Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިންޑޯ ކޯޓުގެ މައްސަލަ

އިންޑޯ ކޯޓު ނުލިބި ކުޅުންތެރިން މަގުމަތިވެފައި!

އިންޑޯ ކޯޓު ދޫނުކުރާތީ އެސޯސިއޭޝަންތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 9 ސެޕްޓެމްބަރު 2021 | ބުރާސްފަތި 10:38
މިދިޔަ އަހަރު އިންޑޯ ކޯޓުގައި ބޭއްވި ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ތެރެއިން

މިދިޔަ އަހަރު އިންޑޯ ކޯޓުގައި ބޭއްވި ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ތެރެއިން

މާފަންނު ޒުވާނުންގެ މަރުކަޒުގައި ގާއިމުކޮށްފައިވާ އިންޑޯ ކޯޓަކީ ރާއްޖޭގެ ގިނަ ކުޅިވަރު އެސޯސިއޭޝަންތަކާއި ގައުމީ ޓީމުތަކުން ބޭނުންކުރަން އޮތް ހަމައެކަނި ކޯޓެވެ. އެގޮތުން ވޮލީބޯޅަ، ބާސްކެޓްބޯޅަ، ޓޭބަލް ޓެނިސް އަދި ނެޓްބޯޅަ މުބާރާތްތައް ބޭއްވުމަށް އޮތް ހަމައެކަނި ތަނަކީވެސް އިންޑޯ ކޯޓެވެ.

އެކަމަކު މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ކޮވިޑް-19 ގެ ވެކްސިން ސެންޓަރެއްގެ ގޮތުގައި އިންޑޯ ކޯޓު އަންނަނީ ބޭނުންކުރަމުންނެވެ. އެއާއެކު ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)، މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އަދި ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއޭއެމް) އިސްވެ، އެ އެސޯސިއޭޝަންތަކުގެ ހަރަކާތްތަކާއި ގައުމީ ޓީމުތަކުގެ ފަރިތަކުރުންތައް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދަން ކުޅިވަރާ ބެހޭ ވުޒާރާއާ ވަނީ ބައްދަލުކޮށްފައެވެ.

އަދި އިންޑޯ ކޯޓު ހުސްކޮށްދިނުމަށް އެދި ކުޅިވަރު އެސޯސިއޭޝަންތަކުން ފޮނުވި ސިޓީއަށް ޖަވާބުދީ ކުޅިވަރާ ބެހޭ ވުޒާރާއިން ފޮނުވި ސިޓީގައި ބުނެފައިވަނީ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ކޯޓުގައި ކުޅެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން އެދެމުންދާތީ، އަދި ޚާއްސަކޮށް ބާސްކެޓް، ވޮލީ އަދި ނެޓްބޯޅަ ކުޅުމަށް އެހެން ފެސިލިޓީއެއް މާލޭގައި ނެތުމާއެކު އަދި ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއް މިހާރު ތާވަލުކޮށްފައި އޮތުމުން، އެ މުބާރާތްތަކަށް ދިއުމަށް ފަރިތަކުރުންތައް ކުރިއަށްގެންދިއުމަށާއި، އެ އެސޯސިއޭޝަންތަކުގެ މުބާރާތްތައް ބޭއްވުމަށް އިންޑޯ ކޯޓު ހުސްކޮށްދިނުމަށް އެދި ސިއްހަތާ ބެހޭ ވުޒާރާގައި އެދިފައިވާނެ ކަމަށެވެ.

އިންޑޯ ކޯޓު ހުސްކޮށްދިނުމަށް އެދި ކުޅިވަރާ ބެހޭ ވުޒާރާއިން ސިއްހަތާ ބެހޭ ވުޒާރާއަށް ސިޓީ ފޮނުވާފައިވަނީ މިދިޔަ އޯގަސްޓް މަހުގެ 18 ވަނަ ދުވަހެވެ. އެކަމަކު އެ ސިޓީއަށް ސިއްހަތާ ބެހޭ ވުޒާރާއިން ޖަވާބުދީފައިވަނީ ބުދަ ދުވަހުގެ ވަގުތެއްގައެވެ. އެ ސިޓީގައި އެ ވުޒާރާއިން ބުނެފައިވަނީ މި ދަނޑިވަޅުގައި ވެކްސިން ޖެހުމުގެ ގައުމީ ހަރަކާތް އިންޑޯ ކޯޓުގައި ކުރިއަށްދާތީ މި ވަގުތުން އެ ތަން ހުސްކުރެވެން ނެތް ކަމަށާއި، އެކަމަކު އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް އެ ކޯޓު ހުސްކުރެވޭތޯ ބަލާނެ ކަމަށެވެ.

އިންޑޯ ކޯޓު ބޭނުންކުރުމުގެ ފުރުސަތު ކުޅިވަރު އެސޯސިއޭޝަންތަކަށް މިހާތަނަށްވެސް ލިބިފައިނުވާއިރު، ގައުމީ ބާސްކެޓްބޯޅަ ޓީމުން އަންނަނީ އަންނަ އޮކްޓޯބަރު ބާއްވާ ސާބާ ޗެމްޕިއަންޝިޕަށް ތައްޔާރުވަމުންނެވެ. އެކަމަކު އިންޑޯގައި ކުޅެން ޖެހޭ އެ މުބާރާތަށް ތައްޔާރުވުމަށް ގައުމީ ޓީމުން ފަރިތަކުރަމުން އަންނަނީ އައުޓްޑޯ ކޯޓުގައެވެ.

"ރާއްޖެ.އެމްވީ" އަށް ދެއްވި އިންޓަވިއުއެއްގައި އެމްބީއޭގެ ޖެނެރަލް ސެކްރެޓަރީ ވިސާމް ރަޝީދު ވިދާޅުވީ ކޮވިޑާ ގުޅިގެން ހުރިހާ ކުޅިވަރެއްވެސް ހުއްޓުމެއްގައި އޮވުމަށްފަހު މިހާރު އަލުން ފަށައިގެން ކުރިއަށްދާއިރު، މި ސަރަހައްދުގެ އެންމެ ބޮޑު ބާސްކެޓްބޯޅަ މުބާރާތް ކަމަށްވާ ސާބާ ޗެމްޕިއަންޝިޕަށް ދައުވަތު ލިބުނީ ކުއްލި ގޮތަކަަށް ކަމަށެވެ. އެއާއެކު އެ މުބާރާތަށް ފަރިތަކުރުންތައް ފެށި ނަމަވެސް، ހިތާމައަކީ ގައުމީ ޓީމު ފަރިތަކޮށްލަންވެސް އިންޑޯ ހޯލެއް ނެތުން ކަމަށް ވިދާޅުވިއެވެ.

ވިސާމް ވިދާޅުވީ އިންޑޯ ކޯޓު ލިބޭތޯ އެކި ގޮތްގޮތުން މަސައްކަތްކޮށްފައިވާ ކަމަށާއި، އެކަމު އެ މަސައްކަތް މިހާތަނަށްވެސް ކާމިޔާބުވެފައި ނުވާ ކަމަށެވެ. އަދި ގައުމީ ޓީމުގެ ފަރިތަކުރުންތައް އައުޓްޑޯ ކޯޓުގައި ކުރިއަށްގެންދާއިރު ގިނަ ދަތިތަކެއް ކުރިމަތިވާ ކަމަށާއި، އެގޮތުން ވާރޭކޮޅެއް ވެހޭއިރަށް ފަރިތަކުރުންތައް ހުއްޓާލައި، ކުޅުންތެރިން ލައިގެން ކޯޓު ހިއްކަން ޖެހޭ ހާލަތުވެސް ކުރިމަތިވާ ކަމަށްވެސް ވިސާމް ވިދާޅުވިއެވެ.

މީގެ އިތުރުން ވޮލީބޯޅައަށް ބަލާއިރު، އޭވީސީ ސެންޓްރަލް ޒޯން އަންހެން މުބާރާތް ރާއްޖޭގައި ބާއްވަން ވަނީ ތާވަލުކޮށްފައެވެ. އެކަމަކު ސެންޓްރަލް ޒޯން މުބާރާތުގައި އެންމެ ފަހުން ރިހި މެޑަލް ހޯދި އަންހެން ޓީމަށް މި ފަހަރުގެ މުބާރާތަށް ފަރިތަކުރުންތައް ފެށުމުގެ ފުރުސަތު އަދި މިހާތަނަށްވެސް ލިބިފައެއް ނުވެއެވެ.

ދެން އިންޑޯގައި މުބާރާތްތައް ބާއްވަމުން އަންނަ އަނެއް ކުޅިވަރު ކަމަށްވާ ނެޓްބޯޅައަށް ބަލާއިރު، އަންނަ އަހަރުގެ މާޗު މަހު ތައިލެންޑުގައި ބާއްވާ އޭޝިއާގެ އިންޑޯ މުބާރާތުގައި ގައުމީ ނެޓްބޯޅަ ޓީމު ވާދަކުރާނެއެވެ. "ރާއްޖެ.އެމްވީ" އަށް ދެއްވި އިންޓަވިއުއެއްގައި ނެޓްބޯލް އެސޯސިއޭޝަންގެ ރައީސް ފަޒުނާ ޖަލީލް ވިދާޅުވީ ފަރިތަކުރާނެ އެއްވެސް ގޮތެއް ނެތް ކަމަށާއި، އެހެންކަމުން މި ވަގުތު ނެޓްބޯޅަވެސް އޮތީ މަގުމަތިވެފައި ކަމަށެވެ. އަދި ގައުމު މިހާރު އޮތް ހާލަތަށް ބަލާއިރު، އިންޑޯ ކޯޓު ދޫނުކުރެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ފަޒްނާ ވަނީ ވިދާޅުވެފައެވެ.

ހަތަރު ކުޅިވަރު އެސޯސިއޭޝަންތަކުގެ ހަރަކާތްތައް ބާއްވަން މި ވަގުތު ޒުވާނުންގެ މަރުކަޒުގެ އިންޑޯ ކޯޓު އެކަނި އޮތް ނަމަވެސް، އެ ކުޅިވަރުތަކަށް ވަސީލަތްތައް ގާއިމުކުރުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެކަމަކު މި ދަނޑިވަޅުގައި އެންމެ ހަރުދަނާ އުސޫލެއްގެ ދަށުން ހައްލެއް ހޯދަން ޖެހޭ އެއް ތަނަކީ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ކޯޓެވެ.

ޒުވާނުންގެ މަރުކަޒު

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑޯއިން ހެލްތު ނުކުމެ ކުޅިވަރު އެސޯސިއޭޝަންތަކަށް

އިންޑޯއިން ހެލްތު ނުކުމެ ކުޅިވަރު އެސޯސިއޭޝަންތަކަށް

21 ސެޕްޓެމްބަރު 2021
މަގުމަތިވެފައިވާ ކުޅިވަރު އެސޯސިއޭޝަންތައް ރައީސްގެ އަރިހަށް

މަގުމަތިވެފައިވާ ކުޅިވަރު އެސޯސިއޭޝަންތައް ރައީސްގެ އަރިހަށް

13 ސެޕްޓެމްބަރު 2021
މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

19 ފެބުރުއަރީ 2017
މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު

މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު

16 ފެބުރުއަރީ 2017
އިންޑޯ ކޯޓު ހަމަނުޖެހިގެން ވޮލީ ޓީމުގެ ފަރިތަކުރުންތައް ފަސްކޮށްފި

އިންޑޯ ކޯޓު ހަމަނުޖެހިގެން ވޮލީ ޓީމުގެ ފަރިތަކުރުންތައް ފަސްކޮށްފި

13 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު