Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފޯ ނޭޝަންސް ކަޕް

ތާރީޚީ މުބާރާތް، ފޯ ނޭޝަންސް ކަޕާއެކު ކުޅުންތެރިންނާއި ވޮލީ އާއިލާގެ ޝުކުރު މިނިސްޓަރު މަޚްލޫފަށް

ވޮލީ ކުރިއެރުވުމަށް މިނިސްޓަރު މަޚްލޫފް ކުރައްވާ މަސައްކަތް ފާހަގަކޮށް، ކުޅުންތެރިން ވަނީ ޝުކުރު އަދާކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 މާރިޗު 2023 | ބުދަ 02:34
ޤައުމީ އަންހެން ވޮލީ ޓީމުގެ ކުޅުންތެރިން ރައީސުލްޖުމްހޫރިއްޔާ، ނައިބު ރައީސް އަދި މިނިސްޓަރު މަޚްލޫފާއެކު

ޤައުމީ އަންހެން ވޮލީ ޓީމުގެ ކުޅުންތެރިން ރައީސުލްޖުމްހޫރިއްޔާ، ނައިބު ރައީސް އަދި މިނިސްޓަރު މަޚްލޫފާއެކު

ރާއްޖޭގައި ބޭއްވި ބައިނަލްއަޤުވާމީ ވޮލީ ބޯޅަ މުބާރާތާއެކު ޤައުމީ ޓީމުގެ ކުޅުންތެރިންނާއި، ވޮލީ އާއިލާގެ ޝުކުރު ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފަށް އަދާކޮށްފި އެވެ.

މި މަހުގެ 23 އިން 17 އަށް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ކުރިއަށް ދިޔަ މުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބޭއްވި ވޮލީގެ ބައިނަލްއަޤުވާމީ އިންވިޓޭޝަނަލް ފުރަތަމަ މުބާރާތެވެ. އެ މުބާރާތުގައި ރާއްޖޭގެ ޤައުމީ އަންހެން އަދި ފިރިހެން ޓީމުން ވަނީ ވާދަކޮށްފަ އެވެ. މިއީ މިދިޔަ އަހަރު ރާއްޖޭގައި ބާއްވަން ހަމަޖެހުނު ސެންޓްރަލް ޒޯން ވޮލީ މުބާރާތް ބޭއްވޭނެ ގޮތް ނުވުމުން، އެކަމުގެ ބަދަލުގައި ޔޫތު މިނިސްޓްރީން ވޮލީ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އާ ގުޅިގެން ކުރިއަށް ގެންދިޔަ މުބާރާތެކެވެ. މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ޓީމު ވަނީ ސެމީ ފައިނަލްގައި ކުޅެ ނާކާމިޔާބުވެފަ އެވެ. އަންހެން ޓީމު ވަނީ ފައިނަލްގައި ކުޅެ ފަހު ވަގުތު ނާކާމިޔާބުވެފަ އެވެ.

މުބާރާތަށްފަހު ޤައުމީ އަންހެން ޓީމުގެ ކުޅުންތެރިން ވަނީ މިނިސްޓަރު މަޚްލޫފަށް ޝުކުރު އަދާކޮށްފަ އެވެ. ޤައުމީ ވޮލީ ޓީމުގައި ހިމެނޭ ޙައްވާ ޝަޚާ އޭނާގެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ވޮލީ އަށް މިނިސްޓަރު ކުރައްވާ ބުރަ މަސައްކަތާއި، އެންމެ ފަހުން ކުރިއަށް ގެންދިޔަ ދެ ކޭމްޕުގައި ވެދެއްވި އެހީތެރިކަމާއި، ރާއްޖޭގައި ކާމިޔާބު މުބާރާތެއް ބާއްވައިދިންކަމަށް ޓަކައި ވެސް ޝުކުރު އަދާކުރާ ކަމަށެވެ. އަދި މިނިސްޓަރު ކުޅުންތެރިން ފެއިލްވިޔަ ނުދޭ ކަމަށާއި، އެކަމަށްޓަކައި މަޚްލޫފަށް ފުރިހަމަ އަށް އިތުބާރު ކުރާ ކަމަށެވެ. މީގެ އިތުރުން ޝަޚާ ބުނީ، މަޚްލޫފްގެ ބަހާއި އަމަލު ދިމާވާކަން ޤަބޫލުކުރުމަށް އިތުރު ބާރެއް ލިބިފައިވާ ކަމަށެވެ. ހަމައެއާއެކު ސައުދީ އަރަބިއްޔާ އަށް ކޭމްޕު ދިޔަ އިރު، މައިންނަށް އެމީހުންގެ ތުއްތު ދަރިން ގެންދިޔުމުގެ ފުރުސަތު ދިނުމާއި، އެ ކުދިންނާއެކު ޢުމްރާވުމުގެ ފުރުސަތު ވެސް ދެއްވިކަމަށް ޓަކައި ޚާއްސަ ޝުކުރެއް އަދާ ކުރާ ކަމަށެވެ.

ޝަޚާގެ އިތުރުން ޤައުމީ އަންހެން ޓީމުގެ ސެޓަރު ޖޫޒާން ޒަރީރު ބުނީ، ކުޅުންތެރިންނަށް ފުރިހަމަ އަށް އިތުބާރު ކުރިކަމަށް ޓަކައި މަޚްލޫފަށް ޝުކުރު އަދާ ކުރާ ކަމަށެވެ. ޖޫޒާން ބުނީ އަމިއްލަ ފަސްގަނޑުގައި މުބާރާތެއް ކުޅެ، ބޭރު ޤައުމުތަކުގައި އޮންނަ ބައިނަލްއަޤުވާމީ މުބާރާތްތަކުގައި އަންހެން ޓީމަށް މާ ރަނގަޅު ނަތީޖާއެއް ހޯދޭނެ ކަން ސާބިތު ކޮށްދިނުމުގެ ފުރުސަތު ހޯދައިދެއްވިކަމަށް ޓަކައި ޝުކުރު އަދާ ކުރާ ކަމަށެވެ. މީގެ އިތުރުން ޖޫޒާން ވަނީ ދިވެހި ސަޕޯޓަރުންގެ ފަރާތުން ލިބުނު އާދަޔާ ޚިލާފު ސަޕޯޓަށް ވެސް ޝުކުރު އަދާކޮށްފަ އެވެ.

ޤައުމީ ފިރިހެން ޓީމުގެ ކެޕްޓަން އަލީ ހުޒާން (ހުޒަންޓޭ) ބުނީ، އެ މުބާރާތް ރާއްޖޭގައި ބޭއްވުމަށް މިނިސްޓަރު މަޚްލޫފް ވެދެއްވި ޤުރުބާނީ އަށް ޝުކުރު އަދާ ކުރާ ކަމަށެވެ. މީގެ އިތުރުން އެކަމުގައި ބައިވެރިވި ވީއޭއެމްގެ ރައީސް މުޙައްމަދު ރަނޭޝް (ރަނޭ)ގެ ނަން ވެސް ހުޒަންޓޭ ވަނީ ފާހަގަކޮށްފަ އެވެ. މީގެ އިތުރުން ހުޒަންޓޭ އެ ޕޯސްޓުގައި ބުނީ ޤައުމީ ފިރިހެން ޓީމަށް ބޮޑު ބަދަލަކާއި، ކުރިއެރުމެއް އައިސްފައިވާ ކަމަށާއި، ޓީމުން ވަރަށް ބުރަކޮށް މަސައްކަތް ކުރި ކަމަށެވެ. ހުޒަންޓޭ ބުނީ ޤައުމީ ޓީމުން މިހާ ބުރަކޮށް މަސައްކަތް ކުރި މަންޒަރު މީގެ ކުރިން އޭނާ އަށް ފެނިފައިވާ ނުވާ ކަމަށެވެ.

މީގެ އިތުރުން ފޯ ނޭޝަންސް ކަޕްގައި އިސްކޮށް މަސައްކަތް ކުރި އަޙުމަދު ސަލީމް (ކުނޑި) ބުނީ، ކުޅުންތެރިން ކުރިއެރުވުމާއި، ވޮލީ އަށް ކުރައްވަމުން ގެންދަވާ މަަސައްކަތަށް މިނިސްޓަރު މަޚްލޫފަށް ޝުކުރު އަދާ ކުރާ ކަމަށެވެ. އެކަމުގެ އިތުރުން ކުނޑި ސަލީމް ވަނީ ކުޅުންތެރިންނަށް ބޭނުންވާ ފުރުސަތުތައް ހޯދައިދޭ ފަދައިން، ރާއްޖޭގެ ރެފްރީންނަށް ވެސް ފުރުސަތު ހޯދައިދިނުމަށް އެދިފަ އެވެ. ކުނޑި ބުނީ ރާއްޖޭގެ ރެފްރީންނަކީ ކުރިއަރަން މަސައްކަތް ކުރާ ބައެއް ކަމަށާއި، ރެފްރީންނަށް ބޭނުންވާ އިތުރު ތަމްރީނުތައް ލިބޭނެ ނަމަ، ދިވެހި ރެފްރީންނަކީ ވެސް މި ރީޖަންގައި ރަނގަޅު ބަޔަކަށް ވާނެ ކަމަށެވެ.

ސަރުކާރުން އަންނަނީ ރާއްޖޭގެ ވޮލީ ބޯޅަ ކުރިއެރުވުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދިވެހި ޤައުމީ ޓީމުތަކަށް ރާއްޖެ އިން ބޭރުން ތަމްރީނުވުމުގެ ފުރުސަތު ދިނުމާއި، ރާއްޖޭގައި މުބާރާތްތައް ބޭއްވުން ހިމެނެ އެވެ.

ފޯ ނޭޝަންސް ކަޕްވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގައުމީ ވޮލީބޯޅަ ޓީމުއަހުމަދު މަޚްލޫފް

ކޮމެންޓް

އިތުރަށް ކިޔާލަން

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު