Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޕީއެސްޖީ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

3 މެއި 2023 | ބުދަ 19:12

އެންމެ ފުރަތަމަ ޕީއެސްޖީން ނިންމީ ދެ ދުވަހުގެ އޮފެއް މެސީ އަށް ދިނުމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 މެއި 2023 | ބުދަ 19:12
މެސީ ސައުދީ އަރަބިއްޔާގައި

މެސީ ސައުދީ އަރަބިއްޔާގައި

އަންގާރަ ދުވަހުގެ ރޭ މުޅި ދުނިޔޭގެ ހުރިހާ މީޑިއާއެއްގެ ފަލަ ސުރުޚީގައި އޮތީ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން އެ ކުލަބަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ސަސްޕެންޑު ކުރި ވާހަކަ އެވެ. މީގެ ދެ އަހަރު ކުރިން ބާސެލޯނާ އިން ޕީއެސްޖީ އަށް ބަދަލުވި ކުޅުންތެރިޔާ އަށް އެ ކުލަބުން ސަސްޕެންޝަނެއް ދިނީ، ކުލަބުގެ ހުއްދަ ނެތި ސައުދީ އަރަބިއްޔާ އަށް ދަތުރު ކުރުމުންނެވެ.

ހަތް ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދާފައިވާ މެސީ އަކީ ސައުދީން އެ ޤައުމުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކަނޑައަޅާފައި ހުރި ޚާއްސަ އެމްބެސަޑެރެވެ. އެހެންކަމުން މެސީ ސައުދީ އަށް ކުރި އެ ދަތުރަކީ އެކަމަށް ޚާއްސަ ދަތުރެކެވެ. ނަމަވެސް ޕީއެސްޖީން މެސީ ސަސްޕެންޑު ކުރުމާއެކު އޭނާގެ ކުރިމަގާ މެދު ވެސް މިހާރު ވަނީ ސުވާލު އުފެދިފަ އެވެ. މިއަހަރަށް މެސީ ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާއިރު، އޭނާ އެ އެއްބަސްވުން އައު ކުރުމަށް ބޭނުންވެދާނެތޯ އެވެ. ނުވަތަ އެއްބަސްވުން އައު ކުރުމަށް މީގެ ކުރިން ޕީއެސްޖީން ގެންގުޅުނު ވިސްނުން ދޫކޮށްލަފާނެތޯ އެވެ. އެކަމާ ގުޅިގެން ފްރާންސްގެ ބައެއް މީޑިއާތަކުގައި ބުނެފައި ވަނީ ޕީއެސްޖީގެ ރައީސް ނާސިރު އެލް ޚެއްލާފީ ހުރީ އެކަމާ ވަރަށް ބޮޑަށް ކޯފާ އިސްކުރައްވައިގެންނެވެ. ސަބަބަކީ ޕީއެސްޖީގެ ހުއްދަ ނުހޯދައި، އަދި ކުލަބުގެ ފަރުތަކުރުން ކަޓުވާލުމަށް ފަހު މެސީ ސައުދީ އަށް ދިޔުމުންނެވެ.

އެކަމާ ގުޅިގެން ފްރާންސްގެ މީޑިއާއެއްގައި ބުނެފައި ވަނީ ލީގުގައި ޕީއެސްޖީން އެންމެ ފަހުން ލޮރިއެންޓު އަތުން ބަލިވި މެޗަށްފަހު މެސީ ވަނީ ސައުދީ އަށް ދަތުރު ކުރުމަށް ކުލަބުގެ ހުއްދައަކަށް އެދިފަ އެވެ. އެހެންކަމުން އެންމެ ފުރަތަމަ ޕީއެސްޖީން ނިންމީ ދެ ދުވަހުގެ އޮފެއް މެސީ އަށް ދިނުމަށެވެ. އެއީ ހޯމަ ދުވަހާއި އަންގާރަ ދުވަހެވެ. ސަބަބަކީ މީގެ ކުރިން ވެސް ސައުދީ އަށް ދާން ޖެހުނު ދަތުރެއް ދެ ފަހަރެއްގެ މަތިން މެސީ ކެންސަލްކޮށްފައިވާތީ އެވެ. އެހެންކަމުން މެސީ ސައުދީ އަށް ދިޔައީ ޕީއެސްޖީގެ ރުހުމުގައި ކަމަށް ވަނީ ބުނެފަ އެވެ. ނަމަވެސް، ހޯމަ ދުވަހަށް ޕިއެސްޖީން ތާވަލުކުރި ފަރިތަކުރުމަކީ ކުއްލިއަކަށް ޝެޑިއުލް ކުރި ފަރިތަކުރުމެކެވެ. އޭގެ ކުރިން އޮތީ ހުރިހާ ކުޅުންތެރިންނަށް އެ ދުވަހަކީ އޮފް ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައި ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. ނަމަވެސް ޕީއެސްޖީން އެކަން އެންގީ މެސީ ސައުދީ އަށް ދަތުރު ކުރި ފަހުން ކަމަށާއި، އެހެންކަމުން މެސީ އަށް އެ ފަރިތަކުރުމަށް ޙާޟިރުވެވޭނެ ގޮތެއް ނުވި ކަމަށެވެ. އެއާއެކު މައްސަލަ ހޫނުވެ ޕީއެސްޖީން ވަނީ މެސީ ދެ ހަފްތާއަށް ސަސްޕެންޑުކޮށްފަ އެވެ. އެ މުއްދަތުގައި މެސީ އަށް މުސާރަ ވެސް ނުހިނގާނެ އެވެ.

މީޑިއާތަކުގައި ބުނަނީ މިއީ ޕީއެސްޖީން މެސީ އަށް ދަތި ކުރުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށެވެ. އެގޮތުން މީގެ ކުރިން ޕީއެސްޖީ އަށް ކުޅެމުން އަންނަ ނޭމާ ޖޫނިއާ، ފަރިތަކުރުން ކަޓުވާލުމަށް ފަހު ދައްތަގެ އުފަން ދުވަސް ފާހަގަކުރަން ދިޔަ ކަމަށާއި، އަނެއްކޮޅުން ޕީއެސްޖީގެ ނިންމުމަކާ ދެކޮޅަށް ފާޅުގައި ކީލިއަން އެމްބޭޕޭ މީޑިއާގައި ވާހަަކަ ދެއްކި ނަމަވެސް، އެކަމަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ. މެސީ އަށް ދިން އަދަބަކީ ޕީއެސްޖީން އެއްބަސްވުން އައު ކުރުމަށް ހުށަހެޅި ހުށަހެޅުން ޤަބޫލު ކޮށްފައި ނުވާތީ، އެކަމަށް ޕްރެޝަރު ކުރުމުގެ ގޮތުން ކުރި ކަމެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ. މިއާއެކު މެސީގެ ނިންމުން ހުރި ގޮތެއް ބަލަން މީޑިއާތަކުން ވަނީ ޝައުޤުވެރިވެފަ އެވެ.

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

އިތުރަށް ކިޔާލަން

10 ޖޫން 2017

މިވަރަށް ސައުދީގެ "އަޅުވެތިކަމަށް" ވެއްޓެން ހެޔޮވެސް ނުވާނެ!

10 ޖޫން 2017
މިވަރަށް ސައުދީގެ "އަޅުވެތިކަމަށް" ވެއްޓެން ހެޔޮވެސް ނުވާނެ!
06 ޖޫން 2017

ސައުދީގެ އަޅުވެތި ކަމަށް އަމިއްލަޔަށް ވެއްޓުނީބާ؟

06 ޖޫން 2017
ސައުދީގެ އަޅުވެތި ކަމަށް އަމިއްލަޔަށް ވެއްޓުނީބާ؟
25 މެއި 2017

ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: "ބޮލުގެ އެއްޗެއްތަ؟"

25 މެއި 2017
ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: "ބޮލުގެ އެއްޗެއްތަ؟"
21 މެއި 2017

ޓްރަމްޕްގެ "ހޭޓް ސްޕީޗް" ގެ ބަދަލު: ސައުދީގެ އެންމެ މަތީ ޝަރަފު

21 މެއި 2017
ޓްރަމްޕްގެ "ހޭޓް ސްޕީޗް" ގެ ބަދަލު: ސައުދީގެ އެންމެ މަތީ ޝަރަފު
20 މެއި 2017

މެލާނިއާ ސައުދީއަށް ވަޑައިގެންނެވިއިރު ހެދުން ތުރުކުރައްވާފައި ހުންނެވި ގޮތް ކަމުދޭތަ؟

20 މެއި 2017
މެލާނިއާ ސައުދީއަށް ވަޑައިގެންނެވިއިރު ހެދުން ތުރުކުރައްވާފައި ހުންނެވި ގޮތް ކަމުދޭތަ؟
12 އެޕްރީލު 2017

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

12 އެޕްރީލު 2017
އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ
06 މާރިޗު 2017

ސައުދީ ރަސްގެފާނަށް ފާޑުކިޔުމަކީ، އިސްލާމް ދީނުގެ އުސޫލުތައް ނެތިކޮށްލުންތަ؟

06 މާރިޗު 2017
ސައުދީ ރަސްގެފާނަށް ފާޑުކިޔުމަކީ، އިސްލާމް ދީނުގެ އުސޫލުތައް ނެތިކޮށްލުންތަ؟
03 މާރިޗު 2017

ސައުދީގެ އެއްބަސްވުން އުވާލެވިދާނެބާ؟

03 މާރިޗު 2017
ސައުދީގެ އެއްބަސްވުން އުވާލެވިދާނެބާ؟
26 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނު މިލްކުކުރައްވަން ބޭނުންފުޅުވާ ފ. ހިމިތީގެ ހަގީގަތް އެނގޭތަ؟

26 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނު މިލްކުކުރައްވަން ބޭނުންފުޅުވާ ފ. ހިމިތީގެ ހަގީގަތް އެނގޭތަ؟
05 ފެބުރުއަރީ 2017

ލޯމަތިން ތިފެންނަ ކަންތައްތަކުގެ އަވައިގައި ނުޖެހޭ، ފަހަތުގައި ބޮޑެތި ޖަރީމާ!

05 ފެބުރުއަރީ 2017
ލޯމަތިން ތިފެންނަ ކަންތައްތަކުގެ އަވައިގައި ނުޖެހޭ، ފަހަތުގައި ބޮޑެތި ޖަރީމާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް