Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޮޑިޓަރގ ޖެނެރަލްގެ އޮފީހުގެ ބަޖެޓް

2025 ވަނަ އަހަރަށް ލަފާކުރާ އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓުގެ ގޮތުގައި 114 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބަޖެޓަށް ކޮމިޓީ މަރުހަލާގައި ބަދަލުތަކެއް ގެނެސްފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 21 އޮކްޓޯބަރު 2024 | ހޯމަ 08:32
މަޖިލީހުގެ ޖަލްސާގެ ތެރެއިން

މަޖިލީހުގެ ޖަލްސާގެ ތެރެއިން

2025 ވަނަ އަހަރަށް ލަފާކުރާ އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓުގެ ގޮތުގައި 114 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފިއެވެ.

އަންނަ އަހަރަށް ފާސްކުރި އޮޑިޓަރ ޖެނެރަލް އޮފީހުގެ ޖުމްލަ ބަޖެޓުގެ އަދަދަކީ 114،497،312 (ސަތޭކަ ސާދަ މިލިޔަން ހަތަރުލައްކަ ނުވަދިހަ ހަތް ހާސް ތިންސަތޭކަ ބާރަ) ރުފިޔާއެވެ.

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮޑިޓަރޖެނެރަލް އޮފީހުގެ ބަޖެޓް ފާސްކޮށްފައި ވަނީ މަޖިލީހުގެ 75 މެމްބަރުންގެ ވޯޓާއެކުގައެވެ. އެ ބަޖެޓު ފާސްކޮށްފައި ވަނީ ކޮމިޓީން ނިންމި ގޮތަށް އެއްވެސް ބަދަލެއް ގެނައުމަކާއި ނުލައެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓާއި މެދު ކޮމިޓީން ނިންމި ގޮތުގެ ތަފްސީލް ހިއްސާކޮށްދެއްވީ މާމިގިލީ ދާއިރާގެ މެމްބަރު އަދި މާލިއްޔަތު ކޮމިޓީގެ މުޤައްރަރު ޤާސިމް އިބްރާހިމްއެވެ. އޮޑިޓަރ ޖެެނެރަލްގެ އޮފީހުގެ ބަޖެޓަކީ ކޮންމެ އަހަރެއްގެ ވެސް އެ އަހަރެއްގެ ބަޖެޓް ފާސްކުރުމުގެ ކުރިން މަޖިލީހަށް ހުށަހަޅާ ފާސްކުރާ ބަޖެޓަކަށް ވާއިރު، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބަޖެޓަށް ކޮމިޓީ މަރުހަލާގައި ބަދަލުތަކެއް ގެނެސްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމް އަށް ބަދަލު ގެނެސްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ރިކަރަންޓް އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 80.4 މިލިޔަން ރުފިޔާ ހިމަނާފައިވެއެވެ. އެތަފާތު ގެނެސްފައި ވަނީ ހުޅުމާލޭގައި ހަދާ އެ އޮފީހުގެ އައު އިމާރާތުގެ މަސައްކަތް ހިމެނުމަށް ކޮމިޓީ އަށް ފެންނާތީ ކަމަށް ޤާސިމް ވިދާޅުވިއެވެ.

އޮޑިޓް އޮފީހުން ހުޅުމާލޭގައި އަޅާ އިމާރާތަށް 19 މިލިޔަން ރުފިޔާގެ ބަޖެޓެއް ހަމަޖެއްސުމަށް މާލިއްޔަތު ކޮމިޓީ އިން ހުށަހެޅިއެވެ. އެހެންނަމަވެސް ފިނޭންސުން ވަނީ އެ އަދަދު 34 މިލިޔަނަށް ހެދުމަށް ބަދަލުކުރުމަށް ލަފާދީފައެވެ. 114 މިލިޔަން ރުފިޔާގެ ބަޖެޓެއް އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވަނީ އެގޮތުގެ މަތިންނެވެ.

އެ ބަޖެޓުގެ އިތުރު ތަފްސީލަށް ބަލާއިރު ރިކަރެންޓު ޚަރަދާއި އޮފީސް ހިންގުމުގެ ޚަރަދަށް 80،497،312 ( އަށްޑިހަ މިލިޔަން ހަތަރު ލައްކަ) ރުފިޔާ، ޕީއެސްއައިޕީ އަށް 34،000،00 (ތިރީސް ހަތަރު މިލިޔަން) ރުފިޔާ ވަނީ ހިމަނާފައެވެ.

ރައްޔިތުންގެ މަޖިލިސްއޮޑިޓަރ ޖެނެރަލް އޮފީސް

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
02 އޮކްޓޯބަރު 2025

އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި

02 އޮކްޓޯބަރު 2025
އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި
28 ސެޕްޓެމްބަރު 2025

އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަމާ އެކު ސައީދު ގޮވާލެއްވީ، އިންސާފުވެރިކަމާއި ދެފުށް ފެންނަ ގޮތަށް ތަހުގީގު ކުރުމަށް

28 ސެޕްޓެމްބަރު 2025
އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަމާ އެކު ސައީދު ގޮވާލެއްވީ، އިންސާފުވެރިކަމާއި ދެފުށް ފެންނަ ގޮތަށް ތަހުގީގު ކުރުމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު