Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދެކުނު ސަރަހައްދީ އޮފީހުގެ އަހަރީ ރިޕޯޓު

ދެކުނު ސަރަހައްދީ އޮފީހުގެ ހިންގުމުގެ ޚަރަދަށް މިދިޔަ އަހަރު 1.8 މިލިއަން ރުފިޔާ ޚަރަދުކޮށްފި

15 އޮކްޓޯބަރު 2021 | ހުކުރު 06:20

2020 ވަނަ އަހަރު ކޮށްފައިވަނީ މައިގަނޑު 3 ބާވަތެއްގެ އޮޑިޓު

އަމްނާ އިމާދު
އަމްނާ އިމާދު | 15 އޮކްޓޯބަރު 2021 | ހުކުރު 06:20
ރިޕޯޓުގައި އާއްމުކޮށްފައިވާ ތަފާސްހިސާބުތައް،

ރިޕޯޓުގައި އާއްމުކޮށްފައިވާ ތަފާސްހިސާބުތައް،

ދެކުނު ސަރަހައްދީ އޮފީހުގެ މުވައްޒަފުންގެ މުސާރައާއި ދަތުރުފަތުރާއި ހިންގުމުގެ ޚަރަދަށް 2020 ވަނަ 1.8 މިލިއަން ރުފިޔާ ޚަރަދުކޮށްފިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ދެކުނު ސަރަހައްދީ އޮފީހުގެ 2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވަނީ ދެކުނު ސަރަހައްދީ އޮފީހުގެ މުވައްޒަފުންގެ މުސާރައާއި ދަތުރުފަތުރާއި ހިންގުމުގެ ޚަރަދަށް 2020 ވަނަ އަހަރު 1.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ. އެހެންކަމުން ދެކުނު ސަރަހައްދަށް ދައުލަތުގެ އާމްދަނީ އާއި ޚަރަދަށް ޔަގީންކަން (އެޝުއަރަންސް) ހޯދުމަށް ސަރަހައްދީ އޮފީހެއް ހިންގުމަށް ނިސްބަތުން ކުރެވެނީ ކުޑަ ޚަރަދެއް ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

އޮޑިޓް ރިޕޯޓާއި މެނޭޖްމަންޓް ލެޓަރ ނިންމާލެވުނު 20 އިދާރާގެ އޮޑިޓުގެ ތެރޭގައި ހިމެނެނީ އޮޑިޓް ރިޕޯޓް ނިންމާލެވިފައިވާ 13 ލޯކަލް ކައުންސިލުގެ އޮޑިޓާއި، މެނޭޖްމެންޓް ލެޓަރ ނިންމާފައިވާ 04 ސްކޫލްގެ އޮޑިޓާއި، 01 ރީޖަނަލް ހޮސްޕިޓަލް އޮޑިޓާއި، 01 މެޖިސްޓްރޭޓް ކޯޓާއި، 01 މޯލްޑިވްސް ކަސްޓަމްސް ސަރވިސަސް (ގަން އަދި ހިތަދޫ ބްރާންޗް) އޮފީހުގެ އޮޑިޓެވެ.

މީގެ އިތުރުން ދެކުނު ސަރަހައްދީ އޮފީހުން 2020 ވަނަ އަހަރު ކޮށްފައިވާ އޮޑިޓްތައް ދެކުނު ސަރަހައްދީ އޮފީހުން ކުރުމަށް ރާވާ އޮޑިޓްތަކަކީ ވެސް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުރާ އެހެން އޮޑިޓް ތަކެކޭ އެއްފަދައިން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އަހަރީ ބަޖެޓާއެކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ އަހަރީ މަސައްކަތުގެ ޕްލޭނުގައި ހިމަނައިގެން ކުރާ އޮޑިޓްތަކެކެވެ. މި ޕްލޭނުގައި ހިމެނޭ އޮޑިޓްތަކަށް އުނި އިތުރު ގެނެވޭނީ އޮޑިޓަރ ޖެނެރަލްގެ ހުއްދައާ އެކު އޮޑިޓަރ ޖެނެރަލް ކަނޑައަޅުއްވާ އުސޫލެއްގެ މަތީންނެވެ. އަހަރީ މަސައްކަތުގެ ޕްލޭނުގައި ކުރަން ރާވާ އޮޑިޓްތަކުގެ ބާވަތާއި ސްކޯޕް ވެސް ކަނޑައެޅިފައިވެއެވެ. ދެކުނު ސަރަހައްދީ އޮފީސް މެދުވެރިކޮށް 2020 ވަނަ އަހަރު ކޮށްފައިވަނީ މައިގަނޑު 3 ބާވަތެއްގެ އޮޑިޓެވެ. އެއީ ފައިނޭންޝަލް އޮޑިޓް، ކޮމްޕްލަޔަންސް އޮޑިޓް އަދި ސްޕެޝަލް އޮޑިޓެވެ.

2020 ވަނަ އަހަރު ދެކުނު ސަރަޙައްދީ އޮފީހުގެ ރިވައިސްޑް އެނުއަލް ވޯކް ޕްލޭންގައި ކުރަން ހަމަޖެހިފައިވަނީ 31 އިދާރާއެއްގެ އޮޑިޓެވެ. އޭގެ ތެރެއިން 20 އިދާރާގެ އޮޑިޓުގެ ފީލްޑް މަސައްކަތް 31 ޖަނަވަރީ 2021 ގެ ނިޔަލަށް ނިންމާލެވިފައިވެއެވެ. އެގޮތުން 29 ފެބްރުއަރީ 2021 ގެ ނިޔަލަށް މި އޮޑިޓްތަކުގެ ތެރެއިން 20 އިދާރާގެ މެނޭޖްމެންޓްލެޓަރ ވަނީ ނިންމިފައެވެ. ދެކުނު ސަރަހައްދީ އޮފީހުގެ 2020 ވަނަ އަހަރު އޮޑިޓްކުރަން ކަނޑައެޅި މަސައްކަތު ޕްލޭންގެ 65 އިންސައްތަ ހާސިލްކޮށްފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

2020 ވަނަ އަހަރު އޮޑިޓް ކުރި އިދާރާތަކުގެ ފައިސާގެ އަދަދުގެ ތެރޭގައި ހިމެނެނީ އެ އިދާރާތަކަށް އާމްދަނީގެ ގޮތުގައި ޖުމްލަ ލިބިފައިވާ -/118،747,846 (ސަތޭކަ އަށާރަ މިލިއަން ހަތްލައްކަ ސާޅިސްހަތް ހާސް އަށްސަތޭކަ ސާޅިސްހައެއް) ރުފިޔާ އާއި އެ އިދާރާތަކުން ޖުމްލަ ޚަރަދު ކޮށްފައިވާ -/267,080,102 (ދުވިސައްތަ ފަސްދޮޅަސް ހަތް މިލިއަން އަށްޑިހަ ހާސް ސަތޭކަ ދޭއް) ރުފިޔާއެވެ.

އޮޑިޓަރ ޖެނެރަލް އޮފީސް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

02 އޮކްޓޯބަރު 2025

އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި

02 އޮކްޓޯބަރު 2025
އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި
28 ސެޕްޓެމްބަރު 2025

އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަމާ އެކު ސައީދު ގޮވާލެއްވީ، އިންސާފުވެރިކަމާއި ދެފުށް ފެންނަ ގޮތަށް ތަހުގީގު ކުރުމަށް

28 ސެޕްޓެމްބަރު 2025
އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަމާ އެކު ސައީދު ގޮވާލެއްވީ، އިންސާފުވެރިކަމާއި ދެފުށް ފެންނަ ގޮތަށް ތަހުގީގު ކުރުމަށް
21 އޮކްޓޯބަރު 2024

2025 ވަނަ އަހަރަށް ލަފާކުރާ އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓުގެ ގޮތުގައި 114 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

21 އޮކްޓޯބަރު 2024
2025 ވަނަ އަހަރަށް ލަފާކުރާ އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓުގެ ގޮތުގައި 114 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި
23 މާރިޗު 2024

ރިކަރަންޓް ހަރަދު ކުޑަކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކޮށްފައި ނުވޭ - އޮޑިޓް

23 މާރިޗު 2024
ރިކަރަންޓް ހަރަދު ކުޑަކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކޮށްފައި ނުވޭ - އޮޑިޓް
24 ޑިސެމްބަރު 2023

އޮޑިޓް އޮފީސް އޮޑިޓް ކޮށްދޭނެ ބަޔަކު ހޯދަނީ

24 ޑިސެމްބަރު 2023
އޮޑިޓް އޮފީސް އޮޑިޓް ކޮށްދޭނެ ބަޔަކު ހޯދަނީ
21 ނޮވެމްބަރު 2023

ކުރިއަށް އޮތްތަނުގައި ޑަބަލް ޕެންޝަނަށް ކުރާ ޚަރަދު ބޮޑުވެގެން ދާނެ - އޮޑިޓަރ ޖެނެރަލްގެ އޮފީސް

21 ނޮވެމްބަރު 2023
ކުރިއަށް އޮތްތަނުގައި ޑަބަލް ޕެންޝަނަށް ކުރާ ޚަރަދު ބޮޑުވެގެން ދާނެ - އޮޑިޓަރ ޖެނެރަލްގެ އޮފީސް
21 ނޮވެމްބަރު 2023

2024 ވަނަ އަހަރަށް ކަނޑައަޅާފައިވާ ޓާގެޓްތަކަކީ ހާސިލްކުރަން އުނދަނގޫ ޓާގެޓްތަކެއް- އޮޑިޓަރ ޖެނެރަލްގެ އޮފީސް

21 ނޮވެމްބަރު 2023
2024 ވަނަ އަހަރަށް ކަނޑައަޅާފައިވާ ޓާގެޓްތަކަކީ ހާސިލްކުރަން އުނދަނގޫ ޓާގެޓްތަކެއް- އޮޑިޓަރ ޖެނެރަލްގެ އޮފީސް
23 އޮކްޓޯބަރު 2023

އޮޑިޓަރ ޖެނެރަލްގެ އޮފީހަށް، އަންނަ އަހަރަށް 112.27 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

23 އޮކްޓޯބަރު 2023
އޮޑިޓަރ ޖެނެރަލްގެ އޮފީހަށް، އަންނަ އަހަރަށް 112.27 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި
23 މާރިޗު 2023

އެމްޕީއެލްގެ 2015-2017ގެ އޮޑިޓް - "ޕްރޮކިއުމެންޓް އުސޫލާއި ހިލާފުވި ބައެއް މީހުން އަދިވެސް މަޤާމުގައި"

23 މާރިޗު 2023
އެމްޕީއެލްގެ 2015-2017ގެ އޮޑިޓް - "ޕްރޮކިއުމެންޓް އުސޫލާއި ހިލާފުވި ބައެއް މީހުން އަދިވެސް މަޤާމުގައި"
26 ފެބުރުއަރީ 2023

ރަތަފަންދޫ ކައުންސިލުން ގަވާއިދާ އެއްގޮތަށް ހަރުމުދަލާއި ގުޅޭ ކަންކަން ބަލަހައްޓާފައި ނުވޭ - އޮޑިޓް

26 ފެބުރުއަރީ 2023
ރަތަފަންދޫ ކައުންސިލުން ގަވާއިދާ އެއްގޮތަށް ހަރުމުދަލާއި ގުޅޭ ކަންކަން ބަލަހައްޓާފައި ނުވޭ - އޮޑިޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް