Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެކައުންޓެންޓުންގެ ފޯރަމް

އެކައުންޓިންގ ދާއިރާއަށް މީހުން ބިނާކުރުމަށް ސަރުކާރާ ގުޅިގެން އަންނަނީ މަސައްކަތްތަކެއް ކުރެވެމުން: އޮޑިޓަރ ޖެނެރަލް

16 ނޮވެމްބަރު 2021 | އަންގާރަ 00:44

ޕްރައިވެޓް ސެކްޓަރ ގައި ގާތްގަނޑަކަށް 4500 އެއްހާ ބިދޭސީ އެކައުންޓެންޓުން ހަރަކާތްތެރިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 16 ނޮވެމްބަރު 2021 | އަންގާރަ 00:44
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ

އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ

އެކައުންޓިންގ ދާއިރާއިން ފަންނީ މީހުން އުފެއްދުމަށް އެދާއިރާއިން އިލްމު އުނގެނުމުގެ ފުރުސަތުތައް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރާއި ކަމާބެހޭ އިދާރާތަކާއެކު ގިނަ މަޝްވަރާތަކެއް ކުރެވެމުންދާކަމަށް އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޮޑިޓަރ ޖެނެރަލް އަދި އިންސްޓިޓިއުޓް އޮފް ޗަރޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް ގެ ރައީސް ހުސައިން ނިޔާޒީ ވަނީ ރާއްޖޭގައި އެކައުންޓެންޓުން އަދި އޮޑިޓަރުންގ ބިނާކޮށް އެދާއިރާ ޚަރުދަނާކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަަކަށް އަލިއަޅުވާލާ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ބޭރުގެ އިދާރާތަކާއި ގުޅިގެންވެސް މިދާއިރާއިން ޕްރޮފެޝަނަލް މީހުން ބިނާކުރުމުގެ މަސައްކަތްކުރަމުންދާކަމަށް ނިޔާޒީ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިއަހަރުގެ ފޯރަމް ބޭއްވިގެންދަނީ އިންސްޓިޓިއުޓް އޮފް ޗަރޓަރޑް އެކައުންޓެންޓްސްގެ ފަރާތުންނެވެ. މި އިންސްޓިޓިއުޓް އަކީ 2020 ވަނަ އަހަރު ސެޕްޓެމްބަރ މަހުގެ 8 ވަނަ ދުވަހު ތަސްދީގުކުރެވުނު ރާއްޖޭގެ ޗަރޓަރޑް އެކައުންޓެންޓުގެ ގާނޫނުން ރާއްޖޭގެ އެކައުންޓިން އަދި އޮޑިޓިން ސްޓޭންޑަރޑްތައް ކަނޑައަޅާ އޮޑިޓަރުންނަށް ލައިސަންސް ދިނުމަށާއި ޕްރޮފެޝަން ރެގިޔިލޭޓްކޮށް ކަނޑައަޅާފައިވާ މުސްތަގިއްލު އިންސްޓިޓިއުޓެކެވެ.

ނިޔާޒީ ވިދާޅުވީ މިފަދަ އިންސްޓިޓިއުޓްތަކުން ބިނާކުރެވޭ ޗާޓަރޑް އެކައުންޓެންޓުންގެ ފަރާތުން ލިބޭ ފަންނީ އެހީތެކަމާއެކު އެގައުމުތަކުގެ ވިޔަފާރި އާއި އިގްތިޞާދަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދައިދީފައިވާކަމަށެވެ.

ނިޔާޒީ ވިދާޅުވީ އިންސްޓިޓިއުޓުން ކުރި ދިރާސާއަކުން އެނގިފައިވާ ގޮތުގައި ރާއްޖޭގެ ޕްރައިވެޓް ސެކްޓަރ ގައި ގާތްގަނޑަކަށް 4500 އެއްހާ ބިދޭސީ އެކައުންޓެންޓުން ހަރަކާތްތެރިވާކަމަށެވެ.

ނިޔާޒީ ވިދާޅުވީ ރަސްމީ ސިފައެއްގައި އޮޑިޓަރުންނަށް ލައިސަންސް ދޭންފެށީ 1994 ގައި އޮޑިޓް އޮފީހުންކަމަށެވެ. އޭގެ 26 އަހަރުފަހުން ދުނިޔޭގެ ގިނަ ގައުމުތަކުގައިވެސް އެކަން ކުރާ އުސޫލުން ގާނޫނީ ވަކި މުސްތަގިއްލު އިންސްޓިޓިއުޓަކުން ރާއްޖޭގައި އެކައުންޓިންގ ދާއިރާ ރެގިޔުލޭޓްކުރުމަށް 2020 ވަނަ އަހަރު ވަނީ އިންސްޓިޓިއުޓް ގާއިމުކުރެވިފައިކަމަށް ނިޔާޒީ ވިދާޅުވިއެވެ.

އެކައުންޓިންގ ދާއިރާގައި މަސައްކަތްކުރި އިސް ފަރާތްތަކުން ގިނަ އަހަރުތަކެއް ވަނދެން ވަރުބަލިކަމެއް ނެތި ކުރި މަސައްކަތާއި އެމަސައްކަތަށް އޮޑިޓް އޮފީހުން ރަސްމީ ސަޕޯޓް ލިބިގެން ޗަރޓަޑް އެކައުންޓެންސީ އިންސްޓިޓިއުޓެއް އުފެއްދުމަށް ހުށަހެޅި ޕްރޮޕޯސަލް އަށް ވަރަށް އަވަސް އިޖާބައެއް ދެއްވީ މިސަރުކާރުން ރައީސް ޞާލިހުގެ ސަރުކާރުން ކަމަށް ނިޔާޒީ ވިދާޅުވިއެވެ.

އިންސްޓިޓިއުޓުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށްވެސް ނިޔާޒީ ވިދާޅުވިއެވެ. އޭގެތެރޭގައި އިންސްޓިޓިއުޓްގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނެ ފަރާތްތަކުގެ ޝަރުތުތަކާއި މެމްބަރުން ރަޖިސްޓްރީކުރުމުގައި އިންސްޓިޓިއުޓުން ގަބޫލުކުރާ އެކައުންޓިންގ ކޮލިފިކޭޝަންތައް ކަނޑައަޅާ އޮޑިޓަރުންނަށް ލައިސަންސް ދިނުމާއި ބެހޭ އައު ސިޔާސަތު ގެ ދަށުން އޮޑިޓް ލައިސަންސް ދޫކުރުމާއި ބައެއް މުހިންމު ޓްރެއިނިންގ ޕްރޮގްރާމްތައް ހިންގާފައިވާކަމަށް ނިޔާޒީ ވިދާޅުވިއެވެ.

ނިޔާޒީ ވިދާޅުވީ މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމީ 2017 ވަނަ އަހަރުން ފެށިގެން ކުރީގެ އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތުގެ މޭސްތިރިކަމުގެ ދަށުން ކޮންމެ އަހަރަކުވެސް ސިލްސިލާކޮށް ބާއްވަމުންދިޔަ މަހާސިންތާއެއްކަމަށެވެ. ކޮވިޑާއި ގުޅިގެން އޮންލައިންކޮށް ވެބިނަރ ތަކެއްގެ ގޮތުން ސެޝަންތަކެއް ކުރިޔަށްގެންދިޔަ ކަމަށް ނިޔާޒީ ވިދާޅުވިއެވެ.

އޮޑިޓަރ ޖެނެރަލް އޮފީސް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

02 އޮކްޓޯބަރު 2025

އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި

02 އޮކްޓޯބަރު 2025
އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި
28 ސެޕްޓެމްބަރު 2025

އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަމާ އެކު ސައީދު ގޮވާލެއްވީ، އިންސާފުވެރިކަމާއި ދެފުށް ފެންނަ ގޮތަށް ތަހުގީގު ކުރުމަށް

28 ސެޕްޓެމްބަރު 2025
އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަމާ އެކު ސައީދު ގޮވާލެއްވީ، އިންސާފުވެރިކަމާއި ދެފުށް ފެންނަ ގޮތަށް ތަހުގީގު ކުރުމަށް
21 އޮކްޓޯބަރު 2024

2025 ވަނަ އަހަރަށް ލަފާކުރާ އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓުގެ ގޮތުގައި 114 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

21 އޮކްޓޯބަރު 2024
2025 ވަނަ އަހަރަށް ލަފާކުރާ އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓުގެ ގޮތުގައި 114 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި
23 މާރިޗު 2024

ރިކަރަންޓް ހަރަދު ކުޑަކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކޮށްފައި ނުވޭ - އޮޑިޓް

23 މާރިޗު 2024
ރިކަރަންޓް ހަރަދު ކުޑަކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކޮށްފައި ނުވޭ - އޮޑިޓް
24 ޑިސެމްބަރު 2023

އޮޑިޓް އޮފީސް އޮޑިޓް ކޮށްދޭނެ ބަޔަކު ހޯދަނީ

24 ޑިސެމްބަރު 2023
އޮޑިޓް އޮފީސް އޮޑިޓް ކޮށްދޭނެ ބަޔަކު ހޯދަނީ
21 ނޮވެމްބަރު 2023

ކުރިއަށް އޮތްތަނުގައި ޑަބަލް ޕެންޝަނަށް ކުރާ ޚަރަދު ބޮޑުވެގެން ދާނެ - އޮޑިޓަރ ޖެނެރަލްގެ އޮފީސް

21 ނޮވެމްބަރު 2023
ކުރިއަށް އޮތްތަނުގައި ޑަބަލް ޕެންޝަނަށް ކުރާ ޚަރަދު ބޮޑުވެގެން ދާނެ - އޮޑިޓަރ ޖެނެރަލްގެ އޮފީސް
21 ނޮވެމްބަރު 2023

2024 ވަނަ އަހަރަށް ކަނޑައަޅާފައިވާ ޓާގެޓްތަކަކީ ހާސިލްކުރަން އުނދަނގޫ ޓާގެޓްތަކެއް- އޮޑިޓަރ ޖެނެރަލްގެ އޮފީސް

21 ނޮވެމްބަރު 2023
2024 ވަނަ އަހަރަށް ކަނޑައަޅާފައިވާ ޓާގެޓްތަކަކީ ހާސިލްކުރަން އުނދަނގޫ ޓާގެޓްތަކެއް- އޮޑިޓަރ ޖެނެރަލްގެ އޮފީސް
23 އޮކްޓޯބަރު 2023

އޮޑިޓަރ ޖެނެރަލްގެ އޮފީހަށް، އަންނަ އަހަރަށް 112.27 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

23 އޮކްޓޯބަރު 2023
އޮޑިޓަރ ޖެނެރަލްގެ އޮފީހަށް، އަންނަ އަހަރަށް 112.27 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި
23 މާރިޗު 2023

އެމްޕީއެލްގެ 2015-2017ގެ އޮޑިޓް - "ޕްރޮކިއުމެންޓް އުސޫލާއި ހިލާފުވި ބައެއް މީހުން އަދިވެސް މަޤާމުގައި"

23 މާރިޗު 2023
އެމްޕީއެލްގެ 2015-2017ގެ އޮޑިޓް - "ޕްރޮކިއުމެންޓް އުސޫލާއި ހިލާފުވި ބައެއް މީހުން އަދިވެސް މަޤާމުގައި"
26 ފެބުރުއަރީ 2023

ރަތަފަންދޫ ކައުންސިލުން ގަވާއިދާ އެއްގޮތަށް ހަރުމުދަލާއި ގުޅޭ ކަންކަން ބަލަހައްޓާފައި ނުވޭ - އޮޑިޓް

26 ފެބުރުއަރީ 2023
ރަތަފަންދޫ ކައުންސިލުން ގަވާއިދާ އެއްގޮތަށް ހަރުމުދަލާއި ގުޅޭ ކަންކަން ބަލަހައްޓާފައި ނުވޭ - އޮޑިޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް