Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް

ސިއްހީ ގޮތުން އެންމެ ރައްކާތެރި މަންޒިލަކީ ރާއްޖެ!

27 ސެޕްޓެމްބަރު 2021 | ހޯމަ 19:01

ފަތުރުވެރިކަމުގެ ޞިނާޢަތް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކާއި ހާސިލްކޮށްފައިވާ ކާމިޔާބީތައް ފާހަގަކުރެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 27 ސެޕްޓެމްބަރު 2021 | ހޯމަ 19:01
ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މަޢުޞޫމް ފަތުރުވެރިންތަކަކާއެކު

ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މަޢުޞޫމް ފަތުރުވެރިންތަކަކާއެކު

ރާއްޖެއަކީ ސިއްހީ ގޮތުން އެންމެ ރައްކާތެރި ގައުމުކަމަށް, ރާއްޖެއިން ލުބްނާނަށް ކަނޑައަޅާފައި ހުންނަވާ އޮނަރަރީ ކޮންސުލް ޖެނެރަލް، ހިޒް އެކްސެލެންސީ މިސްޓަރ މުޙައްމަދު ފާކިޙު ވިދާޅުވެއްޖެއެވެ.

ފަތުވެރިކަމުގެ ދުވަހާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މަޢުޞޫމް ކުރައްވާފައިވާ ޓްވީޓަކަށް ޖަވާބު ދެއްވައި ފާކިޙު ވިދާޅުވީ, ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތް ވަރަށް ބޮޑަށް ކުރިއަރައިގެންދާ ކަމަށާއި، ސިއްހީ ގޮތުން އެންމެ ރައްކާތެރި މަންޒިލަކަށް ރާއްޖެ ވެފައިވާ ކަމަށެވެ. ފަތުރުވެރިކަމުގެ ޞިނާޢަތް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކާއި ހާސިލްކޮށްފައިވާ ކާމިޔާބީތައް ފާކިޙު ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން އޭނާ ވަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ތަހުނިހާ ވެސް ވިދާޅުވެފައެވެ.

ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން މިނިސްޓަރ ވިދާޅުވީ, ކާމިޔާބު ފަތުރުވެރިކަމެއްގެ އެެންމެ މުހިއްމު އެއް އަސާސަކީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ހައްގުތައް ކަށަވަރުކޮށް ދިނުން ކަމަށެވެ. ކޮވިޑް-19އާ ގުޅިގެން ދުވަސްތަކެއް ވަންދެން އާއިލާއާ ދުރުގައި ވަރަށް ބޮޑެތި ގުރުބާނީތަކެއް މުއައްޒަފުން ވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު ގިނަވެފައިވާއިރު، 869 ޓޫރިސްޓު އެކޮމޮޑޭޝަން ފެސިލިޓީއެއް މިވަގުތު ޚިދުމަތަށް ހުޅުވާލާފައިވާލާފައިވެއެވެ. އަދި ޖުމްލަ 50،684 އެނދު ގެންދަނީ އޮޕަރޭޓްކުރަމުންނެވެ. އެގޮތުން 155 ރިސޯޓެއްގައި 36،832 އެނދު އޮޕަރޭޓްކުރަމުންދާއިރު، 570 ހޮޓެލް އަދި ގެސްޓްހައުސްތަކުގައި 11،006 އެނދު ގެންދަނީ އޮޕަރޭޓްކުރަމުންނެވެ. މީގެ އިތުރުން 144 ސަފާރީއެއްގައި 2،846 އެނދު އޮޕަރޭޓްކުރަމުން ގެންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވެ، އިޤްތިޞާދު ކޮޅަށް ޖެހޭނެ ކަމަށް މާހިރުން ލަފާކުރެއެވެ. އަދި ރާއްޖޭގެ އިޤްތިޞާދު ނުހުއްޓި ކުރިއަށްދާނަމަ ސަރުކާރުގެ އަމާޒާ އެއްގޮތަށް މިއަހަރު ނިމުމުގެ ކުރިން 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ގެނެވޭނެކަމަށް ސަރުކާރުން ބުނެއެވެ.

ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2023

2023 ގެ ޓްރެވަލް ޕަރސަނަލިޓީ އެވޯޑު ޑރ އަބްދުﷲ މައުސޫމަށް

02 ޑިސެމްބަރު 2023
2023 ގެ ޓްރެވަލް ޕަރސަނަލިޓީ އެވޯޑު ޑރ އަބްދުﷲ މައުސޫމަށް
27 އޮކްޓޯބަރު 2023

ސަގާފަތް ތަޖުރިބާކޮށްލަން ބޭނުންވާ ފަތުރުވެރިންނަށް ރާއްޖޭގައި ފުރުސަތުތައް ފަހިކޮށްދެވިދާނެ - މިނިސްޓަރު

27 އޮކްޓޯބަރު 2023
ސަގާފަތް ތަޖުރިބާކޮށްލަން ބޭނުންވާ ފަތުރުވެރިންނަށް ރާއްޖޭގައި ފުރުސަތުތައް ފަހިކޮށްދެވިދާނެ - މިނިސްޓަރު
26 އޮކްޓޯބަރު 2023

1.9 މިލިއަން ފަތުރުވެރިންގެ ޓާގެޓް ހާސިލްކުރުމުގެ އުންމީދު ބޮޑު - މިނިސްޓަރ .

26 އޮކްޓޯބަރު 2023
1.9 މިލިއަން ފަތުރުވެރިންގެ ޓާގެޓް ހާސިލްކުރުމުގެ އުންމީދު ބޮޑު - މިނިސްޓަރ .
26 އޮކްޓޯބަރު 2023

ޑައިވިން ދާއިރާއިން މަންފާ ލިބެންޖެހޭ ވަރަށް ހާސިލް ނުވޭ: ޑރ. މައުސޫމް

26 އޮކްޓޯބަރު 2023
ޑައިވިން ދާއިރާއިން މަންފާ ލިބެންޖެހޭ ވަރަށް ހާސިލް ނުވޭ: ޑރ. މައުސޫމް
25 އޮކްޓޯބަރު 2023

40،000 ފޯމުން ދައްކައިދެނީ ރައީސް ޞާލިހުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ރައްޔިތުން އިތުބާރުކުރާކަން - މައުސޫމް

25 އޮކްޓޯބަރު 2023
40،000 ފޯމުން ދައްކައިދެނީ ރައީސް ޞާލިހުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ރައްޔިތުން އިތުބާރުކުރާކަން - މައުސޫމް
06 އޮކްޓޯބަރު 2023

މުސްތަގުބަލުގައި ޓޫރިޒަމް އެކި ދާއިރާތަކުގެ މަތީ މަގާމުތަކުގައި ވެރިންނަށް ތިބޭނީ ދިވެހިން: މިނިސްޓަރު މައުސޫމް

06 އޮކްޓޯބަރު 2023
މުސްތަގުބަލުގައި ޓޫރިޒަމް އެކި ދާއިރާތަކުގެ މަތީ މަގާމުތަކުގައި ވެރިންނަށް ތިބޭނީ ދިވެހިން: މިނިސްޓަރު މައުސޫމް
04 އޮކްޓޯބަރު 2023

އާއިލާއާއެކު ދިރިއުޅެމުން، ފަތުރުވެރިކަމުގެ ދާއިރާއިން އާމްދަނީ ހޯދުމުގެ ފުރުސަތުތައް ފަހިކޮށްދެވިފައިވޭ: މިނިސްޓަރު މައުސޫމް

04 އޮކްޓޯބަރު 2023
އާއިލާއާއެކު ދިރިއުޅެމުން، ފަތުރުވެރިކަމުގެ ދާއިރާއިން އާމްދަނީ ހޯދުމުގެ ފުރުސަތުތައް ފަހިކޮށްދެވިފައިވޭ: މިނިސްޓަރު މައުސޫމް
28 ޖޫން 2023

ފަތުރުވެރިކަމުގެ 5 ވަނަ މާސްޓަރ ޕްލޭންގައި، ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، ޓޫރިޒަމްގެ ފައިދާ ހޯދައިދިނުމަށް ބާރު އަޅާފައިވޭ

28 ޖޫން 2023
ފަތުރުވެރިކަމުގެ 5 ވަނަ މާސްޓަރ ޕްލޭންގައި، ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، ޓޫރިޒަމްގެ ފައިދާ ހޯދައިދިނުމަށް ބާރު އަޅާފައިވޭ
28 ޖޫން 2023

ޓޫރިޒަމް އެވޯޑްސްއަށް ބޮޑު ތަރުހީބެއް ލިބިގެންދާނެ ކަމަށް އުންމީދުކުރަން: ޓޫރިޒަމް މިނިސްޓަރު

28 ޖޫން 2023
ޓޫރިޒަމް އެވޯޑްސްއަށް ބޮޑު ތަރުހީބެއް ލިބިގެންދާނެ ކަމަށް އުންމީދުކުރަން: ޓޫރިޒަމް މިނިސްޓަރު
25 މެއި 2023

5 ވަނަ ޓޫރިޒަމް މާސްޓަރ ޕްލޭނަކީ މުސްތަގުބަލު ބައްޓަންކުރުމުގެ މަގުޗާޓެއް: މިނިސްޓަރު

25 މެއި 2023
5 ވަނަ ޓޫރިޒަމް މާސްޓަރ ޕްލޭނަކީ މުސްތަގުބަލު ބައްޓަންކުރުމުގެ މަގުޗާޓެއް: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް