Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބަޖެޓް

އޮޑިޓަރ ޖެނެރަލްގެ އޮފީހަށް، އަންނަ އަހަރަށް 112.27 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

ހޯމަ ދުވަހުގެ ކޮމިޓީގައި މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު ވަނީ އިސްލާހެއް ހުށަހަޅުއްވާފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 23 އޮކްޓޯބަރު 2023 | ހޯމަ 14:12
އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބޭފުޅުން

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބޭފުޅުން

އޮޑިޓަރ ޖެނެރަލް އޮފީހަށް، އަންނަ އަހަރަށް 112.27 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފިއެވެ.

އެ ބަޖެޓް ފާސްކޮށްފައިވަނީ ހޯމަ ދުވަހުގެ ކޮމިޓީގައި މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު ހުށަހެޅުއްވި އިސްލާހާ އެއްގޮތަށެވެ.

Advertisement - newsAdvertisement

އަންނަ އަހަރަށް ލަފާކޮށް އޮޑިޓް އޮފީހުން މަޖިލީހަށް ފޮނުވީ 123 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ ރިކަރަންޓް ޚަރަދާއި ކެޕިޓަލް ޚަރަދަށް 85 މިލިއަން ރުފިޔާ، އަދި ހުޅުމާލޭގައި ހަދާ އާ އިމާރާތަށް 32 މިލިއަން ރުފިޔާއެވެ. ނަމަވެސް ކޮމިޓީން ފާސްކުރީ ޖުމުލަ 112.27 މިލިއަން ރުފިޔާ ދޭށެވެ. އެހެންނަމަވެސް ޣަފޫރު ވަނީ، މުވައްޒަފުންގެ ޑިޕެންޑެންޓް އެލަވަންސް ބޮޑުކުރުމަށް ބަޖެޓުކުރި 10.4 މިލިއަން ރުފިޔާ އުނިކުރުމަށް ހުށަހަޅުއްވާފައެވެ.

މީގެ އިތުރުން އޮޑިޓަރ ޖެނެރަލްގެ އާ އޮފީސް އިމާރާތުގެ ބަޖެޓަށް 38.1 ކަނޑައެޅުމަށް ވެސް ހުށަހެޅުއްވިއެވެ. ހަމައެހެންމެ ރިކަރަންޓް އަދި ކެޕިޓަލް ޚަރަދުގެ ޖުމުލަ 74.14 މިލިއަން ރުފިޔާއަށް މިހާރު ވަނީ ކުޑަކޮށްފައެވެ.

މި އަހަރަށް އެ އޮފީހަށް ކަނޑައެޅީ 93 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް 100 މިލިއަން ރުފިޔާއަށްވުރެ އިތުރުވެގެން ދިޔައީ، ޣާޒީ ބިލްޑިންގ ތަޅާލުމާ ގުޅިގެން އޮޑިޓު އޮފީސް އެހެން އިމާރާތަކަށް ބަދަލުކުރުމުންނެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި ބަޖެޓަކީ، މި ހިނގާ 2023 ވަނަ އަހަރަށްވުރެ 30 މިލިއަން ރުފިޔާ ބޮޑު ބަޖެޓެކެވެ. 2023 ވަނަ އަހަރު އެ އިދާރާގެ ބަޖެޓަކީ 93 މިލިއަން ރުފިޔާއެވެ.

2023ށް ލަފާކުރާ ބަޖެޓުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ރިކަރަންޓް ޚަރަދުގެ ގޮތުގައި ބޭނުންވާނެ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ލަފާސްކޮށްފައި ވަނީ 82 މިލިއަން ރުފިޔާއެވެ. އެ ފައިސާ ހޭދަކުރާނެ ގޮތުގެ ތަފްސީލްތަކަށް ބަލާއިރު، މުސާރައާއި އިނާޔަތުގެ ގޮތުގައި 56 މިލިއަން ރުފިޔާ، ދަތުރުފަތުރުގެ ޚަރަދަށް 5 މިލިއަން ރުފިޔާ، އިދާރީ ހިދުމަތްތަކަށް 15 މިލިއަން ރުފިޔާ، އަދި ތަމްރީންތަކަށް 1 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އަދި މަރާމާތުގެ ޚަރަދަށް 1 މިލިއަން ރުފިޔާވެސް ވަނީ ކަނޑައަޅާފައެވެ.

އޮޑިޓަރ ޖެނެރަލް އޮފީސް

އިތުރަށް ކިޔާލަން

02 އޮކްޓޯބަރު 2025

އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި

02 އޮކްޓޯބަރު 2025
އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި
28 ސެޕްޓެމްބަރު 2025

އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަމާ އެކު ސައީދު ގޮވާލެއްވީ، އިންސާފުވެރިކަމާއި ދެފުށް ފެންނަ ގޮތަށް ތަހުގީގު ކުރުމަށް

28 ސެޕްޓެމްބަރު 2025
އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަމާ އެކު ސައީދު ގޮވާލެއްވީ، އިންސާފުވެރިކަމާއި ދެފުށް ފެންނަ ގޮތަށް ތަހުގީގު ކުރުމަށް
21 އޮކްޓޯބަރު 2024

2025 ވަނަ އަހަރަށް ލަފާކުރާ އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓުގެ ގޮތުގައި 114 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

21 އޮކްޓޯބަރު 2024
2025 ވަނަ އަހަރަށް ލަފާކުރާ އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓުގެ ގޮތުގައި 114 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި
23 މާރިޗު 2024

ރިކަރަންޓް ހަރަދު ކުޑަކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކޮށްފައި ނުވޭ - އޮޑިޓް

23 މާރިޗު 2024
ރިކަރަންޓް ހަރަދު ކުޑަކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކޮށްފައި ނުވޭ - އޮޑިޓް
24 ޑިސެމްބަރު 2023

އޮޑިޓް އޮފީސް އޮޑިޓް ކޮށްދޭނެ ބަޔަކު ހޯދަނީ

24 ޑިސެމްބަރު 2023
އޮޑިޓް އޮފީސް އޮޑިޓް ކޮށްދޭނެ ބަޔަކު ހޯދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު