Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވިކްޓްރީ ސްޕޯޓްސް ކްލަބު

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

ޔޫވީގެ ކުރީގެ ސީރިޔާ ކީޕަރު ޔޫސުފް ވިކްޓްރީއަށް

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 14 ޖެނުއަރީ 2017 | ހޮނިހިރު 21:39
ވިކްޓްރީ ސްޕޯޓްސް ކްލަބަށް ގެނައި ބިދޭސީ ކުޅުންތެރިން

ވިކްޓްރީ ސްޕޯޓްސް ކްލަބަށް ގެނައި ބިދޭސީ ކުޅުންތެރިން

މިދިޔަ ސީޒަނުގައި ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއާ ގުޅިއްޖެ އެވެ.

އެގޮތުން ވިކްޓްރީއަށް ގުޅިފައި ވަނީ ޔުނައިޓެޑުގެ ވިކްޓަރީގެ ސީރިއާ ގޯލްކީޕަރު މުހައްމަދު އަލް ޔޫސުފާއި ފޯވާޑް ކެރިކް އަންދްރޭ އާއި ކްލަބް އީގަލްސް އަށް ކުޅުނު އެޓޭކިން މިޑްފީލްޑަރު މުހައްމަދު ސެޑިކާއި ނިއު ރޭޑިއަންޓުގެ ޑިފެންޑަރު ބަލްގޭރިއާގެ ވެލިޗްކޯ އެވެ.

ވިކްޓަރީގެ ޗެއާމަން އިބްރާހިމް ނަޒީމް ވިދާޅުވީ މި ހަތަރު ކުޅުންތެރިން ގެންނަން ނިންމީ މި ކުޅުންތެރިން މިދިޔަ ސީޒަނުގައި ފެންވަރު ސާބިތުކޮށްދީފައިވާތީ ކަމަށާއި ދިވެހި ފުޓްބޯޅައިގެ ތަޖުރިބާރާ އެކު ކުޅުންތެރިންގެ ބޭނުން ހިފޭނެ ކަމަށް ގަބޫލުކުރާތީ ކަމަށެވެ.

މީގެ ތެރެއިން މިދިޔަ ސީޒަނުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ޔުނައިޓެޑް ވިކްޓަރީ އަށް ކުޅުނު ކީޕަރު ޔޫސުފާއި ފޯވާޑް ކެރިކެވެ. ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކޮށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ހަތަރު ވަނަ މަގާމް ޔުނައިޓެޑް ވިކްޓަރީ ހޯދިއިރު މި ދެ ކުޅުންތެރިން މުހިއްމު ދައުރެއް އަދާކުރި އެވެ. ހާއްސަކޮށް ޔޫސުފަކީ ފަހަކަށް އައިސް ރާއްޖޭގައި ކުޅުނު އެންމެ މޮޅު އެއް ބިދޭސީ ގޯލްކީޕަރެވެ.

އީގަލްސް އިން ލީގުގެ ތިން މަގާމް ހޯދައި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރިއިރު ސެޑިކް ވަނީ މުހިއްމު ގޯލްތަކެއް ޖަހައިދީ ޓީމު ލައްވައި ކުޅުވުމުގައި މުހިއްމު ރޯލެއް އަދާކޮށްފަ އެވެ. އޭނާ ޖުމްލަ ނުވަ ގޯލް ޖެހި އެވެ.

މިދިޔަ ސީޒަނުގައި ނިއު އާދައިގެކޮށް ފެނުނު ނަމަވެސް ވެލިޗްކޯ ވަނީ އެ ޓީމުގެ ޑިފެންސް ލައިނުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ވަރަށް ބޮޑަށް ޓީމް ޕްލެޔަރެއްގެ ގޮތުގައި ފާހަގަކުރެވޭ ވެލިޗްކޯ ވަނީ ލީގުގެ ދެ ވަނަ ބުރުގައި ވިކްޓަރީ އަތުން ނިއު ފަހު ވަގުތު މޮޅުވި މެޗުގައި ގޯލް ވެސް ޖަހައިފަ އެވެ.

ވިކްޓަރީން ވަނީ އެ ކްލަބުގެ ރެކޯޑް އަގެއްގައި ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އާއި އިސްމާއިލް އީސާ ވެސް ގެނެސްފަ އެވެ. މީގެ އިތުރުން ވެލެންސިއާގެ ހަސަން އަދުހަމް (ސަޑޭ) އާއި ނިއުގެ ވައިސް ކެޕްޓަން އަހުމަދު ނިޔާޒާއި ބީޖީ ސްޕޯޓްސްގެ ކެޕްޓަން މުހައްމަދު ސާގިބް ވެސް ވަނީ ވިކްޓަރީ އަށް ސޮއިކޮށްފަ އެވެ.

ވިކްޓަރީ އަށް ކުޅުނު ކުޅުންތެރިންގެ ތެރެއިން ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) އާއި އެހެން މުހިއްމު ބައެއް ކުޅުންތެރިން ވަނީ ކޮންޓްރެކްޓް އާކޮށްފަ އެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭ ކަޕް: ޔޫއެން އާއި ރެޑްވިންގްސް ކުޅުނު މެޗުން މޮޅުވެއްޖެ

12 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ޔޫއެން އާއި ރެޑްވިންގްސް ކުޅުނު މެޗުން މޮޅުވެއްޖެ
11 ފެބުރުއަރީ 2017

ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު

11 ފެބުރުއަރީ 2017
ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު
06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
31 ޖެނުއަރީ 2017

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު