Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޓޭބަލް ޓެނިސް

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

ވައިޑީޕީގެ ތެރެއިން ވެސް ކުރިއަށްދިއުމަށް ހާއްސަ ހަރަކާތްތަކެއް ހިންގާ

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 12 ފެބުރުއަރީ 2017 | އާދީއްތަ 20:28
ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ އެކްސްކޯ މެމްބަރު އިބްރާހިމް ޝިއުރީ

ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ އެކްސްކޯ މެމްބަރު އިބްރާހިމް ޝިއުރީ

ޓޭބަލް ޓެނިހުގައި ޒުވާން އުންމީދީ ކުޅުންތެރިން އުފެދެމުންދާ ކަމަށާއި އެކަމުގެ ލާމަސީލު މިސާލަކީ އައިޝަތު ރަފާ ނާޒިމް ކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ އެކްސްކޯ މެމްބަރު އިބްރާހިމް ޝިއުރީ ވިދާޅުވެއްޖެ އެވެ.

ޓީޓީ އަށް ކުޑަ ކުދިން އަހުލުވެރި ކުރުމަށް ހޮނިހިރު ދުވަހު ޓީޓީ ހޯލުގައި ކުރިއަށްގެންދިޔަ "ޕްލޭ ލާން އެންޑް ފަން" ހަރަކާތް ނިންމާލުމަށްފަހު ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ޝިއުރީ ވިދާޅުވީ ވަރަށް އުންމީދީ ކުޅުންތެރިން އެބައުޅޭ ކަމަށާއި އެހެން ކަމުން އެކުދިންނަށް ޔޫތު ޑިވޮލޮޕްމެންޓް ޕްރޮގްރާމް (ވައިޑީޕީ)ގެ ތެރެއިން ވެސް ކުރިއަށްދިއުމަށް ހާއްސަ ހަރަކާތްތަކެއް ހިންގަމުން އަންނަ ކަމަށެވެ.

ޝިއުރީ ވިދާޅުވީ ޒުވާން ކުޅުންތެރިން މުބާރާތްތަކުން ހޯދަމުން އަންނަ ކާމިޔާބީ އަކީ ވަރަށް ފާހަގަކޮށްލެވޭ ކަމެއް ކަމަށާއި އެގޮތުން އުމުރުން 13 އަހަރުގެ ރަފާއަކީ މިސާލެއް ކަމަށެވެ.

ރަފާ ވަނީ މިދިޔަ އަހަރު ކުރިއަށްގެންދިޔަ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ފައިނަލްގައި ރާއްޖޭގެ އެއް ނަމްބަރު އަންހެން ޓީޓީ ކުޅުންތެރިޔާ މުއީނާ މުހައްމަދާ ވާދަކޮށް ޗެމްޕިއަންކަން ހޯދާފަ އެވެ.

ޝިއުރީ ވިދާޅުވީ ވައިޑީޕީގެ ހަރަކާތްތައް މިހާރުވެސް ކޮންމެ ދުވަހެއްގައި ވެސް ކުރިއަށް ގެންދެވޭ ކަމަށާއި އެގޮތުން ކުޅުންތެރިންގެ ސްކޫލު ވަގުތުތަކާ ދިމާނުވާ ގޮތަށް ފަރިތަކުރުންތައް ކުރިއަށްގެންދިއުމަށް ޝެޑިއުލްތައް ހަމަޖެހިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ހެނދުނާއި މެންދުރު އަދި ހަވީރުގެ ވަގުތުތަކުގައި ވައިޑީޕީއަށް އިސްކަމެއްދީގެން ފަރިތަކުރުންތައް ކުރިއަށްގެންދާ ކަމަށެވެ.

ޓީޓީ އެސޯސިއޭޝަނުން ވަނީ ޒުވާން ކުޅުންތެރިން އެކުޅިވަރަށް ހިތް ޖެއްސުމަށްޓަކައި އެއްދުވަހަށް އަމާޒުކޮށްގެން ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން މިކޭމްޕުގައި ގައުމީ ޓީމުގެ ކުޅުންތެރިންގެ ހުނަރުތައް ދައްކާލުމާއި އެކި ގައުމުތަކަށް ނިސްބަތްވާ މޮޅު ކުޅުންތެރިންގެ ވީޑިއޯ ޕްރެޒެންޓޭޝަންތައް ވެސް ވަނީ ދައްކާލާފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގައުމީ ކެރަމް މުބާރާތް: ފިރިހެން ޑަބަލް އިވެންޓް ފައިނަލަށްދިޔަ ކުޅުންތެރިން ކަށަވަރުވެއްޖެ

ގައުމީ ކެރަމް މުބާރާތް: ފިރިހެން ޑަބަލް އިވެންޓް ފައިނަލަށްދިޔަ ކުޅުންތެރިން ކަށަވަރުވެއްޖެ

21 ފެބުރުއަރީ 2017
ޓީމުގެ ހުރިހާ ކުޅުންތެރިންވެސް އެއްވަރު، ރާއްޖެ އައީ މޮޅުވާން: މޯހަން ބަގާންގެ ކޯޗު

ޓީމުގެ ހުރިހާ ކުޅުންތެރިންވެސް އެއްވަރު، ރާއްޖެ އައީ މޮޅުވާން: މޯހަން ބަގާންގެ ކޯޗު

20 ފެބުރުއަރީ 2017
މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

19 ފެބުރުއަރީ 2017
މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު

މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު

16 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު