Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުރީގެ މިނިސްޓަރު މަޚްލޫފް

ކުރީގެ މިނިސްޓަރު މަޚްލޫފް، ރޮނާލްޑޯއާ ބައްދަލު ކޮށްފި

ރޮނާލްޑޯގެ އިތުރުން މަޚްލޫފް ވަނީ، ފްރާންސްގެ އެންގޯލޯ ކަންޓޭ އަދި ބްރެޒިލްގެ ފަބީނިއޯއާ ވެސް ބައްދަލު ކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 ޑިސެމްބަރު 2023 | ބުރާސްފަތި 02:17
ކުރީގެ މިނިސްޓަރު މަޚްލޫފް އަދި ދަރިފުޅު ލައިބާ، ރޮނާލްޑޯ އާއެކު

ކުރީގެ މިނިސްޓަރު މަޚްލޫފް އަދި ދަރިފުޅު ލައިބާ، ރޮނާލްޑޯ އާއެކު

ކުރީގެ ޔޫތު މިނިސްޓަރު އަޙްމަދު މަޚްލޫފް، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާ ބައްދަލު ކޮށްފި އެވެ.

މިނިސްޓަރު މަޚްލޫފް އަދި ދަރިފުޅު ލައިބާ އަޙުމަދު މަޚްލޫފް (އެލީ)، ރޮނާލްޑޯއާ ބައްދަލުކޮށްފައި ވަނީ ސައުދީ ޕްރޯ ލީގުގައި އަލް ނަސްރުން އަލް އިއްތިހާދާ ދެކޮޅަށް ކުޅުނު މެޗަށްފަހު އެވެ. ޕްރިންސް ޢަބްދުﷲ އަލް ފައިސަލް ސްޓޭޑިއަމްގައި ކުޅުނު މެޗަށްފަހު ރޮނާލްޑޯއާ ބައްދަލުވުމުން، މަޚްލޫފް ވަނީ ރޮނާލްޑޯގެ ކާމިޔާބީ އަށް މަރުޙަބާ ވިދާޅުވެފަ އެވެ. އެއީ މިއަހަރުގެ ތެރޭގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ލިސްޓުގެ ކުރިއަށް ރޮނާލްޑޯ ޖެހިލުމުންނެވެ. އަލް އިއްތިހާދާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ ދެ ލަނޑު ޖެހިއިރު، އެއީ މިއަހަރުގެ މިހާތަނަށް އޭނާ ޖެހި 53 ވަނަ ލަނޑެވެ.

މަޚްލޫފް ސައުދީ އަށް ކުރައްވާ ދަތުރުފުޅަކީ އެ ޤައުމުގެ ސްޕޯޓްސް މިނިސްޓަރު، ޕްރިންސް އަބްދުލް އަޒީޒް ބިން ތުރުކީ އަލް ފައިސަލްގެ ދަޢުވަތަކަށް ކުރައްވާ ދަތުރެކެވެ. ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ކުޅިވަރު ވަޒީރަކަށް ހުންނެވި މަޚްލޫފް އަކީ، ސައުދީ ސްޕޯޓްސް މިނިސްޓަރާ ވަރަށް ގާތް ގުޅުމެއް އޮންނަ ފަރާތެކެވެ. ރޮނާލްޑޯއާ ބައްދަލު ކުރުމުގެ އިންތިޒާމު މަޚްލޫފަށް ހަމަޖައްސައިދިނީ އެ ޤައުމުގެ ސްޕޯޓްސް މިނިސްޓްރީންނެވެ. މަޚްލޫފް މިނިސްޓަރަކަށް ހުންނެވިއިރު، ސައުދީ އާއި ރާއްޖެއާ ދެމެދު ވަނީ ކުޅިވަރުގެ އެކި އެކި ކަންކަން ކުރިއަށް ގެންގޮސްފަ އެވެ.

ރޮނާލްޑޯގެ އިތުރުން މަޚްލޫފް ވަނީ، ފްރާންސްގެ އެންގޯލޯ ކަންޓޭ އަދި ބްރެޒިލްގެ ފަބީނިއޯއާ ވެސް ބައްދަލު ކޮށްފަ އެވެ.

އަހުމަދު މަޚްލޫފްކްރިސްޓިއާނޯ ރޮނާލްޑޯލައިބާ އަޙުމަދު މަޚްލޫފް

ކޮމެންޓް

އިތުރަށް ކިޔާލަން

ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

14 ނޮވެމްބަރު 2025
ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ

ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ

12 އޮކްޓޯބަރު 2025
ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ

ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ

08 އޮކްޓޯބަރު 2025
އޭދަފުށީ މުބާރާތުން ލައިބާ އަށް ތިން ރަން މެޑައްޔާއި، އެއް ލޯ މެޑަލް

އޭދަފުށީ މުބާރާތުން ލައިބާ އަށް ތިން ރަން މެޑައްޔާއި، އެއް ލޯ މެޑަލް

28 ސެޕްޓެމްބަރު 2025
ރޮނާލްޑޯގެ ދެ ލަނޑާ އެކު ޕޯޗުގަލް މޮޅުވެއްޖެ

ރޮނާލްޑޯގެ ދެ ލަނޑާ އެކު ޕޯޗުގަލް މޮޅުވެއްޖެ

07 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

1 ޖޫން
"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"
20251 އަހަރު ކުރިން
ރިޕޯޓު

"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ
20242 އަހަރު ކުރިން
ރާއްޖެ

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ
20224 އަހަރު ކުރިން
ރިޕޯޓު

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.
20215 އަހަރު ކުރިން
ރިޕޯޓު

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު