Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ކުޅިވަރު
ފޯ ނޭޝަންސް ކަޕް

ފޯ ނޭޝަންސް ކަޕާއެކު ވޮލީ އިން ފެނުނު ފޯރި، މިނިސްޓަރުގެ އުންމީދަކީ އެހެން މުބާރާތެއް ވެސް ބޭއްވުން

މިނިސްޓަރު މަޚްލޫފް ވިދާޅުވީ އެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށާއި، ގާތް ގަނޑަކަށް ޖުލައި ހިސާބު ބޭއްވުމުގެ އުންމީދު އޮތް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2023 | އަންގާރަ 09:13
ފޯ ނޭޝަންސް ކަޕްގެ ތެރެއިން މިނިސްޓަރު މަޚްލޫފް ޤައުމީ ޓީމަށް ސަޕޯޓު ދެއްވަނީ

ފޯ ނޭޝަންސް ކަޕްގެ ތެރެއިން މިނިސްޓަރު މަޚްލޫފް ޤައުމީ ޓީމަށް ސަޕޯޓު ދެއްވަނީ

ރާއްޖޭގައި ބޭއްވި ބައިނަލްއަޤުވާމީ ވޮލީ މުބާރާތް ކަމަށްވާ ފޯ ނޭޝަންސް ކަޕުން ފެނުނު ފޯރި އާއި ލިބުނު އުންމީދާއެކު މިއަހަރު އިތުރު މުބާރާތެއް ބޭއްވުމަށް މަސައްކަތް ކުރާނެ ކަމަށް ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މަޚްލޫފް މިފަދައިން ވިދާޅުވީ ފޯ ނޭޝަންސް ކަޕް ނިންމުމަށް ފަހު ރާއްޖެ ޓީވީއާ ވާހަކަ ދައްކަވަމުންނެވެ. މަޚްލޫފް ވިދާޅުވީ ބޭނުންވަނީ ވީ އެންމެ އަވަހަކަށް ރާއްޖޭގައ އިތުރު މުބާރާތެއް ބާއްވަން ކަމަށެވެ. އެކަމުގެ މަޝްވަރާތަށް މުބާރާތުގެ ފައިނަލް މެޗަށްހު ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އާއި ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމްގެ) ރައީސް މުޙައްމަދު ރަނޭޝް (ރަނޭ) އަދި ވޮލީ ބޯޅަ ލެޖެންޑް ސައްޔިދު އަލީ ހިމެނޭހެން ކުރެވުނު ކަމަށެވެ. މިނިސްޓަރު ފާހަގަ ކުރެއްވި ގޮތުގައި މިދިޔަ އަހަރު ރާއްޖޭގައި ބާއްވަން ހަމަޖެހުނު އެއްވެސް މުބާރާތެއް ނުބޭއްވި، އެ މުބާރާތްތައް ނުކުޅެވި ދިޔަ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ފޯ ނޭޝަންސް ކަޕް ބާއްވަން ނިންމީ މިދިޔަ އަހަރު ރާއްޖޭގައި ބާއްވަ އޮތް ވޮލީ މުބާރާތް ބޭއްވޭނެ އެއްވެސް ގޮތެއް ނެތުމުން ކަމަށެވެ. ސަރުކާރަތަށް ހަތަރު އަހަރުވެފައިވާއިރު، މިހާތަަނަށް ވޮލީ ބޯޅަ ކުރިއެރުވުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަން ފާހަގަ ކުރަމުން މަޚްލޫފް ވިދާޅުވީ، ފުޓުބޯޅައިގެ އިތުރުން އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދެމުން އައި ކަމަށެވެ. އެކަމުގެ ތެރެއިން އެންމެ ބޮޑު ފޯކަސް އެއް ދިނީ ވޮލީ އަށް ކަމަށާއި، އެންމެ ބޮޑު އުންމީދެއް އޮތީ ވޮލީ އިން ކަމަށް ވެސް ވިދާޅުވި އެވެ. ވޮލީ އަށް ކޮށްދެމުން އަންނަ ކަންކަމަށް އިޝާރަތް ކުރަމުން މަޚްލޫފް ވިދާޅުވީ، ޤައުމީ އަންހެން ޓީމަށް ރަން މެޑަލް ލިބުނު ނަމަ ވަރަށް އުފާވީސް ކަމަށެވެ.

މީގެ އިތުރުން މަޚްލޫފް ވިދާޅުވީ ގިނަގިނަ އިން މިކަހަލަ މުބާރާތްތައް ބާއްވާ ވަރަކަށް އިތުބާރު ވެސް ބޮޑުވާނެ ކަމަށާއި، ލިބޭ ފުރުސަތުތައް ވެސް އިތުރުވެގެންދާނެ ކަމަށެވެ. ރާއްޖޭގެ ޤައުމީ ފިރިހެން ވޮލީ ޓީމަށް އިޝާރަތްކޮށް މިނިސްޓަރު ވިދާޅުވީ، ސެމީ މެޗަށް އައީ ޓީމު ފައިނަލަށް ދާނެ ކަމުގެ ވަރަށް ބޮޑު އުންމީދަކާއެކު ކަމަށެވެ. ނަމަވެސް ޓީމާމެދު އޮތް އެއް ހިތްހަމަ ޖެހުމަކީ ހަތަރު އަހަރު ކުރިއާ އަޅާ ބަލާއިރު، ޓީމަށް ބޮޑު ބަދަލެއް، ކުރިއެރުންތަކެއް އައިސްފައިވާ ކަމަށެވެ. ޚާއްސަކޮށް ޓީމާ ހަވާލުވި ބްރެޒިލްގެ ކޯޗު ސާޖިއޯ ވެލޯސޯ އާއެކު ޓީމަށް ލިބުނު ކުރިއެރުންތައް ފެނުނު ކަމަށް ވެސް ވިދާޅުވި އެވެ. ރާއްޖޭގައި ބޭއްވި މުބާރާތާއެކު ކުރިއަށް އޮތް އިންޑިއަން އޯޝަން އައިލެންޑްސް ގޭމްސް (އައިއޯއައިޖީ) އިން މެޑަލެއް ހޯދުމަށް ކުރާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބޭނެ ކަމަށް ވެސް މަޚްލޫފް ވިދާޅުވި އެވެ. މަޚްލޫފް ވިދާޅުވީ މިހާރު ބޭނުންވަނީ ދެން މުބާރާތަކަށް އާދެވޭނީ ކޮން ޤައުމުތަކެއްތޯ ބެލުން ކަމަށާއި، އެއަށްފަހު ކުރަން ޖެހޭ އެހެނިހެން ކަން ކަން ވެސް ކުރަމުން ގެންދާނެ ކަމަށެވެ. މުބާރާތް ބާއްވާނެ ސީދާ ތާރީޚަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން މަޚްލޫފް ވިދާޅުވީ ޖުލައި ހިސާބު ބޭއްވުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

މުބާރާތާއެކު ވޮލީ އަށް ސަޕޯޓަރުންގެ ފަރާތުން ފެނުނު ސަޕޯޓާ ގުޅޭ ގޮތުން މަޚްލޫފް ވިދާޅުވީ، މިއީ ކުރިން ދުވަހަކު ވެސް ވޮލީ ގައި ފެންނަ މަންޒަރެއް ނޫން ކަމަށެވެ. މަޚްލޫފް ސިފަކުރެއްވި ގޮތުގައި ވޮލީ އިން ފެނުނީ ގަލޮޅު ދަނޑުގައި ޤައުމީ ފުޓުބޯޅަ ޓީމުން މެޗެއް ކުޅޭއިރު ފެންނަ މަންޒަރު ކަމަށެވެ. އެއީ ގެނެވުނު ވަރަށް ބޮޑު ބަދަލެއް ކަމަށާއި، އެކި ގޮތްގޮތުން މަސައްކަތްކޮށްގެން އެ ބަދަލު ގެނެވޭތީ އުފާވާ ކަމަށް ވެސް މަޚްލޫފް ވިދާޅުވި އެވެ. މުބާރާތުގައި ރާއްޖޭގެ ޤައުމީ ފިރިހެން ޓީމާއި، އަންހެން ޓީމުން ނެރުނު ނަތީޖާގެ އެންމެ ބޮޑު ދައުރެއް އަދާ ކުރީ ވެސް ސަޕޯޓަރުން ކަމަށެވެ.

ރާއްޖެ އިން ވަނީ މިދިޔަ އަހަރުގައި ވެސް ބައިނަލްއަޤުވާމީ ގިނަ މުބާާރާތްތަކެއް ބާއްވައިފަ އެވެ.

ފޯ ނޭޝަންސް ކަޕްވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އަހުމަދު މަޚްލޫފް

ކޮމެންޓް

އިތުރަށް ކިޔާލަން

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

5 ޖެނުއަރީ
ދުނިޔޭގެ އެތައް މަންޒިލަކަށް މާކުރިން ވައިޑް ބޮޑީ ބޯޓުފަހަރު ދިވެހި ދިދަ ޖަހައިގެން ވަނީ އުދުހިފައެވެ
20251 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެތައް މަންޒިލަކަށް މާކުރިން ވައިޑް ބޮޑީ ބޯޓުފަހަރު ދިވެހި ދިދަ ޖަހައިގެން ވަނީ އުދުހިފައެވެ

ފުށިދިއްގަރުފަޅު މަޝްރޫއު ހިންގާ ކުންފުންޏަށް ހުޅުމާލެއިން ދިން 10 ހެކްޓަރުގެ އަގަކީ 7 ބިލިއަން ރުފިޔާ: އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ފުށިދިއްގަރުފަޅު މަޝްރޫއު ހިންގާ ކުންފުންޏަށް ހުޅުމާލެއިން ދިން 10 ހެކްޓަރުގެ އަގަކީ 7 ބިލިއަން ރުފިޔާ: އާޒިމް

ރޮބޮޓެއްގެ ޚިދުމަތް ލިބޭ ކެފޭއެއް ރާއްޖޭގައި އަލަށް ހުޅުވައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޮބޮޓެއްގެ ޚިދުމަތް ލިބޭ ކެފޭއެއް ރާއްޖޭގައި އަލަށް ހުޅުވައިފި

50،000 ރުފިޔާ ލިބޭ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕްރޮމޯޝަނެއް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

50،000 ރުފިޔާ ލިބޭ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕްރޮމޯޝަނެއް

މަޖިލީހުގައި މިނިސްޓަރު ނަހުލާ ވަނީ އިތުރުފުޅު ހައްދަވާފައި: ސްޓޭޓް މިނިސްޓަރު
20215 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގައި މިނިސްޓަރު ނަހުލާ ވަނީ އިތުރުފުޅު ހައްދަވާފައި: ސްޓޭޓް މިނިސްޓަރު

ނިއުޕޯރޓް ވިއު އަންގާރަ ދުވަހު ހުޅުވަނީ!
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ނިއުޕޯރޓް ވިއު އަންގާރަ ދުވަހު ހުޅުވަނީ!

ރޭޕުގެ ތުހުމަތުތަކަށް އަދިވެސް ސުވާލެއް ނުކުރޭ، ފުލުހަށް ހާޒިރުވާން ތައްޔާރު: ހަސަން
20188 އަހަރު ކުރިން
ރާއްޖެ

ރޭޕުގެ ތުހުމަތުތަކަށް އަދިވެސް ސުވާލެއް ނުކުރޭ، ފުލުހަށް ހާޒިރުވާން ތައްޔާރު: ހަސަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު