Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރެންޗް ލީގު

ޕީއެސްޖީ ފަހު ވަގުތު ސަލާމަތްވިއިރު، ރާމޯސްއަށް ރަތެއް

23 ޑިސެމްބަރު 2021 | ބުރާސްފަތި 09:13

ތާވަލުގެ އެއްވަނައިގައި ޕީއެސްޖީ އޮތީ 46 ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 23 ޑިސެމްބަރު 2021 | ބުރާސްފަތި 09:13
ލޯރިއެން އާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން

ލޯރިއެން އާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން | ގެޓީ އިމޭޖަސް

ފްރެންޗް ލީގުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ރެލިގޭޝަން ޒޯނުގައި އޮތް ލޯރިއެން އަތުން ފަހު ވަގުތު ޕީއެސްޖީ ސަލާމަތްވެއްޖެއެވެ.

ލޯރިއެންގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ކުރީކޮޅު ލޯރިއެންގެ ތެރެމް މޮފީއަށް ވަނީ ލަނޑެއް ޖަހަން ހުސް ފުރުސަތެއް ލިބިފައެވެ. އެކަމަކު ހުހަށްހުރެ އޭނާ ފޮނުވާލި ހަމަލާ ޕީއެސްޖީގެ ގޯލްކީޕަރު ކޭލޯ މަވާސް ވަނީ ދިފާއުކޮށްފައެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ލޯރިއެންއިން ލީޑު ނެގިއިރު، މި ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނި ތޯމަސް މޮންކޯޑިއުންއެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް ދެ ޓީމުން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއިރު، މި ހާފުގައި ލިއޮނެލް މެސީ ތަނަވަސްކޮށްދިން ފުރުސަތަކުން ޕީއެސްޖީގެ އެންހެލް ޑި މާރިއާއަށް ވަނީ ހުރސް ފުރުސަތެއް ލިބިފައެވެ. އެކަމަކު އޭނާ ހުހަށްހުރެ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ.

އޭގެ ފަހުން މި މެޗުގައި ޕީއެސްޖީއަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޑިފެންޑަރު ސާޖިއޯ ރާމޯސްއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމުންނެވެ. އެކަމަކު މެޗުގެ އިތުރު ވަގުތުގައި އަޝްރަފް ހަކީމީ ހުރަސްކޮށްދިން ބޯޅައަކުން މައުރޯ އިކާޑީ ވަނީ ލަނޑެއް ޖަހައި، މި މެޗުން ޕީއެސްޖީ ސަލާމަތްކޮށްދީފައެވެ.

މި ނަތީޖާއާއެކުވެސް ތާވަލުގެ އެއްވަނައިގައި ޕީއެސްޖީ އޮތީ 13 ޕޮއިންޓުގެ ލީޑަކާއެކުއެވެ. އެގޮތުން ކުޅުނު 19 މެޗުން ޕީއެސްޖީއަށް 46 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ނީސް އާއި ތިންވަނައިގައި އޮތް އޮލިމްޕިކް މާސޭއަށް ވަނީ 33 ޕޮއިންޓް ލިބިފައެވެ. އަދި ޕީއެސްޖީއާ އެއްވަރުކުރި ލޯރިއެން އޮތީ ތާވަލުގެ ފުލުން ދެވަނައިގައި 19 މެޗުން 16 ޕޮއިންޓާއެކުއެވެ.

ޕީއެސްޖީ

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

17 ޖޫން 2026

އެމްބާޕޭ ފްރާންސްގެ ތާރީޚުގައި އެންމެ މޮޅު ކުޅުންތެރިޔާއަށް ވާނެ!

17 ޖޫން 2026
އެމްބާޕޭ ފްރާންސްގެ ތާރީޚުގައި އެންމެ މޮޅު ކުޅުންތެރިޔާއަށް ވާނެ!
01 ޖޫން 2026

މިއީ ޕީއެސްޖީ އަށް ބޮޑު ކާމިޔާބެއް، އެންރީކޭ އަށް ޚާއްޞަ އުފަލެއް

01 ޖޫން 2026
މިއީ ޕީއެސްޖީ އަށް ބޮޑު ކާމިޔާބެއް، އެންރީކޭ އަށް ޚާއްޞަ އުފަލެއް
01 ޖޫން 2026

ޕީއެސްޖީގެ ކާމިޔާބީ ފާހަގަ ކުރުމުގެ ތެރެއިން 400 އަށް ވުރެ ގިނަ މީހުން ހައްޔަރު ކޮށްފި

01 ޖޫން 2026
ޕީއެސްޖީގެ ކާމިޔާބީ ފާހަގަ ކުރުމުގެ ތެރެއިން 400 އަށް ވުރެ ގިނަ މީހުން ހައްޔަރު ކޮށްފި
31 މެއި 2026

އާސެނަލް ބަލިކޮށް، ޕީއެސްޖީ އިން ޗެމްޕިއަންސް ލީގު ދިފާއު ކޮށްފި

31 މެއި 2026
އާސެނަލް ބަލިކޮށް، ޕީއެސްޖީ އިން ޗެމްޕިއަންސް ލީގު ދިފާއު ކޮށްފި
30 މެއި 2026

ޖެހި ޖެހިގެން ދެ ފަހަރު ފައިނަލް ކުޅުމަކީ ކުރަން އުނދަގޫ ކަމެއް، ޕީއެސްޖީ އިން ކުރީ އުނދަގޫ ދަތުރެއް: އެންރީކޭ

30 މެއި 2026
ޖެހި ޖެހިގެން ދެ ފަހަރު ފައިނަލް ކުޅުމަކީ ކުރަން އުނދަގޫ ކަމެއް، ޕީއެސްޖީ އިން ކުރީ އުނދަގޫ ދަތުރެއް: އެންރީކޭ
14 މެއި 2026

ޖެހި ޖެހިގެން ފަސް ވަނަ ފަހަރަށް ޕީއެސްޖީ އިން ފްރާންސް ލީގު ކާމިޔާބު ކޮށްފި

14 މެއި 2026
ޖެހި ޖެހިގެން ފަސް ވަނަ ފަހަރަށް ޕީއެސްޖީ އިން ފްރާންސް ލީގު ކާމިޔާބު ކޮށްފި
07 މެއި 2026

ޕީއެސްޖީ ވަރުގަދަ، އެންރީކޭ ހުރީ ތާރީޚީ ކާމިޔާބަކަށް ކެތްމަދުވެފައި

07 މެއި 2026
ޕީއެސްޖީ ވަރުގަދަ، އެންރީކޭ ހުރީ ތާރީޚީ ކާމިޔާބަކަށް ކެތްމަދުވެފައި
07 މެއި 2026

ބަޔާންގެ މައްޗަށް ކުރި ހޯދައި، ތަށި ދިފާއު ކުރަން ޕީއެސްޖީ އިން ފައިނަލް އަށް

07 މެއި 2026
ބަޔާންގެ މައްޗަށް ކުރި ހޯދައި، ތަށި ދިފާއު ކުރަން ޕީއެސްޖީ އިން ފައިނަލް އަށް
06 މެއި 2026

ޕީއެސްޖީ އިން މިހާތަނަށް ކުރިމަތިލާން ޖެހުނު އެންމެ ވަރުގަދަ ޓީމަކީ ބަޔާން: އެންރީކޭ

06 މެއި 2026
ޕީއެސްޖީ އިން މިހާތަނަށް ކުރިމަތިލާން ޖެހުނު އެންމެ ވަރުގަދަ ޓީމަކީ ބަޔާން: އެންރީކޭ
29 އެޕްރީލު 2026

ދެ ވަނަ ލެގަށް ވެސް ނިކުންނާނީ މޮޅުވާން: އެންރީކޭ

29 އެޕްރީލު 2026
ދެ ވަނަ ލެގަށް ވެސް ނިކުންނާނީ މޮޅުވާން: އެންރީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް