Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް

ރާއްޖޭގެ ފުޓުބޯޅަ އޮތް ޙާލަތާމެދު ކަންބޮޑުވޭ: މިނިސްޓަރު މަޚްލޫފް

މަޚްލޫފް ވިދާޅުވީ ފުޓުބޯޅައިގަ އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަންކަން އެބަ ހުރި ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 އޮކްޓޯބަރު 2022 | އަންގާރަ 06:19
މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު މަޚްލޫފް

މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު މަޚްލޫފް

ރާއްޖޭގެ ފުޓުބޯޅަ އޮތް ޙާލަތާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަޚްލޫފް މިހެން ވިދާޅުވީ އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މެމްބަރު އިލްޔާސް ކުރެއްވި ސުވާލަކީ، ރާއްޖޭގެ ފުޓުބޯޅައިގަ ވަރަށް ބައިވަރު މައްސަލަ ހުރިކަމަށް ވާހަކަ ދެކެވޭ ކަމަށެވެ. އެގޮތުން ކުލަބުތަކުގެ ކުޅުންތެރިންނަށް މުސާރަ ނުދެވޭ ވާހަކައާއި ކުޅުންތެރިންނަށް މުސާރަ ނުދީގެން އެ މީހުން ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރާ ކަމަށެވެ. މީގެ އިތުރުން ވެސް ކޯޗުންނަށް މުސާރަ ނުދެވުމުގެ ސަބަބުން އެ އަދާ ކުރުމަށް ދައުލަތުގެ މައްޗަށް ޙުކުމްތައް އަންނަ ކަމަށެވެ. އެހެންކަމުން މި ކަންކަން ހައްލުކުރުމަށް މިނިސްޓަރު ކުރައްވާ ކަމަކީ ކޮބައިތޯއެވެ.

ޖަވާބުގައި މިނިސްޓަރު މަޚްލޫފް ވިދާޅުވީ ރާއްޖޭގެ ފުޓުބޯޅައިގެ ކަންކަން އޮތް ޙާލަތާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. މަޚްލޫފް ވިދާޅުވީ ތެދަން ވިދާޅުވާނަމަ، ދެން ކަންތައް ވާ ގޮތް ބަލަން ހުންނެވި ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އެފްއޭއެމްގެ ކަންކަން ރަނގަޅު ކުރުމަށް ނުކުންނެވި ނަމަވެސް، ކުލަބުތަކުން ވޯޓު ނުދޭ ކަމުގައި ވަނީ ނަމަ، ކުރެވޭނެ ކަމެއް ނެތް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެފްއޭއެމްގެ ރައީސް ހޮވެނީ ކުލަބުތަކުގެ ވޯޓުން ކަމަށާއި، ކުލަބުތަކުން ބޭނުންވެއްޖެ ނަމަ ބަދަލުވެސް ކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން މަޚްލޫފް ވިދާޅުވީ އިރާދަކުރެއްވިއްޔާ އަންނަ ހަފްތާގެ ތެރޭގައި އެފްއޭއެމާ ވަކިން، ވަރަށް ސީރިއަސްކޮށް މިކަމުގައި ވާހަކަ ދައްކަވާނެ ކަމަށެވެ. މަޚްލޫފް ވިދާޅުވީ ފުޓުބޯޅައިގަ އިންތިހާއަށް ކަންބޮޑުވާ ކަންކަން އެބަ ހުރި ކަމަށެވެ. އޭނާ ވިދާޅުވީ ފުޓުބޯޅަ ކުރިއެރުވުމަށް ބައިވަރު ވަސީލަތްތަކެއް ޤާއިމުކުރަމުން ދާއިރު ވެސް، އޭގެން ރަނގަޅު ނަތީޖާއެއް ނުނެރެވި، ބައިވަރު މައްސަލަ ނުކުންނަ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށާއި، އެއީ ކަމުދާ ގޮތެއް ނޫން ކަމަށެވެ.

މީގެއިތުރުން މަޚްލޫފް ވިދާޅުވީ ރާއްޖެއިން ބޭރަށް ޤައުމީ ޓީމުތަކުން ދާން ޖެހޭނީ ރަނގަޅަށް ތައްޔާރުވެގެން ކަމަށެވެ. އެގޮތަށް ދާ މުބާރާތްތަކުން ރަނގަޅު ނަތީޖާއެއް ނުނެރެވޭ ނަމަ، އެ ދާ ޓީމަކަށް ޚަރަދު ކުރުމަށްވުރެ އެ ފައިސާ ކޮންމެވެސް ރަށަކަށް ޚަރަދުކުރުން ވެސް މާ ރަނގަޅުކަމަށް އޭނާ ވިދާޅުވިއެވެ. މަޚްލޫފް ވިދާޅުވީ އެފްއޭއެމަށް ސަރުކާރުގެ ފަރާތުން ވެސް އެއްބާރުލުން ދޭނީ، އެފްއޭއެމުން ވެސް ބުނާ ގޮތް ހަދާ ނަމަ ކަމަށެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަހުމަދު މަޚްލޫފްރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު