Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިންޑޯ ކޯޓު ހުސްކުރުން

އިންޑޯއިން ހެލްތު ނުކުމެ ކުޅިވަރު އެސޯސިއޭޝަންތަކަށް

ކުޅިވަރު އެސޯސިއޭޝަންތަކުން ރައީސަށް މީގެ ކުރިން ސިޓީއެއް ފޮނުވި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 21 ސެޕްޓެމްބަރު 2021 | އަންގާރަ 05:38
މީގެ ކުރިން އިންޑޯ ކޯޓުގައި ބޭއްވި ވޮލީބޯޅަ މުބާރާތެއްގެ ތެރެއިން

މީގެ ކުރިން އިންޑޯ ކޯޓުގައި ބޭއްވި ވޮލީބޯޅަ މުބާރާތެއްގެ ތެރެއިން

ބުރާސްފަތި ދުވަހުން ފެށިގެން މާފަންނު ޒުވާނުންގެ މަރުކަޒުގައި ގާއިމުކޮށްފައިވާ އިންޑޯ ކޯޓު ބޭނުންކުރުމުގެ ފުރުސަތު ކުޅިވަރު އެސޯސިއޭޝަންތަކަށް ދިނުމަށް ނިންމައިފިއެވެ.

ވޮލީބޯޅަ، ބާސްކެޓްބޯޅަ އަދި ނެޓްބޯޅަ މުބާރާތްތައް ބޭއްވުމަށް އިންޑޯ ކޯޓު ބޭނުންކުރާއިރު، އެ ކުޅިވަރުތައް ކުޅުމަށް ރާއްޖޭގައި ރަނގަޅު ފެންވަރަކަށް ހަދާފައި އޮތް ހަމައެކަނި ކޯޓަކީ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ކޯޓެވެ. އެކަމަކު މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އެ ކޯޓު ބޭނުންކުރަމުން އައީ ކޮވިޑް-19 ގެ ވެކްސިން ސެންޓަރެއްގެ ގޮތުގައެވެ.

އެއާއެކު ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)، މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އަދި ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއޭއެމް) އިސްވެ، އެ އެސޯސިއޭޝަންތަކުގެ ހަރަކާތްތަކާއި ގައުމީ ޓީމުތަކުގެ ފަރިތަކުރުންތައް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދަން މި މަހުގެ ކުރީކޮޅު ވަނީ ކުޅިވަރާ ބެހޭ ވުޒާރާއާ ބައްދަލުކޮށްފައެވެ.

އެ ފަހަރު އިންޑޯ ކޯޓު ހުސްކޮށްދިނުމަށް އެދި ކުޅިވަރާ ބެހޭ ވުޒާރާއިން ފޮނުވި ސިޓީއަކަށް ޖަވާބުދީ ސިއްހަތާ ބެހޭ ވުޒާރާއިން ފޮނުވި ސިޓީގައި ބުނެފައިވަނީ މި ދަނޑިވަޅުގައި ވެކްސިން ޖެހުމުގެ ގައުމީ ހަރަކާތް އިންޑޯ ކޯޓުގައި ކުރިއަށްދާތީ މި ވަގުތުން އެ ތަން ހުސްކުރެވެން ނެތް ކަމަށާއި، އެކަމަކު އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް އެ ކޯޓު ހުސްކުރެވޭތޯ ބަލާނެ ކަމަށެވެ.

އެެހެންކަމުން މި މަހުގެ 13 ވަނަ ދުވަހު ކުޅިވަރު އެސޯސިއޭޝަންތަކުން ވަނީ އެ އެސޯސިއޭޝަންތަކުގެ ކަންބޮޑުވުންތައް ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ސިޓީއެއްވެސް ފޮނުވާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ހޯމަ ދުވަހުގެ ވަގުތެއްގައި ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ އިންޑޯ ކޯޓު ހުސްކުރުމާ ގުޅޭ ގޮތުން ކުޅިވަރު އެސޯސިއޭޝަންތަކާ ބައްދަލުކޮށްފައެވެ. އަދި މި ބައްދަލުވުމުގައި އަންނަ ބުރާސްފަތި ދުވަހަށް އެ ކޯޓު ހުސްކޮށްދޭނެ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ބުނެފައިވާ ކަމަށްވެސް ވަނީ މައުލޫމާތުލިބިފައެވެ.

ގިނަ ދުވަސްތަކަކަށްފަހު އިންޑޯ ކޯޓު ބޭނުންކުރުމުގެ ފުރުސަތު ކުޅިވަރު އެސޯސިއޭޝަންތަކަށް ލިބިގެންދާއިރު، މީގެ ކުރިން އެ ކޯޓި ނުލިބި ކުޅިވަރު އެސޯސިއޭޝަންތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. އެގޮތުން ގައުމީ ބާސްކެޓްބޯޅަ ޓީމުން އަންނަ އޮކްޓޯބަރު ބާއްވާ ސާބާ ޗެމްޕިއަންޝިޕަށް ތައްޔާރުވަމުން އަންނައިރު، އެކަމަކު އިންޑޯގައި ކުޅެން ޖެހޭ އެ މުބާރާތަށް ތައްޔާރުވުމަށް ގައުމީ ޓީމުން ފަރިތަކުރަމުން އައީ އައުޓްޑޯ ކޯޓުގައެވެ.

އަދި މި އަހަރުގެ ޑިސެމްބަރު މަހު ތެރޭ އޭވީސީ ސެންޓްރަލް ޒޯނުގެ އަންހެން މުބާރާތް ރާއްޖޭގައި ބާއްވާއިރު، އެ މުބާރާތުން އެންމެ ފަހުން ރިހި މެޑަލް ހޯދި އަންހެން ޓީމަށް އަދި ފަރިތަކުރުންތައް ފެށިފައެއް ނުވެއެވެ. އަދި އަންނަ އަހަރުގެ މާޗު މަހު ތައިލެންޑުގައި ބާއްވާ އޭޝިއާގެ އިންޑޯ މުބާރާތުގައި ގައުމީ ނެޓްބޯޅަ ޓީމު ވާދަކުރާއިރު، އެ މުބާރާތަށް ތައްޔާރުވުމަށް ނެޓްބޯޅަ ޓީމަށްވެސް ވަނީ ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ.

ގިނަ ކުޅިވަރުތަކެއް ކުޅުމަށް އޮތް ހަމައެކަނި ތަނެއްގެ ގޮތުގައި އިންޑޯ ކޯޓު އޮތްއިރު، އަލުން އިންޑޯ ކޯޓު ލިބުމާއެކު އެންމެ ފުރަތަމަ އެ ކޯޓު ބޭނުންކުރާނީ ނެޓްބޯޅަ އެސޯސިއޭޝަނުންނެވެ. އެއަށްފަހު މި އަހަރުގެ ޑިސެމްބަރު މަހު ވޮލީބޯޅަ އެސޯސިއޭޝަނުން އެ ކޯޓު ބޭނުންކުރަން އެއްބަސްވެފައިވާއިރު، ބާސްކެޓްބޯޅަ އެސޯސިއޭޝަނުން އިންޑޯ ބޭނުންކުރާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ.

ޒުވާނުންގެ މަރުކަޒު

ކޮމެންޓް

އިތުރަށް ކިޔާލަން

މަގުމަތިވެފައިވާ ކުޅިވަރު އެސޯސިއޭޝަންތައް ރައީސްގެ އަރިހަށް

މަގުމަތިވެފައިވާ ކުޅިވަރު އެސޯސިއޭޝަންތައް ރައީސްގެ އަރިހަށް

13 ސެޕްޓެމްބަރު 2021
އިންޑޯ ކޯޓު ނުލިބި ކުޅުންތެރިން މަގުމަތިވެފައި!

އިންޑޯ ކޯޓު ނުލިބި ކުޅުންތެރިން މަގުމަތިވެފައި!

09 ސެޕްޓެމްބަރު 2021
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދިރާގުން ކުޅިވަރު ފެސްޓިވަލެއް ބާއްވައިފި

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދިރާގުން ކުޅިވަރު ފެސްޓިވަލެއް ބާއްވައިފި

08 ނޮވެމްބަރު 2017
ކުޅިވަރު ކްލަބް ޖަމްއިއްޔާތައް ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށްފި

ކުޅިވަރު ކްލަބް ޖަމްއިއްޔާތައް ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށްފި

22 ޖުލައި 2017
ކުޅިވަރު ޖަމިއްޔާތައް ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކުރުމުގެ މުއްދަތު އިތުރުކޮށްފި

ކުޅިވަރު ޖަމިއްޔާތައް ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކުރުމުގެ މުއްދަތު އިތުރުކޮށްފި

05 ޖޫން 2017

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު