Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ހޮރުހޮރަށް ވަދެ ބޮނދައިގެން ތިބުމަށް މިޒަމާނުގައި ފުރުސަތެއް ނެތެވެ.

އެންމެ ކުރީގައިވެސް ދިވެހިން ގެންގުޅުނީ ޚާރިޖީ ކަންކަމުގައި ގުޅުންތައް ބަދަހިކުރުމުގެ ސިޔާސަތެއް

ރާއްޖެ އެމްވީ | 12 ނޮވެމްބަރު 2021 | ހުކުރު 11:52
ޢިންޑިއާ-ދިވެހިރާއްޖެ ޑިފެންސް އެކްޝަން ޕްލޭން

ޢިންޑިއާ-ދިވެހިރާއްޖެ ޑިފެންސް އެކްޝަން ޕްލޭން

މިޒަމާނުގައި ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރިމަތިވެފައިވާ އެންމެ ބޮޑެތި ގޮންޖެހުންތަކުގެ ގޮތާއި ބާވަތް ކުރީޒަމާނުގެ ނުރައްކާތަކާ ވަރަށް ތަފާތެވެ. މިއީ ބަވަނަވެފައިވާ ދުނިޔެއެކެވެ. އެންމެން އެންމެނާއި ގުޅި ލާމެހިފައިވާ ޒަމާނެކެވެ. އެކަހެރިވެގެން ދުރުވެގެން ފިލައިގެން ތިބެވެން ނެތް ޒަމާނެކެވެ. އެހެންވީމާ މިއަދުގެ ނުރައްކާތަކާ ކުރިމަތިލުމަށާއި ކަންކަމުގެ ހަައްލު ހޯދުމަށް މަސައްކަތްކުރަން ޖެހެނީވެސް އެހެން ގައުމުތަކާއި ގުޅިގެންނެވެ. ގިނަބައެއްގެ އެހީތެރިކަމާއި އެއްބާރުލުން ހޯދައިގެންނެވެ. މައުލޫމާތާއި ވަސީލަތްތައްވެސް ހިއްސާކުރުމުގެ ވިޔުގައެއްގެ ތެރެއިންނެވެ. މި މަންޒަރުތައް ފެނުނީމާ ބައެއް މީހުންނަށް ހީވެއެވެ. ގައުމުގެ މިނިވަންކަން ނަގައިލީއެވެ. ގައުމު ވިއްކައިލީއެވެ. ގައުމުގެ ކަންތައް ނިމިދިޔައީއެވެ. މިހެންގޮސް ވަރަށް ދިގު ހާސަރުތަކެއް އަމުނައެވެ.

އެންމެ ރަގަޅެވެ. ދިވެހި ގައުމިއްޔަތުގެ ފުރަތަމަ ހީރޯކަމަށް އެންމެންވެސް އިއްތިފާގުވާ އުތީމު ބޮޑު ތަކުރުފާނު ކުރެއްވީ ކޮންކަމެއް ބާވައެވެ. ގެންގުޅުއްވީ ކޮންކަހަލަ ހިކުމަތަކާއި ސިޔާސަތެއް ބާވައެވެ. މިގައުމު އަޅުވެތިކޮށްގެން ތިބި ފުށެތިކާލުން ފައްސަވައިލައްވައި މިގައުމު މިނިވަންކުރެއްވީއެވެ. ތާހިރު ކުރެއްވީއެވެ. ގައުމިއްޔަތެއްގައި ހުންނާންޖެހޭ ހުރިހާ ރުކުންތަކެއް ހިމެނޭނޭހެން ދިވެހި ގައުމިއްޔަތުގެ ބިންގާ އަޅުއްވައި ދެއްވީއެވެ. އެކަންކަން އެންމެނަށްވެސް ވަރަށް ސާފެވެ. އެކަމަކު އެތަކުރުފާނު އެކަން ކުރެއްވި ގޮތާއި ބޭނުންކުރެއްވި އުކުޅުތަކާއި ގެންގުޅުއްވި ސިޔާސަތުގެ މައްޗަށް ފިކުރު ހިންގަނީ ކިތައް މީހުން ބާވައެވެ. މިނިވަންކަން ދަމަހައްޓަވައި ގައުމިއްޔަތުގެ ފަޚުރު ކަށަވަރު ކުރެއްވުމަށްޓަކައި ގެންގުޅުއްވި ރޭވުންތެރިކަން ދިރާސާކުރުން އެބައޮތް ބާވައެވެ. އަޅުގަޑު ހިތުން އެކަމެއް ނެތެވެ.

ބޮޑު ތަކުރުފާނުގެ ސިޔާސަތު ބައްޓަން ކުރެއްވީ ދިމާވެފައިވާ ނުރައްކަލުގެ ބާވަތާއި މިންވަރު ވަޒަން ކުރައްވައި އެކަންކަމާއި ކުރިމަތިލައްވައި ކާމިޔާބު ހޯއްދެވޭނޭ މަގުމަގު ފަހި ކުރެއްވުމަށެވެ. މިއީ ގިނިކަންޏާ ނުކުމެގެން އަނގަމަތި މަސްއޮޑިއެއްގައި ނުކުރެވޭނޭ ކަމެއްކަން ގަބޫލު ކުރައްވައި އަވައްޓެރީންގެ މަދަދު ހޯއްދެވީއެވެ. ރައްކާތެރި އަމާން މަންޒިލްތަކެއްގެ ކަށަވަރުކަން ހޯއްދެވީއެވެ. ސަރަހައްދީ ކޯލިޝަނެއް ގާއިމުކުރެއްވީއެވެ. މަލްޓިލެޓަރިޒަމޭ މިކިޔޭ ފަލްސަފާ އިސްކުރެއްވީއެވެ. މިހެންގޮސް އަދިވެސް ކިތަންމެ ކަމެކެވެ. އެހެންވީމާ ބޮޑު ތަކުރުފާނުގެ ޖިހާދާއި އެތަކުރުފާނުގެ ސިޔާސަތަށް ރިއާޔަތްކުރާއިރު އަޅުގަޑަށް ފެންނަނީ ކުރިންވެސް ދެންނެވި ފަދައިން ގުޅިގެން ކަންކަން ކުރުމުގެ އުސޫލެވެ. އެކަހެރިވެގެން ފިލައި ތިބެގެން ބައިބައިވެގެން ކަންކަން ކުރުމުގެ އުސޫލެއް ނޫނެވެ.

ބޮޑު ތަކުރުފާނަށްފަހު ދިވެހިރާއްޖެއިން ދެން ފެނުނު އެފަދަ އަނެއް ހީރޯއަކީ ދޮން ބަންޑާރައިންނެވެ. ދޮން ބަންޑާރައިންވެސް ކުރިއަށް ވަޑައިގެންނެވީ ހަމަ މިމަގުންނެވެ. މަލަބާރީންނާއި ކުރިމަތިލައްވައި އެވެރީން ބަލިކުރައްވައި ގައުމުގެ މިނިވަންކަން އަލުން އިއާދަ ކުރެއްވުމަށްފަހު ދޮން ބަންޑާރައިންނަށް ކުރިމަތިވަޑައިގެންނެވި އެންމެ ބޮޑު ގޮންޖެހުމަކީ މިނިވަންކަން ދަމަހައްޓާނޭ ގޮތެކެވެ. ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރާނޭ ގޮތެކެވެ. މިކަށަވަރުކަން ގެންނެވީ މަލްޓިލެޓަރިޒަމްގެ ތެރެއިންނެވެ. މި ސަރަހައްދުގައި ބާރުގަދަ ކުރަމުންދިޔަ ފަރަންސޭސީންނާއި މަޝްވަރާ ކުރައްވައިގެން ފަރަންސޭސި ލަޝްކަރެއް ގެންނެވީއެވެ. އެމީހުންގެ ފަރާތުން ފުދޭންއޮތް މުހުތާދު ފުދި ސަރަހައްދުގެ ވެށި ބަދަލުވުމާއެކު ލަސްތަކެއް ނުކުރައްވައި އެމީހުން ރާއްޖެއިން ފޮނުވައިލެއްވީއެވެ.

މިކަންކަމުން ފިލާވަޅު ހޯދުމަކީ ނެތްކަމެއް ބާވައެވެ. ނޫނެކެވެ. އެއީ އޮތްކަމެކެވެ. އޮންނަންވާނެ ކަމެއްވެސް މެއެވެ. މިޒަމާނުގެ ގޮންޖެހުންތަކުގެ ގޮތާއި ބާވަތަށް ރިއާޔަތް ކުރުމެއްނެތި އެކަހެރިކަން އިޚުތިޔާރު ކުރުމަށާއި ހޮރުހޮރަށް ވަދެ ބޮނދައިގެން ފިލައިގެން ތިބުމުގެ މައްޗަށް ވަކާލާތު ކުރާ މީހުންނަށްވެސް މިއީ މުހިއްމު ފިލާވަޅެކެވެ. މިކަންކަމާމެދު އެވެރީންވެސް ފުންކޮށް ވިސްނައި ފިކުރު ހިންގައިލުން އެދެވިގެންވެއެވެ. އެންމެ ކުރީޒަމާނުން ފެށިގެންވެސް ދިވެހި ރަސްރަސްކަލުން ގައުމުގެ ނަވުގެ މިސްރާބު ބެހެއްޓެވީ އިންޑިޔާ ކަނޑުގެ އޮއިވަރާއި ރާޅުބާނިތަކަށް ވިސްނުންފުޅު ބަހައްޓަވައިގެންނެވެ. ބޮޑު ރަސްގެފާނަކަސް، މުއީނުއްދީނަކަސް، ނޫރައްދީނަކަސް، މުސްކުޅި ބަންޑާރައިންނަކަސް ގެންގުޅުއްވީ ހަމަ މި ވިސްނުންފުޅެވެ. ދިވެހިރާއްޖެ މިހިސާބަށް ގެނެވިފައި އޮތީ މި ވިސްނުމުގެ ތެރެއިންނެވެ.

ބޮޑު ހަނގުރާމައިގެ ދުވަސްވަރު ދުނިޔޭގެ އެކި ހިސާބުތަކުން އެތައް މިލިޔަން ބަޔަކު ބަނޑަށްޖެހި ހާންތިވެގެން މަރުވަމުންދިޔައިރު އެހެން ތަންތަނުގައި އެކަން ތަހައްމަލުކުރި ގޮތާއި ގާތަށްވެސް ދިވެހީންނަށް އެކަން ތަޖުރިބާކުރަން ނުޖެހި ސަލާމަތްވުމުގެ ސަބަބަކީ ކޮބައިބާވައެވެ. ރާއްޖެއަށް ބޭނުންވި ކާބޯތަކެތީގެ ކަށަވަރުކަން ދެމެހެއްޓުނީ ކޮން ގޮތަކުން ބާވައެވެ. އެކަން ކުރެވުނީ މަލްޓިލެޓަރިޒަމްގެ ތެރެއިންނެވެ. އަވައްޓެރި ގައުމުތަކުގެ މަދަދުންނެވެ. ހަރުދަނާ ދެނެގަތުމާއި އިހުތިރާމް އެކުލެވިގެންވީ ގުޅުމުގެ ތެރެއިންނެވެ. ޚާއްސަކޮށް ސިލޯނާއި އިންޑިޔާގެ ފަރާތުންނެވެ. ތެދެކެވެ. އޭރު އެގައުމުތައްވެސް މިނިވަނެއް ނުވެއެވެ. ރާއްޖެވެސް މިނިވަނެއް ނުވެއެވެ. އެކަމަކު ކަންކަން ނިންމައި ތަންފީޒުކުރާން ތިބީ ހަމަ އެތަންތާގެ ރައްޔިތުންނެވެ. އެކުވެރިކަން އޮތީ ރައްޔިތުންގެ މެދުގައެވެ.

މި އުސޫލުތަކުގެ ތެރެއިން ގުޅުންތަކާއި އުޅުންތައް މިޒަމާނުގެ ހަގީގަތްތަކަށް ފެތޭ ބީދަޔަކުން ފަރުމާކުރީމާ އެކަން ގައުމު ވިއްކައިލުމަކަށް، ދަރުވައިލުމަކަށް ނުވަތަ އެފަދަ އެނޫންވެސް ކަމަކަށް ވާންވީ ގޮތެެއް ނުވިސްނެއެވެ. މިކުރަނީ އައު ކަމެއް ނޫނެވެ. ކުރަމުން މިދަނީ އައު ތަޖުރިބާއެއްވެސް ނޫނެވެ. އެއްޗެއް ބަދަލުވިއްޔާ އެ އެއްޗަކީ މި ސަރަހައްދުގެ ބާރުގެ ތިލަފަތެވެ. ރިއާޔަތް ކުރެވެމުން މިދަނީ އެކަމަށެވެ. ދެން ބަދަލުވީ އެއްޗަކީ ނުވަތަ ބަދަލުވަމުންދާ އެއްޗަކީ ވެރިކަން ކުރާންތިބޭ ބައެއްގެ އަމިއްލަ މަސްލަހަތެވެ. ވެރިކަން ގެއްލުނީމާ ސަރަހައްދީ ގުޅުންތައް ހިތި އެއްޗަކަށްވެ ހިޔަޅަށްވެސް މޭބިސްކަދުރު ނުބައިވީ ގޮތަށް ބޭނުމެއް ނޫނޭ ބޭނުމެއް ނޫނޭ ގޮވިޔަކަސް ދުނިޔޭގެ ކަންހިނގާ މަގާއި ހަގީގަތްތައް ބަދަލެއް ނުވާނެއެވެ. އެއީ ކަށަވަރު ކަމެކެވެ.

ދިވެހި ރާއްޖެ-އިންޑިއާގެ ގުުޅުންފޮރިން މިނިސްޓްރީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ

ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ

29 ނޮވެމްބަރު 2025
އިންޑިއާ އަށް އެތެރެވުމުގެ ކުރިން "އީ-އެރައިވަލް ކާޑު" ފުރަން ޖެހޭ ގޮތައް ހަދައިފި

އިންޑިއާ އަށް އެތެރެވުމުގެ ކުރިން "އީ-އެރައިވަލް ކާޑު" ފުރަން ޖެހޭ ގޮތައް ހަދައިފި

14 އޮކްޓޯބަރު 2025
ސްރީލަންކާ އަށް އެތެރެވުމުގެ ކުރިން "އިލެކްޓްރޯނިކް ޓްރެވަލް ހުއްދަ" ހޯދަން ޖެހޭ ގޮތަށް ހަދައިފި

ސްރީލަންކާ އަށް އެތެރެވުމުގެ ކުރިން "އިލެކްޓްރޯނިކް ޓްރެވަލް ހުއްދަ" ހޯދަން ޖެހޭ ގޮތަށް ހަދައިފި

14 އޮކްޓޯބަރު 2025
ރައީސް ނަޝީދުގެ އޮފީހުން ފާސް ހޯދުމަށް މިނިސްޓްރީގައި ރަސްމީކޮށް އެދިފައިނުވޭ - ފޮރިން މިނިސްޓްރީ

ރައީސް ނަޝީދުގެ އޮފީހުން ފާސް ހޯދުމަށް މިނިސްޓްރީގައި ރަސްމީކޮށް އެދިފައިނުވޭ - ފޮރިން މިނިސްޓްރީ

23 ސެޕްޓެމްބަރު 2025
ނަޝީދަށް އ.ދ ގެ މަރުކަޒަށް ވަނުމުގެ ފާސް ހޯދުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް ސަރުކާރުން އިންކާރުކޮށްފި

ނަޝީދަށް އ.ދ ގެ މަރުކަޒަށް ވަނުމުގެ ފާސް ހޯދުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް ސަރުކާރުން އިންކާރުކޮށްފި

22 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

11 މާރިޗު
ގާރލިކް ޓަސްކަން ޗިކެން
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގާރލިކް ޓަސްކަން ޗިކެން

އަލުވި ޗީޒް ޕޭންކޭކް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

އަލުވި ޗީޒް ޕޭންކޭކް

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް
20233 އަހަރު ކުރިން
ރާއްޖެ

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ
20224 އަހަރު ކުރިން
ރާއްޖެ

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!
20215 އަހަރު ކުރިން
ރިޕޯޓު

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!
20197 އަހަރު ކުރިން
ރިޕޯޓު

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު