Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެކައުންޓެންޓުން ތަމްރީނު ކުރުން

އިތުރު އެކައުންޓެންޓުން ތަމްރީނު ކުރުމުގެ ޕްރޮޖެކްޓެއްގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީއާއެކު ކުރިއަށް އެބަދޭ: ސީއޭ މޯލްޑިވްސް

9 ޖެނުއަރީ 2022 | އާދީއްތަ 12:19

މި ޕްރޮޖެކްޓް މެދުވެރިކޮށް 500 ފުރުސަތު ހުޅުވިގެންދާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 9 ޖެނުއަރީ 2022 | އާދީއްތަ 12:19
އިންސްޓިޓިއުޓް ފޮރ ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ވައިސް ޕްރޮޒިޑެންޓް ހަސަން މުހައްމަދު

އިންސްޓިޓިއުޓް ފޮރ ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ވައިސް ޕްރޮޒިޑެންޓް ހަސަން މުހައްމަދު

އިތުރު އެކައުންޓެންޓުން ތަމްރީނު ކުރުމުގެ ޕްރޮޖެކްޓެއްގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީއާއެކު ކުރިއަށްދާ ކަމަށް އިންސްޓިޓިއުޓް ފޮރ ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ) އިން ބުނެފިއެވެ.

ރާއްޖެޓީވީގެ "ފަސްކާފު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ސީއޭ މޯލްޑިވްސްގެ ވައިސް ޕްރޮޒިޑެންޓް ހަސަން މުހައްމަދު ވިދާޅުވީ، އިކޮނޮމިކް މިނިސްޓްރީއާއެކު އިތުރު އެކައުންޓެންޓުން ތަމްރީނު ކުރުމުގެ ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި ޕްރޮޖެކްޓް މެދުވެރިކޮށް 500 ފުރުސަތު ހުޅުވިގެންދާނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ.

Advertisement - newsAdvertisement

ހަސަން ވިދާޅުވީ ސީއޭގެ އޮފީސް ހެދުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. އަދި މިއަހަރުގެ ކުރީކޮޅުގައި އޮފީސް ނިމޭނެ ކަމަށާއި މި ދާއިރާއިން އެކައުންޓެންޓުން ތަމްރީނުކޮށް، މީހުން ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ހަސަން މިހެން ވިދާޅުވެފައިވާއިރު، ޗާޓަރޑް ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީނު ކުރުމަށް 150 ސްކޮލަރޝިޕްގެ ފުރުސަތު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، ސްކޮލަރޝިޕް ފުރުސަތާ ގުޅޭ ސްކީމުގެ ދަށުން 50 ފުރުސަތު ޕަބްލިކް ސެކްޓަރއަށް ޚާއްސަކޮށްފައިވާއިރު، 100 ފުރުސަތު ޚާއްސަކޮށްފައިވަނީ ޕްރައިވެޓް ސެކްޓަރއަށް ކަމަށެވެ. މިއީ އެކައުންޓިންގ ދާއިރާއިން މީހުން ބިނާކުރުމަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މުހިއްމު ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެކައުންޓިންގ ދާއިރާއިން މީހުން ބިނާކުރުމަކީ މިވަގުތު ކުރަން ޖެހިފައިވާ ވަރަށް މުހިންމު މަސައްކަތެއް ކަމަށާއި، މި ޕްރޮފެޝަން ތަރައްގީ ކުރުމަށްޓަކައި، އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ސަރުކާރުން ފޯރުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ ދާދި ފަހުން ވިދާޅުވެފައެވެ. ރައީސްގެ އެ ވާހަކަފުޅަށް އަލިއަޅުއްވާލައްވައި މިނިސްޓަރ ވަނީ، މި ފުރުސަތުތަކަކީ އެ މަގުސަދު ހާސިލު ކުރުމުގެ ގޮތުން ހުޅުވާލާ ފުރުސަތުތަކެއްކަމަށް ބަޔާން ކުރައްވާފައެވެ.

މިި ދާއިރާގައި ވެސް ދިވެހިންނަށްވުރެ ގިނަކަމަށް ފާހަގަކުރެވެނީ ބިދޭސީ އެކައުންޓެންޓުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ޕްރައިވެޓް ސެކްޓަރގައި ގާތްގަނޑަކަށް 4500އަށްވުރެ ގިނަ ބިދޭސީން އެބަ މަސައްކަތް ކުރާކަމަށާއި، ރާއްޖޭގައި އިންކަމް ޓެކްސް ދައްކާ މީހުންގެ 15 އިންސައްތައަކީ އެކައުންޓިންގ ދާއިރާގެ މީހުން ކަމަށް ރައީސް ވިދާޅުވިއެވެ. ވުމާއެކު، ޕަބްލިކް ސެކްޓަރއަށާއި ޕްރައިވެޓް ސެކްޓަރއަށް އަމާޒުކޮށް ވަކިން ފުރުސަތުތަކެއް މިނިސްޓްރީން މިހާރު މިވަނީ ފަހިކޮށްދީފައެވެ.

މިއަދު ރާއްޖެ މިއޮތީ ދިވެހި އެކައުންޓެންޓުންނާއި އޮޑިޓަރުން އުފައްދައި ތަމްރީނު ކުރުމަށް، ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭ ހާލަތެއްގައި ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

އޮޑިޓަރ ޖެނެރަލް އޮފީސް

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

02 އޮކްޓޯބަރު 2025

އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި

02 އޮކްޓޯބަރު 2025
އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި
28 ސެޕްޓެމްބަރު 2025

އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަމާ އެކު ސައީދު ގޮވާލެއްވީ، އިންސާފުވެރިކަމާއި ދެފުށް ފެންނަ ގޮތަށް ތަހުގީގު ކުރުމަށް

28 ސެޕްޓެމްބަރު 2025
އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަމާ އެކު ސައީދު ގޮވާލެއްވީ، އިންސާފުވެރިކަމާއި ދެފުށް ފެންނަ ގޮތަށް ތަހުގީގު ކުރުމަށް
21 އޮކްޓޯބަރު 2024

2025 ވަނަ އަހަރަށް ލަފާކުރާ އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓުގެ ގޮތުގައި 114 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

21 އޮކްޓޯބަރު 2024
2025 ވަނަ އަހަރަށް ލަފާކުރާ އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓުގެ ގޮތުގައި 114 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި
23 މާރިޗު 2024

ރިކަރަންޓް ހަރަދު ކުޑަކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކޮށްފައި ނުވޭ - އޮޑިޓް

23 މާރިޗު 2024
ރިކަރަންޓް ހަރަދު ކުޑަކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކޮށްފައި ނުވޭ - އޮޑިޓް
24 ޑިސެމްބަރު 2023

އޮޑިޓް އޮފީސް އޮޑިޓް ކޮށްދޭނެ ބަޔަކު ހޯދަނީ

24 ޑިސެމްބަރު 2023
އޮޑިޓް އޮފީސް އޮޑިޓް ކޮށްދޭނެ ބަޔަކު ހޯދަނީ
21 ނޮވެމްބަރު 2023

ކުރިއަށް އޮތްތަނުގައި ޑަބަލް ޕެންޝަނަށް ކުރާ ޚަރަދު ބޮޑުވެގެން ދާނެ - އޮޑިޓަރ ޖެނެރަލްގެ އޮފީސް

21 ނޮވެމްބަރު 2023
ކުރިއަށް އޮތްތަނުގައި ޑަބަލް ޕެންޝަނަށް ކުރާ ޚަރަދު ބޮޑުވެގެން ދާނެ - އޮޑިޓަރ ޖެނެރަލްގެ އޮފީސް
21 ނޮވެމްބަރު 2023

2024 ވަނަ އަހަރަށް ކަނޑައަޅާފައިވާ ޓާގެޓްތަކަކީ ހާސިލްކުރަން އުނދަނގޫ ޓާގެޓްތަކެއް- އޮޑިޓަރ ޖެނެރަލްގެ އޮފީސް

21 ނޮވެމްބަރު 2023
2024 ވަނަ އަހަރަށް ކަނޑައަޅާފައިވާ ޓާގެޓްތަކަކީ ހާސިލްކުރަން އުނދަނގޫ ޓާގެޓްތަކެއް- އޮޑިޓަރ ޖެނެރަލްގެ އޮފީސް
23 އޮކްޓޯބަރު 2023

އޮޑިޓަރ ޖެނެރަލްގެ އޮފީހަށް، އަންނަ އަހަރަށް 112.27 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

23 އޮކްޓޯބަރު 2023
އޮޑިޓަރ ޖެނެރަލްގެ އޮފީހަށް، އަންނަ އަހަރަށް 112.27 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި
23 މާރިޗު 2023

އެމްޕީއެލްގެ 2015-2017ގެ އޮޑިޓް - "ޕްރޮކިއުމެންޓް އުސޫލާއި ހިލާފުވި ބައެއް މީހުން އަދިވެސް މަޤާމުގައި"

23 މާރިޗު 2023
އެމްޕީއެލްގެ 2015-2017ގެ އޮޑިޓް - "ޕްރޮކިއުމެންޓް އުސޫލާއި ހިލާފުވި ބައެއް މީހުން އަދިވެސް މަޤާމުގައި"
26 ފެބުރުއަރީ 2023

ރަތަފަންދޫ ކައުންސިލުން ގަވާއިދާ އެއްގޮތަށް ހަރުމުދަލާއި ގުޅޭ ކަންކަން ބަލަހައްޓާފައި ނުވޭ - އޮޑިޓް

26 ފެބުރުއަރީ 2023
ރަތަފަންދޫ ކައުންސިލުން ގަވާއިދާ އެއްގޮތަށް ހަރުމުދަލާއި ގުޅޭ ކަންކަން ބަލަހައްޓާފައި ނުވޭ - އޮޑިޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް