Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ބައިޑަންގެ ތާއީދު ދަށަށް ދިއުން

އަފްޣާނިސްތާނުގައި އެމެރިކާއަށް ލިބުނު ނާކާމިޔާބީއާއެކު ބައިޑަންގެ ތާއީދު ދުވަހަކުވެސް ނުދާހާ މިންވަރަށް ދަށަށް

ބައިޑަންގެ ސިޔާސަތުތަކަށް ތާއީދުކުރަނީ 46 އިންސައްތަ މީހުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 21 އޯގަސްޓު 2021 | ހޮނިހިރު 02:59
އެމެރިކާގެ ރައީސް ޖޯ ބައިޑަން

އެމެރިކާގެ ރައީސް ޖޯ ބައިޑަން

އަފްޣާނިސްތާނުގެ ކޮންޓްރޯލް ތާލިބާނުން ނެގުމާއެކު އެގައުމުގައި އަސްކަރީ ހަރަކާތްތައް 20 އަހަރު ވަންދެން ކުރިޔަށް ގެންދިޔަ އެމެރިކާ އަށް ކުރިމަތިވި ބޮޑު ނާކާމިޔާބީގެ ސަބަބުން އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ތާއީދު މިއިން ދުވަހަކު ދަށަށް ނުދާހާ މިންވަރަށް ދަށަށް ސޮއްސާލައިފިއެވެ.

އަފްޣާނިސްތާނުގެ ކޮންޓްރޯލް ތާލިބާނުން ނެގުމާއެކު އެގައުމުގައި ތިބި އެމެރިކާގެ ސިފައިންނާއި އާންމުން އަނބުރާ އެމެރިކާއަށް ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެމެރިކާއަށް ކުރިމަތިވި ނާކާމިޔާބީ އާއެކު އެގައުމުގައި ނެގެމުންދާ ޚިޔާލު ހޯދުންތަކުން ދައްކާގޮތުގައި ބައިޑަންގެ ތާއީދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެގޮތުން އޮގަސްޓް މަހުގެ 18ން 19ށް ކުރިޔަށް ގެންދިޔަ ނޭޝަނަލް އޮޕީނިއަން ޕޯލަކުން ދައްކާގޮތުގައި ބޮޑެތި މީހުންގެ ތެރެއިން ބައިޑަން އަށް މިހާރު ތާއީދުކުރަނީ 46 އިންސައްތަ މީހުންނެވެ. އަދި ބައިޑަންގެ ސިޔާސަތުތަކަށް 49 އިންސައްތަ މީހުން ވަނީ ނޫނެކޭ ބުނެފައެވެ. ދެން ބާކީ ތިބި މީހުން ވަކި އެއްޗެއް ބުނާކަށް ބޭނުމެއް ނުވެއެވެ.

ބައިޑަންގެ ސިޔާސަތުތަކަށް ތާއީދުކުރި މީހުންގެ އަދަދު މިދިޔަ ހަފުތާގައި މައްޗަށް ގޮސްފައިވަނީ އެންމެ 5 އިންސައްތައެވެ. ބައިޑަންގެ ސިޔާސަތުތަކަށް ތާއީދުނުކުރާ މީހުންގެ އިންސައްތަ ވަނީ 6 އިންސައްތަ އޭގެ ކުރީ ހަފުތާ އާ އަޅާބަލާއިރު މައްޗަށް ގޮސްފައެވެ.

ޕޯލުގެ ނަތީޖާއިން ދައްކާގޮތުގައި ބައިޑަންގެ މަގްބޫލުކަން ޑިމޮކްރެޓުންނާއި ރިޕަބްލިކަނުން އަދި އެއްވެސް ފިކުރަކަށް ތާއީދުނުކުރާ މީހުންގެ މެދުގައިވެސް ވަނީ ދަށްވެފައެވެ.

އެގޮތުން ރިޕަބްލިކަނުންގެ ކޮންމެ 10 މީހަކުން 9 މީހެއް، ޑިމޮކްރަޓުންގެ ކޮންމެ 10 މީހަކުން 2 މީހެއް އަދި މިނިވަން ޚިޔާލުގެ ކޮންމެ 10 މީހަކުން 5 މީހަކު ބުނެފައިވަނީ ބައިޑަންގެ ސިޔާސަތުތައް ކަމުނުދާކަމަށެވެ.

ރޮއިޓަރސް އިން ކުރިޔަށް ގެންގޮސްފައިވާ މިޕޯލަކީ އޮންލައިންކޮށް ކުރިޔަށް ގެންގޮސްފައިވާ ޕޯލެކެވެ. މިޕޯލުގައި 1002 މީހުން ބައިވެރިވެފައިވާއިރު 429 މީހުންނަކީ ޑިމޮކްރަޓުންނެވެ. އަދި 365 މީހުންނަކީ ރިޕަބްލިކަނުންނެވެ.

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި
08 ފެބުރުއަރީ 2017

މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ

08 ފެބުރުއަރީ 2017
މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ
07 ފެބުރުއަރީ 2017

މުސްލިމް ޤައުމުތަކުން އެމެރިކާއަށް އެރުން ހުއްދަކުރި ހުކުމް އިސްތިއުނާފް ކޮށްފި

07 ފެބުރުއަރީ 2017
މުސްލިމް ޤައުމުތަކުން އެމެރިކާއަށް އެރުން ހުއްދަކުރި ހުކުމް އިސްތިއުނާފް ކޮށްފި
07 ފެބުރުއަރީ 2017

އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް

07 ފެބުރުއަރީ 2017
އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް
06 ފެބުރުއަރީ 2017

ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު

06 ފެބުރުއަރީ 2017
ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު