Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ސާލިހުގެ ތަގުރީރު

ރައީސް ސާލިހު ދެއްވި ތަގުރީރު ވަނީ މުޅި ދުނިޔޭގެ ވައިގައި ހިފާފައި: މިނިސްޓަރު މައުސޫމް

ރައީސް ސާލިހުގެ ތަގުރީރުގެ އަޑު ފަނޑުކުރަން ވެސް ބަޔަކު މީހުން ވަރަށް މަސައްކަތްކުރި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 25 ސެޕްޓެމްބަރު 2021 | ހޮނިހިރު 08:42
ރައީސް ސޯލިހު އަދި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް

ރައީސް ސޯލިހު އަދި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް

އދ.ގެ އާންމު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ދެއްވި ތަގުރީރު މުޅި ދުނިޔޭގެ ވައިގައި ހިފައިފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދު ﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވީ އދ. އާންމު މަޖިލީހުގައި ރައީސް ސާލިހުގެ ތަގުރީރުގެ އަޑު ފަނޑުކުރަން ބަޔަކު މީހުން ވަރަށް މަސައްކަތް ކުރި ކަމަށެވެ. އެގޮތުން ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވާ ހަގީގަތާއި ޚިލާފު އެތައް ވާހަކަތަކެއް ފަތުރާފައިވާ ކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

އދ.ގެ އާންމު މަޖިލީހުގައި ރައީސް ސާލިހު ދެއްވި ތަގުރީރު މުޅި ދުނިޔޭގެ ވައިގައި ހިފައިފައިވާ ކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވެފައިވާއިރު، އެމަނިކުފާނުގެ ތަގުރީރަށް އެމްޑީޕީން ވެސް ވަނީ ތައުރީފު ކޮށްފައެވެ.

މިމަހުގެ 21 ވީ އަންގާރަ ދުވަހުގެރޭ ރައީސް ސާލިހު އދގެ އާއްމު މަޖިލީހުގެ 76ވަނަ ސެޝަންގައި ދެއްވި ތަގުރީރަކީ ހުރިހާ ގޮތަކުންވެސް ދިވެހިންނަށް ޚާއްސަ ތަގުރީރެކެވެ. އެ ތަގުރީރަށް އެތައް ބައެއްގެ ތައުރީފު އަންނަނީ އޮހެމުންނެވެ. ރައިސް ސާލިހު ވެގެން ގޮސްފައި ވަނީ ދިވެހިންގެ މާދަރީ ބަހުން އާއްމު މަޖިލީހުގައި މުޅި ތަގުރީރު ދެއްވި ރާއްޖޭގެ ފުރަތަމަ ރައީސަށެވެ.

ރައީސް ސާލިހު ދިވެހި ބަހުން ދެއްވި މި ތަގުރީރަށް ދުނިޔޭގެ ގައުމުތަކުން ތައުރީފް ކުރަމުން އަންނައިރު ދިވެހިންނަށް މި ތަގުރީރު ޚާއްސަ ވަނީ ދިވެހި ބަހުން ތަގުރީރު ކުރެއްވުމުންނެވެ. އަދި އުންމީދުކޮށްގެން ތިބި އެތައް ވާހަކަތަކެއްވެސް އަޑުއިވުމުންނެވެ. އަދި ރައީސް ތަގުރީރު ދެއްވިއިރު އާއްމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން ރާއްޖޭގެ ފޮރިން މިނިސްޓަރ އިންނެވުމުންނެވެ.

ރައީސްގެ ތަގުރީރުގައި މުހިއްމު އެތައް ކަމަކަށް އަލި އަޅުއްވާލެއްވިއެވެ. މުސުމާބެހޭ މައްސަލަތަކާއި، ޓެރަރިޒަމާ ދެކޮޅަށް ވިދާޅުވި ބަސްފުޅުތަކަކީ މަޖިލީހުގައި ގިނަ ގައުމުތަކުން ދައްކަން ފަސްޖެހުނު ވާހަކަތަކެވެ.

މީގެ އިތުރުން ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމަށް ވަކާލާތުކުރުމުގައި ދިވެހިން އަބަދުވެސް ދެމިތިބޭނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. މި ތަގުރީރަށް ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ދިޔައީ މި ސަބަބާހުރެއެވެ.

ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމްރައީސް ސޯލިހު

ކޮމެންޓް

އިތުރަށް ކިޔާލަން

2023 ގެ ޓްރެވަލް ޕަރސަނަލިޓީ އެވޯޑު ޑރ އަބްދުﷲ މައުސޫމަށް

2023 ގެ ޓްރެވަލް ޕަރސަނަލިޓީ އެވޯޑު ޑރ އަބްދުﷲ މައުސޫމަށް

02 ޑިސެމްބަރު 2023
ސަގާފަތް ތަޖުރިބާކޮށްލަން ބޭނުންވާ ފަތުރުވެރިންނަށް ރާއްޖޭގައި ފުރުސަތުތައް ފަހިކޮށްދެވިދާނެ - މިނިސްޓަރު

ސަގާފަތް ތަޖުރިބާކޮށްލަން ބޭނުންވާ ފަތުރުވެރިންނަށް ރާއްޖޭގައި ފުރުސަތުތައް ފަހިކޮށްދެވިދާނެ - މިނިސްޓަރު

27 އޮކްޓޯބަރު 2023
1.9 މިލިއަން ފަތުރުވެރިންގެ ޓާގެޓް ހާސިލްކުރުމުގެ އުންމީދު ބޮޑު - މިނިސްޓަރ .

1.9 މިލިއަން ފަތުރުވެރިންގެ ޓާގެޓް ހާސިލްކުރުމުގެ އުންމީދު ބޮޑު - މިނިސްޓަރ .

26 އޮކްޓޯބަރު 2023
ޑައިވިން ދާއިރާއިން މަންފާ ލިބެންޖެހޭ ވަރަށް ހާސިލް ނުވޭ: ޑރ. މައުސޫމް

ޑައިވިން ދާއިރާއިން މަންފާ ލިބެންޖެހޭ ވަރަށް ހާސިލް ނުވޭ: ޑރ. މައުސޫމް

26 އޮކްޓޯބަރު 2023
40،000 ފޯމުން ދައްކައިދެނީ ރައީސް ޞާލިހުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ރައްޔިތުން އިތުބާރުކުރާކަން - މައުސޫމް

40،000 ފޯމުން ދައްކައިދެނީ ރައީސް ޞާލިހުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ރައްޔިތުން އިތުބާރުކުރާކަން - މައުސޫމް

25 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު