Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުބޭންކް އޮފް މޯލްޑިވްސް

"ދަ އައިލެންޑް ފެކްޓްރީ" އިން އުފައްދާ ޓޫނާ ޖާރކީ، ރާއްޖޭގެ އެކި ރަށްރަށުގެ ބާޒާރުތަކަށް ނެރެފި

14 އޮކްޓޯބަރު 2026 | ބުދަ 10:08

ބީއެމްއެލް ސްޓާޓްއަޕް ގްރާންޓުގެ އެހީގައި ގދ. ހޯނޑެއްދޫގައި ގާއިމުކުރި "ދަ އައިލެންޑް ފެކްޓްރީ" އިން އުފައްދާ ޓޫނާ ޖާރކީ ރާއްޖޭގެ 80 އަށްވުރެ ގިނަ ފިހާރައަށް ނެރެ، ވިޔަފާރި ފުޅާކޮށްފި. ޒަމާނީ ވަސީލަތްތަކާއެކު މަސްވެރިކަމުގެ ސިނާއަތަށް އީޖާދީ އުފެއްދުންތަކެއް ތައާރަފުކުރާ މި މަޝްރޫއަކީ ޒުވާން ވިޔަފާރިވެރިން ބާރުވެރިކުރުވުމަށް ބޭންކުން ދޭ ފަސް ލައްކަ ރުފިޔާގެ އެހީގައި ހިންގާ ކާމިޔާބު މަސައްކަތެއް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 14 އޮކްޓޯބަރު 2026 | ބުދަ 10:08
ބީއެމްއެލް ސްޓާޓްއަޕް ގްރާންޓުގެ އެހީގައި ގދ. ހޯނޑެއްދޫގައި ގާއިމުކުރި "ދަ އައިލެންޑް ފެކްޓްރީ" އިން އުފައްދާ ޓޫނާ ޖާރކީ ރާއްޖޭގެ 80 އަށްވުރެ ގިނަ ފިހާރައަށް ނެރެ، ވިޔަފާރި ފުޅާކޮށްފި

ބީއެމްއެލް ސްޓާޓްއަޕް ގްރާންޓުގެ އެހީގައި ގދ. ހޯނޑެއްދޫގައި ގާއިމުކުރި "ދަ އައިލެންޑް ފެކްޓްރީ" އިން އުފައްދާ ޓޫނާ ޖާރކީ ރާއްޖޭގެ 80 އަށްވުރެ ގިނަ ފިހާރައަށް ނެރެ، ވިޔަފާރި ފުޅާކޮށްފި | ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސްޓާޓްއަޕް ގްރާންޓުގެ ދަށުން، ނިޔާފް މުޙައްމަދު އިސްނަގައިގެން ފެށި "ދަ އައިލެންޑް ފެކްޓްރީ" އިން އުފައްދާ ޓޫނާ ޖާރކީ ރާއްޖޭގެ އެކި ރަށްރަށުގެ ބާޒާރުތަކަށް ނެރެ، އެ ވިޔަފާރީގެ ޚިދުމަތްތައް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭން ފަށައިފި އެވެ.

މި ވިޔަފާރީގެ ބިންގާ އެޅީ ޒަމާނީ ޕްރޮސެސިންގ އަދި ޕެކޭޖިންގ ވަސީލަތްތައް ބޭނުންކޮށްގެން، ރާއްޖޭގައި މަތީ ފެންވަރުގެ ކަނޑުމަހުގެ އުފެއްދުންތަކެއް ބާޒާރަށް ނެރުމުގެ އަމާޒުގަ އެވެ. އެގޮތުން، 2024 ވަނަ އަހަރު ހުޅުވާލި ބީއެމްއެލް ސްޓާޓްއަޕް ގްރާންޓް ކާމިޔާބުކޮށް ފެށި މި ވިޔަފާރީގެ މައިގަނޑު މަގުސަދަކީ، ޕްރޮޓީން ގިނަ، ރައްކާތެރި އަދި އީޖާދީ މަހުގެ އުފެއްދުންތަކެއް އާންމުންނާ ހަމައަށް ފޯރުކޮށްދިން ކަމަށް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.

ހަމައެއާއެކު، ދިވެހި މަސްވެރިން ބާނާ މަހުން ވެލިޔު އެޑެޑް ޕްރޮޑަކްޓްސް އުފައްދައި، މަސްވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް އެހީތެރިވެދިނުމަކީ ވެސް މި ވިޔަފާރީގެ މުހިންމު ބައި ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. 

ގދ. ހޯނޑެއްދޫގައި ގާއިމުކޮށްފައިވާ މި ފެކްޓަރީން އުފައްދާ ޓޫނާ ޖާރކީ، ރިސޯޓް ހިމެނޭހެން ރާއްޖޭގެ 17 އަށްވުރެ ގިނަ ރަށެއްގެ 80 އަށް ވުރެ ގިނަ ފިހާރައިން ލިބެން ހުރެ އެވެ. މީގެ ތެރޭގައި މާލެއާއި ހުޅުމާލޭގެ 30 އަށް ވުރެ ގިނަ ފިހާރަ ހިމެނެ އެވެ.

ބީއެމްއެލް ސްޓާޓްއަޕް ގްރާންޓަކީ އައު ވިޔަފާރި ޚިޔާލުތައް ހަގީގަތަކަށް ހަދައިދިނުމަށްޓަކައި، ކޮންމެ އަހަރަކު ވެސް ހޮވާލެވޭ އެންމެ އުއްމީދީ ދެ ވިޔަފާރިއަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ހޮވޭ ކޮންމެ ވިޔަފާރިއަކަށް 500،000 (ފަސް ލައްކަ) ރުފިޔާގެ ހިލޭ އެހީ ބޭންކުން ދޫކުރެ އެވެ. މިއީ ޤައުމުގެ އިގުތިސާދީ ދުވެލި ހަލުވިކޮށް، އީޖާދީ ވިސްނުންތަކާއެކު ނުކުންނަ ޒުވާން ވިޔަފާރިވެރިން ބާރުވެރިކުރުވުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށްގެންދާ ނުހަނު މުހިންމު އިސްނެގުމެކެވެ.

ދަ އައިލެންޑް ފެކްޓްރީބީއެމްއެލް ސްޓާޓްއަޕް ގްރާންޓްގދ. ހޯނޑެއްދޫ

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

3

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

4

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

5

މާލޭގެ ގެއަކަށް ވަދެ ތޫނު ހަތިޔާރުން ބިރުދައްކައި ފޭރުނު މައްސަލަ: ހައްޔަރު ކުރި 2 މީހުން ޝަރީއަތް ނިމެންދެން ބަންދަށް!

އިތުރަށް ކިޔާލަން

03 ޖޫން 2019

މުސާރައިގެ އޮނިގަނޑާ ގުޅޭ ގޮތުން މީސްމީޑިޔާގައި ފަތުރަމުންދަނީ ޞައްޙަ މަޢުލޫމާތެއް ނޫން: އައިލެންޑް އޭވިއޭޝަން

03 ޖޫން 2019
މުސާރައިގެ އޮނިގަނޑާ ގުޅޭ ގޮތުން މީސްމީޑިޔާގައި ފަތުރަމުންދަނީ ޞައްޙަ މަޢުލޫމާތެއް ނޫން: އައިލެންޑް އޭވިއޭޝަން
25 ފެބުރުއަރީ 2019

ދުނިޔޭގެ އެންމެ ބޮޑު ނަޓެއްލާ ފެކްޓްރީ ވަގުތީ ގޮތުން ބަންދުކޮށްފި

25 ފެބުރުއަރީ 2019
ދުނިޔޭގެ އެންމެ ބޮޑު ނަޓެއްލާ ފެކްޓްރީ ވަގުތީ ގޮތުން ބަންދުކޮށްފި
15 ޖެނުއަރީ 2019

ރޭގަނޑު ފްލައިޓްތައް ފެށުމުން ރިސޯޓުތަކާއި ގެސްޓް ހައުސްތަކުގެ ވިޔަފާރީ އިތުރަށް ފުޅާވެގެންދާނެ: އައިލެންޑް އޭވިއޭޝަން

15 ޖެނުއަރީ 2019
ރޭގަނޑު ފްލައިޓްތައް ފެށުމުން ރިސޯޓުތަކާއި ގެސްޓް ހައުސްތަކުގެ ވިޔަފާރީ އިތުރަށް ފުޅާވެގެންދާނެ: އައިލެންޑް އޭވިއޭޝަން
23 ޖޫން 2018

ތެޔޮ އުފައްދާ މިންވަރު އިތުރުކުރަން އޯޕެކުން އެއްބަސްވެއްޖެ

23 ޖޫން 2018
ތެޔޮ އުފައްދާ މިންވަރު އިތުރުކުރަން އޯޕެކުން އެއްބަސްވެއްޖެ
05 މެއި 2018

ސްމާޓްފޯން އުފައްދާ ޝޯމީ އިން ހިއްސާ ވިއްކަނީ

05 މެއި 2018
ސްމާޓްފޯން އުފައްދާ ޝޯމީ އިން ހިއްސާ ވިއްކަނީ
27 ޖެނުއަރީ 2018

ވިނަމިލްކް ކުންފުނިން އުފައްދާ ކިރު ރާއްޖެއަށް ތައާރަފުކޮށްފި

27 ޖެނުއަރީ 2018
ވިނަމިލްކް ކުންފުނިން އުފައްދާ ކިރު ރާއްޖެއަށް ތައާރަފުކޮށްފި
30 ޑިސެމްބަރު 2017

އޮޅަހަލި އައިލެންޑް ރިސޯޓް މިއަންނަ އަހަރު ހުޅުވަނީ

30 ޑިސެމްބަރު 2017
އޮޅަހަލި އައިލެންޑް ރިސޯޓް މިއަންނަ އަހަރު ހުޅުވަނީ
28 އޮކްޓޯބަރު 2017

ސަޓާ: "އައިލެންޑް ފެސްޓިވަލް" ތަފާތުވާނެ!

28 އޮކްޓޯބަރު 2017
ސަޓާ: "އައިލެންޑް ފެސްޓިވަލް" ތަފާތުވާނެ!
25 އޮކްޓޯބަރު 2017

ވިއެމްއިން އެމީހުންގެ އަމިއްލަ އުފެއްދުންތައް ޕެރެޑައިޒް އައިލެންޑް ރިސޯޓުގައި ދައްކާލައިފި

25 އޮކްޓޯބަރު 2017
ވިއެމްއިން އެމީހުންގެ އަމިއްލަ އުފެއްދުންތައް ޕެރެޑައިޒް އައިލެންޑް ރިސޯޓުގައި ދައްކާލައިފި
04 އޮކްޓޯބަރު 2017

އައިލެންޑް އޭވިއޭޝަނުން ކާގޯ އޮފީހުގެ ހިދްމަތް ފުޅާކޮށް އައިފާން ބިލްޑިންގަށް ބަދަލުކޮށްފި

04 އޮކްޓޯބަރު 2017
އައިލެންޑް އޭވިއޭޝަނުން ކާގޯ އޮފީހުގެ ހިދްމަތް ފުޅާކޮށް އައިފާން ބިލްޑިންގަށް ބަދަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް