Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޮލީބޯލް

އިންޑޯ ކޯޓު ހަމަނުޖެހިގެން ވޮލީ ޓީމުގެ ފަރިތަކުރުންތައް ފަސްކޮށްފި

މިއަދު ފަރިތަކުރުންތައް ނުގެންދެވުނީ ކޯޓު ނުލިބުމުން

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 13 ފެބުރުއަރީ 2017 | ހޯމަ 20:32
ގައުމީ ވޮލީ ޓީމާއި ޔޫތު މިނިސްޓްރީގެ އިސް ބޭފުޅުން

ގައުމީ ވޮލީ ޓީމާއި ޔޫތު މިނިސްޓްރީގެ އިސް ބޭފުޅުން

އޭވީސީ ސެންޓްރަލް ޒޯން ކޮލިފައިން މުބާރާތަށް ތައްޔާރުވުމަށް ގައުމީ ފިރިހެން ވޮލީބޯޅަ ޓީމު ހޯމަ ދުވަހު ފަރިތަކުރުންތައް ފަށުމަށް ނިންމި ނަމަވެސް ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓު ހަމަނުޖެހުމުން ފަރިތަކުރުންތައް ފަސްކޮށްފި އެވެ.

ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ މިއަދު ބާއްވަން ހަމަޖެހުނު ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް އިންޑޯ ކޯޓު ހަމަނުޖެހުމުން ފަރިތަކުރުންތައް ބޭއްވުމަށް މިހާރު ހަމަޖެހިފައި ވަނީ އަންގާރަ ދުވަހު ހެނދުނު 7 ޖަހާއިރު ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ކަމަށެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓު ވޮލީ ޓީމުގެ ފަރިތަކުރުންތަކަށް ހަމަނުޖެހުނު އިރު، އެ ކޯޓުގައި މިހާރު ކުރިއަށްދަނީ ތިންވަނަ އެމްބީއޭ ކަޕް ބާސްކެޓް މުބާރާތެވެ.

ވޯލްޑް ޗެމްޕިއަންޝިޕުގެ ކޮލިފިކޭޝަނުގެ ބައެއްގެ ގޮތުގައި ކުރިއަށްގެންދާ އޭވީސީ ސެންޓްރަލް ޒޯން މުބާރާތް އޮންނާނީ އަންނަ މަހުގެ 22 އިން 30 އަށް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގަ އެވެ.

ސެންޓްރަލް ޒޯނުގެ ނުވަ ގައުމުގެ ތެރެއިން މުބާރާތުގައި މަދުވެގެން ހަ ގައުމު ވާދަކުރާނެ އެވެ. ރާއްޖޭގައި މިމަހު ވަނީ ސެންޓްރަލް ޒޯން ވިމެންސް ކޮލިފައިން މުބާރާތް ބާއްވައިފަ އެވެ.

ގައުމީ ވޮލީ ޓީމުގެ ހެޑް ކޯޗު މުހައްމަދު ޝަރަފްގެ ބެލުމުގެ ދަށުން ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށަން ނިންމާފައިވާއިރު އެ އެސޯސިއޭޝަނުން އަންނަނީ ޓީމަށް ޓްރެއިނިން ކޭމްޕެއް ހަމަޖެއްސުމަށް މަސައްކަތްކުރަމުންނެވެ.

ޓީމުގެ ކޯޗު ޝަރަފް ވަނީ 2013 ވަނަ އަހަރު ސައުތު އޭޝިއަން އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތުގެ ރިހި މެޑަލް ރާއްޖެއަށް ހޯދައިދީފަ އެވެ. ޓީމުގެ ޓްރޭނަރަކަށް އަބްދުﷲ ނަޝީދު (އަބުޅޯ) ހަމަޖައްސާފައިވާއިރު އެސިސްޓަންޓް ކޯޗުންނަށް ހަމަޖެއްސީ އެންމެ ފަހުގެ މުބާރާތުގައި ވެސް ޓީމުގައި މަސައްކަތްކުރި އިބްރާހިމް ޝިހާމް (ސަޑިއްކެ) އަދި މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ.

މިއީ މިފަދަ ބޮޑު މުބާރާތެއް ރާއްޖޭގައި މިހާތަނަށް ބާއްވާ ފުރަތަމަ ފަހަރެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
26 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު