Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އަތޮޅުތެރެއަށް ބިލިއާޑު ބޯޑު ފޮނުވުން

އަތޮޅުތެރޭގެ 28 ރަށަކަށް ބޭނުންވާ ބިލިއާޑު ބޯޑު ހަވާލުކޮށްފި

މީގެ އިތުރުން ވަނީ ހުޅުމާލެ އަށް ބޭނުންވާ ބިލިއާޑު ބޯޑެއް ވެސް ހަވާލުކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 11 އޮކްޓޯބަރު 2022 | އަންގާރަ 08:41
ބިލިއާޑު ބޯޑު ހަވާލުކުރުމަށް ބޭއްވި އިވެންޓުގެ ތެރެއިން

ބިލިއާޑު ބޯޑު ހަވާލުކުރުމަށް ބޭއްވި އިވެންޓުގެ ތެރެއިން

އަތޮޅުތެރޭގެ ބައެއް ރަށްތަކަށް ބޭނުންވާ ބިލިއާޑު ބޯޑު ހަވާލުކޮށްފިއެވެ.

އަންގާރަ ދުވަހު މޯލްޑިވްސް ޕޫލް ބިލިއާޑު އެސޯސިއޭޝްނުގައި އޮތް ރަސްމިއްޔާތެއްގައި ރަށްތަކަށް ބޯޑު ހަވާލުކޮށްދެއްވީ މިނިސްޓަރު އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަޙުމަދު މަޚްލޫފްއެވެ. ރަށްތަކުގެ ފަރާތުން ބިލިއާޑް ބޯޑާ ހަވާލުވީ ދާއިރާ މަޖިލިސް މެމްބަރުންނެވެ. މި ރަސްމިއްޔާތުގައި ވަނީ 28 ރަށަކަށް ބޭނުންވާ ބިލިއާޑު ބޯޑެވެ. މީގެ އިތުރުން ވަނީ ހުޅުމާލެ އަށް ބޭނުންވާ ބިލިއާޑު ބޯޑެއް ވެސް ހަވާލުކޮށްފައެވެ.

ބިލިއާޑު ބޯޑު ހަވާލުކުރި ރަށްތަކަކީ، ހއ.ކެލާ، މޮޅަދޫ، ފިއްލަދޫ، ދިއްދޫ، ތަކަންދޫ، ށ.ކޮމަންޑޫ (ދެ ބޯޑު)، ފޯކައިދޫ، މާއުނގޫދޫ، ނ.ކެނދިކުޅުދޫ، ރ.އުނގޫފާރު، ކ.މާފުށި، ހިންމަފުށި، އދ.ފެންފުށި، ދިއްދޫ، މ.މުލައް، ދިއްގަރު، ފ.މަގޫދޫ، ތ.ތިމަރަފުށި، މަޑިފުށި، ގަން، މާބައިދޫ، ގއ.ވިލިނގިލި، ކޮލަމާފުށި، ދާންދޫ، ގދ.ހޯނޑެއްދޫ، ތިނަދޫ، މަޑަވެލި އަދި ސ.ހިތަދޫއެވެ.

މި އިވެންޓަށްފަހު ރާއްޖެ އެމްވީ އަށް ދެއްވި އިންޓަވިޔުއެއްގައި މިނިސްޓަރު މަޚްލޫފް ވިދާޅުވީ، މިއީ ރާއްޖޭގެ ރަށްރަށުގައި މުނިފޫހި ފިލުވުމާއި، ކުޅިވަރު ކުޅުމަށްޓަކައި ފަހިކޮށްދެމުންދާ ފުރުސަތުގެ ތެރެއިން ކުރެވޭ ކަމެއް ކަމަށެވެ. މަޚްލޫފް ވިދާޅުވީ ރަށްތަކުގެ ލިސްޓު އެކުލަވާލީ ޒުވާނުންގެ މަރުކަޒު ހުރި ރަށްތަކާއި، ބިލިއާޑް ބޯޑަށް ރިކުއެސްޓު ލިބިފައިވާ ރަށްތަކަށް ބަލައިގެން ކަމަށެވެ. މީގެ އިތުރުން މަޚްލޫފް ވިދާޅުވީ އެހެނިހެން ރަށްރަށުގައި ވެސް ކުޅޭނެ ޖާގަ އޮތް ނަމަ، އެ ފުރުސަތުތައް ފަހިކޮށްދެމުން ގެންދަވާނެ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މިކަމުގެ އިތުރުން ވެސް ބައެއް ރަށްރަށުގައި ޓޭބަލް ޓެނިސް (ޓީޓީ) ސެންޓަރުތަކާއި، ބެޑްމިންޓަން ކޯޓުތައް އެޅުން ކަހަލަ ކަންކަން ވެސް ކުރިއަށް ގެންދާ ކަމަށެވެ.

ޔޫތު މިނިސްޓްރީން އަންނަނީ ރަށްރަށަށް ބޭނުންވާ ކުޑަކުދިންގެ ޕާކު ސާމާނާއި، އައުޑް ޑޯ ޖިމްގެ ސާމާނު ވެސް ފޯރުކޮށްދެމުންނެވެ.

މޯލްޑިވްސް ޕޫލް ބިލިއަރޑް އެސޯސިއޭޝަން (އެމްޕީބީއޭ)ކުޅިވަރާ ބެހޭ ވުޒާރާއަހުމަދު މަޚްލޫފް

ކޮމެންޓް

އިތުރަށް ކިޔާލަން

މުލިއާގޭ ވެހިކަލް ގަރާޖު ހުރި ބިމުގައި ޒުވާނުންގެ މަރުކަޒެއް އަޅަނީ

މުލިއާގޭ ވެހިކަލް ގަރާޖު ހުރި ބިމުގައި ޒުވާނުންގެ މަރުކަޒެއް އަޅަނީ

18 ނޮވެމްބަރު 2024
ވަރަށް އަވަހަށް ނޭޝަނަލް އާޓް ކަލެކްޝަން އެއް ފަތުރުވެރިންނަށް ހުޅުވާލާނަން: އަސްވަރޑް

ވަރަށް އަވަހަށް ނޭޝަނަލް އާޓް ކަލެކްޝަން އެއް ފަތުރުވެރިންނަށް ހުޅުވާލާނަން: އަސްވަރޑް

21 ޖުލައި 2024
މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް

މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް

16 މެއި 2024
ކުރީގެ މިނިސްޓަރު މަޚްލޫފް، ރޮނާލްޑޯއާ ބައްދަލު ކޮށްފި

ކުރީގެ މިނިސްޓަރު މަޚްލޫފް، ރޮނާލްޑޯއާ ބައްދަލު ކޮށްފި

28 ޑިސެމްބަރު 2023
މަޚްލޫފް، ޔުއެފާގެ ރައީސް ޗެފެރިންނާ ބައްދަލުކުރައްވައިފި

މަޚްލޫފް، ޔުއެފާގެ ރައީސް ޗެފެރިންނާ ބައްދަލުކުރައްވައިފި

04 ޑިސެމްބަރު 2023

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު