ކ. މާލެ
|
6 ފެބްރުއަރީ 2023 | ހޯމަ 15:49
ހަގީގީ ތަރައްގީ އަކީ ރައްޔިތުންގެ އަސާސީ ކަންކަން ފުރިހަަމަކޮށްދިނުން ކަމުގައި ބެލީ މި ސަރުކާރުން
ހަގީގީ ތަރައްގީ އަކީ ރައްޔިތުންގެ އަސާސީ ކަންކަން ފުރިހަަމަކޮށްދިނުން ކަމުގައި ބެލީ މި ސަރުކާރުން
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
ރިޔާސީ ބަޔާން 2023 - ރާއްޖޭގެ ކުރިމަގު އޮންނާނެ ގޮތުގެ ތަސްވީރެއް
 
އަސާސި ހުރިހާ ހިދުމަތެއް ގާއިމްކޮށް އެ ފައިސާ އެހެން ބޭނުމަށް ބޭނުންކުރެވޭނެ ކަމަށް ވިދާޅުވި
 
އާމްދަނީ ދެގުނަ އިތުުރުވެގެންދާނެ ކަމަށް ވިދާޅުވި

ސަރުކާރަށް 4 އަހަރުވެ 5 ވަނަ އަހަރުގެ ރިޔާސީ ބަޔާން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު ވަނީ އިއްވަވާފައެވެ. މީގެ ކުރިން އެމަނިކުފާނު އިއްވަވާފައިވާ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވަނީ އެވެނި މިވެނި ކަމެއް ރަނގަޅުކުރުމަށް މަސައްކަތް ކުރައްވަން ޖެހޭ ވާހަކައެވެ.

އަސާސީ ހިދުމަތްތައް ގާއިމްކުރައްވަން ޖެހޭ ވާހަކައެވެ. ކޮވިޑާއެކު މިލާ މޯޅިވި އިގްތިސާދު އަލުން ރޯކުރަންޖެހޭ ވާހަކައެވެ. ރައްޔިތުން ރަށުބަންދުން ވީއްލެން ޖެހޭ ވާހަކައެވެ. ނަމަވެސް މިފަހަރުގެ ރިޔާސީ ބަޔާނު ތަފާތެވެ. ރައީސް ކުރައްސަވައި ދެއްވީ، އެމަނިކުފާނު ވެރިކަމާ ހަވާލުވި ދުވަހުން ފެށިގެން 10 އަހަރުވާ އިރު ރާއްޖެ އޮންނާނެ ގޮތުގެ މަންޒަރެކެވެ.

ވެރިކަމާއި ހަވާލުވެވަޑައިގެން ރައީސް ދެއްކެވި ވާހަކަތައް މިއަދުވެސް ތަކުރާރު ކުރެއްވިއެވެ. ރާއްޖޭގެ ވެރިކަމުގެ މަސްއޫލިއްޔަތާ މިއަދު ޙަވާލުވެވެނީ ތަޞައްވުރެއް އޮވެ، ވަޢުދުވެ، ވީވަޢުދު ފުއްދުމުގެ މައްޗަށް ކަމަށެވެ. އެންމެ ބޭނުންޖެހިފައިވާ ކަންކަމަށް، އެންމެ ބޮޑު އިސްކަން ސަރުކާރުން ދީގެން ކަމެވެ. ގައުމުގެ ހަމަޖެހުމާ، ޢާންމު މަޞްލަޙަތާ އަމާންކަން ގެއްލިފައިވާނަމަ، އެންމެ ފުރަތަމަ ސަރުކާރުން އިޢާދަ ކުރަންޖެހޭނީ އެކަންކަމެވެ.

އެކަންކުރެވޭނީ، އަޑުއެހުމާ، މަޝްވަރާއާ، ދޫދިނުމާ އަދި ހިފަހައްޓަންޖެހޭ އިންތަކާ މިންތަކުގާ ސަރުކާރު ސާބިތުވެ ދެމިއޮވެގެންނެވެ. ފާއިތުވި 4 އަހަރަކީ އޭގެ ކުރިން ހިނގާދިޔަ އަހަރުތަކަށްވުރެ މިދެންނެވި ގޮތުން ރާއްޖެއަށް ހަމަޖެހުން ގެނުވި 4 އަހަރުކަން ޔަގީނެވެ. އަދި ކުރިއަށް އޮތްތަނުގާވެސް އެންމެ ބޮޑު އިސްކަމެއް ދެއްވާނީ މި މޭރުމުންކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވި އެއްވާހަކައެއް ހިއްސާކޮށްލާނަމެވެ. ދޭދޭ ކޮންމެ ދެމީހަކާ، ދެގެއާ، ދެއަވަށާ، ދެރަށާ އަދި ދެއަތޮޅު ވިޔަސް، ފަރަގު ހުންނަ ކަމަށެވެ. އަމުދުން ސިޔާސީ ޕާޓީތަކުގާ އެކަން ބޮޑު ކަމަށެވެ. އެހެންނަމަވެސް، ސަރުކާރަށް ހައްތާވެސް ތިބޭނީ ހަމަހަމަ ދިވެހިރައްޔިތުން ކަމަށެވެ. އަދާކުރަން ޖެހޭ ޙައްގުތަކާ، އުފުލަން ޖެހޭ މަސްއޫލިއްޔަތާ، ދޭންޖެހޭ ޚިދުމަތުގާ، ކޮންމެ ރައްޔިތަކީ ވެސް ސަރުކާރުގެ ކުރިމަތީގާ ގަދަރުވެރި ދިވެހިރައްޔިތެއް ކަމުގެ ވާހަކައެވެ.

ތައުލީމީ ދާއިރާއަށް ބަލާއިރު ސްކޫލްތަކުގާ ކިޔަވައިދިނުމަށް އޮތް ތަކުލީފު ކުޑަކޮށް، ޖާގައާ ވަސީލަތްތައް އިތުރުކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގާ 1578 ކްލާސްރޫމާ، 85 މަލްޓިޕާޕަސް ހޯލް ދަނީ ނިމެމުންނެވެ. މީގެ އިތުރަށް ތަޢުލީމީ ދާއިރާއާ ގުޅޭ އިތުރު 509 ޢުމުރާނީ މަޝްރޫޢު އެދަނީ ހިނގަމުން ނިމެމުންނެވެ. މިއަދުގެ އުފަލަކީ، މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް މިހާރު މަތީ ސާނަވީއަށް ކިޔެވޭނެ ފުރުޞަތު ފަހިކޮށްދެވިފައި އޮތްކަމެވެ.

މިއަދާ ހަމައަށް 16315 ދަރިވަރުން ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމްގައި ބައިވެރިވެ 6500 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެއެވެ. މިހާތަނަށް 1986 ދަރިވަރަކަށް ސްޓޫޑަންޓް ލޯނުގެ ފުރުޞަތު ދީފިއެވެ.

މިދިޔަ އަހަރު އެ މަގާމުގައި ހުންނަވައި ވިދާޅުވި ގޮތަށް ތަޢުލީމީ ދާއިރާގެ ޕޭހާމަނައިޒް ކުރައްވައިފިއެވެ. އަންނަ މޭ މަހުގެ 1 ން ފެށިގެން ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާނެކަމުގެ އުފާވެރި ހަބަރު ވަނީ ދެއްވާފައެވެ. އަދި ސަރުކާރުގެ ވުޒާރާތަކުގާ 35 ޕަސަންޓް އެލަވަންސް ނުލިބި މިހާރު ތިއްބެވި ހުރިހާ މުވައްޒަފުންނަށް 1 މޭއިން ފެށިގެން މި އެލަވަންސް ލިބެންފަށާނެ ކަމަށް އިއުލާން ކުރެއްވިއެވެ.

އެންމެ ބޭނުން ޖެހިފައިވާ 76 ރަށެއްގެ އިންޖީނުގެ މުޅިން އަލަށް ޒަމާނީ ފެންވަރަށް ޢިމާރާތްކޮށް ފުރިހަމަ ކުރެވިއްޖެއެވެ. 144 ރަށެއްގެ އިންޖީނުގޭގައި 313 ޖެނެރޭޓަރ ސެޓް އަލަށް ބެހެއްޓިއްޖެއެވެ. މިއީ ކުރިއަށް އޮތް 50 އަހަރަށް އެކަށޭނަ ބޮޑު ބަދަލެވެ. ކުރިން އެމަނިކުފާނު ވިދާޅުވީ މިއީ ހައްލުކުރަންޖެހޭ ކަންކަމުގެ ވާހަކައެވެ. އޭގެ އަހަރެއް ފަހުން ވިދާޅުވި މިކަންކަން ވަމުން ނިމެމެމުންދާ ކަމަށެވެ.

މިއަދު ބޮޑުތިލަދުންމަތީގެ އިތުރުން ފާދިއްޕޮޅުގެ ހުރިހާ ރަށެއް ކޮންމެ ދުވަހަކު އެދަނީ އާރްޓީއެލްގެ ނިޒާމުން އަމުނާ ގަތާ ބަދަހިވަމުންނެވެ. މިއަހަރު ނިމުމުގެ ކުރިން ހުވަދުއަތޮޅާ ފުވައްމުލަކު، އަދި އައްޑޫ، އާރްޓީއެލްގެ މި ނިޒާމުން ގުޅާލެވިގެންދާނެއެވެ.

ދިވެހިރާއްޖެއަށް ބޭނުންވާ ހުރިހާ ޑޮމެސްޓިކް އެއަރޕޯރޓެއް ގާއިމް ކުރުމުގެ މަޝްރޫޢު އެދަނީ ކުރިއަށެވެ. ދެންވެސް ކޮންމެހެން ބޭނުންތެރި ޑޮމެސްޓިކް އެއަރޕޯޓްތަކާއެކު މުޅި ރާއްޖެ، ވައިގެ މަގުން ގުޅާލައި ނިމޭނެއެވެ. ރާއްޖޭގެ އެންމެ އުތުރާ، އެންމެ ދެކުނަށް އަހަރަކު ޖުމްލަ 2.8 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ގޮތަށް ތަރައްގީ ކުރެވޭ ބައިނަލްއަގްވާމީ ޒަމާނީ ދެ އެއަރޕޯރޓަކީ ހަނިމާދޫ އަދި ގަން އިންޓަރނޭޝަނަލް އެއަރޕޯޓެވެ.

2028 ވަނަ އަހަރާ ހަމައަށްދާއިރު، މަދުވެގެން އަހަރަކަށް 3.5 މިލިއަނަށް ފަސިންޖަރުން ގެ އަދަދު އިތުރުވާނެއެވެ. އެގޮތަށް އެކަން އެވަނީ ހަމަ ހުރެފައެއް ނޫނެވެ. މިއަދު ފަށާ، ހިންގާ، ނިންމަމުން މިދާ މަޝްރޫޢުތަކަކީ އެހިސާބަށް ރާއްޖޭގެ ފަތުރުވެރިކަން ގެންދެވޭނެ ސަބަބެވެ.

އެއީ 2028 ނިމޭއިރު، ރާއްޖޭގެ އިޤްތިޞާދު ދެގުނަ ވެގެންދާނެ ބޮޑު ބަދަލެވެ. 2018 ވަނަ އަހަރު ރާއްޖޭގެ ޖުމްލަ އުފެއްދުންތެރިކަމަކީ 81 ބިލިއަން ރުފިޔާއެވެ. ނަމަވެސް އޭގެ 10 އަހަރު ފަހުން، ރާއްޖޭގެ އިޤްތިޞާދު ދެގުނަކޮށް، 2028 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 177 ބިލިއަން ރުފިޔާއަށް ގެންދެވޭނެއެވެ. އިޤްތިސާދަށް މިއަންނަ ކުރިއެރުންތަކާއެކު ދައުލަތަށްލިބޭ އާމްދަނީވެސް 2018 ވަނަ އަހަރާ އަޅާބަލާއިރު ދެގުނަ ކުރެވި، 2028 ވަނަ އަހަރު 45 ބިލިޔަން ރުފިޔާ ދައުލަތަށް ލިބޭނެއެވެ.

ހިދުމަތް ލިބުމުގާ ރައްޔިތުންނަށް އޮތް އަނެއް ތަކުލީފަކީ ކިޔުގާ ޖެހުމާ، ފޯނު ނުނެގުމާ، ޖަވާބެއް ނުލިބުމުގެ މައްސަލައެވެ. މިކަމަށް އޮތް ހައްލަކީ އަންނަ މާރިޗު މަސްތެރޭ ވަން-ގަވް ޚިދުމަތް ބޭނުންކުރަން ފެށުމެވެ.

ރައީސްގެ މުޅި ރިޔާސީ ބަޔާނުގައި އޮތީ ހަމައެކަނި ވޭތުވެދިޔަ އަހަރާއި އަދި އަންނަން އޮތް އަހަރުގެ ވާހަކަ އެކަންޏެއް ނޫނެވެ. އެ ރިޔާސީ ބަޔާނުން ކުރައްސަވައިދެއްވީ މީގެ 5 އަހަރު ފަހުން ވެސް ގައުމު އޮންނާނެ ގޮތުގެ ތަސްވީރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ރައީސް މުއިއްޒު ގެންދަވަނީ އަވަހާރަފުޅު ނުލައްޕަވާ ހުންނަވައިގެން ވެސް ރައްޔިތުންނަށް އިތުރުފުޅު ހައްދަވަމުން - ރައީސް ޞާލިޙު
ކުދިއާބާދީ ރަށްތަކުގައި ޚިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތް: ރައީސް ސާލިހު
އިންތިޚާބާ ގުޅިގެން ވަޒީފާތައް އިންތިހާއަށް ދޭނެ، އެއީ ދާއިމީ ވަޒީފާއަކަށް ނުވާނެ: ރައީސް ސާލިހު
މި ސަރުކާރުގެ ސިޔާސަތަކީ ގަދަބާރުން، ބިރުދައްކައިގެން ވޯޓު ހޯދުން - ރައީސް ސާލިހު
މި ސަރުކާރު ވެރިކަމަށް އައިސް މުޅި ޤައުމު ހުއްޓުމަކަށް ގެނެސްފި - ރައީސް ސާލިހު
މިސަރުކާރުގެ ކެންޑިޑޭޓުންނަށް ދެވޭ ވޯޓަކީ ކުދިރަށްތަކުގެ ތަރައްގީއާއި ދެކޮޅަށް ދެވޭ ވޯޓެއް: ރައީސް ޞާލިޙް
އަރާ ކޮންމެ ރަށަކުން ފެންނަނީ މާކަނާއެއްހެން ތުންގަނޑު ބިމަށް ހަރައިގެން ހުރި އެސްކަވޭޓަރުތަކެއް - ރައީސް ސާލިހު
ނ، ރ އަދި ބ އަތޮޅުގައި އާރުޓީއެލް ފެށުން: ކުރީ ސަރުކާރުން އޮތީ ފައިސާ ހަމަޖައްސާ އުޅަނދުތައް ބަނދެފައި