Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައަލަާް ތަރައްގީކުރާ ރިސޯޓުތައް

އަލަށް ދޫކުރާ ރަށްރަށުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ބާރުއަޅަން: ޑރ. މަޢުޞޫމް

7 ނޮވެމްބަރު 2021 | އާދީއްތަ 13:16

ކުރިއަށްއޮތްތަނުގައި ރިސޯޓުތަކުން ދާނީ އިއާދަކުރަނިވި ހަކަތައާ ދިމާލަށް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 7 ނޮވެމްބަރު 2021 | އާދީއްތަ 13:16
މިނިސްޓަރ މަޢުޞޫމް ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި

މިނިސްޓަރ މަޢުޞޫމް ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި

ފަތުރުވެރިކަމުގެ ބޭނުމަށް އަލަށް ދޫކުރާ ރަށްތައް ދޫކުރުމުގައި, އެތަންތަނުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރަށް ބަލާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުންނެވެ. މިނިސްޓަަރ މަޢުޞޫމް ވިދާޅުވީ, ކުރިއަށްއޮތްތަނުގައި ރިސޯޓުތަކުން ދާނީ އިއާދަކުރަނިވި ހަކަތައާ ދިމާލަށް ކަމަށެވެ.

އެހެންކަމުން މިހާރުން ފެށިގެން މިކަމަށް ތައްޔާރުވުމަށާއި, އަލަށް ރިސޯޓު ތަރައްގީކުރަން ހުޅުވާލާފައިވާ 18 ރަށް ބަޔަކަށް ދޭއިރު އެ ރަށެއްގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރަށް ބަލާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ރަށްތަކުގެ މާކްސްތައް ބެހިފައި އޮތް ގޮތް ކިޔައިދެއްވަމުން މިނިސްޓަރ ވިދާޅުވީ, 60 އިންސައްތަ މާކްސް އޮންނާނީ އެންމެ މަތިން ބިޑްކުރާ ބަޔަކަށް ކަމަށެވެ. އަދި 40 އިންސައްތަ މާކްސް އޮންނާނީ ތިމާވެށި ހިމާޔަތްކުރުމަށާއި، މީހުން ބިނާކުރުމަށް ކަމަށެވެ. މީގެ ތެރެއިންވެސް 10 އިންސައްތަ ޚާއްސަ ކުރެވެނީ އެ ރިސޯޓެއްގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ހުށަހަޅައި, އެކަން އެގޮތަށް ނުކޮށްފިނަމަ ދައުލަތަށް ބޮޑު އަދަދަކުން ފައިސާ ދައްކަންޖެހޭނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ޓުއަރިސްޓު ރަށްތަކުގައި އިއާދަކުރަނިވި ހަކަތަ ގާއިމުކުރުމަށް މިހާރުން ފެށިގެންވެސް ކުރަމުންދާ މަސައްކަތްތަކުން ދައްކުވައިދެނީ, މި ސިނާއަތުގެ ތެރެއިންވެސް ތިމާވެށި ހިމާޔަތްކުރުމަށް ދޭ އަހައްމިއްޔަތުކަން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އަލަށް ދޫކުރާ ރަށްތައް އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް މަސައްކަތްކުރިނަމަވެސް, މިއީ ވަރަށް ބޮޑު އިންވެސްޓްމެންޓެއް ކުރަންޖެހޭނެ ކަމެއް ކަމަށެވެ. ރަށެއް އެއްކޮށް އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް އަށެއްކަ މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2023

2023 ގެ ޓްރެވަލް ޕަރސަނަލިޓީ އެވޯޑު ޑރ އަބްދުﷲ މައުސޫމަށް

02 ޑިސެމްބަރު 2023
2023 ގެ ޓްރެވަލް ޕަރސަނަލިޓީ އެވޯޑު ޑރ އަބްދުﷲ މައުސޫމަށް
27 އޮކްޓޯބަރު 2023

ސަގާފަތް ތަޖުރިބާކޮށްލަން ބޭނުންވާ ފަތުރުވެރިންނަށް ރާއްޖޭގައި ފުރުސަތުތައް ފަހިކޮށްދެވިދާނެ - މިނިސްޓަރު

27 އޮކްޓޯބަރު 2023
ސަގާފަތް ތަޖުރިބާކޮށްލަން ބޭނުންވާ ފަތުރުވެރިންނަށް ރާއްޖޭގައި ފުރުސަތުތައް ފަހިކޮށްދެވިދާނެ - މިނިސްޓަރު
26 އޮކްޓޯބަރު 2023

1.9 މިލިއަން ފަތުރުވެރިންގެ ޓާގެޓް ހާސިލްކުރުމުގެ އުންމީދު ބޮޑު - މިނިސްޓަރ .

26 އޮކްޓޯބަރު 2023
1.9 މިލިއަން ފަތުރުވެރިންގެ ޓާގެޓް ހާސިލްކުރުމުގެ އުންމީދު ބޮޑު - މިނިސްޓަރ .
26 އޮކްޓޯބަރު 2023

ޑައިވިން ދާއިރާއިން މަންފާ ލިބެންޖެހޭ ވަރަށް ހާސިލް ނުވޭ: ޑރ. މައުސޫމް

26 އޮކްޓޯބަރު 2023
ޑައިވިން ދާއިރާއިން މަންފާ ލިބެންޖެހޭ ވަރަށް ހާސިލް ނުވޭ: ޑރ. މައުސޫމް
25 އޮކްޓޯބަރު 2023

40،000 ފޯމުން ދައްކައިދެނީ ރައީސް ޞާލިހުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ރައްޔިތުން އިތުބާރުކުރާކަން - މައުސޫމް

25 އޮކްޓޯބަރު 2023
40،000 ފޯމުން ދައްކައިދެނީ ރައީސް ޞާލިހުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ރައްޔިތުން އިތުބާރުކުރާކަން - މައުސޫމް
06 އޮކްޓޯބަރު 2023

މުސްތަގުބަލުގައި ޓޫރިޒަމް އެކި ދާއިރާތަކުގެ މަތީ މަގާމުތަކުގައި ވެރިންނަށް ތިބޭނީ ދިވެހިން: މިނިސްޓަރު މައުސޫމް

06 އޮކްޓޯބަރު 2023
މުސްތަގުބަލުގައި ޓޫރިޒަމް އެކި ދާއިރާތަކުގެ މަތީ މަގާމުތަކުގައި ވެރިންނަށް ތިބޭނީ ދިވެހިން: މިނިސްޓަރު މައުސޫމް
04 އޮކްޓޯބަރު 2023

އާއިލާއާއެކު ދިރިއުޅެމުން، ފަތުރުވެރިކަމުގެ ދާއިރާއިން އާމްދަނީ ހޯދުމުގެ ފުރުސަތުތައް ފަހިކޮށްދެވިފައިވޭ: މިނިސްޓަރު މައުސޫމް

04 އޮކްޓޯބަރު 2023
އާއިލާއާއެކު ދިރިއުޅެމުން، ފަތުރުވެރިކަމުގެ ދާއިރާއިން އާމްދަނީ ހޯދުމުގެ ފުރުސަތުތައް ފަހިކޮށްދެވިފައިވޭ: މިނިސްޓަރު މައުސޫމް
28 ޖޫން 2023

ފަތުރުވެރިކަމުގެ 5 ވަނަ މާސްޓަރ ޕްލޭންގައި، ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، ޓޫރިޒަމްގެ ފައިދާ ހޯދައިދިނުމަށް ބާރު އަޅާފައިވޭ

28 ޖޫން 2023
ފަތުރުވެރިކަމުގެ 5 ވަނަ މާސްޓަރ ޕްލޭންގައި، ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، ޓޫރިޒަމްގެ ފައިދާ ހޯދައިދިނުމަށް ބާރު އަޅާފައިވޭ
28 ޖޫން 2023

ޓޫރިޒަމް އެވޯޑްސްއަށް ބޮޑު ތަރުހީބެއް ލިބިގެންދާނެ ކަމަށް އުންމީދުކުރަން: ޓޫރިޒަމް މިނިސްޓަރު

28 ޖޫން 2023
ޓޫރިޒަމް އެވޯޑްސްއަށް ބޮޑު ތަރުހީބެއް ލިބިގެންދާނެ ކަމަށް އުންމީދުކުރަން: ޓޫރިޒަމް މިނިސްޓަރު
25 މެއި 2023

5 ވަނަ ޓޫރިޒަމް މާސްޓަރ ޕްލޭނަކީ މުސްތަގުބަލު ބައްޓަންކުރުމުގެ މަގުޗާޓެއް: މިނިސްޓަރު

25 މެއި 2023
5 ވަނަ ޓޫރިޒަމް މާސްޓަރ ޕްލޭނަކީ މުސްތަގުބަލު ބައްޓަންކުރުމުގެ މަގުޗާޓެއް: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް