Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރަތަފަންދޫ ކަައުންސިލް އޮޑިޓް

ރަތަފަންދޫ ކައުންސިލުން ގަވާއިދާ އެއްގޮތަށް ހަރުމުދަލާއި ގުޅޭ ކަންކަން ބަލަހައްޓާފައި ނުވޭ - އޮޑިޓް

އޮޑިޓްކުރުމަށް ސާމްޕަލްގެ ގޮތުގައި ނެގުނު ބައެއް ހަރުމުދާ، ހަރުމުދަލުގެ ރަޖިސްޓްރީގައި ހިމަނާފައި ނުވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 26 ފެބުރުއަރީ 2023 | އާދީއްތަ 04:42
ގދ. ރަތަފަންދޫ

ގދ. ރަތަފަންދޫ

ގދ. ރަތަފަންދޫ ކައުންސިލުން 2021 ވަނަ އަހަރު ގަވާއިދާ އެއްގޮތަށް ހަރުމުދަލާއި ގުޅޭ ކަންކަން ބަލަހައްޓާފައި ނުވާ ކަމަށް އެ ކައުންސިލްގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.

ރަތަފަންދޫ ކައުންސިލްގެ 2021 ވަނަ އަހަރު ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، 2021 ވަނަ އަހަރު ރަތަފަންދޫ ކައުންސިލް އިދާރާގެ ހަރުމުދާ ބެލެހެއްޓުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ބައެއް ކަންކަން ކޮށްފައި ނުވާކަން ފާހަަގަކުރެވުނު ކަމަށެވެ. އެގޮތުން ކައުންސިލް އިދާރާއިން ހަރުމުދަލުގެ ރަޖިސްޓްރީއެއް ބަލަހައްޓާފައިވީ ނަމަވެސް، ރަޖިސްޓްރީ ފުރިހަމަކޮށް ބަލަހައްޓާފައި ނުވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން އޮޑިޓްކުރުމަށް ސާމްޕަލްގެ ގޮތުގައި ނެގުނު ބައެއް ހަރުމުދާ، ހަރުމުދަލުގެ ރަޖިސްޓްރީގައި ހިމަނާފައި ނުވާކަން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން އައިޑެންޓިފިކޭޝަން ނަންބަރު މުދަލުގައި ޖަހާފައި ނުވާކަމާއި އަދި ބައެއް މުދާ ހުރިތަން ބަދަލުވުމުން އެ ގެނެވުނު ބަދަލު ރަޖިސްޓްރީއިން އަޕްޑޭޓްކޮށްފައި ނުވާކަން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ބައެއް މުދާތަކުގެ މޮޑެލް، ސީރިއަލް ނަންބަރު ރަޖިސްޓްރީގައި ހިމަނާފައިނުވާއިރު އެ ނުދަތުގައި ޖަހާފައިވާ އައިޑެންޓިފިކޭޝަން ނަންބަރާއި ރަޖިސްޓްރީގައި ހިމަނާފައިވާ ންނަވރު ދިމާނުވުމުގެ ސަބަބުން ބައެއް ތަކެތި އިދާރާއިން ޓްރޭސް ކުރެވިފައި ނުވާކަން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން ކައުންސިލްގެ އިހްތިސާސްތެރޭގައި ހިމެނޭ ފަޅު ރަށްތައްވެސް ރަޖިސްޓްރީގައި ހިމަނާފައި ނުވާކަން ވަނީ ފާހަގަކޮށްފައެވެ.

ދެވަނަ ކަމެއްގެ ގޮތުން ކައުންސިލް އިދާރާގެ ބައެއް ހަރުމުދާ އެކި ބައިތަކަށް ބައިކޮށްފައި ވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 11.04 ވަނަ މާއްދާގެ (ރ) ގައި ހަރުމުދަލުގެ އިންވެންޓްރީ އެކި ބައިތަކަށް ބައިކުރުމަށް ބަޔާންކޮށްފައިވާ ގޮތަށް ނޫންކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން މެޝިނަރީ، އިކްއިޕްމަންޓް، ސޮފްޓްވެއަރ އަދި އައިޓީއާ ގުޅޭގޮތުން ހޯދާ ހާޑުވެއަރ ހުންނަން ވާނީ ކެޓަގަރީ ނަންބަރު 3 ގައި ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވީނަމަވެސް، އެތަކެތި ހިމަނާފައިވަނީ ކެޓަގަރީ 4 ނުވަތަ ދުއްވާތަކެތީގެ ކެޓަގަރީކަން ފާހަގަކޮށްފައިވެއެވެ.

އަދި ދުއްވާ ތަކެތި ހިމަނާފައިވަނީ ކެޓަގަރީ ންނަބަރު 5 ނުވަތަ މަސައްކަތްކުރަން ގެންގުޅޭ ޓޫލްސް، އިންސްޓްރޫމަންޓްސް އަދި އެޕަރޭޓްސް ކެޓަގަރީކަމަށް ފާހަގަކުރެވުނު ކަމަށް އޮޑިޓްގައި ބުނެފައިވެއެވެ.

ގދ. ރަތަފަންދޫއޮޑިޓަރ ޖެނެރަލް އޮފީސް

ކޮމެންޓް

އިތުރަށް ކިޔާލަން

ގދ.ރަތަފަންދޫގައި ވެސް މަޝްރޫއުތައް ހުއްޓިފައި : އާއްމުންގެ ކަންބޮޑުވުންތައް ބަންޑުން

ގދ.ރަތަފަންދޫގައި ވެސް މަޝްރޫއުތައް ހުއްޓިފައި : އާއްމުންގެ ކަންބޮޑުވުންތައް ބަންޑުން

29 ނޮވެމްބަރު 2025
އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި

އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި

02 އޮކްޓޯބަރު 2025
އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަމާ އެކު ސައީދު ގޮވާލެއްވީ، އިންސާފުވެރިކަމާއި ދެފުށް ފެންނަ ގޮތަށް ތަހުގީގު ކުރުމަށް

އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަމާ އެކު ސައީދު ގޮވާލެއްވީ، އިންސާފުވެރިކަމާއި ދެފުށް ފެންނަ ގޮތަށް ތަހުގީގު ކުރުމަށް

28 ސެޕްޓެމްބަރު 2025
2025 ވަނަ އަހަރަށް ލަފާކުރާ އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓުގެ ގޮތުގައި 114 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

2025 ވަނަ އަހަރަށް ލަފާކުރާ އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓުގެ ގޮތުގައި 114 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

21 އޮކްޓޯބަރު 2024
ރިކަރަންޓް ހަރަދު ކުޑަކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކޮށްފައި ނުވޭ - އޮޑިޓް

ރިކަރަންޓް ހަރަދު ކުޑަކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކޮށްފައި ނުވޭ - އޮޑިޓް

23 މާރިޗު 2024

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު