Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަގުއޭރޯގެ ހާލަތު ގޯސްވުން

އަގުއޭރޯއަށް ފުޓްބޯޅަ ކުޅުން ހުއްޓާލަން ޖެހިދާނެކަމުގެ ބިރު

13 ނޮވެމްބަރު 2021 | ހޮނިހިރު 01:28

ތިން މަހުގެ ތެރޭގައި އަގުއޭރޯގެ ހާލަތު ޑޮކްޓަރުން އިތުރަށް ބަލާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 13 ނޮވެމްބަރު 2021 | ހޮނިހިރު 01:28
ބާސެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަޖުރިބާކާރު ފޯވާޑް ސާޖިއޯ އަގުއޭރޯ

ބާސެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަޖުރިބާކާރު ފޯވާޑް ސާޖިއޯ އަގުއޭރޯ | ގެޓީ އިމޭޖަސް

ހިތުގެ މައްސަލަތަކެއް ފާހަގަވެގެން މި ވަގުތު ކުޅުމާ ދުރުގައި ހުރި ބާސެލޯނާގެ ތަޖުރިބާކާރު ފޯވާޑް ސާޖިއޯ އަގުއޭރޯ ހަދަމުން އަންނަ ޓެސްޓުތަކުގެ ނަތީޖާ ގޯސްކަމުގައިވާނަމަ، އޭނާ ފުޓްބޯޅަ ކުޅުން ހުއްޓާލަން ޖެހިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ސްޕެނިޝް ލީގުގައި މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ޑިޕޯޓިވޯ އަލަވޭސްއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި މެޔަށް އުނދަގުލެއްވެގެން އުމުރުން 33 އަހަރުގެ އަގުއޭރޯ ބަދަލުކުރަން ޖެހުނެވެ. އެ މެޗުގައި އަގުއޭރޯއަށް ނޭވާލާން އުނދަގޫވެގެން ދަނޑުމަތީގައި ފަރުވާދިނުމަށްފަހު ވަނީ ހޮސްޕިޓަލަށް ގެންގޮސް، އިތުރު ޓެސްޓުތަކެއް ހަދާފައެވެ.

މީގެ ކުރިން މި މަހުގެ ކުރީކޮޅު ބާސާއިން ނެރުނު ބަޔާނެއްގައި ބުނީ އަގުއޭރޯގެ ޓެސްޓުތަކުގެ ނަތީޖާއިން ދައްކާގޮތުން އޭނާގެ ހާލަތު މި ވަގުތު އެންމެ ރަނގަޅު ނޫން ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތިން މަހުގެ ތެރޭގައި އަގުއޭރޯގެ ހާލަތު އިތުރަށް ބެލުމަށް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށްވެސް މި ބަޔާނުގައި ވަނީ ބުނެފައެވެ.

ސްޕެއިނާއި ދެކުނު އެމެރިކާގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޓެސްޓުތަކުގެ ނަތީޖާ މިހާތަނަށް ދައްކާ ގޮތުން އަގުއޭރޯގެ ހިތުގައި މައްސަލަތަކެއް ހުރިކަން ވަނީ ފާހަގަވެފައެވެ. އެއާއެކު އަގުއޭރޯގެ އިތުރު ޓެސްޓުތަކެއް ހަދާއިރު، އެ ޓެސްޓުތަކުގެ ނަތީޖާ ގޯސްކަމުގައިވާނަމަ، އޭނާ ފުޓްބޯޅަ ކުޅުން ހުއްޓާލަން ޖެހިދާނެ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

އަގުއޭރޯގެ ހިތުގައި މައްސަލަތަކެއް ހުރިކަން ފާހަގަވިއިރު، އާޖެންޓީނާގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން އަގުއޭރޯގެ އުމުރުން 12 އަހަރުގައިވެސް ވަނީ ހިތުގެ މައްސަލައެއް ދިމާވެގެން ފަރުވާދީފައެވެ.

އަލަވޭސްއާ ދެކޮޅަށް ކުޅުނު މެޗުގައި އަގުއޭރޯގެ މެޔަށް އުނދަގުލެއް ވެގެން ބަދަލުކުރަން ޖެހުނު، އެ މެޗަކީ ބާސާއަށް ބަދަލުވެ އަމިއްލަ ދަނޑުގައި އަގުއޭރޯ ކުޅުނު ފުރަތަމަ މެޗެވެ. އަގުއޭރޯ ބާސާއަށް ބަދަލުވީ މެންޗެސްޓާ ސިޓީގައި 10 އަހަރު ހޭދަކުރުމަށްފަހު މިދިޔަ ޖޫން މަހު ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

އެކަމަކު ބާސާއަށް ބަދަލުވުމަށްފަހު ކަނާތު ފައިގެ ކުޑަކަޅުވާ މަސްގަނޑަށް އަނިޔާވެގެން އަގުއޭރޯއަށް މި ސީޒަނުގެ ފުރަތަމަ ދެ މަސް ގެއްލުނެވެ. އެއާއެކު އަނިޔާއިން ރަނގަޅުވެ އަގުއޭރޯ ބާސާއަށް ކުޅެދިން ފުރަތަމަ މެޗަކީ މިދިޔަ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު ލީގުގައި ވެލެންސިއާ އަތުން 3-1 ގެ ނަތީޖާއަކުން ބާސާ މޮޅުވި މެޗެވެ. އަދި އޭގެ ފަހުން މިދިޔަ މަހުގެ 24 ވަނަ ދުވަހު ކުޅުނު އެލް ކްލަސިކޯ މެޗުގައި އަގުއޭރޯ ވަނީ ބާސާއާއެކު ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައެވެ.

ސިޓީ ދޫކޮށް އަގުއޭރޯ ބާސާއަށް ބަދަލުވިއިރު، މީގެ ކުރިން އޭނާ ވަނީ ސްޕެނިޝް ލީގުގައި ވާދަކުރަމުން އަންނަ އެތުލެޓިކޯ މެޑްރިޑަށްވެސް ކުޅެފައެވެ.

ސާޖިއޯ އަގުއޭރޯބާސެލޯނާ

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

20 ޖުލައި 2026

ފީފާ ވޯލްޑް ކަޕް 2026 - ސްޕެއިންގެ ކުބާސީ އަށް ވޯލްޑް ކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ލިބިއްޖެ

20 ޖުލައި 2026
ފީފާ ވޯލްޑް ކަޕް 2026 - ސްޕެއިންގެ ކުބާސީ އަށް ވޯލްޑް ކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ލިބިއްޖެ
22 ޖޫން 2026

ހުޝިޔާރު، ބިރުކުޑަ އަދި އިތުބާރުން ފުރިގެންވާ ލަމީން ޔަމާލް އެތައް ރެކޯޑެއް މުގުރާލައިފި

22 ޖޫން 2026
ހުޝިޔާރު، ބިރުކުޑަ އަދި އިތުބާރުން ފުރިގެންވާ ލަމީން ޔަމާލް އެތައް ރެކޯޑެއް މުގުރާލައިފި
07 ޖޫން 2026

ބާސެލޯނާ އިން ފުރުސަތު އެބަ އޮތް، ގޮތް ނިންމާނީ އެންމެ ރަނގަޅު ކުލަބެއް ބެލުމަށް ފަހު: ސިލްވާ

07 ޖޫން 2026
ބާސެލޯނާ އިން ފުރުސަތު އެބަ އޮތް، ގޮތް ނިންމާނީ އެންމެ ރަނގަޅު ކުލަބެއް ބެލުމަށް ފަހު: ސިލްވާ
30 މެއި 2026

ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ގޯޑަން ބާސެލޯނާ އަށް ބަދަލުވެއްޖެ

30 މެއި 2026
ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ގޯޑަން ބާސެލޯނާ އަށް ބަދަލުވެއްޖެ
28 މެއި 2026

ބާސެލޯނާ އިން ގޯޑަން ހޯދުމުގެ ޑީލް ކާމިޔާބު ކޮށްފި

28 މެއި 2026
ބާސެލޯނާ އިން ގޯޑަން ހޯދުމުގެ ޑީލް ކާމިޔާބު ކޮށްފި
24 މެއި 2026

ލެވަންޑޯސްކީގެ ފަހު މެޗުގައި ލަނޑު ޖެހި ނަމަވެސް، ބާސެލޯނާ ބަލިވެއްޖެ

24 މެއި 2026
ލެވަންޑޯސްކީގެ ފަހު މެޗުގައި ލަނޑު ޖެހި ނަމަވެސް، ބާސެލޯނާ ބަލިވެއްޖެ
19 މެއި 2026

ލެވަންޑޯސްކީ ނެތް ތަން ފޫބައްދަން އުނދަގޫ ވާނެ: ފްލިކް

19 މެއި 2026
ލެވަންޑޯސްކީ ނެތް ތަން ފޫބައްދަން އުނދަގޫ ވާނެ: ފްލިކް
18 މެއި 2026

ބެޓިސް އަތުން މޮޅުވެ، ޗެމްޕިއަން ބާސެލޯނާ އަށް ރެކޯޑެއް

18 މެއި 2026
ބެޓިސް އަތުން މޮޅުވެ، ޗެމްޕިއަން ބާސެލޯނާ އަށް ރެކޯޑެއް
17 މެއި 2026

އެއްބަސްވުން ހަމަވުމުން ބާސެލޯނާ ދޫކޮށްލަން ލެވަންޑޯސްކީ ނިންމައިފި

17 މެއި 2026
އެއްބަސްވުން ހަމަވުމުން ބާސެލޯނާ ދޫކޮށްލަން ލެވަންޑޯސްކީ ނިންމައިފި
14 މެއި 2026

ލީގު ޗެމްޕިއަންކަން ހޯދުމަށް ފަހު ކުޅުނު ފުރަތަމަ މެޗުން ބާސެލޯނާ ބަލިވެއްޖެ

14 މެއި 2026
ލީގު ޗެމްޕިއަންކަން ހޯދުމަށް ފަހު ކުޅުނު ފުރަތަމަ މެޗުން ބާސެލޯނާ ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް