Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އިސްލާމްދީން

އެމެރިކާ ސިފައިންގެ މީހަކަށް އިސްލާމީ ނޫރު ލިބުނު ގޮތުގެ ވާހަކަ!

ހަނގުރާމައިގައި އުޅެނިކޮށް ކިޑްނީ ފެއިލްވެ މާޔޫސްވި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 27 މެއި 2017 | ހޮނިހިރު 10:27
އެމެރިކާ ސިފައިންގެ މީހެއް އިރާގުގެ މަގެއް މަތީގައި

އެމެރިކާ ސިފައިންގެ މީހެއް އިރާގުގެ މަގެއް މަތީގައި

އަހަރެންގެ ނަމަކީ ހާސިން ފާރިސް އެވެ. އަހަރެންގެ އާއިލާއަކީ ހިބްރޫންގެ އަލް ފާރިސް އާއިލާއެވެ. އަހަރެންގެ ބައްޕަ އުފަންވީ ލުބްނާނުގައެވެ. މަންމަ އުފަންވީ ސްޕެއިންގައެވެ. އަހަންނަކީ އަހަރެންގެ އެއްބަޑު އެއްބަފާ މީހުންގެ ތެރެއިން އެމަރިކާ އަށް އުފަންވި ފުރަތަމަ މީހާއެވެ. އަހަރެންގެ ބައްޕައަކީ ދީނީ ކަންކަމަށް ސަމާލުކަމެއް ދިން މީހެއް ނޫނެވެ. އަހަރެންގެ މާމަ އާއި ކާފައަކީ މުސްލިމުންނަށް ވީނަމަވެސް ބައްޕަ އުޅުނީ އެއްވެސް ދީނެއް ގަބޫލު ނުކުރާ މީހެއް ހެންނެވެ. އެކަމުގެ ސަބަބުން އެމީހުންގެ ތިބެނީ ވަރަށް ހިތްދަތިވެފައެވެ. ބައްޕަގެ ވިސްނުން އެހެން ހުރުމުގެ ސަބަބުން އަހަންނާއި އަހަރެންގެ ކޮއްކޮމެން އަދި ބޭބެމެން ބޮޑުވެގެން އައީ އެއްވެސް ދީނެއް ގަބޫލުނުކުރާ ހާލުގައެވެ. އަހަރެމެން ބޮޑުވެގެން އައީ އެމެރިކާ ކުދިން ބޮޑެތިވަމުން އަންނަ ގޮތަށޭ ބުނުން ދޮގަކަށް ނުވާނެއެވެ. އަހަރެންގެ ޒުވާން އުމުރުގައި އަހަންނަށް ލުބްނާނުގައި ހަ އަހަރު ވަންދެން އުޅުމުގެ ފުރުސަތު ލިބުނެވެ. އެ ހަ އަހަރު ވެގެން ދިޔައީ މެދު އިރުމަތީގެ ސަގާފަތަށް އަހަރެން އަހުލުވެރިވި ދުވަސްކޮޅަށެވެ. އެ ހަ އަހަރަށް ފަހު ދެން މެދު އިރުމައްޗަށް އަހަރެން ދިޔައީ އެމެރިކާގެ މެރިން ކޯޕްސްގެ ސިފައިންގެ މީހެއްގެ ގޮތުގައި އަހަރެން މަސައްކަތް ކުރި އިރުއެވެ. އިރާގަށް އެމެރިކާ ސިފައިން އެރި އިންވޭޝަން ލީޑް ކުރުމުގައި އަހަރެން ހަރަކާތްތެރިވީމެވެ. އެއީ އެއިރުވެސް އަހަރެން އެހާ ކުރަން ބޭނުންވި ކަމެއް ނޫން ނަމަވެސް އެއިރު އަހަންނަކީ ސިފައިންގެ މީހަކަށް ވާތީ އެއީ އަހަރެންގެ ވަޒީފާ ކަމުގައި އަހަރެން ދެކުނީމެވެ. އިރާގުގެ ފައްލޫޖާ އާއި އަންބާރް ޕްރޮވިންސުން އެގައުމުގެ ރައްޔިތުންތަކަކާ އަހަންނާ ގުޅުން ބަދަހިވިއެވެ. އަހަރެމެން އެ ގައުމުގައި ތިބިއިރު އެތައް އަހަރެން ވަންދެން ރޯދަމަހުގެ ތެރޭގައި އަރަބިންގެ ދިރިއުޅުން ހުންނަ ގޮތް އަހަންނަށް ފެނުނެވެ. ދީނަށް އެމީހުންދޭ ސަމާލުކަމާއި ކުރާ އިހުތިރާމް އަހަންނަށް ފެނުނެވެ. އިރާގުގައި އެހެން ހަރަކާތްތެރި ވަނިކޮށް ބަޑީގެ ހަމަލާއެއް އަހަރެންގެ ގަޔަށް އަރައި އެއް ކިޑްނީ ހަލާކުވިއެވެ. އަހަރެން އަބަދުވެސް ގަބޫލުކުރަނީ ކޮންމެ ކަމެއްވެސް ވަނީ ސަބަބެއް މެދުވެރިވެގެން ކަމަށެވެ. އަހަރެން އަނބުރާ އެމެރިކާ އަށް ދިޔައިރު ކިޑްނީ ފެއިލްވުމުން އަހަރެން ހުރީ މާޔޫސްވެ ދިރިހުރުމުގެ އެއްވެސް ބޭނުމެއް ދެން ނެތް ކަމަށް ދެކިގެންނެވެ. އަހަރެން ރަށްޓެހިވެގެން އުޅުނު ކުއްޖާ ވެސް އަހަންނާ ދުރުވިއެވެ. އަހަރެން މުޅިން އެކަނިވެރިވިއެވެ. އެ ދުވަސްކޮޅުގެ ތެރޭގައި އިސްލާމްދީނާ ބެހޭ ގޮތުން އަހަރެންގެ ކާފަ އާއި މާމަ އަދި ބޮޑުދައިތަ ވެސް އަހަންނަށް ވާހަކަތައް ކިޔައިދިނެވެ. އެމީހުން ހިތްހަމަ ޖެއްސުމަށް އަހަރެން ގުރުއާން ކިޔަވައިލީމެވެ. ގުރުއާން ކިޔަވައިލުމާ އެކު އަހަންނަށް ކޮންމެވެސް ކަހަލަ އިހުސާސްތަކެއް ކުރެވިގެން ދިޔައެވެ. ބައިބަލް އާއި ތައުރާތު ކިޔަވައިގެން އަހަންނަށް ފަހުމު ނުވި ގިނަ ކަންތައްތަކެއް ފަހުމުވެގެން ދިޔައެވެ. މުސްލިމުންގެ ދިރިއުޅުމުގައި ސިފައިންގެ މީހެއްހެން ވަކި ރޫޓިންއަކަށް ކުރަން ޖެހޭ ކަންތައްތަކެއް ހުންނަކަން އަހަންނަށް ވިސްނުނެވެ. އަހަރެންގެ އަމިއްލަ ނަފްސު ދެނެގަތުމަށް އެ ބަދަލުތައް ދިރިއުޅުމަށް ގެންނަށް އަހަރެން ޝައުގުވެރިވިއެވެ. އިރާގުގައި ހަނގުރާމަ ކުރިއިރު އަހަރެން އަތުން މީހުންތަކެއް ވަނީ މަރުވެފައެވެ. އެއީ އަހަރެންގެ ވަޒީފާ ކަމުގައި އަހަރެން އެއިރު ގަބޫލުކުރީމެވެ. ނަމަވެސް ގުރުއާން ކިޔެވި ހިސާބުން ކުށެއް ނުކުރާ އެއްވެސް ނަފްސަކަށް އަނިޔާއެއް ދިނުން ނުވަތަ މަރާލުމުގައި ހުރި ނުބައިކަން އަހަންނަށް ވިސްނުނެވެ. އަހަރެން ބިރުން ތުރުތުރުއަޅަން ފެށިއެވެ. މި ވާހަކަތައް މީހަކަށް ކިޔައިދޭން ބޭނުންވިއެވެ. އިރާގުގައި އަހަންނަށް ކުރެވުނު ކަންތައްތަކާއި އެ މަންޒަރުތައް އަހަރެންގެ ލޯ މަރާލާ ކޮންމެ ފަހަރަކު ތަކުރާރުވާން ފެށިއެވެ. ރޭތައް ދިގުލައި ނިދިން މަހްރޫމްވާން ފެށިއެވެ. އަހަރެންގެ މުސްލިމް އެކުވެރިއަކާއި މިވާހަކަތައް ހިއްސާ ކުރީމެވެ. އަހަރެންގެ ހިތަށް ފިނި ކަމެއް އައީ މުސްލިމް ވުމުގެ ކުރިން ކުރި ފާފަތައް މުސްލިމް ވުމަށް ފަހު ފުހެވިގެންދާނެ ކަމުގެ އުފާވެރި ޚަބަރު އޭނާ ދިނުމުންނެވެ. އިތުރަށް ލަސް ކުރުމެއް ނެތި އެއްކައުވަންތަ، ފާފަފުއްސެވުމުގައި ދީލަތިވަންތަ ކަލާނގެ މަގަށް ރުޖޫއަވުމަށް އަހަރެން މިސްރާބު ޖެހީމެވެ. އަހަރެން އިސްލާމްދީން ގަބޫލުކުރީމެވެ. ކިޑްނީ ފެއިލްވެ، ސިފައިންގެ އިން ވަކިވުމުން އަހަރެންގެ ދިރިއުޅުމުން ގެއްލުނު ރޫޓިން އަށް ވުރެ މާ މޮޅު ރޫޓިން އެއް މިހާރު އަހަރެންގެ ދިރިއުޅުމަށް ލިބިއްޖެ އެވެ. އަހަރެންގެ ދިރިއުޅުމަށް މަގްސަދެއް ލިބިއްޖެ އެވެ. އަހަރެންގެ ދިރިއުޅުން ހެޔޮ މަގަށް ބައްޓަން ކުރަން އިތުރު ބާރެއް ލިބިއްޖެ އެވެ. އަހަރެން އެކަނި ހުންނަން ޖެހުނަސް އެކަނިވެރިކަން އަހަންނަށް މިހާރު އިހުސާސެއް ނުކުރެވެއެވެ. އިސްލާމްދީނުގެ ސަބަބުން އަހަންނަށް ލިބުނު އަޚުންނާއި އުޚުތުން އަބަދުވެސް އަހަންނަށް އެހީތެރިކަން ފޯރުކޮށްދެއެވެ. އިސްލާމްދީނުގެ ސަބަބުން އަހަންނަށް އިތުރު އާއިލާއެއް ލިބިގެން ގޮސްފި އެވެ. އަހަރެން ގަބޫލުކުރަނީ އެއްވެސް މީހަކަށް މަޖުބޫރު ކޮށްގެން ދީނަށް ނުވެއްދޭނެ ކަމަށެވެ. އެހެން ނަމަވެސް ޝައުގުވެރިވާ ފަރާތްތަކަށް އިސްލާމްދީނުގެ ހަގީގަތް ރަނގަޅަށް އޮޅުންފިލުވައި ދެވިއްޖެ ނަމަ އެމީހުންގެ ހިތްތައް އިސްލާމްދީނަށް މިސްރާބު ޖަހާނެ ކަމާ މެދު އަހަރެން ކުޑަވެސް ޝައްކެއް ނުކުރަމެވެ. އެއީ އަހަރެންގެ ތަޖުރިބާ އިން އަހަންނަށް ގަބޫލުކުރެވޭ ގޮތެވެ. އަހަންނަށް ތެދުމަގު ހޯދުމުގެ ނަސީބު ލިބުނީ އަހަރެންނަށް ވެސް ހަގީގަތް އޮޅުންފިލުވައިދޭނެ ބަޔަކު ވުމުންނެވެ. އިސްލާމްދީން ގަބޫލުނުކުރާ ފަރާތްތަކަށް އަހަރެން ބުނެލަން އޮތީ ސާފު ހިތަކާއިގެން ގުރުއާން ކިޔަވައި އޭގައި އެބުނާ އެއްޗެއްގެ މާނައާ މެދު ވިސްނާލައިފި ނަމަ ހަގީގަތް ފެންނާނެ ކަމަށެވެ. ގުރުއާނުން އުޅެންވީ ގޮތާއި ނޫޅެންވީ ގޮތް ބުނެދެއެވެ. ހެޔޮލަފާ ދިރިއުޅުމެއް ބައްޓަން ކުރާނެ ގޮތް ބަޔާންކޮށްދެއެވެ. ނަމާދާއި، ރޯދައާއި އެކި އަޅުކަންތަކުން ދިރިއުޅުމަށް އުފާވެރި ރޫޓިންއެއް ލިބިގެންދެ އެވެ. އިބުރަތްތަކެއް ލިބިގެންދެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރޮހިންޖާ މުސްލިމުންގެ ހައްގުގައި އިސްލާމީ ގައުމުތައް ނުތެދުވެ މިތިބީ ކީއްވެ؟

ރޮހިންޖާ މުސްލިމުންގެ ހައްގުގައި އިސްލާމީ ގައުމުތައް ނުތެދުވެ މިތިބީ ކީއްވެ؟

22 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންގެ ދުލުން: އަހަރެމެން ކަތިލާއިރު އިސްލާމީ އުންމަތް ކޮބާ؟

ރޮހިންޖާ މުސްލިމުންގެ ދުލުން: އަހަރެމެން ކަތިލާއިރު އިސްލާމީ އުންމަތް ކޮބާ؟

10 ސެޕްޓެމްބަރު 2017
ތޫފާން ހާވީގެ ގެއްލުން އެމެރިކާ އަށް ދަނީ އިންތިހާއަށް ކުރަމުން!

ތޫފާން ހާވީގެ ގެއްލުން އެމެރިކާ އަށް ދަނީ އިންތިހާއަށް ކުރަމުން!

30 އޯގަސްޓު 2017
އެމެރިކާގެ އަސްކަރީ މަނަވަރު އެކްސިޑެންްޓް ވި ހާދިސާއަށް ފަހު ގިނަ ކަންކަން ދަނީ ނިއުޅެމުން!

އެމެރިކާގެ އަސްކަރީ މަނަވަރު އެކްސިޑެންްޓް ވި ހާދިސާއަށް ފަހު ގިނަ ކަންކަން ދަނީ ނިއުޅެމުން!

23 އޯގަސްޓު 2017
 ރާއްޖޭގެ " އެމްއެމްޕީއާރްސީ" ކޮރަޕްޝަން ވާނީ އެމެރިކާގެ " ވޯޓަރގޭޓް" ސްކޭންޑަލް އަށް ބާ؟

ރާއްޖޭގެ " އެމްއެމްޕީއާރްސީ" ކޮރަޕްޝަން ވާނީ އެމެރިކާގެ " ވޯޓަރގޭޓް" ސްކޭންޑަލް އަށް ބާ؟

16 އޯގަސްޓު 2017

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު