާތް

މާލެހިޔާ ފްލެޓްތަކުގެ ފުރަގަހުގައި ހުޅުވި ފްލޫ ކްލިނިކް ހިންގި އިމާރާތް

މާލެހިޔާ ފްލެޓްތަކުގެ ފުރަގަހުގައި ހުޅުވި ފްލޫ ކްލިނިކް ހިންގި އިމާރާތުގައި އިންޑޯ ވޯލީއަށް ޚާއްސަ ކުރުމަށް ނިންމާފައިވާ ކަމަށް ޔޫތު މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެއެމްވީއަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ އެބިން އިންޑޯ ވޮލީއަށް ޚާއްސަ ކޮށްފައިވާ ކަމަށެވެ. ވޮލީ ކޯޓުގެ މަސައްކަތްތައް ކުރުމަށް މާލެ ސިޓީ ކައުންސިލްގެ ހުއްދައަށް އެދިފައިވާ ކަމަށާއި، މިފެށޭ ހަފުތާ ތެރޭގައި ހުއްދަ ލިބޭނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ހުއްދަ ލިބުނުހާ އަވަހަށް އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.

Advertisement - newsAdvertisement

މާލޭ ހިޔާ ފްލެޓުތަކުގެ ފުރަގަހުގައި ދަގަނޑު ހޮޅިއާއި ޓިނާއި ފިލާ ފަދަ ތަކެތި ބޭނުންކޮށްގެން ހަދާފައިވާ އެތަން އެންމެ ފުރަތަމަ ބޭނުން ކޮށްފައިވަނީ ޕީޕީއެމުން ރުމާލު 2 ޖަގަހަ ހިންގުމަށެވެ. އޭގެ ފަހުން އެޗްޕީއޭއިން އެތަނުގައި ފްލޫ ކްލިނިކެއް ހިންގި އެވެ. އޭގެފަހުން އެތަން ބަންދުކޮށްފައި ހުންނަތާ ގިނަ ދުވަސްތަކެއް ވުމާއެކު މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ޖަގަހައަށް އެތަން ވެފައިވާ ކަމަށް ބައެއް އާއްމުން ތުހުމަތު ކުރަން ފެށިއެވެ. އެމައްސަލަ ފެންމަތިވެފައިވަނިކޮށް އެ އިމާރާތުގައި ހުކުރު ދުވަހުގެ މެންދުރުފަހު 2:30 ހާއިރު އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

މިއަދާ ހަމައަށް އެތަނުގައި ރަލާއި އެނޫންވެސް މަސްތުވާތަކެތި ބޭނުންކުރަމުން އައި ކަމަށާއި, އެކަމުގައި އުޅޭ މީހުން ނިދައި ދިރިއުޅެމުން އައީވެސް އެތަނުގައި ކަމަށް ބައެއް އާއްމުން ބުނެއެވެ. އެސަރަހައްދުގައި ދިރިއުޅޭ ބައެއް އާއްމުން ބުނާ ގޮތުގައި އެއިމާރާތުގެ ކުނި ވަސް މުޅި ސަރަހައްދަށް ދުވާ އެކަމުގެ އުދަނގޫ ވަރަށް ބޮޑަށް ފޯރާ ކަމަށެވެ.

ރާއްޖެއެމްވީން އެތަނަގަށް ގޮސް ބެލިއިރު އެތަނުގައި ބައެއް ޒުވާނުން ނިދާފައި ތިއްބެއެވެ. މީގެ އިތުރުން ކެއުމަށް ބޭނުންކުރާ އެކިބާވަތުގެ ކާ ތަކެތި ކުނިކޮށްފައި އެތާގައި ބަހައްޓާފައި ހުއްޓެވެ. އެއިމާރާތުގައި ފާރުތަކުގައި ވަނީ ބޭއަދަބީ ބަސްތައް ވެސް ލިޔެފައެވެ. އަދި އިމާރާތުގައި ހުރި ފާޚާނާ ވެސް ވަނީ ބޭނުން ނުކުރެވޭ މިންވަރަށް ހަލާކުކޮށްލާފައެވެ. ގިނަ އަދަދަކަށް އިމާރާތުގެ ކުނި ހުރިއިރު، މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ތުހުމަތު ކުރެވޭ ޒުވާނުންތަކެއް އެތަނުގައި ދަނީ ދިރިއުޅެމުންނެވެ. ދެ ފަންގިފިލާއަށް ހަދާފައި ހުރި އެއިމާރާތުގައި ގިނަ އަދަދެއްގެ ގޮދަޑިވެސް އަޅާފައި ހުއްޓެއެވެ.

އެބިމުގެ މިލްކުވެރި ފަރާތަކާމެދު ސުވާލު ކުރުމުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ, އެއީ ސިޓީ ކައުންސިލާ އެއްވެސް ގުޅުމެއް އޮތް ތަނެއް ނޫން ކަމަށެވެ.

އަހުމަދު މަޚްލޫފް

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

16 މެއި 2024

މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް

16 މެއި 2024
މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް
28 ޑިސެމްބަރު 2023

ކުރީގެ މިނިސްޓަރު މަޚްލޫފް، ރޮނާލްޑޯއާ ބައްދަލު ކޮށްފި

28 ޑިސެމްބަރު 2023
ކުރީގެ މިނިސްޓަރު މަޚްލޫފް، ރޮނާލްޑޯއާ ބައްދަލު ކޮށްފި
04 ޑިސެމްބަރު 2023

މަޚްލޫފް، ޔުއެފާގެ ރައީސް ޗެފެރިންނާ ބައްދަލުކުރައްވައިފި

04 ޑިސެމްބަރު 2023
މަޚްލޫފް، ޔުއެފާގެ ރައީސް ޗެފެރިންނާ ބައްދަލުކުރައްވައިފި
22 ޖޫން 2023

ބޫޓާން މެޗުގެ ކުރިން މިނިސްޓަރު މަޚްލޫފް ޤައުމީ ޓީމަށް ހިތްވަރުދެއްވައިފި

22 ޖޫން 2023
ބޫޓާން މެޗުގެ ކުރިން މިނިސްޓަރު މަޚްލޫފް ޤައުމީ ޓީމަށް ހިތްވަރުދެއްވައިފި
01 މާރިޗު 2023

ތާރީޚީ މުބާރާތް، ފޯ ނޭޝަންސް ކަޕާއެކު ކުޅުންތެރިންނާއި ވޮލީ އާއިލާގެ ޝުކުރު މިނިސްޓަރު މަޚްލޫފަށް

01 މާރިޗު 2023
ތާރީޚީ މުބާރާތް، ފޯ ނޭޝަންސް ކަޕާއެކު ކުޅުންތެރިންނާއި ވޮލީ އާއިލާގެ ޝުކުރު މިނިސްޓަރު މަޚްލޫފަށް
28 ފެބުރުއަރީ 2023

ފޯ ނޭޝަންސް ކަޕާއެކު ވޮލީ އިން ފެނުނު ފޯރި، މިނިސްޓަރުގެ އުންމީދަކީ އެހެން މުބާރާތެއް ވެސް ބޭއްވުން

28 ފެބުރުއަރީ 2023
ފޯ ނޭޝަންސް ކަޕާއެކު ވޮލީ އިން ފެނުނު ފޯރި، މިނިސްޓަރުގެ އުންމީދަކީ އެހެން މުބާރާތެއް ވެސް ބޭއްވުން
11 އޮކްޓޯބަރު 2022

އަތޮޅުތެރޭގެ 28 ރަށަކަށް ބޭނުންވާ ބިލިއާޑު ބޯޑު ހަވާލުކޮށްފި

11 އޮކްޓޯބަރު 2022
އަތޮޅުތެރޭގެ 28 ރަށަކަށް ބޭނުންވާ ބިލިއާޑު ބޯޑު ހަވާލުކޮށްފި
05 އޮކްޓޯބަރު 2022

އަޅުގަނޑަކީ ކެސިނޯ އަޅަން ތާއިދުކުރާ މީހެއް ނޫން، ވާހަކައިން އޮޅުން އަރާފައިވާތީ މަޢާފަށް އެދެން: މިނިސްޓަރު މަޚްލޫފް

05 އޮކްޓޯބަރު 2022
އަޅުގަނޑަކީ ކެސިނޯ އަޅަން ތާއިދުކުރާ މީހެއް ނޫން، ވާހަކައިން އޮޅުން އަރާފައިވާތީ މަޢާފަށް އެދެން: މިނިސްޓަރު މަޚްލޫފް
04 އޮކްޓޯބަރު 2022

ރާއްޖޭގެ ފުޓުބޯޅަ އޮތް ޙާލަތާމެދު ކަންބޮޑުވޭ: މިނިސްޓަރު މަޚްލޫފް

04 އޮކްޓޯބަރު 2022
ރާއްޖޭގެ ފުޓުބޯޅަ އޮތް ޙާލަތާމެދު ކަންބޮޑުވޭ: މިނިސްޓަރު މަޚްލޫފް
03 އޮކްޓޯބަރު 2022

ބޮޑާކަމާއި ކިބުރުވެރިކަމަކީ އަޅުގަނޑުގެ ގައިގަ ހުންނަ ސިފައެއް ނޫން: މިނިސްޓަރު މަޚްލޫފް

03 އޮކްޓޯބަރު 2022
ބޮޑާކަމާއި ކިބުރުވެރިކަމަކީ އަޅުގަނޑުގެ ގައިގަ ހުންނަ ސިފައެއް ނޫން: މިނިސްޓަރު މަޚްލޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް