Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއިންޑިއާ އައުޓް

މިޒަމާނުގައި ދައްޖާލަށް ސައިކުރާ ކައްކައިދޭ ގޮތުގެ މިސާލަކީ އިދިކޮޅުން ހިންގާ އިންޑިއާ އައުޓް

13 ޑިސެމްބަރު 2021 | ހޯމަ 09:43

އިންޑިއާ އައުޓް އޭކިޔަނީ މުޅިން އެހެން ވާނެއް ވެގެންކަން ރަނގަޅަށް މިހިރަދަނީ ބޭޒާރުވަމުން

ދެލިކޮޕީ
ދެލިކޮޕީ | 13 ޑިސެމްބަރު 2021 | ހޯމަ 09:43
ޕީޕީއެމް / ޕީއެންސީން ބޭއްވި މުޒާހަރާއެއްގެ ތެރެއިން

ޕީޕީއެމް / ޕީއެންސީން ބޭއްވި މުޒާހަރާއެއްގެ ތެރެއިން

ދިވެހިރާއްޖޭގެ އެތަކެއް ދޮޅަސް ދިވެހި ސިފައިން ދިވެހިދިދަ ޖަހާފައިވާ ދިވެހި އަސްކަރީ ޔުނިފޯމް ގައި ހަތިޔާރާ އެކު އެތައް ގައުމެއް ގައި އެތައް މަހެއް، އަހަރެއް ވަންދެން އުޅެއެވެ. އުޅެނީ ވެސް އެގައުމުތަކުގެ ސިފައިންގެ މަރުކަޒު ތަކާ އަސްކަރީ ކޭމްޕް ތަކުގައެވެ. ބަނގްލަދޭޝް އާ އެމެރިކާ އާއި އިނގިރޭސި ވިލާތާ ސްރީލަންކާ އެވެ. އަދި އިންޑިއާ ގައިވެސް ދިވެހި ސިފައިން ހަތިޔާރު ހިފައިގެން އުޅެއެވެ. އެގޮތަށް އެކަން ނުހިނގާ ވެރިކަމެއް ވެސް މިރާއްޖެ އަކަށް މިފަހަކުން ނާދެއެވެ.

އެކިބޭނުންތަކުގައި ދިވެހިސިފައިން އެގައުމު ތަކަށް ގޮސްއުޅެ އައިސް ވުމަކުން އެގައުމު ތަކުގެ ޕީޕީއެމުން ދުވަހަކުވެސް މޯލްޑިވްސް މިލިޓަރީ އައުޓްވެގެނެއް ނުދުވެއެވެ. އެގައުމުގައި ތިބި ދިވެހިސިފައިން ބާލަން ރަށުތެރެ ކުޑަކޮށް އެތަނުގައި ތިބި ދިވެހިންނަށް ބިރު ދައްކާ ދިވެހިރާއްޖެ އަށް މަލާމާތާ ފުރައްސާރަ ކުރާކަށް އެއްވެގެނެއް ވެސް ނޫޅެއެވެ. އަދިކިއެއްތަ އެގައުމު ތަކުގައި ތިބި ދިވެހިސިފައިން އަނބުރާ ގެންނާކަށް ވެސް މިއުޅޭ ޕީޕީއެމަކު ދުވަހަކު ވެސް އުޅެފައެއް ނުވެއެވެ. އޭގެ ކުރިންވެސް އޭރުވެސް އަދި މިހާރުވެސް ކަން ހިނގަނީ އެއްގޮތަކަށެވެ. އާކަމަކަށް ވެގެން މިއުޅެނީ އެންމެ ކަމެކެވެ. އުޅެގަތް ގޮތަކުން ރައްޔިތުން ވޯޓުނުދީ ވެރިކަމުން ފަހާލީއެވެ. އިތުރު އެއްކަމެއްވެސް ވީއެއް ނޫނެވެ. 

އިންޑިއާ އައުޓް އޭކިޔަނީ މުޅިން އެހެން ވާނެއް ވެގެންކަން ރަނގަޅަށް މިހިރަދަނީ ބޭޒާރުވެ ފަޅާއަރަމުންނެވެ. ހުރިހާ ވެސް މައްސަލަ އަކީ އިންޑިއާ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި އިންޑިއާ ސިފައިން ބޭނުންކުރާ ބޮޑެތި މަނަވަރު ފަހަރާ ހަނގުރާމަ މަތީ ޖެޓްތަކާ ރާޑަރު ތަކެވެ. މިރާއްޖެ ވަށާ މިއޮތް އިންޑިއާ ކަނޑުގައި ހިންގާ ބޮޑެތި ޖަރީމާ ތަކަށް އިންޑިއާއާ ހެދި ހުރަސް އެޅެނީ އެވެ. ބަލަގަ އެމީހުން، އެމީހުންގެ ސަރަހައްދު ބަލަހައްޓާ ދިފާއުކުރާނެ އެވެ. އެކަމާ ހެދި އުނދަގޫވާ ބަޔަކަށް ރަނގަޅުވާނީ ދުނިޔޭން ވެސް އިންޑިއާ އައުޓް ކޮށްލެވުނިއްޔާއެވެ. ރާއްޖެއާ ލަންކާއާ އިންޑިއާ މިއީ ޖެހިޖެހިގެން އޮތް ތިންގައުމެވެ. ބާ އަތޮޅުގައި ގޮއިފުޅަފެހެންދޫ ވެސް އެއޮންނަނީ އެވެ. އެނޫންރަށްތަކާ އަތޮޅުތަށް ވެސް މިހުރީ ކައިރި ކައިރީގައި ޖެހިޖެހިގެންނެވެ. 

ވަގަށް ނެގިޑޮލަރާ ހަތިޔާރު، ނޫނީ ޑްރަގް ދަބަސް ކޮނޑަށް ލައިގެން ހުރަވީ ބިލްޑިންގ އަށް ނުވަދެވިގެން އުޅެނީ ރައީސް އޮފީހުގެ ގޭޓްގައި ހުރި ސިފައިންގެ މީހާއާހުރެ ކަމަށްވަންޏާ އެމީހާ ދެކެ ލައްކަ ރުޅިއަންނާނެއެވެ. ވަގުކަލޭ އެއިން ބައެއް ދޭން ބުނީމާ ރައީސްއޮފީސް ބަޑިފޯރި އައުޓް ކެމްޕޭން ޖައްސައިދޭންވީތާއެވެ. ބަދުރު ހަނގުރާމައިގާ މަރުވި ކާފަރުންގެ މައްޗަށް ރޮއެދޭން ނުކުތް ޖާހިލިއްޔަ ޒަމާނުގެ މީހުންނެކޭ ޕީޕީއެމެކޭ ތަފާތެއް ނެތެވެ. ޑްރަގް ބޯޓްތައް ހުއްޓުވާ ހިފެހެއްޓި ވަރަކަށް އިންޑިއާ އައުޓްއޭ ގޮވަމުން ނުކުމެ މަގުތަކުގައި އެބައިމީހުންނަށް ރޮއެދެނީއެވެ. 

ރާއްޖޭގެ ހުރަހާ ދިގަށް ހިނގާ ނުރައްކާތެރި އުދަބާނީގެ ވާހަކަ މިދާކަށް މަަސްވެރިންގެ ދުވަހު، ރައީސް ޞޯލިޙް ވިދާޅުވެއްޖެއެވެ. ބައިނަލް އަގްވާމީ ޓެރަރިޒަމާ، ހަތިޔާރުގެ ޣައިރުގާނޫނީ މުޢާމަލާތު ތަކާއި ބޮޑެތި ޑްރަގް ނެޓްވޯރކް ތަކުގެ ޖަރީމާ ތަކެވެ. 

މިކަންކަން ބިރެއްނެތި މިނިވަންކަމުގައި ނުހިންގެނީ އިންޑިއާގެ އަސްކަރިއްޔާގެ ވަރުގަދަ ކަމުންދެއްތޯއެވެ. ޖަރީމާ ހިންގާނެ މިނިވަންކަން ތިމާމެނަށް ނެތިގެން، ރާއްޖޭގެ މިނިވަންކަމޭ ސިޔާދަތޭ އިސްތިގުލާލޭ ގޮވަން ނެރެފައި ތިއްބަސް ދިވެހިންނަށް ވާނުވާ ވަރަށް ސާފެވެ. ތިޔައިން އެއްވުމެއްގެ ވައިދަށުން ހުރަސްކަނޑާލާ މެހިމާބުރު ވެސް އެތިބެނީ އަނބުރައިގަންނެގެން ވެއްޓޭވަރުވެފައެވެ. ދުވާ ވައްކަމާ ޚިޔާނާތާ ކޮރަޕްޝަނާ މަސްތުވާ ތަކެތީގެ ވަހާ ހުރެއެވެ. 

ރާއްޖެ ހިމަނައިގެން ދުނިޔޭގެ ގައުމުތަކާ ޖީލުތައް ހަލާކު ކުރުމަށް ހިންގާ ބައިނަލް އަގްވާމީ ބޮޑެތި ޖަރީމާތަކަށް ވާގިދޭން ނުކުމުގެން އިންޑިއާ އައުޓްއޭ ގޮވަމުން ތިޔަ ކުރާ ކަމަކީ ގާތް ގަނޑަކަށް މިޒަމާނުގައި ދައްޖާލަށް ސައިކުރާ ކައްކައި ދިނުމެވެ. 

ކަމެއްވާއިރަށް އަދި ބުނެއެވެ. އެކަން އެކުރީ، ނޫނީ އެހެން އެބުނީ  ދިވެހިސަރުކާރަށް އިންޑިއާއިން އަންގައިގެންނޯލައެވެ. މިއިރު އިންޑިއާ  އަންގައިގެންނޭ ބުނާށޭ ބުނަން ތިމާމެންނަށް އަންގައިގެން ތިޔައުޅެނީ ދުނިޔޭގައި ޑްރަގް ވިޔަފާރިއާ ޓެރަރިޒަމް ހިންގާ މާސިންގާ ނެޓްވޯރކްތަކުގެ މުޖުރިމުން  ކަން ބާކީ ދެންތިބި އެންމެންނަށް އެބައެނގެއެވެ.

ރަނގަޅު ވާހަކައެއް ބުނަން ހެއްޔެވެ. ރައްޔިތުންގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތާ، ތެދުވެރިކަމާ އަމާނަތްތެރިކަން މަތީ ވެރިކަން ކުރުންމަތީ ދެމިހުރުމަށް ކުރި ހުވަޔާ ޚިލާފަށް ކަންކުރި ގޮތް ސުޕްރީމް ކޯޓުން ވަރަށް ސާފު ބަހުން ލިޔެބަޔާން ކޮށްފައި އެބަވެއެވެ. ތިޔަ އުޅެނީ ޝަރުތުގެއްލި، ހުވަޔާ ޚިލާފްވެ، މަގާމުން ޣައިބުވެ، ލިބާހަށް އައިބުވެފައިހުރި ފިރިހެނަކު ދައްކާ ދަޅައެއްގައި ޖެހިގެންނެވެ އެއީ އަލުން އަނބުރާ ދިވެހި ވެރިކަމާ ކުޑަބޭރު އެރޭނެކަމާމެދު ޝައްކު އުފެދި އަދިވެސް ބޮޑެތި އެތައް ތުހުމަތަކުން ބަނދެވިފައި ހުރި މީހެކެވެ. 

ދެންވެސް ކަމެއް ކުރަންޏާ ތިޔަތަނުގެ ތެރޭން ކެންޑިޑޭޓެއް ފެނޭތޯ ބެލިއްޔާ މާރަނގަޅުވާނެއެވެ. ހުކުމް އައި ދުވަހު ވީދެރައިން ރޮވުނު މުއިއްޒާ، ވާހަކަ ދައްކަން ސްޓޭޖަށް އެރިއިރު ވެސް ކޮށްފައި ހުރި އަސަރުން ދެތަލި ތަތްލި ވަހީދު ވެސް އެހުރީއެވެ. ނުވިތާކަށް ޖަމީލު ލައްވަ ތަތްގަދަ ފޮނިއެއްޗަކުން ސަދަގާތް ކުރުވާފައި ބައްޕާފުޅު ލައްވަ ޣައްސާނަށް ދުންބުރުވާފަ ކެންޑިޑޭޓްގެ ބޮލަށް އޮމާން ޓިނުން ހަތްކޮޅު ނަގައިގެން އަންނަ ރިޔާސީ އިންތިޚާބަށް އަދުރޭ ނެރުނަސް ތިޔައުޅޭ ގޮތަށްވުރެ މާރަނގަޅުވާނެއެވެ.

ގޮވާ އެއްޗެއް ތިޔަ ގޮވަނީ އެއް ބައި މަދުންނެވެ. އިންޑިއާ އައުޓް ގޮވާލާފަ އޭގެ ފަހަތުން ޑްރަގްބޯޓް އިން އޭ ވެސް ގޮވިއްޔާ ނޫނީ ތިޔަ ކިޔާ އެތި ފުރިހަމަ އެއް ނުވާނެ އެވެ

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

އިތުރަށް ކިޔާލަން

03 މެއި 2023

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

03 މެއި 2023
ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
06 ފެބުރުއަރީ 2023

ރިޔާސީ ބަޔާން 2023 - ރާއްޖޭގެ ކުރިމަގު އޮންނާނެ ގޮތުގެ ތަސްވީރެއް

06 ފެބުރުއަރީ 2023
ރިޔާސީ ބަޔާން 2023 - ރާއްޖޭގެ ކުރިމަގު އޮންނާނެ ގޮތުގެ ތަސްވީރެއް
27 ޖެނުއަރީ 2023

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީންނާމެދު އަމަލުކުރަންޖެހޭ ގޮތުގެ ގަވާއިދު ތަންފީޒުވާން ޖެހޭނެ

27 ޖެނުއަރީ 2023
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީންނާމެދު އަމަލުކުރަންޖެހޭ ގޮތުގެ ގަވާއިދު ތަންފީޒުވާން ޖެހޭނެ
25 ޑިސެމްބަރު 2022

އާރަށު ހިޔާނަތް: 11 އަހަރުގެ ޙުކުމާއެކު "ބަރު" ޖޫރިމަނާ އައި ގޮތުގެ ޓައިމްލައިން

25 ޑިސެމްބަރު 2022
އާރަށު ހިޔާނަތް: 11 އަހަރުގެ ޙުކުމާއެކު "ބަރު" ޖޫރިމަނާ އައި ގޮތުގެ ޓައިމްލައިން
15 އޯގަސްޓު 2022

އެމްއެމްޕީއާރުސީގެ ބޮޑު ވައްކަން - ޔާމީން އަޑީގައި ހުންނަވައިގެން ހިންގެވިގޮތުގެ ތަފްސީލް ވ. އާރަށުގެ މައްސަލައިން

15 އޯގަސްޓު 2022
އެމްއެމްޕީއާރުސީގެ ބޮޑު ވައްކަން - ޔާމީން އަޑީގައި ހުންނަވައިގެން ހިންގެވިގޮތުގެ ތަފްސީލް ވ. އާރަށުގެ މައްސަލައިން
12 ނޮވެމްބަރު 2021

ހޮރުހޮރަށް ވަދެ ބޮނދައިގެން ތިބުމަށް މިޒަމާނުގައި ފުރުސަތެއް ނެތެވެ.

12 ނޮވެމްބަރު 2021
ހޮރުހޮރަށް ވަދެ ބޮނދައިގެން ތިބުމަށް މިޒަމާނުގައި ފުރުސަތެއް ނެތެވެ.
23 ފެބުރުއަރީ 2021

މިޒަމާނުގައި ރައްކާތެރިކަން ކަށަވަރު ކުރަނީ ބައިނަލްއަގުވާމީ ގުޅުންތަކުގެ ތެރެއިން

23 ފެބުރުއަރީ 2021
މިޒަމާނުގައި ރައްކާތެރިކަން ކަށަވަރު ކުރަނީ ބައިނަލްއަގުވާމީ ގުޅުންތަކުގެ ތެރެއިން
20 އޯގަސްޓު 2018

އިބޫއަށް ކުރުނބާ އުފުލައިދިން ޕިކަޕް ޑްރައިވަރަށް ވީގޮތުގެ ވާހަކަ

20 އޯގަސްޓު 2018
އިބޫއަށް ކުރުނބާ އުފުލައިދިން ޕިކަޕް ޑްރައިވަރަށް ވީގޮތުގެ ވާހަކަ
04 އޯގަސްޓު 2017

މަނިކުފާނެވެ، ބޯ ގޮއްވަންޖެހުނީ އަމިއްލައަށް ކަންތައްތައް ކުރެއްވި ގޮތުގެ ސަބަބުންނެވެ!

04 އޯގަސްޓު 2017
މަނިކުފާނެވެ، ބޯ ގޮއްވަންޖެހުނީ އަމިއްލައަށް ކަންތައްތައް ކުރެއްވި ގޮތުގެ ސަބަބުންނެވެ!
27 މެއި 2017

އެމެރިކާ ސިފައިންގެ މީހަކަށް އިސްލާމީ ނޫރު ލިބުނު ގޮތުގެ ވާހަކަ!

27 މެއި 2017
އެމެރިކާ ސިފައިންގެ މީހަކަށް އިސްލާމީ ނޫރު ލިބުނު ގޮތުގެ ވާހަކަ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް