Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޕޯޓް

އިބޫއަށް ކުރުނބާ އުފުލައިދިން ޕިކަޕް ޑްރައިވަރަށް ވީގޮތުގެ ވާހަކަ

ނެއްލައިދޫ އިންޖީނުގޭގައި އަދާކުރަމުންދިޔަ ވަޒީފާ ގއ ދާންދޫއަށް ބަދަލު ކުރި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 20 އޯގަސްޓު 2018 | ހޯމަ 08:12
މިމަހުގެ 12 ވަނަ ދުވަހު އިބޫއަށް ނެއްލައިދޫއިން ކުރުނބާ އުފުލި ޕިކަޕް

މިމަހުގެ 12 ވަނަ ދުވަހު އިބޫއަށް ނެއްލައިދޫއިން ކުރުނބާ އުފުލި ޕިކަޕް

އެއީ މިދިޔަ ހަފްތާގެ އާދީއްތަ ދުވަހެވެ. ހދ.ނެއްލައިދޫ ހެޕީސަން އަހުމަދު ފާއިޒް ޑިއުޓީ ނިންމާލުމަށްފަހު އޭނާ ގެންގުޅޭ ޕިކަޕްގައި ނުކުތީ ދަތުރެއް ލިބޭތޯއެވެ. ރަށު އިންޖީނުގެ ސްޕަވައިޒަރެއްގެ ވަޒީފާއިން ލިބޭ އެއްޗަކުން ނުފުދޭތީ އާދައިގެ މަތިން އިތުރު ވަގުތުގައި ޕިކަޕް ދުއްވުމަށެވެ.

ލިބުނު އެއް ދަތުރަކީ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް އެރަށަށް ވަޑައިގަންނަވާތީ އެޓީމަށް އަރުވާ ކުރުނބާތައް ބަނދަރަށް އުފުލައިދިނުމެވެ. އެދަތުރު ކޮށްފައި ބަނދަރުގައި މަޑުކޮށްލައިގެން ހުއްޓާ އިބޫ ވަޑައިގެންފި އެވެ. ސަރަހައްދުގައި ތިބި މީހުންނެކޭ އެއްފަދައިން އިބޫއާ ސަލާމް ކުރިއެވެ.

ކުއްލިއަކަށް އެދުވަހު ލިބުނީ ފެނައިކައިގެ ބޭފުޅެއްގެ ފޯނު ކޯލެކެވެ. ވަކި އެއްޗެއް އަންގަންދެން ގޭގައި މަޑުކުރުމަށެވެ. އަދި ޖެހިގެން އަންނަ ދުވަހު ރަސްމީ ލިޔުމެއް ލިބޭނެ ކަމަށްވެސް ފޯނުކުރި މީހާ ބުންޏެވެ.

ވީ ކިހިނެއްތޯ ފާއިޒް އެހިއެވެ. ޖަވާބު ވަރަށް ކުރެވެ. އިދިކޮޅު ކެންޑިޑޭޓަށް ކުރުނބާ ދިއްކުރާ ފޮޓޯއެއް ލިބިފައިވާތީއެވެ. ޖަވާބުގައި ފޯނުކުރި މީހާ ބުންޏެވެ. ފޯނުކުރީ ކާކުތޯ އެހުމުންވެސް އިތުރު ޖަވާބެއް ނުދީ އޭނާ ބޭއްވީ ފޯނެވެ.

ޖެހިގެން އައި ދުވަހެވެ. އޮފީސް ހަމަ ހުޅުވުމާއެކު ލިބުނީ ސިޓީއެކެވެ. ނެއްލައިދޫއާ އެތައް މޭލެއްގެ ދުރުގައި މާލެއިން ދެކުނުގައި އޮންނަ ގއ ދާންދޫ އިންޖީނުގެއަށް ވަޒީފާ ބަދަލު ކުރިކަމުގެ ލިޔުމެވެ.

ފާއިޒް ދެލޯ ބޮޑުވިއެވެ. ކުޑަކުޑަ ދަރިފުޅަކާއި އަނބިމީހާއާއި އާއިލާ ގާތު ރަށުގައި ހުރެގެން 7 އަހަރު ދުވަހަށްވުރެ ގިނަ ދުވަހު އަދާކުރަމުންދިޔަ ވަޒީފާ މުޅިން އެހެންތާކަށް ބަދަލު ކުރީތީއެވެ. އިސާހިތަކު އާއިލާއާ ވަކިވާން ޖެހުނީތީ ކަންބޮޑުވިއެވެ.

ސިޓީ ނުނިމެނީސް އަނެއްކާވެސް އައީ އެއަތޮޅުގައި ހުންނަ ފެނަކައިގެ މައި އޮފީހުގެ ކޯލެކެވެ. އާއިލީ ޒިންމާގެ ލީވްގައި ހުރިނަމަވެސް އަވަހަށް އޮފީހަށް ނުކުތުމަށެވެ. ޗިޓްގައި ވާގޮތަށް މިމަހު 16 ގައި ދާންދޫއަށް ދިއުމަށެވެ. ފާއިޒަށް ލިބުނީ އަނެއްކާވެސް ހައިރާން ކަމެކެވެ. އޯކޭވެފައި އޮތް ޗުއްޓީއެއް ކެންސަލްވީތީއެވެ. ވީ ކިހިނެއްތޯ ބަލަން ފާއިޒް އޮފީހަށް ސިޓީއެއް ލިޔެވެ. ދެން އެއައީ ރަސްމީ ޖަވާބެވެ. ފާއިޒަށް ދީފައިވާ އާއިލީ ޒިންމާގެ ލީވް ކެންސަލް ކުރި ވާހަކައެވެ.

ފާއިޒް ހިތަށް އެރިއެވެ. ކުރިން އިވެނީ މީހުން ބުނާތީ ބުނާ އަޑެވެ. ވަޒީފާގެ ބިރު ދައްކާ ވާހަކައެވެ. ވަޒީފާތަކުން މީހުން ބަދަލު ކުރާ ވާހަކައާއި ވަކިކުރާ ވާހަކައެވެ. އެކަމަކު މިފެނުނީ ތޯތޯ ވާހަކައެއް ނޫނެވެ. ސީދާ ތަޖުރިބާ ކުރަން ޖެހުނީއެވެ. ނުފޫޒު ނުފޯރުވާކަމަށާއި ވަޒީފާގެ ބިރު ނުދައްކާކަމަށް ރައީސް ޔާމީން ކިތައްމެ ވަރަކަށް ވިދާޅުވި ނަމަވެސް އެއީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ. އަނިޔާ މިލިބުނީ ސިޔާސީ ހަރަކާތެއްގައި އަމުދުން ބައިވެރިވެގެނެއްވެސް ނޫނެވެ. އަގަށް ޕިކަޕް ދަތުރެއް ކޮށްގެންނެވެ. މީހަކު ފޮނުވާލި ފޮޓޯއަކަށް ބަލައިގެންނެވެ. އެޑިޓްކޮށްގެން މީހަކު ފޮޓޯއެއް ފޮނުވިއަސް މިހާލު ޖެހިދާނެ ކަމީ މިއަދު ހަޤީގަތެއްކަމަށް ފާއިޒަށް ޤަބޫލް ކުރެވުނެވެ.

އެހާހިސާބުން ފާއިޒްވެސް ނިންމީ ފަސްނުޖެހި ސީދާ ހަރަކާތަށް ނިކުތުމަށެވެ. އަނިޔާވެރިކަމާ ދެކޮޅަށް ރަނގަޅަށް ސާބިތު ވުމަށެވެ. އޭނާ ނިންމީ ވަޒީފާ ގެއްލުނަސް ދާންދޫއަށް ނުދިއުމަށެވެ. އަދި ގުޅިފައިވާ ޕާޓީތަކުން ހިންގާ ހުރިހާ ހަރަކާތްތަކެއްގައިވެސް ބައިވެރިވުމަށެވެ. އަދި މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ބަލިކުރުމަށް ކުރެވެންހުރިކަމެއް ކުރުމަށެވެ. އިދިކޮޅު ކެންޑިޑޭޓް އިބޫއަށް ވީހާވެސް ގިނަ ވޯޓެއް ނެއްލައިދޫންވެސް ހޯދުމަށް މަސައްކަތް ކުރުމެވެ. ހަމަގައިމުވެސް 2013 ވަނަ އަހަރު ރައީސް ޔާމީނަށް ވޯޓުދިން އަދި މިއަހަރުވެސް އެމަނިކުފާނަށް ވޯޓު ދިނުމަށް އެއާއިލާއިން ނިންމާފައިވާ އެންމެ މީހެއްގެ ވޯޓެއްވެސް ދެނެއް ނުދޭނެއެވެ. ރައީސް ޔާމީނަށް ސަލާމުން ސަލާމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕިކަޕް ބުރަށް ހުއްދަ ނުދިނުމުން، ހިއްވަރާއި އެކު މަގުތަކަށް ނުކުތީ ހައްގު ހޯދަން

ޕިކަޕް ބުރަށް ހުއްދަ ނުދިނުމުން، ހިއްވަރާއި އެކު މަގުތަކަށް ނުކުތީ ހައްގު ހޯދަން

25 އޮކްޓޯބަރު 2024
އެމްބިއުލާންސްގެ ޑްރައިވަރަށް މާލެތެރެ ނޭނގޭ!

އެމްބިއުލާންސްގެ ޑްރައިވަރަށް މާލެތެރެ ނޭނގޭ!

10 އޯގަސްޓު 2022
ލޯންގ ކޮވިޑްއާއި ކުރުނބާ

ލޯންގ ކޮވިޑްއާއި ކުރުނބާ

17 ޖުލައި 2022
ސަދާގެ ފަހު ބަސް "އޯކޭ ބައްޕާ، ކޮއްކޮ ކުރުނބާ ބޯނަން"

ސަދާގެ ފަހު ބަސް "އޯކޭ ބައްޕާ، ކޮއްކޮ ކުރުނބާ ބޯނަން"

04 އޮކްޓޯބަރު 2021
ކުއްލި ހާލަތްތަކުގައި ކޮވިޑްގެ ބަލި މީހުން އުފުލުމަށް ކެރި ހުރެ ނިކުތީ މާފަންނު މެދުދާއިރާގެ ޕިކަޕް ޑްރައިވަރުން

ކުއްލި ހާލަތްތަކުގައި ކޮވިޑްގެ ބަލި މީހުން އުފުލުމަށް ކެރި ހުރެ ނިކުތީ މާފަންނު މެދުދާއިރާގެ ޕިކަޕް ޑްރައިވަރުން

06 ޖޫން 2021

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު