Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އަސްކަރީ އެއްބަސްވުންތަކާއި ގުޅުންތައް

މިޒަމާނުގައި ރައްކާތެރިކަން ކަށަވަރު ކުރަނީ ބައިނަލްއަގުވާމީ ގުޅުންތަކުގެ ތެރެއިން

ދުނިޔޭގެ ސަލާމަތީ ނިޒާމާއި ގޮންޖެހުންތައް މިހާރު ވަނީ ބަދަލުވެފައި

އިމާދު ލަތީފް
އިމާދު ލަތީފް, ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2021 | އަންގާރަ 06:50
ސައުދީ އަރަބިޔާގައި އޮންނަ ޕްރިންސް ސުލްތާން އެއަރބޭސް. މިތަނުގައި ތިބެނީ އެމެރިކާ ސިފައިން. ފޮޓޯ ޕެންޓަގަން

ސައުދީ އަރަބިޔާގައި އޮންނަ ޕްރިންސް ސުލްތާން އެއަރބޭސް. މިތަނުގައި ތިބެނީ އެމެރިކާ ސިފައިން. ފޮޓޯ ޕެންޓަގަން

ރާއްޖޭގައި ގާއިމުކުރެވިފައިވާ ބޭރުގެ އެމްބަސީތަކުގެ ތެރެއިން މިވަގުތު އެންމެ ބޮޑު އަދި ވަރުގަދަ ދެ އެމްބަސީއަކީ އިންޑިޔާގެ އެމްބަސީއާއި ޗައިނާގެ އެމްބަސީއެވެ. އެ ދެތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިޔާގެ ސިފައިންނާއި ޗައިނާގެ ސިފައިން އައިސް ދާއިމީގޮތެއްގައި އެމްބަސީގެ ވަށައިގެން ފޯރިމަރަން ފަށައިފިއްޔާ ބައެއް ދިވެހިން ބުނާނީ ކީކޭ ބާވައެވެ. ބުނާނެއެވެ. ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތީއެވެ. ސިޔާދަތީ ހައްގަކަށް އުނިކަން ލިބުނީއެވެ. މިހެންގޮސް ލައްކަ ގިނަ ވާހަކަ ހުންނާނެއެވެ.

މިސްރަކީ އަރަބި ދުނިޔޭގެ އެންމެ ވަރުގަދަ ބާރެވެ. މުޅި އެފްރިކާ ބައްރުގައި އޮތް އެންމެ ވަރުގަދަ އަސްކަރީ ބާރަކީވެސް މިސްރެވެ. އެކަމަކު މިސްރުގެ ވެރިރަށް ގާހިރާގައި ހުންނަ އެމެރިކާގެ އެމްބަސީގެ ސަލާމަތާއި އިސްކަންދަރިއްޔާގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓުގެ ރައްކާތެރިކަމަށްޓަކައި އެމެރިކާ ސިފައިން ހަރަކާތްތެރިވެއެވެ. މިސްރުގައި ގާއިމުވެގެން ތިބެއެވެ. މިއީ މިސްރުގެ މިނިވަންކަމާއި ސިޔާދަތަށް ލިބޭ އުނިކަމެއް ކަމަށް މިސްރުގެ ރައްޔިތުން ގަބޫލެއް ނުކުރެއެވެ. އެމީހުން ބަލަނީ މިއީ ބަވަނަ ވެފައިވާ ދުނިޔެއެއްގައި ބަދަލުވެފައިވާ އާދަތަކުގެ ތެރެއިން ކުރަން ލާޒިމުވާ ކަމެއްގެ ގޮތުގައެވެ. ބައިނަލްއަގުވާމީ ގުޅުންތަކުގެ ތެރެއަށް ނުކުތީމާ ކުރިމަތިލާންޖެހޭ ހަގީގަތެއް ކަމުގައެވެ. 

ބޭރުގެ ޔުނިފޯމުއެޅި ސިފައިން ފެނުނީމާ ދުނިޔޭގެ ގިނަ ގައުމުތަކުގެ މީހުންނަށް ނުވާ ކަމެއް އަދި ނުކުރެވޭ އިހުސާސެއް ދިވެހިންނަށް ކުރެވެންޖެހޭ ސަބަބަކީ ކޮބައިބާވައެވެ. މިއީ ވަރަށް ފުޅާކޮށް ވާހަކަ ދެއްކިދާނެ މައުޟޫއެކެވެ. ތަފާތު ގިނަގުނަ ސަބަބުތައްވެސް ދައްކައި ބަހުސްކުރެވިދާނެ މައުޟޫއެކެވެ. ގުދުރަތީގޮތުން އަޅުގަޑުމެންގެ އެކަހެރިކަމާއި ބޭރުގެ ސިފައިން މިތަނަށް އައިސްގޮސްވުން މަދުކަމާއި ހަގުރާމަތަކުގެ ތަޖުރިބާކުރަން ޖެހިފައި ނެތުމަކީ ސަބަބުތަކެވެ. ބަވަނަވެފައިވާ މި ދުނިޔޭގައި މިއަދުގެ ސަލާމަތީ ނިޒާމަށް އައިސްފައިވާ ބޮޑެތި ބަދަލުތަކާއި ގޮންޖެހުންތައް އިހުސާސްކުރަން ނުޖެހުމަކީވެސް ސަބަބެކެވެ. 

މިއަދުގެ ދުނިޔޭގައި އެންމެ ގިނަބަޔަކު ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަނީ ބައިނަލްއަގުވާމީ ގުޅުންތަކާއި ވިޔުގަތަކުގެ ތެރެއިންނެވެ. ދޭދޭ ގައުމުތަކުގެ ދެނެގަތުމާއި އެއްބާރުލުމުގެ ތެރެއިންނެވެ. އެޒާތުގެ އެއްބާރުލުމާއި ދެނެގަތުމެއް ނެތި އެކަހެރިވެގަތުމަކީ މިއަދުގެ ދުނިޔޭގައި އެންމެ ބޮޑު ނިކަމެތިކަމެވެ. މިކަމާ ގުޅުންހުރި މިސާލުތައް ދުނިޔޭގެ ހަތަރު ބިތުންވެސް ނެގިދާނެއެވެ. އިނގިރޭސިވިލާތަކީ ދުނިޔޭގެ ބޮޑު ބާރެކެވެ. ނިއުކުލިއާ ބާރެއްވެސްމެއެވެ. އެގައުމުގައި އެމެރިކާ ސިފައިންގެ ތޭރަސާދަ މަރުކަޒު އެބަހުއްޓެވެ. އެއީ އިނގިރޭސީންނަށް އެގައުމު ނުބެލެހެއްޓިގެން ބާވައެވެ. ޖަރުމަންވިލާތަކީ ހުޅަނގު ޔޫރަޕުގެ އެންމެ ފުދުންތެރި އިގްތިސާދީ އެންމެ ބޮޑު ބާރެވެ. އެ ގައުމުގައި އެމެރިކާ ސިފައިންނަށް ނިސްބަތްވާ ސާޅީހަކަށް މަރުކަޒު އެބަހުއްޓެވެ. މިއީ ޖަރުމަންވިލާތަށް އެގައުމުގެ ކަންކަން ނުބެލެހެއްޓިގެން ތިބޭ ތިބުމެއް ބާވައެވެ؟ 

ނޫނެކެވެ. މިއީ ބައިނަލްއަގުވާމީ ގުޅުންތަކުގެ ތެރެއިން އަދި މިއަދުގެ ހަގީގަތްތަކަށް އަމާޒުކުރެވޭ ގޮތުގެ މަތިން ހިނގަމުން އަންނަ ކަމަކީއެވެ. ސައުދީއަރަބިޔާގެ ވެރިރަށް ރިޔާޒުގެ ކައިރީގައި މަރުކަޒެއް ހަދައިގެން އެމެރިކާ ސިފައިންގެ އެތައްހާސް ބަޔަކު ބައިތިއްބައިގެން އެތިބީވެސް މިހެންވެގެންނެވެ. އެމެރިކާގެ ކަނޑުގެ ސިފައިންގެ ފަސްވަނަ އަރުމާދުގެ ހެޑްކުއާޓަރު ބަހުރޭނުގައި ބަހައްޓައިގެން އެގައުމު އޮތުމުގެ ސިއްރަކީވެސް އެއީއެވެ. ސިންގަޕޫރުގައި އެމެރިކާ ސިފައިންގެ މަރުކަޒެއް ހުރެފައިމެ ސިންގަޕޫރުގެ އަމިއްލަ އަސްކަރީ މަރުކަޒުތަކުގެ ބޭނުންވެސް އެމެރިކާ ސިފައިންނަށް ކުރެވޭ ގޮތަށް އަހުދުވެ ސޮއިކޮށްގެން އެތިބީ މިހެން ވެގެންނެވެ. 

މާލެއަތޮޅު އުތުރު ތިލަފަޅުގައި ދިވެހި ކޯސްޓްގާޑުގެ ބަނދަރަކާއި ޑޮކްޔާޑެއް ގާއިމުކުރުމުގެ އެއްބަސްވުމެއްގައި އިންޑިޔާ އާއި ދިވެހިރާއްޖެ ސޮއިކުރީމާ އެކަމުގެ އުދާސްތައް މިހާރު ބަންޑުންވަމުންދާތީ އެބަފެނެއެވެ. ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްވެސް ވައްދައިފިއެވެ. ބަހުސްތައްވެސް ފަށައިފިއެވެ. އިއްޔެ މިބަހުސްތައް އަޑުއަހާން ހުރެފައި ހިތުގައި ޖެހުނެވެ. ދިވެހި ތާރީޚުން ފިލާވަޅެއް ނަގައިދޭން މުހިއްމު ވަގުތެއްތާއެވެ. ދުނިޔޭގައި ކަންކަން ހިނގާ ނުހިނގާ ގޮތުގެ މިސާލުތަކުގެ މައްޗަށް ވާހަކަ ދައްކާން ޖެހިފައި އޮތް ވަގުތެއްތާއެވެ. އެހެން ހިތަށް ނާރަންވީ ސަބަބެއްވެސް ނެތެވެ. މި ގައުމުން ހޮޅީން ފައްސާލައްވައި މިނިވަންކަން އިއާދަކޮށްދެއްވުމަށް ފަހު ދޮން ބަންޑާރައިންވެސް އެ މިނިވަންކަން ދެމެހެއްޓެވުމަށްޓައި ރިއާޔަތް ކުރެއްވީ އެދުވަސްވަރުގެ ހަގީގަތަށެވެ. އެއްބަސްވުމެއް ގާއިމު ކުރައްވައި ފަރަންސޭސި ސިފައިންގެ ބަޔަކު މާލޭގައި ބޭތިއްބެވީއެވެ.   

ދާދިފަހަކުން ސިލޯނުގެ ތަމަޅަ ޓެރަރިސްޓުންގެ ބަޔަކު ބަޑި ހިފައިގެން މާލެއަށް އެރީމާ އެއްބަޔަކު ބިރުން ދޮންނަ މެޝިނުގެ ފޮށީގެ ތެރެއަށް، އަނެއް ބަޔަކު އަންހެނުންގެ ހެދުން އަޅައިގެން މިޒާތަކަށް އުޅެއުޅެ ތިއްބައި ޓެރަރިސްޓުން ފައްސައިލައި މަސްރަހު ހަމަޔަކަށް އަޅުވައިދިނީ އިންޑިޔާ ސިފައިންނެވެ. އެމީހުން އަންނަ ވާހަކަ އަޑުއިވިފައިވެސް ޓެރަރިސްޓުންގެ މޭގަނޑު އައީ އަނގަޔަށެވެ. އެހެންވެ އުޅުނީ ބަޗައިގެން ދިއުމަށެވެ. މިކަންކަން މިމަގުން ހިނގާފައި އޮތީމާ ހިތަށް އަރާ އެއްޗަކީ ކޯސްޓްގާޑު ބަނދަރަކާއި ޑޮކްޔާޑެއް އިންޑިޔާއިން ހަދައިދިނުމުގެ ގެއްލުމެއް އެބައޮތްބާވައެވެ. އިންޑިޔާގެ މަދަދު ހޯދުމުގެ ގެއްލުމެއް އެބައޮތްބާވައެވެ.  

އަމިއްލަ ގައުމިއްޔަތަށް ފަޚުރުވެރިވުމާއި އަމިއްލަ ކަންކަން އަމިއްލައަށް ކުރުމުގައި ހައްދުފަހަނަޅައި ދިއުމުގެ އެންމެ ވަރުގަދަ މިސާލަކީ މިއަދުގެ ދުނިޔޭގައި އާމީނިޔާއޭ ކިޔުނު ގައުމެވެ. އެގައުމުވެސް މިހާރު އެފެންނަނީ ރޫސީ ސިފައިންނަށް ދައުވަތު ދީގެން ތިބި މަންޒަރެވެ.  މީގެ ތިންސަތޭކައެއްހައި އަހަރު ކުރިން ރާއްޖޭގައި ފަރަންސޭސި ސިފައިން ބައިތިއްބަން ދޮން ބަންޑާރައިންވެސް ނިންމެވި އުސޫލުންނެވެ. ދުނިޔޭގެ ބޮޑު ބާރަކަށް ނިސްބަތްވާ ސިފައިން ތިބުމަކީ ނުކިއްސަރު ގޮތްގޮތަށް ލޯއަޅަން ހަތުރުންނަށް އޮންނަ ފުރުސަތު ބަންދުވާ ކަމަކަށްވާތީއެވެ.   

މި ގައުމު ހިފަން ބޭރު ގަމެއްގެ ސިފައިން އެރުމުގެ ފުރުސަތު ސުމެކެވެ. އެކަމަކު ޓެރަރިސްޓު ޖަމާއަތްތަކުގެ މީހުން މިރަށްތަކަށް އަރައި ޗަރުކޭސް ދެއްކުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ޓެރަރިޒަމްގެ ބިރު ނުހަނު ބޮޑެވެ. އިންޑިޔާ ކަހަލަ ބޮޑު ބާރެއްގެ އަސްކަރީ އެހީތެރިކަން އެބައޮތޭ ހީކުރެވެންޏާ ޓެރަރިސްޓުންނަކަށް ކުޅިވަރު ކުޅޭކަށް ނުކެރޭނެއެވެ. އެއީ ގެއްލުމެއް ބާވައެވެ. ނުވަތަ ފައިދާއެއް ބާވައެވެ. އަޅުގަޑު ގަބޫލުކުރާ ގޮތުގައި ބައިނަލްއަގުވާމީ ގުޅުންތަކުގެ ތެރެއިން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްގެން ތިބުމުގެ ގެެއްލުމެއް ނެތެވެ. އޮތީ ފައިދާއެވެ. މިޒަމާނުގެ ޓްރެންޑަކީވެސް އެއީއެވެ. މަތީގައި ގެނެވިފައިވާ މިސާލުތަކުން އެކަން ކަށަވަރުވެސްވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްތުވާތަކެތި އެތެރެކުރުމުގައި އާ އުކުޅެއް: ޓާގެޓްކުރަނީ އެކަނި ބޭސްފަރުވާއަށްދާ އަންހެނުންނާއި މުސްކުޅިންނަށް!

މަސްތުވާތަކެތި އެތެރެކުރުމުގައި އާ އުކުޅެއް: ޓާގެޓްކުރަނީ އެކަނި ބޭސްފަރުވާއަށްދާ އަންހެނުންނާއި މުސްކުޅިންނަށް!

24 ޖޫން 2017
ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!

ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!

19 މެއި 2017
އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

06 މެއި 2017
ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން

ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން

13 އެޕްރީލު 2017
ބަދަލުވީ ހަމައެކަނި މާ، ކުރަނީ ހަމަ އެއް ކަމެއް

ބަދަލުވީ ހަމައެކަނި މާ، ކުރަނީ ހަމަ އެއް ކަމެއް

19 މާރިޗު 2017

އަހަރުތަކުން މިއަދު

1 ފެބުރުއަރީ
ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!
20242 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
20233 އަހަރު ކުރިން
ރާއްޖެ

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް
20224 އަހަރު ކުރިން
ރިޕޯޓު

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!
20197 އަހަރު ކުރިން
ރިޕޯޓު

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު