Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ޔާމީން ހިންގެވި، ވ. އާރަށުގެ ޚިޔާނާތް

އެމްއެމްޕީއާރުސީގެ ބޮޑު ވައްކަން - ޔާމީން އަޑީގައި ހުންނަވައިގެން ހިންގެވިގޮތުގެ ތަފްސީލް ވ. އާރަށުގެ މައްސަލައިން

އެމްއެމްޕީއާރުސީގެ ފައިސާ ޔާމީން ބޭނުންކުރެއްވީ 2013ގެ ރިޔާސީ އިންތިޚާބުގެ ދަރަނި އަދާކުރެއްވުމަށް

ރާއްޖެ އެމްވީ | 15 އޯގަސްޓު 2022 | ހޯމަ 14:25
އެމްއެމްޕީއާރްސީގެ ޚިޔާނާތަކީ ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު އެއް ޚިޔާނާތް

އެމްއެމްޕީއާރްސީގެ ޚިޔާނާތަކީ ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު އެއް ޚިޔާނާތް

އެމްއެމްޕީއާރުސީގެ ބޮޑު ވައްކަމުގެ މުގުލުގައި ހުންނެވި މޭސްތިރިއަކީ ކުރީގެ ރައީސް ޔާމީންކަމަށް، ކުރިންވެސް ގިނަ ބަޔަކު ބުނަމުންދިޔައިރު، ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވާ، ވ. އާރަށުގެ ޚިޔާނާތާއި މަނީލޯންޑަރިންގ މައްސަލައިގައި މިހާތަނަށް ހެކިބަސްދިން ފަރާތްތަކުގެ ހެކިބަހުން، އެމްއެމްޕީއާރުސީގެ ބޮޑު ވައްކަން ޔާމީން އަޑީގައި ހުންނަވައިގެން ހިންގެވިގޮތުގެ ތަފްސީލުތައް ދަނީ ހާމަވަމުންނެވެ. 

ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު އެއް ޚިޔާނާތުގެ މައްސަލަކަމަށްވާ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މުގުލުގައި ހުންނެވީ ރައީސް ޔާމީންކަމަށް، އެމަނިކުފާނުގެ ކުރީގެ އެންމެ ގާތް އެކުވެރިޔާކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް، ޝަރީއަތުގެ މަޖިލީހުގައި ހެކިބަސްދެއްވާފައިވެއެވެ. އަދި އެމްއެމްޕީއާރްސީން ވަގަށްނެގިކަމަށް ތުހުމަތުކުރެވޭ އެތައް މިލިއަން ރުފިޔާއެއް ރައީސް ޔާމީނަށް ނަގުދު ފައިސާއިން ލިބިފައިވާކަމަށް، ދައުލަތުގެ ފަރާތުން ޝަރީއަތްތަކުގައި ދައްކާފައިވާ ވާހަކަތަކުން ހާމަވެފައިވާއިރު، އެ ފައިސާ ރައީސް ޔާމީން ދިރިއުޅުއްވި ގެއަށް ގެންގޮސްދިންކަމަށް، މީގެ ކުރިން ހެކިބަސްދިން މުހައްމަދު ހުސައިން (އޮއިއްޓޭ) ވެސް ޝަރީއަތުގައި ވަނީ ހެކިބަސްދީފައެވެ. އެ ގޮތުން އަދީބު ވިދާޅުވެގެން 1 މިލިއަން ރުފިޔާ، ޔާމީން ދިރިއުޅުއްވި ދޫވެއްސަށް ގެންގޮސްދީފައިވާކަމަށް އޭނާ ވަނީ ބުނެފައެވެ.  

އެމްއެމްޕީއާރުސީ މެދުވެރިކޮށް ވައްކަންކުރަން ފެށުނީ، އެމްއެމްޕީއާރުސީއާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް) ހެދި އެއްބަސްވުމެއްގެ ދަށުން ޑޮލަރު ގަތުމަށްކަމަށް ބުނެ، 5 މިލިއަން ޑޮލަރަށް ވާ ދިވެހި ރުފިޔާ އެމްޕީއެލްއިން ނެންގެވިހިސާބުންކަމަށް، ޔާމީނާއެކު އެންމެ ގާތްކޮށް އެދުވަސްވަރު އުޅުއްވި، މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެފައިވެއެވެ. އެ ފައިސާ އަދީބު ނެންގެވިކަން އެނގިވަޑައިގަތުމުން ޔާމީނާ ބައްދަލުކުރައްވައި އެ ވާހަކަ ދެންނެވިނަމަވެސް އެއްވެސް ފިޔަވަޅެއް އަޅުއްވާފައިނުވާކަމާއި، އެއީ ޔާމީންގެ ބެއްލެވުމުގެ ދަށުން ޔާމީނަށް އެނގިވަޑައިގެން ކުރެއްވިކަމެއްކަމަށާއި، އެދުވަހު އެމްޕީއެލްއިން ނެގި ފައިސާ ގޮސް ޖަމާވި އެކައުންޓްތަކުގެ ތަފްސީލުތައް ޔާމީނަށް ދެންނެވުމުންވެސް ފިޔަވަޅެއް އަޅުއްވާފައިނުވާކަމަށް ވިދާޅުވެފައިވެއެވެ. 

އެމްޕީއެލްއިން ނެންނގެވި 5 މިލިއަން ޑޮލަރުގެ ތެރެއިން 2.5 މިލިއަން ޑޮލަރު ޖަމާވީ ރިޔާސީ އިންތިޚާބުގައި ޔާމީނަށް ފައިސާ އެހީ އެރުވި ވިޔަފާރިއެއްގެ އެކައުންޓަށްކަން، ދައުލަތުން ކޯޓަށް ހުށަހެޅި ކިތާބީ ހެކިތަކުންވެސް އެނގޭކަމަށްވެއެވެ. އެމްޕީއެލްއިން ފައިސާ ނެންގެވީ، ޔާމީނަށް އިންތިޚާބުގައި ވިޔަފާރިވެރިން އެރުވި ފައިސާ އަނބުރާ ރައްދުކުރައްވަންކަމަށް އެނގިވަޑައިގަތްކަމަށް ނާޒިމް ހެކިބަސްދެއްވަމުން ފާހަގަކުރެއްވުމުން، މިކަމަށް އިތުރު ބާރެއް ލިބިގެންދެއެވެ.

ނާޒިމް ފާހަގަކުރައްވާފައިވާގޮތުން، އެމްއެމްޕީއާރުސީގެ ފައިސާ ޔާމީން ބޭނުންކުރެއްވީ 2013ގެ ރިޔާސީ އިންތިޚާބުގެ ދަރަނި ދެއްކެވުމަށެވެ.

ވިޔަފާރިވެރިންގެ އަތުން އަދީބު ފައިސާ ނަންގަވާ ވާހަކަ ޔާމީނަށް ދެންނެވުމުން، ފައިސާ ނަންގަވަނީ ޔާމީން އެދިވަޑައިގެންކަމަށް ޔާމީން ވިދާޅުވިކަމަށާއި، އަދި ފައިސާ ނަންގަވަނީ އަދީބު ފޮނުއްވައިގެން ކަމަށްވެސް ޔާމީން ވިދާޅުވިކަމަށް ނާޒިމް ޝަރީއަތުގައި ވިދާޅުވެފައިވެއެވެ. 2013ގެ ރިޔާސީ އިންތިޚާބަށް ޔާމީން ދަރަންޏަށް ފައިސާ ނަންގަވާފައިވަނީ ބޮޑެތި ވިޔަފާރިވެރިންގެ އަތުން ކަމަށް ނާޒިމް ވިދާޅުވިއެވެ. އެ ފައިސާ ހޯދުމަގައާއި، ރައީސް ޔާމީން އޭރު ދިރިއުޅުއްވި މއ. ދޫވެއްސަށް ފައިސާ ގެނައުމުގައި އިސްކޮށް އުޅުއްވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުކަމަށް ނާޒިމް ވިދާޅުވެފައިވާއިރު، ކަޅުކުލައިގެ ދަބަހަކަށް އަޅާފައި މއ. ދޫވެއްސަށް އަދީބު 15 މިލިއަން ރުފިޔާ ފޮނުއްވިކަމަށް ނާޒިމް ހެކިބަސް ދެއްވަމުން ބުނެފައިވެއެވެ.

އެމްއެމްޕީއާރުސީން ރަށްތައް ކުއްޔަށް ދޫކޮށްގެން ލިބޭ ފައިސާ ޖަމާކުރަން ޖެހެނީ ދައުލަތުގެ މާލިއްޔަތަށް ކަމަށް ވިޔަސް، އެޓަރނީ ޖެނެރަލްގެ ލަފައެއް ހޯދައިގެން އެފަދަ ފައިސާތައް އެމްއެމްޕީއާރުސީގެ އެކައުންޓަށް ޖަމާކުރެވޭ ގޮތަށް ހަމަޖެއްސެވީ ޔާމީންކަމަށާއި، އެއީ އޭރު ސަރުކާރުގައި ތިއްބެވި އިސްވެރިން ގުޅިވަޑައިގެން ހިންގެވި ބޮޑު ވައްކަމެއްކަމަށް، ނާޒިމް ހެކިބަސްދެއްވަމުން ޝަރީއަތުގައި ފާހަގަކުރައްވާފައިވެއެވެ. 

އެމްއެމްޕީއާރްސީ ކޮރަޕްޝަން ހިންގެވީ، ޔާމީންގެ ރިޔާސީ އިންތިޚާބު ކެމްޕޭނަށް ކުރެއްވި ޚަރަދުގެ ދަރަނި ދެއްކެވުމަށް ރާއްވަވައިގެންކަމަށް ނާޒިމް ވިދާޅުވެފައިވާއިރު، އޭގެތެރެއިން ގިނަ އަދަދެއްގެ ފައިސާ، ޔާމީނާ ގުޅުންހުރި އެކި ފަރާތްތަކަށްވެސް ލިބިފައިވާކަމަށް ތުހުމަތުކޮށް ތަހުގީގީ އިދާރާތަކުން މިހާރުވެސް ދަނީ ތަހުގީގުކުރަމުންނެވެ. 

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މޭސްތިރިއަކީ ޔާމީން ކަމަށާއި، އެ ޚިޔާނާތް ހިންގާކަން ޔާމީނަށް އެނގިވަޑައިގެންކަމަށް، ހެކިބަސްދިން ފަރާތްތަކުގެ ބަހުން އެނގޭއިރު، ގއ. ވޮޑުމުލާ ކުއްޔަށް ދީގެން އެމްއެމްޕީއާރްސީއަށް ލިބުނުކަމަށް ބުނާ އެއް މިލިއަން ޑޮލަރަށްވެސް ޔާމީން ހިޔާނަތްތެރިވެވަޑައިގެން މަނީލޯންޑަރކުރެއްވިކަމަށް، މީގެ ކުރިން ކްރިމިނަލް ކޯޓާއި ހައިކޯޓުން ހުކުމް ކޮށްފައިވެއެވެ.  

ޔާމީންގެ މައްޗަށް ދައުލަތުން ވަނީ މަނީ ލޯންޑަރިންގގެ އިތުރު ދައުވާއަކާއި ރިޝްވަތު ގަބޫލުކުރުމުގެ އިތުރު ދައުވާއެއް، އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންވެސް ކޮށްފައެވެ. މިހާތަނަށް ތަހުގީގު ފުރިހަމަކޮށް، ދައުވާކުރި 3 ރަށުގެ މައްސަލާގައިވެސް ފާހަގަކުރެވޭ ކަމަކީ، ކޮންމެ ރަށެއް ކުއްޔަށް ދިނުމުގެ މުއާމަލާތުގެ ތެރެއިންވެސް ޔާމީނަށް 1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ލިބިވަޑައިގެންފައިވާކަމަށް ތުހުމަތުކޮށް ދައުވާކޮށްފައިވާކަމެވެ.

އާރަށު ޚިޔާނާތްކުރީގެ ރައީސް ޢަބްދުﷲ ޔާމީންއަޙުމަދު އަދީބުއަހުމަދު ނާޒިމް

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮޑީ ވޯން ކެމެރާ ގެ މައްސަލަ: "ޒެޓާގެ މައްސަލަ މާލިއްޔަތު ކޮމިޓީން ބެލީ ބަހެއް ނުހޯދާ، ނާޒިމް މަޖިލީހުގައި ދެއްކީ ދޮގު ވާހަކަ"

ބޮޑީ ވޯން ކެމެރާ ގެ މައްސަލަ: "ޒެޓާގެ މައްސަލަ މާލިއްޔަތު ކޮމިޓީން ބެލީ ބަހެއް ނުހޯދާ، ނާޒިމް މަޖިލީހުގައި ދެއްކީ ދޮގު ވާހަކަ"

21 ނޮވެމްބަރު 2025
ބޮޑެތި މައްސަލަތައް ނިންމުމުގެ ގާބިލުކަން ހުރި ފަނޑިޔާރުން ކޯޓުތަކަކު ނެތް: މެންބަރު ނާޒިމް

ބޮޑެތި މައްސަލަތައް ނިންމުމުގެ ގާބިލުކަން ހުރި ފަނޑިޔާރުން ކޯޓުތަކަކު ނެތް: މެންބަރު ނާޒިމް

18 ނޮވެމްބަރު 2025
ބަލިމަޑުކަމުން ސަލާމަތް ކުރުމަށް ތާރީހުގައި މިހާތަނަށް ނުފެންނަ ވަރަށް ފެސިލިޓީތަކުން މީހުން ހޭލުންތެރި ކުރުވުމަށް ދަނީ މަސައްކަތް ކުރަމުން: ހެލްތް މިނިސްޓަރު ނާޒިމް

ބަލިމަޑުކަމުން ސަލާމަތް ކުރުމަށް ތާރީހުގައި މިހާތަނަށް ނުފެންނަ ވަރަށް ފެސިލިޓީތަކުން މީހުން ހޭލުންތެރި ކުރުވުމަށް ދަނީ މަސައްކަތް ކުރަމުން: ހެލްތް މިނިސްޓަރު ނާޒިމް

14 ނޮވެމްބަރު 2025
ކަސްޓަމްސް އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރޭ، އެތަން ޖަވާބުދާރީ ކުރުވޭކަށް ނެތް: މެންބަރު ނާޒިމް

ކަސްޓަމްސް އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރޭ، އެތަން ޖަވާބުދާރީ ކުރުވޭކަށް ނެތް: މެންބަރު ނާޒިމް

13 ނޮވެމްބަރު 2025
މުއައްސަސާތަކުގެ ވެރިން ކޮރަޕްޓް ވާހަކަ ނާޒިމް ދައްކަވާ އިރު، ނާޒިމްގެ ތާރީހާއި ފަތްފުށް އޮތީ ފެންނަން: ކުރީގެ ރައީސް ޔާމީން

މުއައްސަސާތަކުގެ ވެރިން ކޮރަޕްޓް ވާހަކަ ނާޒިމް ދައްކަވާ އިރު، ނާޒިމްގެ ތާރީހާއި ފަތްފުށް އޮތީ ފެންނަން: ކުރީގެ ރައީސް ޔާމީން

17 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

1 ފެބުރުއަރީ
ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!
20242 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
20233 އަހަރު ކުރިން
ރާއްޖެ

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް
20224 އަހަރު ކުރިން
ރިޕޯޓު

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!
20197 އަހަރު ކުރިން
ރިޕޯޓު

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު