Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިންޑޯ ކޯޓުގެ މައްސަލަ

މަގުމަތިވެފައިވާ ކުޅިވަރު އެސޯސިއޭޝަންތައް ރައީސްގެ އަރިހަށް

އޮކްޓޯބަރުގެ ނިޔަލަށް ކޯޓު ހުސްކުރެވޭތޯ ބަލާނެ ކަމަށް ހެލްތުން ވަނީ ބުނެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 13 ސެޕްޓެމްބަރު 2021 | ހޯމަ 13:09
މިދިޔަ އަހަރު ގައުމީ ވޮލީބޯޅަ ލީގުގައި ސިފައިންނާއި ޕޮލިސް ކުލަބު ބައްދަލުކުރި މެޗުގެ ތެރެއިން

މިދިޔަ އަހަރު ގައުމީ ވޮލީބޯޅަ ލީގުގައި ސިފައިންނާއި ޕޮލިސް ކުލަބު ބައްދަލުކުރި މެޗުގެ ތެރެއިން

މާފަންނު ޒުވާނުންގެ މަރުކަޒުގައި ގާއިމުކޮށްފައިވާ އިންޑޯ ކޯޓު ބޭނުންކުރުމުގެ ފުރުސަތު ލިބިފައިނުވާތީ، ކުޅިވަރު އެސޯސިއޭޝަންތަކުގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙާ ހިއްސާކޮށްފިއެވެ.

ވޮލީބޯޅަ، ބާސްކެޓްބޯޅަ އަދި ނެޓްބޯޅަ މުބާރާތްތައް ބޭއްވުމަށް އިންޑޯ ކޯޓބޭނުންކުރާއިރު، އެ ކުޅިވަރުތައް ކުޅުމަށް ރާއްޖޭގައި ރަނގަޅު ފެންވަރަކަށް ހަދާފައި އޮތް ހަމައެކަނި ކޯޓަކީ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ކޯޓެވެ. އެކަމަކު މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ކޮވިޑް-19 ގެ ވެކްސިން ސެންޓަރެއްގެ ގޮތުގައި އެ ކޯޓު ބޭނުންކުރާއިރު، މި ވަގުތު އެ ކޯޓު ބޭނުންކުރުމުގެ ފުރުސަތު ކުޅިވަރު އެސޯސިއޭޝަންތަކަށް ލިބިފައެއް ނުވެއެވެ.

އެއާއެކު މީގެ ކުރިން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)، މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އަދި ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއޭއެމް) އިސްވެ، އެ އެސޯސިއޭޝަންތަކުގެ ހަރަކާތްތަކާއި ގައުމީ ޓީމުތަކުގެ ފަރިތަކުރުންތައް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދަން ކުޅިވަރާ ބެހޭ ވުޒާރާއާ ވަނީ ބައްދަލުކޮށްފައެވެ. އަދި އެ ފަހަރު އިންޑޯ ކޯޓު ހުސްކޮށްދިނުމަށް އެދި ކުޅިވަރު އެސޯސިއޭޝަންތަކުން ފޮނުވި ސިޓީއަށް ޖަވާބުދީ ކުޅިވަރާ ބެހޭ ވުޒާރާއިން ފޮނުވި ސިޓީގައި ބުނެފައިވަނީ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ކޯޓުގައި ކުޅެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން އެދެމުންދާތީ، އިންޑޯ ކޯޓު ހުސްކޮށްދިނުމަށް އެދި ސިއްހަތާ ބެހޭ ވުޒާރާގައި އެދިފައިވާނެ ކަމަށެވެ.

އިންޑޯ ކޯޓު ހުސްކޮށްދިނުމަށް އެދި ކުޅިވަރާ ބެހޭ ވުޒާރާއިން ސިއްހަތާ ބެހޭ ވުޒާރާއަށް ސިޓީ ފޮނުވާފައިވަނީ މިދިޔަ އޯގަސްޓް މަހުގެ 18 ވަނަ ދުވަހެވެ. އެކަމަކު އެ ސިޓީއަށް ސިއްހަތާ ބެހޭ ވުޒާރާއިން ޖަވާބުދީފައިވަނީ މި މަހުގެ އަށްވަނަ ދުވަހެވެ. އެ ސިޓީގައި އެ ވުޒާރާއިން ބުނެފައިވަނީ މި ދަނޑިވަޅުގައި ވެކްސިން ޖެހުމުގެ ގައުމީ ހަރަކާތް އިންޑޯ ކޯޓުގައި ކުރިއަށްދާތީ މި ވަގުތުން އެ ތަން ހުސްކުރެވެން ނެތް ކަމަށާއި، އެކަމަކު އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް އެ ކޯޓު ހުސްކުރެވޭތޯ ބަލާނެ ކަމަށެވެ.

އެއާއެކު ހޯމަ ދުވަހުގެ ވަގުތެއްގައި ކުޅިވަރު އެސޯސިއޭޝަންތަކުން ވަނީ އެ އެ އެސޯސިއޭޝަންތަކުގެ ކަންބޮޑުވުންތައް ފާހަގަކޮށް ރައީސް ޞާލިޙަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި ބުނެފައިވާ ގޮތުން ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ފާއިތުވި ދޮޅު އަހަރެއްހާ ދުވަހު ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއް ބޭއްވިފައިނުވާ ކަމަށާއި، އެކަމަކު މިހާރު ގައުމުތަކުގެ ބޯޑަރުތައް ހުޅުވާލާފައިވުމާ ގުޅިގެން ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއް ބޭއްވުމަށްޓަކައި ތާވާލުކުރެފައިވާ ކަމަށެވެ.

އަދި ޒަމާނުއްސުރެ ގައުމީ ޓީމުތަކުގެ ފަރިތަކުރުންތަކާއި ގައުމީ ފެންވަރުގެ މުބާރާތްތައް ބާއްވަމުން އައީ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ކޯޓުގައި ކަމަށާއި، އެކަމަކު ކޮވިޑުގެ ހާލަތާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ފަރާތުން ވެކްސިން ޖެހުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެ ތަން ބޭނުންކުރެވެމުންދާތީ އެ އެސޯސިއޭޝަންތަކުން ގޮތްހުސްވެ، ފަރިތަކުރުންތައް އެންމެ އެކަށީގެންވާ ގޮތަށް ކުރިއަށްގެންދަން ދަތިވެފައިވާ ކަމަށްވެސް އެ ސިޓީގައި ވަނީ ބުނެފައެވެ. އަދި އެކަމަށް ހައްލެއް ހޯދުމަށް ކުރެވުނު މަސައްކަތްވެސް މިއަދާ ހަމައަށް އައިރުވެސް ކާމިޔާބުވެފައި ނުވާ ކަމަށާއި، އެހެންކަމުން ގައުމީ ޓީމުތަކުގެ ފަރިތަކުރުންތައް ކުރިއަށްގެންދިޔުމަށް ހުރި ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް އެ އެސޯސިއޭޝަންތަކުން ވަނީ ރައީސްގެ އަރިހުގައި އެދިފައެވެ.

އިންޑޯ ކޯޓު ބޭނުންކުރުމުގެ ފުރުސަތު ނުލިބި ކުޅިވަރު އެސޯސިއޭޝަންތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު. ގައުމީ ބާސްކެޓްބޯޅަ ޓީމުން އަންނަނީ އަންނަ އޮކްޓޯބަރު ބާއްވާ ސާބާ ޗެމްޕިއަންޝިޕަށް ތައްޔާރުވަމުންނެވެ. އެކަމަކު އިންޑޯގައި ކުޅެން ޖެހޭ އެ މުބާރާތަށް ތައްޔާރުވުމަށް ގައުމީ ޓީމުން ފަރިތަކުރަމުން އަންނަނީ އައުޓްޑޯ ކޯޓުގައެވެ. އަދި މި އަހަރުގެ ޑިސެމްބަރު މަހު ތެރޭ އޭވީސީ ސެންޓްރަލް ޒޯނުގެ އަންހެން މުބާރާތް ރާއްޖޭގައި ބާއްވާއިރު، އެ މުބާރާތުން އެންމެ ފަހުން ރިހި މެޑަލް ހޯދި އަންހެން ޓީމަށް މި ފަހަރުގެ މުބާރާތަށް ފަރިތަކުރުންތައް ފެށުމުގެ ފުރުސަތު އަދި ލިބިފައެއް ނުވެއެވެ.

ދެން އިންޑޯގައި މުބާރާތްތައް ބާއްވަމުން އަންނަ އަނެއް ކުޅިވަރު ކަމަށްވާ ނެޓްބޯޅައަށް ބަލާއިރު، އަންނަ އަހަރުގެ މާޗު މަހު ތައިލެންޑުގައި ބާއްވާ އޭޝިއާގެ އިންޑޯ މުބާރާތުގައި ގައުމީ ނެޓްބޯޅަ ޓީމު ވާދަކުރާނެއެވެ. އެކަމަކު އެ މުބާރާތަށް ތައްޔާރުވުމަށް ނެޓްބޯޅަ ޓީމަށްވެސް ވަނީ ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ.

ޒުވާނުންގެ މަރުކަޒު

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑޯއިން ހެލްތު ނުކުމެ ކުޅިވަރު އެސޯސިއޭޝަންތަކަށް

އިންޑޯއިން ހެލްތު ނުކުމެ ކުޅިވަރު އެސޯސިއޭޝަންތަކަށް

21 ސެޕްޓެމްބަރު 2021
އިންޑޯ ކޯޓު ނުލިބި ކުޅުންތެރިން މަގުމަތިވެފައި!

އިންޑޯ ކޯޓު ނުލިބި ކުޅުންތެރިން މަގުމަތިވެފައި!

09 ސެޕްޓެމްބަރު 2021
ކުޅިވަރު ކްލަބް ޖަމްއިއްޔާތައް ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށްފި

ކުޅިވަރު ކްލަބް ޖަމްއިއްޔާތައް ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށްފި

22 ޖުލައި 2017
ކުޅިވަރު ޖަމިއްޔާތައް ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކުރުމުގެ މުއްދަތު އިތުރުކޮށްފި

ކުޅިވަރު ޖަމިއްޔާތައް ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކުރުމުގެ މުއްދަތު އިތުރުކޮށްފި

05 ޖޫން 2017
ނެޓްބޯޅައިގެ ފޯރިގަދަ، ބަޔަކު އުޅެނީ މި ކުޅިވަރު ހަލާކުކޮށްލަން: ޝާޒް

ނެޓްބޯޅައިގެ ފޯރިގަދަ، ބަޔަކު އުޅެނީ މި ކުޅިވަރު ހަލާކުކޮށްލަން: ޝާޒް

22 މެއި 2017

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު