Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދީމާ ހޯދި ކާމިޔާބީ

މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް

އެއީ ކުރީގެ ރައީސް ޞާލިޙުގެ ސަރުކާރުން ކުޅިވަރުތަކުގެ މެދުގައި ހުރި ތަފާތުކުރުންތައް ނައްތާލައި، ވަކި ކުޅިވަރުތަކުން އެތުލީޓުން ކުރިއެރުވުމަށް ކުރި އިންވެސްޓުގެ ނަތީޖާ ކަމަށް މަޚްލޫފް ވިދާޅުވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 މެއި 2024 | ބުރާސްފަތި 03:04
ކުރީގެ މިނިސްޓަރު މަޚްލޫފް ދީމާ އަށް މެޑަލް ހަވާލު ކުރައްވަނީ

ކުރީގެ މިނިސްޓަރު މަޚްލޫފް ދީމާ އަށް މެޑަލް ހަވާލު ކުރައްވަނީ

ރާއްޖޭގެ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ހޯދި ތާރީޚީ ކާމިޔާބަކީ، ނިމުނު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ކުޅިވަރަށް ގެނައި ހެޔޮ ބަދަލުގެ ނަތީޖާ ކަމަށް އެ ސަރުކާރުގެ ކުޅިވަރާ ބެހޭ މިނިސްޓަރު އަޙުމަދު މަޚްލޫފް ވިދާޅުވެއްޖެ އެވެ.

ދީމާ ވަނީ ސައުތު އޭޝިއަން ރީޖަނުގެ އޮލިމްޕިކްސް ކޮލިފިކޭޝަނަށްގެ ސިންގަލްސް ބައިގެ ޗެމްޕިއަންކަން ހޯދައި މިއަހަރު އޮންނަ އޮލިމްޕިކްސް އަށް ކޮލިފައިވެފަ އެވެ. އެއާއެކު ދީމާ ވެގެން ގޮސްފައި ވަނީ، ރާއްޖޭގެ ތާރީޚުގައި ވެސް އޮލިމްޕިކްސް އަށް ކޮލިފައިވި ފުރަތަމަ އެތުލީޓަށެވެ.

މިކަމާ ގުޅިގެން މަޚްލޫފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ އަހަރުތަކެއް ވަންދެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި އެއީ ކުރީގެ ރައީސް ޞާލިޙުގެ ސަރުކާރުން ކުޅިވަރުތަކުގެ މެދުގައި ހުރި ތަފާތުކުރުންތައް ނައްތާލައި، ވަކި ކުޅިވަރުތަކުން އެތުލީޓުން ކުރިއެރުވުމަށް ކުރި އިންވެސްޓުގެ ނަތީޖާ ކަމަށް ވެސް މަޚްލޫފް ވިދާޅުވި އެވެ. އެގޮތުން މިދިޔަ ފަސް އަހަރުގެ ތެރޭގައި ދީމާގެ ތަމްރީނުތަކުގެ ޚަރަދުތައް ސަރުކާރުން ބަލަހައްޓާދީފައިވާކަން މަޚްލޫފް ފާހަގަކުރެއްވި އެވެ. އޭގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ސްކޮލަޝިޕްގެ އެހީތެެރިކަން ދީމާ އަށް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.

އިތުރަށް މަޚްލޫފް ވިދާޅުވީ މި ކާމިޔާބަކީ ޓޭބަލް ޓެނިސް އެސޯސިއޭޝަން އަދި އެމްއޯސީ ގުޅިގެން ކުރެވުނު މަސައްކަތުގެ ނަތީޖާ ކަމަށެވެ.

ދީމާ ހޯދި ކާމިޔާބަށް މަރުޙަބާ ވިދާޅުވެ މަޚްލޫފް ވިދާޅުވީ، މިއީ ތުއްތުއިރުން ފެށިގެން ހިތްވަރާއެކު ދީމާ ކުރަމުން އަންނަ މަސައްކަތުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ. އަދި މިއީ ދިވެހިންނަށް ދީމާ ހޯދައިދިން ވަރަށް ރީތި ނަމެއް ކަމަށް ވެސް ވިދާޅުވި އެވެ. ދީމާގެ ކާމިޔާބީގެ ފަހަތުގައި އަބަދު ވެސް އެންމެ ބޮޑު އެހީތެރިކަމެއްދީ އެންމެ ބޮޑު ގުރުބާނީއެއް ވަނީ ދީމާގެ މަންމަ އާއި ބައްޕަކަން ފާހަގަކުރައްވާ މަޚްލޫފް ވަނީ، ދީމާގެ މައިންބަފައިންނަށް ވެސް މަރުޙަބާ ވިދާޅުވެފަ އެވެ.

އޭގެ އިތުރުން ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު، ނާއިބު ރައީސް އިބްރާހީމް ޝިއުރީގެ އިތުރުން ހިންގާ ކޮމެޓީގެ މެންބަރުންގެ މަސައްކަތަށް ވެސް މަޚްލޫފް ވަނީ މަރުޙަބާ ކިޔައިފަ އެވެ. ހަމައެހެންމެ އެމްއޯސީގެ ރައީސް މުޙައްމަދު އަބްދުއް ސައްތާރު (ޗަމްޕީ) އާއި ހިންގާ ކޮމެޓީ އަދި ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު އަށް ވެސް މަޙުލޫފް ވަނީ މަރުޙަބާ ވިދާޅުވެފަ އެވެ.

އިތުރަށް މަޚްލޫފް ވިދާޅުވީ ސްރީލަންކާގައި ދިރިއުޅެމުން އަދި ތަމްރީނު ހަދަމުން ދިޔަ ޓީޓީ ތަރިއަށް، ފްރާންސް، ކްރޮއޭޝިއާ، ޗައިނާ، ތައިލެންޑު އަދި އިންޑިއާ ފަދަ ޤައުމުތަކުގައި ތަމްރީނުވެ، ގިނަ މުބާރާތްތަކެއްގައި ވާދަކުރުމުގެ ފުރުސަތު ފަހި ކޮށްދެވުނުއިރު، އޭގެ ފައިދާ ފުރިހަމަ ގޮތުގައި ލިބިގަނެ ދީމާ ވަނީ މުޅި ޤައުމު ފަޚުރުވެރި ކޮށްދީފައި ކަމަށެވެ.

މީގެ އިތުރުން 2019 ވަނަ އަހަރުން ފެށިގެން ދީމާގެ ތަމްރީނުތަކުގެ ހުރިހާ ޚަރަދެއް ބަލަހައްޓާފައި ވަނީ ސަރުކާރުންނެވެ. އަދި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަށް ދައުވަތުދީގެން ގެނައި ކުރީގެ ދުނިޔޭގެ އެއް ވަނަ ކުޅުންތެރިޔާ ޒޯރާންއާއެކު ކުރެވުނު މަޝްވަރާތަކަށްފަހު، ދީމާ ހިމެނޭހެން ޓީޓީ އަންހެން އަދި ފިރިހެން ޤައުމީ ޓީމުގެ ކުޅުންތެރިންނާއިއެކު ކްރޮއޭޝިއާގައި ފެށި ތަމްރީނު ޕްރޮގްރާމްވެގެން ދިޔައީ ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމަަށް ބޮޑު ކުރިއެރުމެއް ގެނެސްދިންކަމަކަށެވެ.

މިދިޔަ ސަރުކާރުގައި ފެށި އަރުތަ ޕްރޮގްރާމްގައި ދީމާ ހިމެނުނުއިރު، އެމްއޯސީން ދިން ޕެރިސް އޮލިމްޕިކްސް ސްކޮލަޝިޕްގައި ވެސް ދީމާ ހިމެނުނެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަހުމަދު މަޚްލޫފް

އިތުރަށް ކިޔާލަން

31 އޯގަސްޓު 2025

ފަސް އަހަރުގެ ޗެމްޕިއަން ދީމާ ބަލިކޮށް، ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ރަފާ ހޯދައިފި

31 އޯގަސްޓު 2025
ފަސް އަހަރުގެ ޗެމްޕިއަން ދީމާ ބަލިކޮށް، ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ރަފާ ހޯދައިފި
11 ޖޫން 2024

ސައުދީ އެމްބަސީގެ ޚާއްސަ ފުރުސަތުތަކެއް ދީމާ އަށް!

11 ޖޫން 2024
ސައުދީ އެމްބަސީގެ ޚާއްސަ ފުރުސަތުތަކެއް ދީމާ އަށް!
21 މެއި 2024

ސައުތު އޭޝިއަން ޔޫތު ޓީޓީ ޗެމްޕިއަންޝިޕް މިމަހު ލަންކާގައި

21 މެއި 2024
ސައުތު އޭޝިއަން ޔޫތު ޓީޓީ ޗެމްޕިއަންޝިޕް މިމަހު ލަންކާގައި
18 މެއި 2024

ދީމާގެ ކާމިޔާބީއާއި ޤުރުބާނީ!

18 މެއި 2024
ދީމާގެ ކާމިޔާބީއާއި ޤުރުބާނީ!
16 މެއި 2024

ދީމާ ހޯދި ކާމިޔާބީއަށް ރައީސް އަދި ނައިބު ރައީސްގެ މަރުޙަބާ

16 މެއި 2024
ދީމާ ހޯދި ކާމިޔާބީއަށް ރައީސް އަދި ނައިބު ރައީސްގެ މަރުޙަބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު