Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މަނިކުފާނެވެ، ބޯ ގޮއްވަންޖެހުނީ އަމިއްލައަށް ކަންތައްތައް ކުރެއްވި ގޮތުގެ ސަބަބުންނެވެ!

ސިޔާސީ ގޮތުން އެކަނިވެރިޔަކަށްވީ، އަމިއްލަފުޅަށް ކަންތައްތައް ކުރެއްވި ގޮތުގެ ސަބަބުން

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 4 އޯގަސްޓު 2017 | ހުކުރު 13:47
ހުޅުމާލޭގައި ޕާކަކާއި ކޮމިއުނިޓީ ސެންޓަރެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ހުޅުމާލޭގައި ޕާކަކާއި ކޮމިއުނިޓީ ސެންޓަރެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ރައީސް އަބްދުﷲ ޔާމީންގެ ބޯ ގޮވައިފި އެވެ. ސިޔާސީ މައިދާނުގައި ގިނަ ކަންތައްތަކެއް ފެނިވަޑައިގެނެ، ގިނަ ކަންތައްތަކެއް ތަޖުރިބާ ކުރެވިފައިވީ ނަމަވެސް އެ ހުރިހާ ކަމަކާ ހިލާފަށް ސިކުނޑި ގޮވާވަރުގެ ކަންކަން މިހާރު ހިނގަމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެ އެވެ.

ބޯ ގޮވައިފި ކަމަށާއި، ސިނކުނޑި ގޯވާވަރުގެ ކަންކަން މިހާރު ހިނގަމުންދާ ކަމަށް ރައީސް ޔާމީނަށް ނޭނގުމެއްގެ ތެރޭގައި ނަމަވެސް ހާމަކުރެވުމާއެކު، އެއް ބަޔަކަށް އެ ވާހަކަވީ ބޮޑު ޖޯކަކަށެވެ. އަނެއް ބަޔަކަށް އެ ވާހަކަތައްވީ ވަރަށް ސީރިއަސް ވާހަކައަކަށެވެ. ސަބަބަކީ ޤައުމެއްގެ ރައީސަކު ބޯ ގޮވައިގެން، ހަދާނެ ގޮތް ހުސްވުމަކީ އާދައިގެ ކަމަކަށް ނުވާތީ އެވެ. އެ ކަމަކީ ރައީސްކަން ކުރުމުގެ ޝަރުތާ ވެސް ގުޅިފައިވާ ކަމެކެވެ. ބޯގޮވައި ބުއްދި ހަމަނުޖެހޭ ނަމަ ވެރިކަމަށް ޝަރުތު ހަމައެއް ނުވާނެއެވެ.

ބޯ ގޮވައިފިކަން ހާމަކޮށް، ރައީސް ޔާމީން ވަނީ އެމަނިކުފާނު ބޯ ގޮވަން މެދުވެރިވި އެންމެ ބޮޑު ސަބަބު ހިއްސާ ކުރައްވާފަ އެވެ. އެއީ އެމަނިކުފާނު ސިޔާސީ މައިދާނުގައި އެކަނިވެރިވުމެވެ. ސިޔާސީ މައިދާނުގައި އެމަނިކުފާނާއެކު މަސައްކަތްކުރި ހުރިހާ އެކުވެރިންނާއި، އާއިލާ މީހުންވެސް އެމަނިކުފާނު ދޫކޮށްދިޔުމެވެ. ސިޔާސީ މައިދާނުގައި އުރަތްޕެއް، އާރެއް، ބާރެއް ހުރި މީހަކު އެމަނިކުފާނާއެކުގައި ނެތުމެވެ. ވަކިން ހާއްސަކޮށް ބޭބޭފުޅު މައުމޫނު އަބްދުއްޤައްޔޫމް އެމަނިކުފާނު ދޫކުރައްވައި ވަޑައިގެންނެވި ވަޑައިގެންނެވުމެވެ. ކައިރީގައި ގެންގުޅުއްވި ނައިބު ރައީސުންނާއި، އެއް މޭޒެއްގައި ހީ ސަމާސާކުރެއްވުމަށް ގެންގުޅުއްވި މިނިސްޓަރުންކޮޅާއި، ގެންގުޅުއްވި މެމްބަރުން ކޮޅާއި، އެންމެވެސް އެމަނިކުފާނު ދުކުރައްވާ ވަޑައިގެންނެވި ވަޑައިގެންނެވުމެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނާ އެކު މަސައްކަތްކުރައްވާފައިވާ ބޭފުޅުން ވެސް ކޮންމެވެސް ސަބަބަކާ ހުރެ ގުޅިވަޑައިގަންނަވަނީ އިދިކޮޅު ފަރާތްތަކާ ކަމަށެވެ. އަދި ވިސްނަ ވިސްނާ ވެސް އެކަމުގައި ޖަވާބެއް ލިބިވަޑައިނުގެންނެވި ކަމާއި، އެކަމުގެ ސަބަބުން ސިކުނޑި ގޮވާވަރުވެއްޖެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މަނިކުފާނެވެ. މަނިކުފާނު ދޫކުރައްވައި ސިޔާސީ ފަރާތްތަށް ވަޑައިގަންނަވަނީ ނޭނގި ނަމަވެސް މަނިކުފާނަށް ކަންތައްތައް ކުރެވުނު ގޮތުގެ ސަބަބުންނެވެ. ހަމަ ހރެފައި އެބޭފުޅުން ވަޑައެއް ނުގަންނަވާނެއެވެ. ހުދު މަނިކުފާނު ވެސް އެކަމަށް އޯކޭ ވެގެންނެވެ. މަނިކުފާނު ގެންގުޅުއްވާ ހުދުމުހުތާރު އުސޫލްތައް ގަބޫލު ނުކުރަންވެގެންނެވެ. ހުރިހާ އާރަކާއި ބާރެއް އެއްކުރުމަށް މަނިކުފާނު ނިޒާމްގެ ތެރެއިން ކުރައްވާކަންކަން ގަބޫލު ނުކުރެއްވިގެންނެވެ. އެއީ އަދި މަނިކުފާނު ބޯ ގޮއްވަންޖެހޭ ވަރު ކަމެއް ނޫނެއް ނޫންތޯ އެވެ.

އަމިއްލަފުޅު ބޭބޭފުޅަށް ޖެއްސެވި ހާލު މަނިކުފާނު ހަނދާން ނެތުނީތޯއެވެ. މަނިކުފާނާއި ބައްދަލުކުރެއްވުމަށް ބޭބޭފުޅު ކިތައް އެޕޮއިންޓްމެންޓް ހެއްދެއްވިކަން އެނގިވަޑައިގަންނަވާތޯ އެވެ. މަނިކުފާނާއި ބައްދަލުނުކުރެވި އެތައް މަސްއްތަކެއް ވުމުން ކެތްތެރިކަން ކޮޅުލުމުން އެކަން މީޑިއާއާ ވެސް ހިއްސާކުރެއްވިއެވެ. އެކަމަކު ދެން ވެސް އެ ބޭބޭފުޅަށް މަނިކުފާނާއި، މަނިކުފާނުގެ އެކުވެރިން ޖެއްސެވި ހާލު އެނގިވޑައިގަންނަވާތޯ އެވެ. ބޮޑު މަސައްކަތުން ބަލާބޮޑުކުރި ޕާޓީ އަތުލައި، ގަދަބާރުން އެ ޕާޓީގެ އޮފީހުގައި ހުރި މުދާތައް ވެސް އަތުލީ ހަމަ މަނިކުފާނުގެ ސަރުކާރުން ނޫންތޯ އެވެ. އެވަރުން ނިންމާނުލާ، ޕާޓީން ވެސް ބޭބޭފުޅު ނެރެ އެއްލާލައި، މަގުމަތިކޮށް، ބޭބެގެ މައްސަލަތައް ކުއްލިގޮތަކަށް ފެންމަތިކޮށް، ބޭބޭފުޅުގެ ދަރިން ވެސް ހައްޔަރުކުރީ ހަމަ މަނިކުފާނުގެ ސަރުކާރުންނެއް ނޫންތޯ އެވެ.

އެ ހާލު ޖެއްސީމަ، ބޭބެއެއް، ކޮއްކޮއެއް، ދައްތައެއް، ފާތުމައެއް ކަމަކު މަނިކުފާނާ އެއްކޮޅުގައި ހުންނަވާނީ ކިހިނެއްތޯ އެވެ. އެއީ ހަމައެކަނި ބޭބޭފުޅަށް ޖެއްސި ހާލެވެ. މަނކިފާނު ވިދާޅުގޮތަކަށް ކަންތައްތައް ކުރައްވައިގެން އަރިހުގައި އުޅުއްވި އަހުމަދު އަދީބަށް މަނިކުފާނު ޖެއްސެވީ ކޮން ހާލެއްތޯ އެވެ. މަނިކުފާނަށް ވެރިކަން ހޯދައިދެއްވުމަށް ރާއްޖެގެ އެއްކޮޅުން އަނެއްކޮޅަށް ދަތުރުކުރައްވައި ހެއްދެވި ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދަށް މަނިކުފާނު ޖެއްސެވީ ކޮން ހާލެއްތޯ އެވެ. ޖަމީލަށް އެ ހުންނެވީ އަމިއްލަ ޤައުމަށްވެސް ވަޑައިނުގެންނެވިފަ އެވެ.

މިއީ މާ ބޮޑަކަށް ވިސްނަންޖެހޭ ކަމެއް ނޫނެވެ. އަމިއްލަފުޅަށް މަނިކުފާނު ކަންތައްތައް ކުރެއްވި ގޮތް ހަނދާންކޮށްލާށެވެ. އޭރުން ތިޔަ ސުވާލަށް މަނިކުފާނަށް ޖަވާބު ލިބޭނެ އެވެ. ތިޔަ އެކަނިވެރިކަން ޖެހުނީ މަނިކުފާނު އަމިއްލައަށް ކަންތައްތައް ކުރެވި ގޮތުގެ ސަބަބުންނެވެ.

މަނިކުފާނަކީ ރާއްޖެގެ ތާރީހުގައި ވެސް ބޯ ގޮއްވަން ނުޖެހި އަރާމާއެކު ވެރިކަން ކުރަން ފުރުސަތު ލިބިވަޑައިގެންނެވި ބޭފުޅެކެވެ. މުޅި މަޖިލީހުގެ ކޮންޓްރޯލް މަނިކުފާނަށް ލިބުނެވެ. ދެ އަހަރެއްހާ ދުވަސް ވަންދެން އިދިކޮޅު އެމްޑީޕީ އޮތީ ހިމޭނުންނެވެ. ޖުޑީޝަރީންނެއް މަނިކުފާނާ ދެކޮޅެއް ނުވެ އެވެ. އެހާ ފަސޭހަކޮށް، ވެރިކަމެއް ކުރަން ލިބުމުން ވެސް، އެންމެން ދުޝްމަނުންނަށް ހެދީ ވެސް މަނިކުފާނެއް ނޫންތޯ އެވެ. އެ ދުވަސްތައް މަތިން ކުޑަކުޑަކޮށް ހަނދާންކޮށްލާށެވެ.

މަނިކުފާނެވެ. ރައްޔިތުންގެ ލޯބި ހޯދުމަށް ފުރުސަތު ލިބި އެކަމެއް ވެސް މަނިކުފާނެއް ނުކުރެއްވުނެއް ނޫންތޯ އެވެ. އެކުވެރިކަން އާލާކުރުމާއި، ލޯބި ހޯދުމުގެ ބަދަލުގައި ވަގުތު ހޭދަކުރެއްވީ ދުޝްމަނުވުމުގައި ނުންތޯ އެވެ. ވަގުތު ހޭދަކުރެއްވީ ބޭބޭފުޅުގެ އާއިލާ އާއި، ތިމާގެ މީހުންނާއި، އެކުވެރިން ޖަލަށްލުމުގައި ނޫންތޯ އެވެ. މަނިކުފާނާއި، ސިޔާސީ ގޮތުން ހިޔަލު ތަފާތުވާ ކޮންމެ މިހަކީ ދުޝްމަނަކަށް ނުހަދަވަންތޯ އެވެ. ސައުދާއި، އަމިތާއި، ވައްޑެ ވެސް މަނިކުފާނާއި ހިޔާލު ތަފާތުވި ވަގުތުން ފެށިގެން ދުޝްމަނުންނަށް ހައްދަވާ ގޮޅިއަށް ނުލައްވަންތޯ އެވެ. މެޑަމްގެ ފައުންޑޭޝަންގައި އިސްކޮށް ގެންގުޅުނު އަބްދުﷲ ޝިނާނު ވެސް މަނިކުފާނާއި ހިޔާލު ތަފާތުވުމައެކު ދުޝްމަނަކަށް ހެއްދެވީ ކާކުތޯ އެވެ.

މަނިކުފާނުގެ ދުޝްމަނުން އެހާ ގިނަ އެވެ. ދެން މަނިކުފާނާއެކުގައި މަސައްކަތް ކުރައްވާނީ ކިހިނެއްތޯ އެވެ. ބޭބޭފުޅު ކިތައް ފަހަރު ރަނގަޅު ގޮތެއް ބުނެދިންތޯ އެވެ. އެއިން އެއްވެސް ނަސޭހަތެއް އަޑު އެއްސެވިންތޯ އެވެ.

އެހެންވެ ސިޔާސީ މައިދާނުގައި މަނިކުފާނު އެކަނިވެރިވާން ވެސް ޖެހުނީ އެވެ. އެއީ މާ ބޮޑަށް ނުވިސްނި ކަމުގައިވީ ނަމަވެސް އެނގޭނެ ކަމެކެވެ. މިހާރު ތިޔަ ވެގެން އުޅޭގޮތަކީ އެކަނިވެރިވެ އިތުބާރު ކުރާނެ މީހަކު އިނގެވިވަޑައިނުގެން ބޯ ގޮވަނީ އެވެ. ހުރިހާ ބާރެއް ނެތިދާއިރު، އިތުބާރު ކުރާނީ ޖިހާދަށް ކަމެއް ސިޔާމަށް ކަމެއް ނޭނގެނީ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބުލީގެ ޝިކާރައަކަށްވި މި ކުއްޖާ ގިސްލަމުން މަންމަ ކައިރީގައި ބުނީ އަމިއްލައަށް މަރުވާން ވަޅިއެއް ދިނުމަށް!

ބުލީގެ ޝިކާރައަކަށްވި މި ކުއްޖާ ގިސްލަމުން މަންމަ ކައިރީގައި ބުނީ އަމިއްލައަށް މަރުވާން ވަޅިއެއް ދިނުމަށް!

20 ފެބުރުއަރީ 2020
ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން

27 މާރިޗު 2019
ރައީސް ޔާމީނާއިމެދުވެސް ކަންތައްތައް ކުރަންވާނީ އިންސާފުންނެވެ.

ރައީސް ޔާމީނާއިމެދުވެސް ކަންތައްތައް ކުރަންވާނީ އިންސާފުންނެވެ.

14 ޑިސެމްބަރު 2018
ގޮތެއް ފޮތެއް ނެތް ހުކުމްތަކަށް ދައުލަތުން އިއުތިރާފުވެ އަމިއްލައަށް ބޭޒާރުވަނީ

ގޮތެއް ފޮތެއް ނެތް ހުކުމްތަކަށް ދައުލަތުން އިއުތިރާފުވެ އަމިއްލައަށް ބޭޒާރުވަނީ

12 އޮކްޓޯބަރު 2018
އިބޫއަށް ކުރުނބާ އުފުލައިދިން ޕިކަޕް ޑްރައިވަރަށް ވީގޮތުގެ ވާހަކަ

އިބޫއަށް ކުރުނބާ އުފުލައިދިން ޕިކަޕް ޑްރައިވަރަށް ވީގޮތުގެ ވާހަކަ

20 އޯގަސްޓު 2018

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު