Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޓީސީސީ

އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި

އެމްޓީސީސީގެ ވޭތުވެދިޔަ އަހަރުތަކުގެ އޮޑިޓް ރިޕޯޓުތަކުން ފާހަގަކުރެވުނު މާލީ އިހުމާލުތަކުގެ މައްސަލަ ތަހުގީގު ކުރުމަށް ވަނީ ހުށަހަޅާފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 2 އޮކްޓޯބަރު 2025 | ބުރާސްފަތި 17:36
އެމްޓީސީސީ ޓަވަރ:އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ވަނީ ހުށަހަޅާފަ

އެމްޓީސީސީ ޓަވަރ:އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ވަނީ ހުށަހަޅާފަ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ވޭތުވެދިޔަ އަހަރުތަކުގެ އޮޑިޓް ރިޕޯޓުތަކުން ފާހަގަކުރެވުނު މާލީ އިހުމާލުތަކުގެ މައްސަލަ ތަހުގީގު ކުރުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިފިއެވެ.

އެމްޓީސީސީން ބުދަ ދުވަހު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، އެ ކުންފުނީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މި މައްސަލަ ގަވާއިދުން ތަހުގީގުކޮށް، އިހުމާލުވި ފަރާތްތަކުން އެ ފައިސާ ހިއްސާދާރުންނަށް ހޯދައިދިނުމަށް ވަނީ އެދިފައެވެ.

އެމްޓީސީސީއަކީ ގިނަ އަދަދެއްގެ ހިއްސާދާރުން ތިބި ޕަބްލިކް ކުންފުންޏެއް ކަމަށްވެފައި، މި މައްސަލަ ތަހުގީގުކޮށް ޝަރީއަތުގެ ކުރިމައްޗަށް ގެނައުމަށް އެ ކުންފުނީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭނެކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް އިހުމާލުވެފައިވާ ފައިސާގެ އަދަދާއި އިހުމާލުވި ފަރާތްތަކުގެ މައުލޫމާތު އަދި ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލަ ހާމަވެގެން އައިސްފައިވަނީ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވެސް 2019 އިން 2023 އަށް 200 މިލިއަން ރުފިޔާއަށްވުރެ ގިނަ އަދަދެއްގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ބުނެ މައްސަލަ ހުށަހެޅި ދުވަހުއެވެ.

ސަރުކާރު މި ދެ ކުންފުނީގެ މާލީ އިހުމާލުތަކުގެ މައްސަލަތައް ހާމަވެގެން ދިއުމާއެކު، ސަރުކާރުގެ ކުންފުނިތަކުގެ މާލީ ހިންގުން ހަރުދަނާކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅަންޖެހިފައިވާކަން ފާހަގަކުރެވެއެވެ. އަދި މި މައްސަލަތަކާ ގުޅިގެން އާންމުންގެ މެދުގައި ކަންބޮޑުވުން ފާޅުކުރަމުންދާކަން ވެސް ފާހަގަކުރެވެއެވެ.

އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅާފައިވާއިރު، އެމްޓީސީސީ އަކީ އެންމެ ބޮޑު ގެއްލުމުގައި ހިންގަމުން އަންނަ ދައުލަތުގެ އެއް ކުންފުނިކަން ފާހަގަކޮށްލަން ޖެހެއެވެ.

އެމްޓީސީސީއެޗްޑީސީމާލީ އިހުމާލުސަރުކާރު ކުންފުނިތައްހިއްސާދާރުންކޮރަޕްޝަން އޮޑިޓަރ ޖެނެރަލް އޮފީސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
10 ޑިސެމްބަރު 2025

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

10 ޑިސެމްބަރު 2025
ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން
07 ޑިސެމްބަރު 2025

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން
05 ޑިސެމްބަރު 2025

ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

05 ޑިސެމްބަރު 2025
ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!
05 ޑިސެމްބަރު 2025

ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި

05 ޑިސެމްބަރު 2025
ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި
04 ޑިސެމްބަރު 2025

ޝަރީފް ގެ އަންހެނުންނަށް އެޗްޑީސީ އިން ބައިލައްކަ ރުފިޔާ ގެ ވަޒީފާ އެއް ލިބުނީ އިއްތިފާގަކުން؟

04 ޑިސެމްބަރު 2025
 ޝަރީފް ގެ އަންހެނުންނަށް އެޗްޑީސީ އިން ބައިލައްކަ ރުފިޔާ ގެ ވަޒީފާ އެއް ލިބުނީ އިއްތިފާގަކުން؟
03 ޑިސެމްބަރު 2025

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު