Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީންނާމެދު އަމަލުކުރަންޖެހޭ ގޮތުގެ ގަވާއިދު ތަންފީޒުވާން ޖެހޭނެ

27 ޖެނުއަރީ 2023 | ހުކުރު 13:45

ބިދޭސީއަކަށް ރާއްޖެއަށް އެތެރެވިޔަނުދީ ހިފެހެއްޓުމަށްޓަކައި އެ ޙާލަތްތަކުގައި އަމަލުކުރެވޭ 2 ގޮތެއް އޮވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 ޖެނުއަރީ 2023 | ހުކުރު 13:45
މަސްތުވާތަކެއި އެތެރެކުރުމުގެ މައްސަލަ ތަކުގައި ހައްޔަރުކޮށް، ދައުވާ އުފުލާ ބިދޭސީންގެ އަދަދުތައް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުން

މަސްތުވާތަކެއި އެތެރެކުރުމުގެ މައްސަލަ ތަކުގައި ހައްޔަރުކޮށް، ދައުވާ އުފުލާ ބިދޭސީންގެ އަދަދުތައް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުން

ރާއްޖެއަށް މަސްތުވާތަކެއި އެތެރެކުރުމުގެ މައްސަލަތަކުގައި ހައްޔަރުކޮށް، ދައުވާ އުފުލާ ބިދޭސީންގެ އަދަދުތައް ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ކޮންމެ އަހަރަކުވެސް އެފަދަ މައްސަލަތަކުގައި އެތައް ބިދޭސީންނެއް ހައްޔަރު ކުރެއެވެ.

ރާއްޖެއަށް އަންނަ ބިދޭސީން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ތުހުމަތު ކުރެވޭ ޙާލަތްތަކުގައި އެ ފަރާތްތަކާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދެއް މުހިންމުވަނީ އެ ސަބަބާހުރެއެވެ. އެފަދަ ގަވާއިދެއް ބުރާސްފަތި ދުވަހު މިވަނީ ގެޒެޓުކޮށް އެއަށް އަމަލުކުރަން ފަށާފައެވެ. އެއީ ވައިގެ މަގުން ދިވެހިރާއްޖެއަށް އަންނަ ބިދޭސީއަކު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކު ކުރެވޭނަމަ، އެ ފަރާތެއް ރާއްޖެއަށް އެތެރެވުމަށް ހުއްދަ ދިނުމާއި ގުޅޭގޮތުން ގޮތެއް ކަނޑައެޅުމުގައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން އަމަލުކުރާނެ ގޮތުގެ އުސޫލުތައް ބަޔާންކުރާ ޤަވާއިދެވެ.

ޤަވާއިދުގައި ބުނެފައިވާ ގޮތުގައި ވައިގެމަގުން ރާއްޖެއަށް އަންނަ ބިދޭސީއަކު ރާއްޖެއަށް އެތެރެވިޔަނުދީ ހިފެހެއްޓުމަށްޓަކައި އެ ޙާލަތްތަކުގައި އަމަލުކުރެވޭ 2 ގޮތެއް އޮވެއެވެ. އެއް ގޮތަކީ އެމީހަކު ކޮށްފައިވާ ޖިނާއީ ކުށް ތަހުގީގު ކުރުމަށާއި، ހައްޔަރު ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތާ ޙަވާލު ކުރުމެވެ.

އަނެއް ގޮތަކީ އެމީހަކު އައި އެއަރލައިންއާ މަޝްވަރާކޮށްގެން އެމީހަކު އަނބުރާ ރާއްޖެއިން ފޮނުވާލުމެވެ.

އެހެންނަމަވެސް، އެމީހަކު ރާއްޖެއައީ ހަށިގަނޑުގެ ތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން ނުވަތަ ދިރުވާލައިގެންކަމަށްވާނަމަ، އޭނާ "ކޮންޓްރޯލްޑް ޑެލިވަރީ" ފަދަ ފުލުހުންނަށް އެއްބާރުލުން ދިނުމުގެ މަސައްކަތްތަކަށް އެއްބަސްވާނަމަ، އެއާލައިންއާ މަޝްވަރާކޮށްގެން އޭނާ އަނބުރާ ފޮނުވާލުމުގެ އިންތިޒާމު ހަމަޖެއްސުމަށްފަހު ވެސް އޭނާއަށް ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދިނުމަކަށް މި ޤަވާއިދު ހުރަހެއް ނާޅައެވެ.

އެފަދަ ފަރާތެއް ދިވެހިރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދޭއިރު، ތުހުމަތު ކުރެވޭ މަސްތުވާތަކެތީގެ މައްސަލަ ސާބިތު ކުރުމަށް އެކަށީގެންވާ ހެކި ލިބެން ހުރިތޯ ބަލަން ޖެހެއެވެ. އަދި އެފަދަ މީހަކު ބަހައްޓައިގެން މައްސަލަ ބެލުމަށް ހިނގާނެ ޚަރަދު ފަދަ ކަންކަންވެސް ބަލަން ޖެހެއެވެ.

ކޮންމެ އަހަރަކުވެސް އެތައް ބިދޭސީންނެއް މިފަދަ މައްސަލަތަކުގައި ހައްޔަރުކުރާއިރު، މި ކަންކަމާއި ގުޅިގެން ހަދާފައިވާ ޤަވާއިދުތައް އެގޮތުގެ މަތިން ތަންފީޒު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

އިތުރަށް ކިޔާލަން

02 އޯގަސްޓު 2019

ކައިވެންޏަށް އެންމެ 10 ދުވަސް - މަރުގެ ބަދަލު ހޯދަން އެނބުރި ރާއްޖެއަށް!

02 އޯގަސްޓު 2019
ކައިވެންޏަށް އެންމެ 10 ދުވަސް - މަރުގެ ބަދަލު ހޯދަން އެނބުރި ރާއްޖެއަށް!
27 ޖުލައި 2019

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖެއަށް ހޯދަދިނުމުގެ ހަގީގީ މޭސްތިރި!

27 ޖުލައި 2019
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖެއަށް ހޯދަދިނުމުގެ ހަގީގީ މޭސްތިރި!
24 ނޮވެމްބަރު 2018

ރާއްޖެއަށް އޭއެފްސީ ކަޕްގެ ޖާގަ ގެއްލުމުގެ ޒިންމާ ނަގަންޖެހޭނީ އެފްއޭއެމް!

24 ނޮވެމްބަރު 2018
ރާއްޖެއަށް އޭއެފްސީ ކަޕްގެ ޖާގަ ގެއްލުމުގެ ޒިންމާ ނަގަންޖެހޭނީ އެފްއޭއެމް!
20 ސެޕްޓެމްބަރު 2018

އީސީ އިން ބުނީ ވޯޓު ގުނުމުގައި އަމަލުކުރަންޖެހޭ އުސޫލު އޮންނަން ޖެހޭނީ މިހެން ކަމަށް!

20 ސެޕްޓެމްބަރު 2018
އީސީ އިން ބުނީ ވޯޓު ގުނުމުގައި އަމަލުކުރަންޖެހޭ އުސޫލު އޮންނަން ޖެހޭނީ މިހެން ކަމަށް!
24 ޖޫން 2018

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

24 ޖޫން 2018
އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
25 ޖެނުއަރީ 2018

ހިޓްލަރުގެ ތާރީޚުން އަދުގެ ދިވެހި ރާއްޖެއަށް އެތައް ފިލާވަޅުތަކެއް

25 ޖެނުއަރީ 2018
ހިޓްލަރުގެ ތާރީޚުން އަދުގެ ދިވެހި ރާއްޖެއަށް އެތައް ފިލާވަޅުތަކެއް
01 ޖެނުއަރީ 2018

2017 ގައި ރާއްޖެއަށް "ޑިސެމްބަރު" ނާދޭ، އައިނަމަ "ފިނި މޫސުން" އަންނާނެ!

01 ޖެނުއަރީ 2018
2017 ގައި ރާއްޖެއަށް "ޑިސެމްބަރު" ނާދޭ، އައިނަމަ "ފިނި މޫސުން" އަންނާނެ!
12 ޑިސެމްބަރު 2017

ޕެރަމެޑިކްސް ދާއިރާ: ރާއްޖެއަށް ވަރަށް މުހިއްމު ދާއިރާއެއް

12 ޑިސެމްބަރު 2017
ޕެރަމެޑިކްސް ދާއިރާ: ރާއްޖެއަށް ވަރަށް މުހިއްމު ދާއިރާއެއް
24 ޖޫން 2017

މަސްތުވާތަކެތި އެތެރެކުރުމުގައި އާ އުކުޅެއް: ޓާގެޓްކުރަނީ އެކަނި ބޭސްފަރުވާއަށްދާ އަންހެނުންނާއި މުސްކުޅިންނަށް!

24 ޖޫން 2017
މަސްތުވާތަކެތި އެތެރެކުރުމުގައި އާ އުކުޅެއް: ޓާގެޓްކުރަނީ އެކަނި ބޭސްފަރުވާއަށްދާ އަންހެނުންނާއި މުސްކުޅިންނަށް!
08 ޖެނުއަރީ 2017

ރާއްޖެއަށް ބޭނުން ވަނީ ޤައުމުގެ މިސްރާބު ސީދާކުރައްވަން ކެރިވަޑައިގަންންވާ ވެރިން.

08 ޖެނުއަރީ 2017
ރާއްޖެއަށް ބޭނުން ވަނީ ޤައުމުގެ މިސްރާބު ސީދާކުރައްވަން ކެރިވަޑައިގަންންވާ ވެރިން.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް