Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދައުލަތުގެ ޚަރަދުތައް

ކުރިއަށް އޮތްތަނުގައި ޑަބަލް ޕެންޝަނަށް ކުރާ ޚަރަދު ބޮޑުވެގެން ދާނެ - އޮޑިޓަރ ޖެނެރަލްގެ އޮފީސް

2024 ވަނަ އަހަރުގެ ބަޖެޓާއި މެދު ހުރި ކަންބޮޑުވުންތަކުގެ ތެރޭގައި ހިލޭ އެހީގެ ކަންބޮޑުވުން ހިމެނޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 21 ނޮވެމްބަރު 2023 | އަންގާރަ 03:43
ބަޖެޓް ކޮމިޓީގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ލަފާދެއްވަނީ

ބަޖެޓް ކޮމިޓީގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ލަފާދެއްވަނީ

ކުރިއަށް އޮތްތަނުގައި ޑަބަލް ޕެންޝަނަށް ކުރާ ޚަރަދު ބޮޑުވެގެން ދާނެ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ހޯމަ ދުވަހު މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އޮޑިޓް އޮފީހުގެ ޑައިރެކްޓަރު މުހައްމަދު ޝާން ވިދާޅުވީ ފިނޭންސް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ވައިޓް ޕޭޕަރ އިން ވެސް ކުރިއަށް އޮތްތަނުގައި ޑަބަލް ޕެންޑަން ބޮޑުވެގެންދާނެކަން ވަރަށް ބޮޑަށް ފާހަގަވާ ކަަމަށެވެ. މީގެ އިތުރުން ސަބްސިޑީ އަށް ކުރާ ޚަރަދު ކުޑަކުރުމަށް ޑައިރެކްޓް ސަބްސިޑީ ޓްރާންސްފަރ ނިޒާމަކަށް ބަދަލުކޮށް، 1.1 ބިލިއަން ރުފިޔާ އިން ޚަރަދު ކުޑަކުރެވޭނެ ކަމަށް ބަޖެޓްގައި ލަފާކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ފިއުލް ސަބްސިޑީ ކުޑަކުރުމަށް ސިޔާސަތުތަކެއް ކަނޑައަޅާފައިވާއިރު ބަޖެޓް ފާސްވާއިރު އެފަދަ ކަންކަމުގެ ތަފްސީލްތަކާއި އެކަން ކުރާނެ ނިޒާމް ތަފްސީލްވެފައިވުން މުހިންމު ކަަމަށް އޭނާ ވިދާޅުވިއެވެ.

ބަޖެޓުގައި ހިމެނޭ ކަންކަމުގެ ތެރެއިން އާސަންދަ ނިޒާމާއި މެދު ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ އާސަންދަ އަށް ކުރާ ޚަރަދު ކުޑަކުރަން ނިންމާފައިވާ ބައެއް ކަންކަމަކީ ކުރިން ވެސް އެކަންކަން ކުރަން ނިންމާ ބަޖެޓުގައި ހިމެނި ނަމަވެސް ތަންފީޒު ނުކުރެވިވާ ކަންތައްތައް ކަަމަށެވެ. އެގޮތަށް ނުކުރެވިވާ ކަންކަމުގެ ތެރޭގައި ބޭސް ގަންނަން ބަލްކްކޮށް ހޭދަކުރާ މިންވަރު ކުޑަކުރުން އޭގެ ތެރޭގައި ހިމެނޭކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

2024 ވަނަ އަހަރުގެ ބަޖެޓާއި މެދު ހުރި ކަންބޮޑުވުންތަކުގެ ތެރޭގައި ހިލޭ އެހީގެ ކަންބޮޑުވުން ހިމެނޭ ކަމަށެވެ. ހިލޭ އެހީގެ ގޮތުގައި އަންދާޒާކުރާ މިންވަރަށް ވޭތުވެދިޔަ އަހަރުތަކުގައި ހިލޭ އެހީ ނުލިބޭ ކަމަށާއި ހިލޭ އެހީގެ ގޮތުގައި ލިބޭ އަދަދު ދުރާލާ ކަށަވަރުކުރަން ޖެހޭ ކަަމަށް އޭނާ ވިދާޅުވިއެވެ. އަދި ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާ ހޭދަކުރާނެ ތަރުތީބާއި އިސްކަން ދޭނެ ގޮތް ދެނެގަނެ، ލަފާކުރެވިފައިވާ ޓައިމްލައިނާއި އެއްގޮތަށް ހިލޭ އެހީ ނުލިބޭ ނަމަ އެ މަޝްރޫޢުތައް ފެށުން ލަސްކުރަން ފެންނަ ކަމަށް ވިދާޅުވިއެވެ.

އާމްދަނީ އިތުރުކުރަން ފިނޭންސް މިނިސްޓްރީން ފަށާފައިވާ ކަންކަމަށް ބަލާއިރު ދައުލަތުގެ ފިސްކަލް ސްޓްރެޓެޖީ އިން ދެކަމެއް ފާހަގަކުރެވޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެގޮތުން ތެރެއިން ކަރބަން ކްރެޑިޓްސް ވިއްކުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ދައުލަތުގެ ފިސްކަލް ސްޓްރެޓެޖީގައި ބުނާ ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ. މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީން) ކުރިއަށްގެންދާ ފަތުރުވެރިކަމުގެ އިންޓަގްރޭޓެޑް ޕްރޮޖެކްޓުން 2023 ވަނަ އަހަރު ލިބޭ އާމްދަނީގެ ތެރެއިން 2024 ވަނަ އަހަރަށް އަދި މެދުރާސްތާގައި ސަރުކާރަށް ދައްކާ ޑިވިޑެންޓް އިތުރުވާނެ ކަމަށް ލަފާކޮށްފައިވެއެވެ. އެހެންނަމަވެސް އެކަންކަން ފިސްކަލް ސްޓްރެޓެޖީގައި ހިމެނިފައިވީ ނަމަވެސް އެކަން ބަޖެޓުގައި ނެތްކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އާމްދަނީ ހޯދަން ކަނޑައަޅާ ކަންކަން މިހާރަށް ވުރެ ތަފްސީލްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސްއޮޑިޓަރ ޖެނެރަލް އޮފީސް

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
02 އޮކްޓޯބަރު 2025

އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި

02 އޮކްޓޯބަރު 2025
އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި
28 ސެޕްޓެމްބަރު 2025

އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަމާ އެކު ސައީދު ގޮވާލެއްވީ، އިންސާފުވެރިކަމާއި ދެފުށް ފެންނަ ގޮތަށް ތަހުގީގު ކުރުމަށް

28 ސެޕްޓެމްބަރު 2025
އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަމާ އެކު ސައީދު ގޮވާލެއްވީ، އިންސާފުވެރިކަމާއި ދެފުށް ފެންނަ ގޮތަށް ތަހުގީގު ކުރުމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު