Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފައިނޭންޝަލް ސްޓޭޓްމެންޓް އޮޑިޓް ސްޓްރެޓެޖީ

ފައިނޭންޝަލް ސްޓޭޓްމެންޓް އޮޑިޓް ސްޓްރެޓެޖީއަށް އަމަލުކުރަން ފަށައިފި

9 ނޮވެމްބަރު 2021 | އަންގާރަ 14:58

މި ގަވާއިދަށް އަމަލުކުރަންޖެހޭނީ ސަރުކާރުގެ އަޣުލަބިއްޔަތު ހިއްސާ އޮންނަ ކުންފުނިތަކުން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 9 ނޮވެމްބަރު 2021 | އަންގާރަ 14:58
ފައިނޭންޝަލް ސްޓޭޓްމެންޓް އޮޑިޓް ސްޓްރެޓެޖީ އިފްތިތާހުކުރުން

ފައިނޭންޝަލް ސްޓޭޓްމެންޓް އޮޑިޓް ސްޓްރެޓެޖީ އިފްތިތާހުކުރުން

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އައު ފައިނޭންޝަލް ސްޓޭޓްމެންޓް އޮޑިޓް ސްޓްރެޓެޖީއަށް އަމަލުކުރަން ފަށައިފިއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އައު ފައިނޭންޝަލް ސްޓޭޓްމަންޓް އޮޑިޓް ސްޓްރެޓަޖީއަށް އަމަލުކުރަން ފެށުމުގެ ގޮތުން "ރެގިއުލޭޝަން އޮން ދި އޮޑިޓް އެންޑް އެކައުންޓެބިލިޓީ އޮފް ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް"ގެ ނަމުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ގަވައިދެއް އާންމުކޮށްފައެވެ. މިކަމަށްޓައި އަންގާރަ ދުވަހު އޮޑިޓަރ ޖެނެރަލް އޮފީހުގައި ބޭއްވި ޚާއްސަ ހަފްލާއެއްގައި އެ ގަވައިދު ނެރުއްވީ މިނިސްޓަރ އޮފް ފިނޭންސް އޮނަރަބަލް އިބްރާހީމް އަމީރުއެވެ. މި ގަވާއިދަށް އަމަލުކުރަންޖެހޭނީ ސަރުކާރުގެ އަޣުލަބިއްޔަތު ހިއްސާ އޮންނަ ކުންފުނިތަކުންނެވެ. ނަމަވެސް ސަރުކާރުގެ ހިއްސާ އޮންނަ މާލީ އިދާރާތަކާއި، ޕަބްލިކް ލިސްޓެޑް ކުންފުނިތައް އެ ގަވާއިދުން އިސްތިސްނާ ވާނެއެވެ.

Advertisement - newsAdvertisement

މި ގަވާއިދުގެ ދަށުން ކުންފުނިތަކުގެ މާލީ ބަޔާންތައް އޮޑިޓް ކުރުމަށް އޮޑިޓަރުން އައްޔަން ކުރާނީ އެ ކުންފުނިތަކުގެ ބޯޑުންނެވެ. އަދި މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓްތަކުގައި ސޮއި ކުރާނީވެސް ކުންފުނިތަކުގެ ބޯޑުން އައްޔަންކުރާ އޮޑިޓަރުންނެވެ. މި ގަވާއިދާ ގުޅިގެން އޮޑިޓަރ ޖެނެރަލްގެ އޮފީހުން އަދާކުރާ މައިގަނޑު ދައުރަކީ މިގަވާއިދުގެ ދަށުން ކުރާ އޮޑިޓްތަކާއި އެ އޮޑިޓްތަކާ ގުޅިގެން އޮޑިޓަރުން ތައްޔާރުކުރާ ރިޕޯޓުތައް ރިވިއުކުރުމެވެ. އަދި އޮޑިޓްތަކުގެ ފެންވަރު، ހަރުދަނާ އުސޫލުތަކާ އެއްގޮތަށް ހިފަހައްޓާފައިނުވާކަން ފާހަގަކުރެވިއްޖެނަމަ، އޮޑިޓަރުންނާ މެދު ފިޔަވަޅު އެޅުމުގެ ކަންކަން އިންސްޓިޓިއުޓް އޮފް ޗާރޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް މެދުވެރިކޮށް ކުރިއަށް ގެންދިއުމެވެ. އަދި މި ގަވާއިދުގެ ދަށުން, އޮޑިޓަރުންނާއި ކުންފުނިތަކުން އަދާކުރަންޖެހޭ ޒިންމާތައް އެ ފަރާތްތަކުން އަދާ ނުކޮށްފިނަމަ، އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތައްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މި ގަވާއިދަށް އަމަލު ކުރަން ފެށުމާއެކު ފައިނޭންޝިއަލް ސްޓޭޓްމަންޓް ތަކުގެ އޮޑިޓް ރިޕޯޓް ހުށަހެޅުމުގެ އިތުރުން އޮޑިޓަރ ޖެނެރަލްއަށް ވަކި ރިޕޯޓެއް ކުންފުނިތަކުގެ ޕްރައިވެޓް ސެކްޓަރ އޮޑިޓަރުން ހުށަހަޅަންޖެހޭނެއެވެ. މި ރިޕޯޓްގައި ހިމަނަންޖެހޭ ބައިތަކުގެ ތެރޭގައި އިންޓަރނަލް ކޮންޓްރޯލްސް އޯވަރ ފައިނޭންޝަލް ރިޕޯޓިންގ، ފްރޯޑް ރިސްކް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑް (ޕީސީބީ)އިން އެކުލަވާލައިފައިވާ ޕްރޮކިއުމަންޓް އުސޫލާއި ކޯޕަރޭޓް ގަވަރނަންސް ކޯޑަށް އަމަލު ކުރެވިފައިވާ މިންވަރާއި ޕީސީބީގެ އެންގުންތަކަށް އަމަލު ކޮށްފައިވާ މިންވަރު ހިމެނެއެވެ. އެހެންކަމުން، މިއަދު ނެރެވުނު މި އާ ސްޓްރެޓެޖީގެ ދަށުން ސަރުކާރުގެ އަޣުލަބިއްޔަތު ހިއްސާ އޮންނަ ކުންފުނިތަކުގެ ހިންގުން ހަރުދަނާވެ, ޖަވާބުދާރީވުން އިތުރުވެ, އަދި އެ ތަންތަން ދެފުށްފެންނަ އުސޫލުތަކެއްގެ މަތިން ހިންގުމަށް ބާރު އެޅިގެންދާނެއެވެ.  

މީގެ އިތުރުން މިހަފުލާގައި ވަނީ, އިންސްޓްޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ފަރާތުން "ރެގިއުލޭޝަން ފޮރ ރެޖިސްޓްރޭޝަން އޮފް ޕަބްލިކް އިންޓަރެސްޓް އެންޓިޓީ އޮޑިޓަރސް"ގެ ނަމުގައި ގަވާއިދެއް އާންމުކޮށްފައެވެ. މި ގަވާއިދުގެ ދަށުން ފައިނޭންޝަލް އިންސްޓްޓިއުޝަންތަކާއި ލިސްޓެޑް ކުންފުނިތަކުގެ އިތުރުން, ގާނޫނަކުން އުފައްދާފައިވާ ރެގިއުލޭޓަރީ ބޮޑީސްތައް އޮޑިޓް ކުރުމަށްޓަކައި އިންސްޓްޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއިން ދޫކޮށްފައިވާ އޮޑިޓް ލައިސެންސް އޮންނަ ފަރާތްތަކުގެ ތެރެއިން, ވަކި ޝަރުތުތަކެއް ފުރިހަމަވާ ފަރާތްތައް ޕަބްލިކް އިންޓަރެސްޓް އެންޓިޓީ އޮޑިޓަރުންގެ ގޮތުގައި ރަޖިސްޓަރީ ކުރެވިގެންދާނެއެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ, ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސަރުކާރުގެ ގިނަ ޕްރޮޖެކްޓްތަކެއް ކުރިއަށް ގެންދާއިރު އެ ކުންފުނިތަކުގެ މާލީ ހާލަތު ރަނގަޅަށް ދެނެގަނެވިފައި އޮންނަން ޖެހޭ ކަމަށާއި, މި ގާނޫނުގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އޮޑިޓްތައް އަވަސްވެ ކުންފުނިތައް ޒިންމާދާރު ކުރުމަށް ފަސޭހަވެގެން ދާނެކަމަށެވެ. އަދި ސަރުކާރުގެ ގިނަ ޕްރޮޖެކްޓްތަކެއް ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް ހިންގާއިރު، އެ ކުންފުނިތައް އެފިޝެންޓްކޮށް ހިންގުމަކީ, ޕްރޮޖެކްޓްތައް ހިންގުމަށް ދައުލަތުން ކުރަންޖެހޭ ޚަރަދުތައްވެސް މުސްތަގުބަލުގައި ކުޑަ ކުރެވިގެންދާނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ. 

މި ގަވާއިދުގެ މަގުސަދަކީ ޕަބްލިކް އިންޓަރެސްޓް އެންޓިޓީތަކުގެ ގޮތުގައި ބަޔާންކޮށްފައިވާ ތަންތަން އޮޑިޓްކުރުގެ ގާބިލުކަން ހުރި ފަރާތްތަކުން އެ ތަންތަން އޮޑިޓް ކުރުމުގެ މަގު ތަނަވަސްކުރުމެވެ. އަދި ވިޔަފާރިއާއި އެކިއެކި ސިނާއަތްތަކުގެ ބައިވެރިންގެ ފަރާތުން އޮޑިޓް ޕްރޮފެޝަނަށް އޮންނަ އިތުބާރާއި ޔަގީންކަން ދަމަހައްޓައި, ޕަބްލިކް އިންޓަރެސްޓް އެންޓިޓީތަކުގެ އޮޑިޓްގެ ކޮލިޓީ އިތުރުކުރުމެވެ.

އޮޑިޓަރ ޖެނެރަލް އޮފީސް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

02 އޮކްޓޯބަރު 2025

އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި

02 އޮކްޓޯބަރު 2025
އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި
28 ސެޕްޓެމްބަރު 2025

އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަމާ އެކު ސައީދު ގޮވާލެއްވީ، އިންސާފުވެރިކަމާއި ދެފުށް ފެންނަ ގޮތަށް ތަހުގީގު ކުރުމަށް

28 ސެޕްޓެމްބަރު 2025
އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަމާ އެކު ސައީދު ގޮވާލެއްވީ، އިންސާފުވެރިކަމާއި ދެފުށް ފެންނަ ގޮތަށް ތަހުގީގު ކުރުމަށް
21 އޮކްޓޯބަރު 2024

2025 ވަނަ އަހަރަށް ލަފާކުރާ އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓުގެ ގޮތުގައި 114 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

21 އޮކްޓޯބަރު 2024
2025 ވަނަ އަހަރަށް ލަފާކުރާ އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓުގެ ގޮތުގައި 114 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި
23 މާރިޗު 2024

ރިކަރަންޓް ހަރަދު ކުޑަކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކޮށްފައި ނުވޭ - އޮޑިޓް

23 މާރިޗު 2024
ރިކަރަންޓް ހަރަދު ކުޑަކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކޮށްފައި ނުވޭ - އޮޑިޓް
24 ޑިސެމްބަރު 2023

އޮޑިޓް އޮފީސް އޮޑިޓް ކޮށްދޭނެ ބަޔަކު ހޯދަނީ

24 ޑިސެމްބަރު 2023
އޮޑިޓް އޮފީސް އޮޑިޓް ކޮށްދޭނެ ބަޔަކު ހޯދަނީ
21 ނޮވެމްބަރު 2023

ކުރިއަށް އޮތްތަނުގައި ޑަބަލް ޕެންޝަނަށް ކުރާ ޚަރަދު ބޮޑުވެގެން ދާނެ - އޮޑިޓަރ ޖެނެރަލްގެ އޮފީސް

21 ނޮވެމްބަރު 2023
ކުރިއަށް އޮތްތަނުގައި ޑަބަލް ޕެންޝަނަށް ކުރާ ޚަރަދު ބޮޑުވެގެން ދާނެ - އޮޑިޓަރ ޖެނެރަލްގެ އޮފީސް
21 ނޮވެމްބަރު 2023

2024 ވަނަ އަހަރަށް ކަނޑައަޅާފައިވާ ޓާގެޓްތަކަކީ ހާސިލްކުރަން އުނދަނގޫ ޓާގެޓްތަކެއް- އޮޑިޓަރ ޖެނެރަލްގެ އޮފީސް

21 ނޮވެމްބަރު 2023
2024 ވަނަ އަހަރަށް ކަނޑައަޅާފައިވާ ޓާގެޓްތަކަކީ ހާސިލްކުރަން އުނދަނގޫ ޓާގެޓްތަކެއް- އޮޑިޓަރ ޖެނެރަލްގެ އޮފީސް
23 އޮކްޓޯބަރު 2023

އޮޑިޓަރ ޖެނެރަލްގެ އޮފީހަށް، އަންނަ އަހަރަށް 112.27 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

23 އޮކްޓޯބަރު 2023
އޮޑިޓަރ ޖެނެރަލްގެ އޮފީހަށް، އަންނަ އަހަރަށް 112.27 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި
23 މާރިޗު 2023

އެމްޕީއެލްގެ 2015-2017ގެ އޮޑިޓް - "ޕްރޮކިއުމެންޓް އުސޫލާއި ހިލާފުވި ބައެއް މީހުން އަދިވެސް މަޤާމުގައި"

23 މާރިޗު 2023
އެމްޕީއެލްގެ 2015-2017ގެ އޮޑިޓް - "ޕްރޮކިއުމެންޓް އުސޫލާއި ހިލާފުވި ބައެއް މީހުން އަދިވެސް މަޤާމުގައި"
26 ފެބުރުއަރީ 2023

ރަތަފަންދޫ ކައުންސިލުން ގަވާއިދާ އެއްގޮތަށް ހަރުމުދަލާއި ގުޅޭ ކަންކަން ބަލަހައްޓާފައި ނުވޭ - އޮޑިޓް

26 ފެބުރުއަރީ 2023
ރަތަފަންދޫ ކައުންސިލުން ގަވާއިދާ އެއްގޮތަށް ހަރުމުދަލާއި ގުޅޭ ކަންކަން ބަލަހައްޓާފައި ނުވޭ - އޮޑިޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް