Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފެނަކަ ކޯޕަރޭޝަން

އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަމާ އެކު ސައީދު ގޮވާލެއްވީ، އިންސާފުވެރިކަމާއި ދެފުށް ފެންނަ ގޮތަށް ތަހުގީގު ކުރުމަށް

ކުންފުނީގެ އިދާރީ އޮނިގަނޑާ ޚިލާފަށް އެއްވެސް ބަޔަކަށް މުދަލެއް، ޚިދުމަތެއް، ކޮންޓްރެކްޓަރެއް، އަދި ޕްރޮޖެކްޓެއް ވެސް ދީފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވާ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 ސެޕްޓެމްބަރު 2025 | އާދީއްތަ 05:01
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމުގައި މީގެ ކުރިން ހުންނެވި ސައީދު

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމުގައި މީގެ ކުރިން ހުންނެވި ސައީދު

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި އޭނާ ހުންނެވި މުއްދަތުގައި ފެނަކައިން ކޮށްފައިވާ އެންމެހައި މުއާމަލާތްތައް އިންސާފުވެރިކަމާ އެކު، ދެ ފުށް ފެންނަ ގޮތެއްގެ މަތިން އަދި ސިޔާސީ ކުލައެއް ނުޖެހި ތަހުގީގު ކުރުމަށް މިނިވަން މުއައްސަސާތަކަށް ގޮވާލައްވާ ކަމަށާއި، އެކަމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް، ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަޙުމަދު ސައީދު މުޙައްމަދު ވިދާޅުވެއްޖެ އެވެ.

ސައީދު މިހެން ވިދާޅުވީ އޮޑިޓާ ޖެނަރަލްގެ އޮފީހުން އާންމު ކޮށްފައިވާ، ފެނަކަ ކޯޕަރޭޝަންގެ 2021 ވަނަ އަހަރުން، 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާ ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ.

އެ ބަޔާނުގައި ސައީދު ވިދާޅުވެފައި ވަނީ، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހޭދަ ކުރެއްވި މުއްދަތުގެ ތެރޭގައި، އެ ކުންފުނީގެ ބޭނުމަށް ކުރެވިފައިވާ އެންމެހާ ޕްރޮކިއުމަންޓް މުއާމަލާތްތައް ކުރިއަށް ގެންގޮސްފައި ވާނީ، ކުންފުނީގެ އެތެރޭގައި ހެދިފައިވާ އެންމެހާ އުސޫލުތަކާއި، ޤަވާއިދުތަކުގެ ތެރެއިން ކުންފުނީގެ ބޮޑުން އެކަށައަޅާފައިވާ އިދާރީ އޮނިގަނޑުގެ ތެރެއިން ކަމަށެވެ.

ސައީދު ވިދާޅުވީ ކުންފުނީގެ އިދާރީ އޮނިގަނޑާ ޚިލާފަށް އެއްވެސް ބަޔަކަށް މުދަލެއް، ޚިދުމަތެއް، ކޮންޓްރެކްޓަރެއް، އަދި ޕްރޮޖެކްޓެއް ވެސް ދީފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. ހަމަ އެހެންމެ އެ މުއްދަތުގެ ތެރޭގައި އޭނާގެ އަމިއްލަ ބޭނުމަކަށް، ދައުލަތުގެ އެއްވެސް ފައިސާއެއް ބޭނުން ކޮށްފައި ނުވާނެ ކަމަށާއި، ނުހައްގު އެއްވެސް މަންފާއެއް ހޯދާފައި ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް އަރުވާ ކަމަށް ސައީދު ވަނީ ވިދާޅުވެފަ އެވެ.

އެކަން ފާހަގަ ކުރައްވައި ސައީދު ވިދާޅުވީ، އެޑިޓް އޮފީހުން އެ ފަދަ ރިޕޯޓެއް ނެރޭއިރު، އެ ކުންފުނިން ލިބެން ހުރި ހަގީގީ މައުލޫމާތު ލިބެން ހުރެމެ، އެ މައުލޫމާތުތައް ނުހޯދައި، އަދި ޚުދު އޭނާގެ ފަރާތުން ވެސް އެކަމުގެ އެއްވެސް މައުލޫމާތެއް ނުހޯދައި، އަވަސް އަރުވާލައިގެން ވަކި މަޤުސަދެއް ހާސިލު ކުރުމަށްޓަކައި ޚިލާފު މައުލޫމާތު ހިމަނައި، ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް މި ދަނޑިވަޅުގައި ރިޕޯޓެއް ނެރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށެވެ.

އަދި އެ ފަދަ ކަންކަމަކީ، މުއައްސަސާތަކުގެ މިނިވަންކަމާ މެދު ދިވެހި ރައްޔިތުން ސުވާލު އުފައްދާނެ ކަމެއް ކަމުގައި ނުވާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

ސައީދުގެ ބަޔާން ނިންމާލަމުން ވިދާޅުވެފައި ވަނީ ޒަމާނުއްސުރެ ރައްޔިތުންނަށް ތަކުލީފަކަށް ވެފައިވާ ގެދަބުޅި އިންޖީނު ގެތަކާއި، ދިގު ގޮނޑީގެ އޮފީސް ތަކާއި، ބޮނބިނަރު ނެޓްވޯކުތައް އެންމެ ޒަމާނީ ފެންވަރަށް ބަދަލުކޮށް، އިރުއިރުކޮޅާ ކެނޑެމުން ދިޔަ ކަރަންޓުގެ ޚިދުމަތް ދެމެހެއްްޓެނިވި ނިޒާމެއްގެ ދަށުން ރައްޔިތުންނަށް ކަށަވަރު ކުރެވުނު ކަމުގެ އުފާ އަދި ވެސް ކުރެވޭ ކަމަށެވެ.

މީގެ އިތުރުން އޮޑިޓަ ޖެނަރަލް ފަދަ މިނިވަން މުއައްސަސާތަކުން ނެރޭ އެފަދަ ރިޕޯޓުތައް ވާން ވާނީ، ސިޔާސީ ނުފޫޒުން އެއްކިބާވެ ތިބެ ނެރެވޭ މިނިވަން ދެށުށް ފެންނަ ރިޕޯޓުތަކެއް ކަމުގައި ވެސް ސައީދު ވަނީ ފާހަގަ ކުރައްވައިފަ އެވެ. އެހެން ނޫން ނަމަ، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އިން އުފައްދާފައިވާ އޮޑިޓަ ޖެނަރަލް އޮފީހަށް ދިވެހި ރައްޔިތުން ކުރާ އިތުބާރު ގެއްލިގެން ދިޔުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސައީދު ފާހަގަ ކުރެއްވި އެވެ.

ފެނަކަ ކޯޕަރޭޝަންއޮޑިޓަރ ޖެނެރަލް އޮފީސްފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

01 ޑިސެމްބަރު 2025
‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟

‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟

28 ނޮވެމްބަރު 2025
އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025
ފުވައްމުލަކު ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު މިހާރުން މިހާރަށް ހަމަޖެއްސުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި

ފުވައްމުލަކު ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު މިހާރުން މިހާރަށް ހަމަޖެއްސުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި

11 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު