Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދަރަނި މެނޭޖްކުރުން

ރިކަރަންޓް ހަރަދު ކުޑަކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކޮށްފައި ނުވޭ - އޮޑިޓް

23 މާރިޗު 2024 | ހޮނިހިރު 09:51

ރިކަރެންޓް ހަރަދު ކުޑަކުރުމަށް ހުށަހަޅާފައިވާ ފިޔަވަޅުތަކުން ފެނިގެންދަނީ ކުޑަ ކުރިއެރުންތަކެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 23 މާރިޗު 2024 | ހޮނިހިރު 09:51
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

މިޑް ޓާމް ފިސްކަލް ސްޓްރެޓަޖީ ނުވަތަ މެދު ރާސްތާގެ ފިސްކަލް ސްޓްރެޓަޖީ 2024-2026 ގައި ބުނެފައިވާ ރިކަރެންޓް ހަރަދު ކުޑަކުރުމަށް ސަރުކާރުން އެކަށޭނެ ފިޔަވަޅުތައް އަޅާފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.

މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ކުރިއަށް ގެންދިއުމަށް ރާވާފައިވާ އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓުން ލިބޭ ފައިދާއިން ސަރުކާރަށް ޑިވިޑެންޑް ލިބޭ މިންވަރު އިތުރުވުމާއި، ކާބަން ކްރެޑިޓް ވިއްކުމުގެ އާ ފިޔަވަޅުތަކުގެ އެނަލިސިސް އިން ދައްކާ ގޮތުގައި އެ ފިޔަވަޅުތަކަށް އަމަލުކުރުން އަދިވެސް ޕްލޭނިން މަރުހަލާތަކަށް ވުރެ ކުރިއަށް ގޮސްފައެއް ނުވެއެވެ.

މީގެ އިތުރުން ފިޔަވަޅުތައް ތަންފީޒު ކުރުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ މުހިންމު ނެރެންޖެހޭ ނަތީޖާތަކުގެ މަސައްކަތް ނުފެށުނު ނަމަވެސް، މި މަސައްކަތްތައް ނިންމުމަށް ގިނަ ވަގުތު ތަކެއް ނަގާނެ ކަމަށް ބެލެވޭ ކަމަށް އޮޑިޓްގައި ބުނެފައިވެއެވެ.

އޮޑިޓް އޮފީހުން ބުނެފައިވަނީ 2024 ވަނަ އަހަރުގެ ތެރޭގައި (2024 ވަނަ އަހަރު 1.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ) ނުވަތަ މެދުރާސްތާގައި (މެދުރާސްތާގައި ޖުމްލަ4.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ރިޓާން) މި ފިޔަވަޅުތަކުގެ އަންދާޒާ ކުރެވޭ މާލީ ރިޓާން ސަރުކާރަށް ލިބުމުގެ ފުރުޞަތު އަދިވެސް އެބައޮތް ކަމަށެވެ.

މީގެ އިތުރުން 2024 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ޕްރޮޕޯސަލްގައި މިޑްޓާމް ފިސްކަލް ސްޓްރެޓަޖީގައި ބަޔާންކޮށްފައިވާ އާ ރެވެނިއު އިނީޝިއޭޓިވްސް ހިމަނާފައެއް ނުވެއެވެ. އޮޑިޓް އޮފީހުން ބުނީ ފިސްކަލް ކޮންސޮލިޑޭޝަންގެ ފިޔަވަޅުތަކަށް ބަދަލު ގެނައުމެއް ނެތި، މިކަމުގެ ނޭދެވޭ އަސަރު މިޑްޓާމް ފިސްކަލް ސްޓްރެޓަޖީގެ މެދުރާސްތާގެ މަޤްޞަދުތައް ޙާޞިލުކުރުމަށް ރޭވިފައިވާ ޝެޑިއުލްތަކަށް ކުރާނެ ކަމަށެވެ.

މިޑްޓާމް ފިސްކަލް ސްޓްރެޓަޖީ 2024-2026 ގެ ރިވިއުކުރުމަށްފަހު އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ރިޕޯޓުގައި ބުނެފައިވަނީ މިޑް ޓާމް ފިސްކަލް ސްޓްރެޓަޖީ ނުވަވަ މެދު ރާސްތާގެ ފިސްކަލް ސްޓްރެޓަޖީ 2024-2026 ގައި ބުނެފައިވާ ރިކަރެންޓް ހަރަދު ކުޑަކުރުމަށް ހުށަހަޅާފައިވާ ފިޔަވަޅުތަކުން ފެނިގެންދަނީ ކުޑަ ކުރިއެރުންތަކެއް ކަމަށާއި، މުހިއްމު ނެރެންޖެހޭ ނަތީޖާތަކާއި ގުޅުންހުރި ގިނަ މަސައްކަތްތައް ހުރީ ޕްލޭނިންގ އަދި ރިސޯސް އެލޮކޭޝަން މަރުހަލާގައި ކަމަށެވެ.

މިޑްޓާމް ފިސްކަލް ސްޓްރެޓަޖީގެ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކަކީ، މުހިންމު އަދި ނެރެންޖެހޭ ނަތީޖާތައް ކާމިޔާބުކަމާއެކު ނިންމުމާއި، އިޞްލާޙުތައް ވަގުތުން ތަންފީޒުކުރުމުގެ މައްޗަށް ބިނާވެގެންވާ ފިޔަވަޅުތަކެއް ކަމުގައިވީނަމަވެސް، މިހާރު ކުރިއަށްދާ ކުރިއެރުމުގެ ފެންވަރަކީ (އޭގެ ތެރެއިން ގިނަ ކަންކަން ރޭވުމުގެ މަރުޙަލާތަކުގައި އަދިވެސް އެބަހުރި) 2024 ވަނަ އަހަރު ރިކަރަންޓް ޚަރަދު ކުޑަކުރުމަށް ސަރުކާރަށް ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް އޮޑިޓްގައި ބުނެފައިވެއެވެ.

މީގެ އިތުރުން 2024 ވަނަ އަހަރު 2.7 ބިލިއަން ރުފިޔާ ސަލާމަތްވާނެކަމަށް ލަފާކުރެވުނު ނަމަވެސް މެދުރާސްތާގެ ތެރޭގައިވެސް 12 ބިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ލަފާކުރެވުނު ނަމަވެސް ހަރަދު ކުޑަކުރުމަށް ސަރުކާރަށް ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް އޮޑިޓްގައި ބުނެފައިވެއެވެ.

މިޑްޓާމް ފިސްކަލް ސްޓްރެޓަޖީ 2024-2026 ގައި ހުށަހަޅާފައިވާ ފިސްކަލް ކޮންސޮލިޑޭޝަން ފިޔަވަޅުތައް ދިރާސާކުރުމުން އެނގެނީ، ފިސްކަލް ކޮންސޮލިޑޭޝަންތައް ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށް ޓަކައި މުހިންމު، ހަރުދަނާ މޮނިޓަރިންގ މެކޭނިޒަމްތަކާއި، އެކަށީގެންވާ ޒިންމާދާރުކަމުގެ ނިޒާމެއް ސަރުކާރުގެ ނެތްކަން ކަމަށް އޮޑިޓްގައި ބުނެފައިވެއެވެ. މީގެ އިތުރުން ސަރުކާރުގެ ސިޔާސަތުތަކަށް ތަކުރާރުކޮށް ގެންނަ ބަދަލުތަކުގެ ސަބަބުން މިފަދަ ކޮންސޮލިޑޭޝަން ފިޔަވަޅުތައް ތަންފީޒު ކުރުމަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވާކަމަށް ބުނެފައިވެއެވެ.

ފިސްކަލް ކޮންސޮލިޑޭޝަންގެ ފިޔަވަޅުތަކާއި 2024 ވަނަ އަހަރުގެ ބަޖެޓްގެ އަންދާޒާތައް ދިރާސާކުރުމުން އެނގެނީ މެދުރާސްތާގައި ދަރަނި ދެމެހެއްޓެނިވި ގޮތެއްގައި ދެމެހެއްޓުމަށް ކަނޑައަޅާފައިވާ ފިސްކަލް އެންކަރސް ހާސިލްކުރެވޭނެ ކަމަށް ނުބެލެވޭ ކަމަށް އޮޑިޓްގައި ބުނެފައިވެއެވެ. އަދި މީގެ އިތުރުން، މެދުރާސްތާގައި ފިސްކަލް ސަސްޓެއިނަބިލިޓީ ބެލުމަށް ހަމަޖެހިފައިވާ ފިސްކަލް އެންކަރސް އަކީ ވަރަށް ގޮންޖެހުންބޮޑު އަދި އެފަރާތްތަކުގެ ކާމިޔާބީ ބިނާވެގެންދާނީ މިޑްޓާމް ފިސްކަލް ސްޓްރެޓަޖީގައި ހުށަހަޅާފައިވާ ފިޔަވަޅުތަކާއި، ހުށަހަޅާފައިވާ ބަޖެޓް ކާމިޔާބުކަމާއެކު ތަންފީޒުކުރުމުގެ މައްޗަށް ކަމަށް ވެސް ވަނީ ބުނެފައެވެ.

ދަރަނިރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުއޮޑިޓަރ ޖެނެރަލް އޮފީސް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
08 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ
08 ޑިސެމްބަރު 2025

ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!

08 ޑިސެމްބަރު 2025
ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!
07 ޑިސެމްބަރު 2025

އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން

07 ޑިސެމްބަރު 2025
އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން
07 ޑިސެމްބަރު 2025

މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި

07 ޑިސެމްބަރު 2025
މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި
07 ޑިސެމްބަރު 2025

މި ސަރުކާރަކީ ރައްޔިތުންގެ ނިކަމެތިކަމުގެ "އެޑްވާންޓޭޖް" އިންތިހާ އަށް ނަގާ ސަރުކާރެއް: ޝިފާޒް

07 ޑިސެމްބަރު 2025
މި ސަރުކާރަކީ ރައްޔިތުންގެ ނިކަމެތިކަމުގެ "އެޑްވާންޓޭޖް" އިންތިހާ އަށް ނަގާ ސަރުކާރެއް: ޝިފާޒް
06 ޑިސެމްބަރު 2025

އާދީއްތަ ދުވަހުގެ ރޭ ރައީސް މުއިއްޒު ހެންވޭރު ރައްޔިތުންނާ ބައްދަލު ކުރައްވަނީ

06 ޑިސެމްބަރު 2025
އާދީއްތަ ދުވަހުގެ ރޭ ރައީސް މުއިއްޒު ހެންވޭރު ރައްޔިތުންނާ ބައްދަލު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް