Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހޯމް ސްޓޭ ޓުއަރިޒަމް

ހޯމް ސްޓޭ: ރައްޔިތުންނަށް އާމްދަނީ ލިބޭނެ ގޮތަށް މިކަން ފަސޭހައިން ބައްޓަން ކުރަން ރައީސް އަންގަވައިފި

1 ޖެނުއަރީ 2022 | ހޮނިހިރު 15:48

2023 ގެ ނިޔަލަށް މުޅި ރާއްޖެއަށް ފަތުރުވެރިކަން ފުޅާކުރުމަކީ ރައީސްގެ ސިޔާސަތެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 1 ޖެނުއަރީ 2022 | ހޮނިހިރު 15:48
މ. ދިއްގަރުގައި ހޯމް ސްޓޭ ޓުއަރިޒަމް ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވާހަކަ ދައްކަވަނީ

މ. ދިއްގަރުގައި ހޯމް ސްޓޭ ޓުއަރިޒަމް ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވާހަކަ ދައްކަވަނީ

ހޮނިހިރު ދުވަހު މ. ދިއްގަރުގައި ހޯމް ސްޓޭ ޓުއަރިޒަމް ފަށާފައިވާއިރު ރައްޔިތުންނަށް އާމްދަނީ ލިބޭނެ ގޮތަށް މިކަން ބައްޓަންކޮށް. މިކަން ފަސޭހަކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އަންގަވާފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މ. ދިއްގަރުގައި ހޯމް ސްޓޭ ޓުއަރިޒަމް ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ހޯމް ސްޓޭ ދިއްގަރަށް ތައާރަފުވެގެން ދިޔައީ ތާރީޚީ ދުވަހެއްގައި ކަމަށެވެ. އަދި 2023 ގެ ނިޔަލަށް މުޅި ރާއްޖެއަށް ފަތުރުވެރިކަން ފުޅާކުރުމަކީ ރައީސްގެ ސިޔާސަތެއް ކަމަށާއި މިއީ އެ ސިޔާސަތުގެ ފެށުން ކަމަށެވެ.

މިކަންތައްތައް ކާމިޔާބު ކުރެއްވުމުގައި އިސްދައުރެއް އަދާކުރެއްވީ ރައީސް ކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ޑރ.މައުސޫމް ވިދާޅުވީ ހޯމް ސްޓޭ ޓުއަރިޒަމް ދިއްގަރުގައި ތައާރަފު ކުރުމަށްޓަކައި އެ ރަށުގެ ޒުވާނުން ކުރި މަސައްކަތް ފެނިގެން ހިނގައްޖެ ކަމަށާއި މިކަމުން އިތުރު ހިތްވަރެއް ލިބިގެން ދިޔަ ކަމަށެވެ.

ހޯމް ސްޓޭ ޓުއަރިޒަމް ތައާރަފުވެގެންދާއިރު އެނދުގެ އަދަދު އެބަ އިތުރުކުރަން ޖެހޭ ކަމަށާއި އެންމެ ބޮޑު ގޮންޖެހުމަކަށް އޮތީ ދަތުރުފަތުރުގެ ނިޒާމުގައި ކަމަށް ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ސަރުކާރުގެ ސިޔާސަތަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 20 މިނެޓުން ދަތުރުކުރެވޭނެ ނިޒާމު ގާއިމުކުރުން ކަމަށާއި މިކަމުގެ ސަބަބުން ހައްލު ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދިއްގަރުން ފާހަގަކުރެވުނީ ނަމޫނާ މެހެންމާރީއެއްކަން ފާހަގަކުރައްވާ ޓުއަރިޒަމް މިނިސްޓަރ ވިދާޅުވީ އެއީ ހިތުން އަންނަ ކަމެއް ކަމަށެވެ.

ކުރިއަށް އޮތް ތާނގައި ރާއްޖޭގެ އެހެން ރަށްތަކުގައި ވެސް ހޯމް ސްޓޭ ޓުއަރިޒަމް ތައާރަފުވެގެންދާނެ ކަމަށާއި އުންމީދަކީ މިއީ ރައްޔިތުންނަށް އިތުރު މަންފާތައް ލިބިގެންދާނެ ސިނާއަތަކަށްވުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޖެނުއަރީ އެއްވަނަ ދުވަހު ރާއްޖޭގައި ހޯމް ސްޓޭ އެންމެ ފުރަތަމަ ފަށައިގެންފައިވަނީ މ. ދިއްގަރު މޫރިތި ގެއިންނެވެ.

ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2023

2023 ގެ ޓްރެވަލް ޕަރސަނަލިޓީ އެވޯޑު ޑރ އަބްދުﷲ މައުސޫމަށް

02 ޑިސެމްބަރު 2023
2023 ގެ ޓްރެވަލް ޕަރސަނަލިޓީ އެވޯޑު ޑރ އަބްދުﷲ މައުސޫމަށް
27 އޮކްޓޯބަރު 2023

ސަގާފަތް ތަޖުރިބާކޮށްލަން ބޭނުންވާ ފަތުރުވެރިންނަށް ރާއްޖޭގައި ފުރުސަތުތައް ފަހިކޮށްދެވިދާނެ - މިނިސްޓަރު

27 އޮކްޓޯބަރު 2023
ސަގާފަތް ތަޖުރިބާކޮށްލަން ބޭނުންވާ ފަތުރުވެރިންނަށް ރާއްޖޭގައި ފުރުސަތުތައް ފަހިކޮށްދެވިދާނެ - މިނިސްޓަރު
26 އޮކްޓޯބަރު 2023

1.9 މިލިއަން ފަތުރުވެރިންގެ ޓާގެޓް ހާސިލްކުރުމުގެ އުންމީދު ބޮޑު - މިނިސްޓަރ .

26 އޮކްޓޯބަރު 2023
1.9 މިލިއަން ފަތުރުވެރިންގެ ޓާގެޓް ހާސިލްކުރުމުގެ އުންމީދު ބޮޑު - މިނިސްޓަރ .
26 އޮކްޓޯބަރު 2023

ޑައިވިން ދާއިރާއިން މަންފާ ލިބެންޖެހޭ ވަރަށް ހާސިލް ނުވޭ: ޑރ. މައުސޫމް

26 އޮކްޓޯބަރު 2023
ޑައިވިން ދާއިރާއިން މަންފާ ލިބެންޖެހޭ ވަރަށް ހާސިލް ނުވޭ: ޑރ. މައުސޫމް
25 އޮކްޓޯބަރު 2023

40،000 ފޯމުން ދައްކައިދެނީ ރައީސް ޞާލިހުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ރައްޔިތުން އިތުބާރުކުރާކަން - މައުސޫމް

25 އޮކްޓޯބަރު 2023
40،000 ފޯމުން ދައްކައިދެނީ ރައީސް ޞާލިހުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ރައްޔިތުން އިތުބާރުކުރާކަން - މައުސޫމް
06 އޮކްޓޯބަރު 2023

މުސްތަގުބަލުގައި ޓޫރިޒަމް އެކި ދާއިރާތަކުގެ މަތީ މަގާމުތަކުގައި ވެރިންނަށް ތިބޭނީ ދިވެހިން: މިނިސްޓަރު މައުސޫމް

06 އޮކްޓޯބަރު 2023
މުސްތަގުބަލުގައި ޓޫރިޒަމް އެކި ދާއިރާތަކުގެ މަތީ މަގާމުތަކުގައި ވެރިންނަށް ތިބޭނީ ދިވެހިން: މިނިސްޓަރު މައުސޫމް
04 އޮކްޓޯބަރު 2023

އާއިލާއާއެކު ދިރިއުޅެމުން، ފަތުރުވެރިކަމުގެ ދާއިރާއިން އާމްދަނީ ހޯދުމުގެ ފުރުސަތުތައް ފަހިކޮށްދެވިފައިވޭ: މިނިސްޓަރު މައުސޫމް

04 އޮކްޓޯބަރު 2023
އާއިލާއާއެކު ދިރިއުޅެމުން، ފަތުރުވެރިކަމުގެ ދާއިރާއިން އާމްދަނީ ހޯދުމުގެ ފުރުސަތުތައް ފަހިކޮށްދެވިފައިވޭ: މިނިސްޓަރު މައުސޫމް
28 ޖޫން 2023

ފަތުރުވެރިކަމުގެ 5 ވަނަ މާސްޓަރ ޕްލޭންގައި، ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، ޓޫރިޒަމްގެ ފައިދާ ހޯދައިދިނުމަށް ބާރު އަޅާފައިވޭ

28 ޖޫން 2023
ފަތުރުވެރިކަމުގެ 5 ވަނަ މާސްޓަރ ޕްލޭންގައި، ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، ޓޫރިޒަމްގެ ފައިދާ ހޯދައިދިނުމަށް ބާރު އަޅާފައިވޭ
28 ޖޫން 2023

ޓޫރިޒަމް އެވޯޑްސްއަށް ބޮޑު ތަރުހީބެއް ލިބިގެންދާނެ ކަމަށް އުންމީދުކުރަން: ޓޫރިޒަމް މިނިސްޓަރު

28 ޖޫން 2023
ޓޫރިޒަމް އެވޯޑްސްއަށް ބޮޑު ތަރުހީބެއް ލިބިގެންދާނެ ކަމަށް އުންމީދުކުރަން: ޓޫރިޒަމް މިނިސްޓަރު
25 މެއި 2023

5 ވަނަ ޓޫރިޒަމް މާސްޓަރ ޕްލޭނަކީ މުސްތަގުބަލު ބައްޓަންކުރުމުގެ މަގުޗާޓެއް: މިނިސްޓަރު

25 މެއި 2023
5 ވަނަ ޓޫރިޒަމް މާސްޓަރ ޕްލޭނަކީ މުސްތަގުބަލު ބައްޓަންކުރުމުގެ މަގުޗާޓެއް: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް