Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
2015-2017އަށް އެމްޕީއެލްގެ އޮޑިޓް

އެމްޕީއެލްގެ 2015-2017ގެ އޮޑިޓް - "ޕްރޮކިއުމެންޓް އުސޫލާއި ހިލާފުވި ބައެއް މީހުން އަދިވެސް މަޤާމުގައި"

2015އިން 2017ވަނަ އަހަރާ ހަމައަށް ކުންފުނިން އަމަލުކުރި ގޮތުގެ ތަފްސީލް، މާލިއްޔަތު ކޮމިޓީއާ ހިއްސާކޮށްފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 23 މާރިޗު 2023 | ބުރާސްފަތި 13:35
އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ

އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ން, 2015-2017ގެ ނިޔަލަށް އާއްމުކޮށް އިއުލާންކޮށް އަދި ބީލަމަށް ހުޅުވާލުމަކާނުލައި މުދާ ހޯދި މައްސަލަތަކުގެ ތުހުމަތުކުރެވޭ ބައެއް މީހުން އަދިވެސް މަޤާމުގައި ތިބި ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ އެފަދައިން ވިދާޅުވީ ބުދަ ދުވަހު މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަަވަމުންނެވެ. 2015-2017އަށް އާމުކޮށް އިއުލާންކޮށް އަދި ބީލަމަށް ހުޅުވާލުމަކާނުލައި، 86 މިލިއަން ރުފިޔާގެ މުދަލާއި ޚިދުމަތް ހޯދާފައިވާކަމަށް އޮޑިޓަރޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

ނިޔާޒީ ވިދާޅުވީ އޮޑިޓަރޖެނެރަލްގެ އޮފީހުން ކުރާ ހުރިހާ އޮޑިޓަކާއި ގުޅިގެން އޭސީސީއަށް ހުށަހަޅަން ޖެހޭ މައްސަލަތައް ހުށަހެޅުމާއި ރަނގަޅުކުރަން ޖެހޭ ކަންކަމުގެ ރެކޮމެންޑޭޝަން ހުށަހެޅުމަކީ ކުރަމުން އަންނަ ކަމެއް ކަމަށެވެ. އަދި އެމްޕީއެލްގެ އޮޑިޓް ރިޕޯޓުން ފާހަގަކުރި މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުން އަދިވެސް މަޤާމުތަކުގައި ތިބިކަމަށް މައުލޫމާތު ލިބިވަޑައިގަންނަވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އޭސީސީގެ ތަހުގީގު ނުވަތަ ދައުވާ ކުރުމުގެ މަރުހަލާ ނުނިމުނު ނަމަވެސް ކުންފުނީގެ ޕްރޮކިއުމެންޓާއި ޚިލާފަށް ކަންކަން ކުރާ ނަމަ ކުންފުނީގެ އިސް ފަރާތްތަކަށް ކުންފުނީގެ ތެރެއިން ފިޔަވަޅު އެޅެން ޖެހޭ ކަމަށް ޤަބޫލުކުރައްވާ ކަމަށް ނިޔާޒީ ވިދާޅުވިއެވެ. ނިޔާޒީ ވިދާޅުވީ އޭރުގެ ޕްރޮކިއުމެންޓް ހެޑް މިހާރު މަޤާމުގައި ނެތް ކަމަށާއި ނަމަވެސް ޕްރޮކިއުމެންޓްގެ މަސައްކަތުގައި އުޅުނު ބައެއް ބޭފުޅުން އަދިވެސް މަޤާމުގައި ތިއްބެވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އެ އޮޑިޓް ރިޕޯޓަކީ 2019 ގައި ނެރުނު ރިޕޯޓެއް ކަމަށް ވާއިރު މިހާރު ބައެއް ކަންކަމަށް ބަދަލު އައިސްފައިވާނެކަން ނިޔާޒީ ފާހަގަކުރެއްވިއެވެ. ނިޔާޒީ އިތުރަށް ވިދާޅުވީ އެމްޕީއެލްގެ ކޮރަޕްޝަނާއި ގުޅުން ހުރި އިތުރު މައްސަލަތައް މީގެ ކުރިންވެސް ބަލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެމްޕީއެލްގެ ތެލާއި ގުޅޭ މައްސަލަ ފާހަގަކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. މި ފަދަ މައްސަލަތައް މަދުކުރަން ހުށަހަޅާ ރެކޮމެންޑޭޝަންތަކާާއި މެދު މެމްބަރަކު ސުވާލުކުރުމުން ނިޔާޒީ ވިދާޅުވީ އިންޓަރނަލް އޮޑިޓް ހެދުން ފަދަ ކަންކަން ކުރުމަށް ރެކޮމެންޑޭޝަންތައް ހުށަހަޅާފައިވާނެކަމަށެވެ. އެމަރުހަލާ ހަރުދަނާކުރުމަށް ޓެކްނިކަލް އެހީ ފޯރުކޮށްދޭ ކަމަށް ވެސް ނިޔާޒީ ވިދާޅުވިއެވެ.

އޮޑިޓަރޖެނެރަލްގެ އޮފީހުން ބުނެފައިވަނީ، އެ ރިޕޯޓްގައި ހިމެނެނީ 2015ން 2017ވަނަ އަހަރާ ހަމައަށް ކުންފުނިން އަމަލުކުރި ގޮތުގެ މައްޗަށް ކަމަށެވެ. އެގޮތުން ކުންފުނިން ޕްރޮކިއުމެންޓް އުސޫލަށް އަމަލުކުރި މިންވަރާއި، ކުންފުނީގެ ގަވާއިދުތަކާއި އުސޫލުތަކަށް އަމަލުކުރި މިންވަރަށް ބަލާފައިވާނެކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން މުދަލާއި ޚިދުމަތް ހޯދުމުގައި އިންޓަރނަލް ކަންކަން، ނުވަތަ ކުންފުނީގެ އެތެރޭގެ ހިންގުން ގާއިމް ކުރެވިފައިވާ ގޮތަށްވެސް ބަލާފައި ވާނެކަަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ. ހަމައެހެންމެ ޕޮލިސީ ގައިޑްލައިންތަކާ އެއްގޮތަށް ކަންކަން ހިނގާފައިވޭތޯވެސް ވަނީ ބަލާފައެވެ.

އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ އޮޑިޓަރ ޖެނެރަލް އޮފީސްރައްޔިތުންގެ މަޖިލިސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު